Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
ކޮވިޑް19

ކޮވިޑާ ގުޅިގެން ޗައިނާއިން ފޯރުކޮށްދެނީ ޙަޤީޤީ މަޢުލޫމާތު ކަމަކަށް ޤަބޫލެއް ނުކުރެވޭ: ޑަބްލިއުއެޗްއޯ

ބަލިޖެހިގެން ހޮސްޕިޓަލުތަކުގައި އެޑްމިޓް ކުރާ މީހުންގެ ޢަދަދުތަކާއި، މަރުވާ މީހުންގެ ޢަދަދުތައް ކަމަށް ބުނެ ޗައިނާއިން އާންމު ކުރާ ޢަދަދުތަކަކީ، ޙަޤީޤަތަށް ވުރެ ދަށް ޢަދަދުތަކެއް ކަމަށް ބުނެފައިވޭ

ޢާއިޝާ ރީމާ ވަޙީދު
ޢާއިޝާ ރީމާ ވަޙީދު, ރާއްޖެ އެމްވީ | 5 ޖެނުއަރީ 2023 | ބުރާސްފަތި 06:37
ކޮވިޑް-19އާ ގުޅިގެން އިތުރުވާ އާ ކޭސްތަކާއި މަރުގެ ކޭސްތައް ރެކޯޑް ކުރުމުގެ ކްރައިޓީރިއާގައި މައްސަލަތަކެއް ޗައިނާގައި އުޅޭ ކަމަށް ޑަބްލިއުއެޗްއޯގެ އެމަރޖެންސީޒް ޑައިރެކްޓަރ ވަނީ ފާހަގަކޮށްފައި

ކޮވިޑް-19އާ ގުޅިގެން އިތުރުވާ އާ ކޭސްތަކާއި މަރުގެ ކޭސްތައް ރެކޯޑް ކުރުމުގެ ކްރައިޓީރިއާގައި މައްސަލަތަކެއް ޗައިނާގައި އުޅޭ ކަމަށް ޑަބްލިއުއެޗްއޯގެ އެމަރޖެންސީޒް ޑައިރެކްޓަރ ވަނީ ފާހަގަކޮށްފައި

މުޅި ދުނިޔެ އިނދަޖައްސާލި ކޮރޯނާ ވައިރަސް ޑިޒީޒް (ކޮވިޑް-19) ގެ ކޭސްތައް އެންމެ ފުރަތަމަ ރިޕޯޓް ކުރަން ފެށި ޤައުމަކީ ދުނިޔޭގެ 2 ވަނަ އިޤްތިޞާދުގެ މަޤާމުގައި އޮތް ޗައިނާ ކަމީ ދެބަސް ވެވެން އޮތް ޙަޤީޤަތެއް ނޫނެވެ. 2019 ވަނަ އަހަރު ނިމެން ދަނިކޮށް، ދުނިޔޭގެ ސިއްޙަތު ޖަމިއްޔާ (ޑަބްލިއުއެޗް)ގެ ސަމާލުކަމަށް ޗައިނާއިން އެކަން ހުށަހެޅި ނަމަވެސް، ޗައިނާގައި އެ ބަލިމަޑުކަން ފެތުރެމުންދާތާ އޭރުވެސް ދުވަސްތަކެއް ވެފައި ވާ ކަމަށް، ދުނިޔޭގެ އެކި ކަންކޮޅުތަކުން ދިޔައީ ތުހުމަތު ކުރަމުންނެވެ. މުޅި ދުނިޔެއަށް ކޮވިޑް-19 ފެތުރިގެން ދިއުމުގެ އެންމެ ބޮޑު އެއް އަސްލަކީވެސް ޗައިނާއިން ސައްޙައް މަޢުލުމާތު ފޯރުކޮށްދީފައި ނުވުން ކަމަށް ގިނަ ބަޔަކު އިއްތިފާޤުވެއެވެ.

ކޮވިޑް-19ގެ ބަލިމަޑުކަމުގައި މުޅި ދުނިޔެ ފުރަބަންދުކޮށް، ހުރިހާ ހަރަކާތެއްހެން މުޅިން ހުއްޓުމަކަށް ގެނައިތާ 3 އަހަރު ފާއިތުވެގެން ދިޔައިރު، އެ ބަލިމަޑުކަމުގެ އޮއެވަރުން އަދިވެސް ސަލާމަތް ނުވެވިގެން އުޅޭ ޤައުމަކީ ހަމަ ޗައިނާއެވެ. ޒީރޯ ކޮވިޑްގެ ނަމުގައި ހަރުކަށި ސިޔާސަތެއް ތަންފީޒުކޮށްގެންވެސް، އާންމު ރައްޔިތުންގެ ނަފުރަތު، ސަރުކާރަށް އަމާޒުވުން ފިޔަވާ، ވީ އެހެން ކަމެއް ނެތޭވެސް ދެންނެވިދާނެއެވެ. 2022 ވަނަ އަހަރު ނިންމާ، 2023 ވަނަ އަހަރަށް ފެށިގެން އައި އިރުވެސް ޗައިނާ އޮތީ ހަމަ އެފަދަ ހާލެއްގައެވެ. ބަލީގެ ކޭސް ނަމްބަރު ހައްތަހާ ވަނީ އިތުރެވެ. ހޮސްޕިޓަލުތަކަށް ކުރާ ބާރު، ހައްދަތަހާ ދަނީ ބޮޑުވަމުންނެވެ.

ކަން މިހެން އޮތް އިރު، ޗައިނާއިން އާންމު ކުރާ ތަފާސް ހިސާބުތަކާ މެދު، ޑަބްލިއުއެއެޗްއޯއިންވެސް ސުވާލު އުފައްދައެވެ. ޖެނުއަރީ 4 ވަނަ ދުވަހު އޮތް ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން، ޑަބްލިއުއެޗްއޯގެ އިސް އޮފިޝަލަކު ވަނީ، ޗައިނާގެ ޙަޤީޤީ މަސްރަޙު އެ ޤައުމުން ތަސްވީރުކޮށްދެމުން ނުދާ ކަމަށް ވިދާޅުވެފައެވެ. ބަލިޖެހިގެން ހޮސްޕިޓަލުތަކުގައި އެޑްމިޓް ކުރާ މީހުންގެ ޢަދަދުތަކާއި، މަރުވާ މީހުންގެ ޢަދަދުތައް ކަމަށް ބުނެ ޗައިނާއިން އާންމު ކުރާ ޢަދަދުތަކަކީ، ޙަޤީޤަތަށް ވުރެ ދަށް ޢަދަދުތަކެއް ކަމަށް ޑަބްލިއުއެއެޗްއޯގެ އިސް އޮފިޝަލު ވަނީ ތުހުމަތު ކުރައްވާފައެވެ.

ޑަބްލިއުއެޗްއޯއިން މިހާރުވެސް ދަނީ ދުނިޔޭގެ ކޮވިޑް ހާލަތު ވަޒަން ކުރުމަށް، މެންބަރު ޤައުމުތަކާއެކު މަސައްކަތް ކުރަމުންނެވެ. އެގޮތުން ޗައިނާގެ ސައެންސްވެރިންނާ ބައްދަލުކޮށް، މަޝްވަރާ ކުރުމާ ގުޅޭ މަސައްކަތްތަކެއްވެސް ޑަބްލިއުއެޗްއޯއިން ދަނީ ކުރަމުންނެވެ.

ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ޑަބްލިއުއެޗްއޯގެ އެމަރޖެންސީޒް ޑައިރެކްޓަރ، ޑރ މައިކް ރާޔަން ވިދާޅުވީ، ވަކިން ހާއްސަކޮށް މަރުގެ ކޭސްތަކުގައި ޗައިނާއިން އާންމު ކުރަމުންދާ މަޢުލޫމާތަކީ، ޙަޤީޤަތާ ވަރަށް ބޮޑަށް ފޭއަށް ޖެހިފައިވާ މަޢުލޫމާތު ކަމަށް ޑަބްލިއުއެޗްއޯއިން ޤަބޫލު ކުރާ ކަމަށެވެ.

މީގެ ކުރިން އޮތް ނޫސްވެރިންގެ ބައްދަލުވުމެއްގައި، ޑަބްލިއުއެޗްއޯގެ އިސްވެރިޔާ، ޑރ ޓެޑްރޯޒް އެޑަނޮމް ގެބްރިޔޭސޫސްވެސް ވަނީ، ޗައިނާގައި މިވަގުތު ކޮވިޑްގެ ބަލިމަޑުކަން ފެތުރެމުން ދާ ގޮތާ މެދު ކަންބޮޑުވުން ފާޅު ކުރައްވާ، ވީ އެންމެ އަވަހަކަށް ތަފާސް ހިސާބުތައް ހިއްސާ ކުރަމުން ދިއުމަށް ޗައިނާއަށް ގޮވާލައްވާފައެވެ.

ކޮވިޑް-19ގެ އަސްލާ ގުޅޭ ގޮތުން ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން ހިންގި ތަހުގީގުތަކުންވެސް، ވައިރަހުގެ އަސްލާ މެދު ގޮތެއް ނިންމާފައެއް ނުވެއެވެ. އަދި ދިރާސާގެ ދެވަނަ މަރުހަލާ ކުރިއަށް ގެންދަން ޗައިނާއިން ހުރަސް އަޅާފައި ވާ ކަންވެސް ފާހަގަ ކުރަން ޖެހެއެވެ. ކޮވިޑް-19 ޖައްސާ، ސިވިއާ އެކިއުޓް ރެސްޕިރޭޓަރީ ސިންޑްރޯމް ކޮރޯނާވައިރަސް 2 (ސާސްކޮވް-2) އަކީ ޗައިނާގެ ލެބަކުން ލީކުވީ ވައިރަހެއް ކަމަށް ބުނެ އެ ގައުމަށް އަމާޒު ކުރަމުން ދާ ތުހުމަތުތަކަށް، ޗައިނާއިން އިންކާރު ކުރެއެވެ. އަދި ބަލީގެ އަސްލު އޮތީ ޗައިނާގައި ނޫން ކަމުގައިވެސް ވެދާނެ ކަމަށް އެ ގައުމުން ވަނީ ބުނެފައެވެ.

ކޮވިޑް-19ގެ އަދުގެ ހާލަތަށް ބަލާއިރު ޖެނުއަރީ 5 ވަނަ ދުވަހުގެ ނިޔަލަށް ފާއިތުވީ 7 ދުވަހުގެ ތެރޭގައި ބަލީގެ 2.7 މިލިއަނަށް ވުރެ ގިނަ ކޭސް ވަނީ ރިޕޯޓް ކޮށްފައެވެ. އެ މުއްދަތުގެ ތެރޭގައި ޗައިނާއިން ރިޕޯޓް ކޮށްފައި ވަނީ، އެންމެ 40000 އަކަށް ކޭސްއެވެ. ނަމަވެސް ޗައިނާއިން ފެންމުންދާ މަންޒަރުތަކަށް ބަލާއިރު، އެއީ ބަލީގެ އަސްލު ހާލަތު އޮތް ގޮތް ނޫން ކަމަށް ބުރަވެވެއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ކޮވިޑް-19އާ ގުޅިގެން ދިވެހިން ޑުރާމާ ކުޅެނީ!

ކޮވިޑް-19އާ ގުޅިގެން ދިވެހިން ޑުރާމާ ކުޅެނީ!

23 މާރިޗު 2020
ޗައިނާއިން ހިއްލާލި ކޮވިޑް19ގެ ރާޅު، ދުނިޔެއަށް އަރަމުންދާއިރު، އެމެރިކާ \"ހަނގުރާމަ\" އިޢުލާނުކޮށް،\" ހޮސްޕިޓަލު މަނަވަރު\" ތައް، ކުއްލި ޙާލަތުގައި!

ޗައިނާއިން ހިއްލާލި ކޮވިޑް19ގެ ރާޅު، ދުނިޔެއަށް އަރަމުންދާއިރު، އެމެރިކާ "ހަނގުރާމަ" އިޢުލާނުކޮށް،" ހޮސްޕިޓަލު މަނަވަރު" ތައް، ކުއްލި ޙާލަތުގައި!

21 މާރިޗު 2020
ކޮވިޑް-19: ކޮރޯނާވައިރަސްއާއި ގުޅިގެން ބަންގިއަށް ބަދަލެއް

ކޮވިޑް-19: ކޮރޯނާވައިރަސްއާއި ގުޅިގެން ބަންގިއަށް ބަދަލެއް

14 މާރިޗު 2020
އިޓަލީ ހާލުގައި ޖެހުނު ވަގުތު އެހީގެ އަތެއް ދިއްކޮށްލީ ޗައިނާއިން އެކަނި!

އިޓަލީ ހާލުގައި ޖެހުނު ވަގުތު އެހީގެ އަތެއް ދިއްކޮށްލީ ޗައިނާއިން އެކަނި!

14 މާރިޗު 2020
ފާއިތުވި މަސްދުވަސް ތެރޭ ޗައިނާއިން އެންމެ މަދުން ކޮރޯނާވައިރަސް ޖެހިގެން ރިޕޯޓްކޮށްފައިވަނީ އިއްޔެ

ފާއިތުވި މަސްދުވަސް ތެރޭ ޗައިނާއިން އެންމެ މަދުން ކޮރޯނާވައިރަސް ޖެހިގެން ރިޕޯޓްކޮށްފައިވަނީ އިއްޔެ

24 ފެބުރުއަރީ 2020

އަހަރުތަކުން މިއަދު

20 ޖެނުއަރީ
ޕިއްޒާ ސްޓަންޓް އަތަށް ގޮވާ، ޑީއެންއާރުގެ މަސައްކަތާއި މެދު ޖަވާބު ނުދެވި ނޫސްވެރިންނަށް ފިއްލަވައިފި
20251 އަހަރު ކުރިން
ރާއްޖެ

ޕިއްޒާ ސްޓަންޓް އަތަށް ގޮވާ، ޑީއެންއާރުގެ މަސައްކަތާއި މެދު ޖަވާބު ނުދެވި ނޫސްވެރިންނަށް ފިއްލަވައިފި

އައްމަޓީ ފުރުމަށް ދީފައިވާ ހުއްދަ ބާތިލުކުރަންޖެހޭ ތަނެއް ނެތްކަމަށް ހައިކޯޓުން ނިންމި ނިންމުން ސުޕްރީމް ކޯޓުން ބާތިލުކޮށްފި
20242 އަހަރު ކުރިން
ރާއްޖެ

އައްމަޓީ ފުރުމަށް ދީފައިވާ ހުއްދަ ބާތިލުކުރަންޖެހޭ ތަނެއް ނެތްކަމަށް ހައިކޯޓުން ނިންމި ނިންމުން ސުޕްރީމް ކޯޓުން ބާތިލުކޮށްފި

ކަނޑު އުޅަނދުފަހަރު ދުއްވުމުގެ ލައިސަންސްއާ ބެހޭ ގަވާއިދު ނެރެފި
20233 އަހަރު ކުރިން
ރާއްޖެ

ކަނޑު އުޅަނދުފަހަރު ދުއްވުމުގެ ލައިސަންސްއާ ބެހޭ ގަވާއިދު ނެރެފި

ކޮމަންޑޫ ދާއިރާގެ ރައްޔިތުން ގޮވަނީ 346 މިލިއަން ރުފިޔާ ގެންދިޔައީ ގޯނިގޯނީގައިތޯއެވެ.
20224 އަހަރު ކުރިން
ރިޕޯޓު

ކޮމަންޑޫ ދާއިރާގެ ރައްޔިތުން ގޮވަނީ 346 މިލިއަން ރުފިޔާ ގެންދިޔައީ ގޯނިގޯނީގައިތޯއެވެ.

ހޯޕް ޓްރެވަލްސްއިން ތަފާތު މޮޑެލްއެއްގެ ލޯންޗެއް - ގަލްފް ކްރާފްޓްގެ \"ސިލްވަރ ކެޓް 34\"
20215 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ހޯޕް ޓްރެވަލްސްއިން ތަފާތު މޮޑެލްއެއްގެ ލޯންޗެއް - ގަލްފް ކްރާފްޓްގެ \"ސިލްވަރ ކެޓް 34\"

ރައުޝަން ޖިއާންގެ މަރަށް 1 މަސް، އޭނާގެ ފަހު ދުވަސް ދިޔަ ގޮތް މަންމަގެ ދުލުން!
20197 އަހަރު ކުރިން
ރިޕޯޓު

ރައުޝަން ޖިއާންގެ މަރަށް 1 މަސް، އޭނާގެ ފަހު ދުވަސް ދިޔަ ގޮތް މަންމަގެ ދުލުން!

އެއް އުކުޅެއް: ގާސިމްގެ ވިޔަފާރި ނައްތާލަން މަސައްކަތް ކުރަނީ ގުޅީ އީސާ ކަލޭފާނުގެ ވިޔަފާރި ނައްތާލި ގޮތަށް!
20188 އަހަރު ކުރިން
ރިޕޯޓު

އެއް އުކުޅެއް: ގާސިމްގެ ވިޔަފާރި ނައްތާލަން މަސައްކަތް ކުރަނީ ގުޅީ އީސާ ކަލޭފާނުގެ ވިޔަފާރި ނައްތާލި ގޮތަށް!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު