Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓުޓައިވާންގެ ރައްޔިތުންނަށް ފައިސާ ބެހުން

އައު އަހަރުގެ މުނާސަބަތުގައި ޓައިވާން ސަރުކާރުން ރައްޔިތުންނަށް ނަގުދު ފައިސާ ބަހަނީ

5 ޖެނުއަރީ 2023 | ބުރާސްފަތި 03:14

ކޮންމެ ރައްޔިތަކަށް 195.61 ޑޮލަރު ލިބޭނެ

ފާތިމަތު އުދުމާ
ފާތިމަތު އުދުމާ | 5 ޖެނުއަރީ 2023 | ބުރާސްފަތި 03:14
ޓައިވާންގެ ޕްރިމިއަރ ސޫ ސެންގޗަންގ

ޓައިވާންގެ ޕްރިމިއަރ ސޫ ސެންގޗަންގ

އައު އަހަރު ކުލަ ގަދަކޮށް ފާހަގަކުރުމަކީ ދުނިޔޭގެ ހުރިހާ ކަންކޮޅުތަކެއްގައިވެސް ކުރާކަމެކެވެ. އެއް އަހަރަށް ވުރެ އަނެއް އަހަރުގެ އުފާ ފާޅުކުރުންތައް ފުޅާކޮށް، ފޯރިގަދަކުރެއެވެ. ކޮންމެ އަހަރަކުވެސް ތަފާތުކަމެއް ތައާރަފުކުރުމުގެ މަސައްކަތްވެސް ކުރެއެވެ.

އައު އަހަރު ގިނަ މީހުން ފާހަގަކުރާނީ އެމީހެއް އެންމެ ގާތް އަދި ލޯބިވާ މީހުންނާއެކުއެވެ. އެއް އަހަރު ނިމި އަނެއް އަހަރުގެ ފެށުން ފާހަގަކުރުމުގެ ގޮތުން ހަވާ އެރުވުމަކީ ދުނިޔޭގެ ހުރިހާ ކަންކޮޅުތަކެއްގައި ކުރާ ކަމަކަށްވާއިރު، އާއިލާ އާއި ރައްޓެހިންނާއެކު އެރީތި މަންޒަރު ބަލަން މީހުން މަގުތަކަށް ނުކުމެއެވެ.

އައު އަހަރާ ދިމާކޮށް މުނިފޫހިފިލުވުމުގެ ތަފާތު ޝޯތައް ކުރިއަށް ގެންދާއިރު، ގާތް މީހުންނާއެކު އެއް ސުފުރާއަކުން ކައި ހަދިޔާ ބަދަލު ކުރުމަކީވެސް އެއް އަހަރު ނިމި އައު އަހަރެއް ފެށުމުގެ މުނާސަބާއަށް ދިމާކޮށް ކޮށް އުޅޭކަމެކެވެ.

އައު އަހަރާ ދިމާކޮށް، ހުރިހާ ރައްޔިތުންނަށް ހިއްސާވެވޭހެން މުނިފޫހިފިލުވޭނެ މަގެއް ނުވަތަ ރައްޔިތުންގެ ހިތްހަމަޖެހުމަށް ހަވާ އެރުވުންފަދަ ކަންތައްތައް ކުރުމުުގައި ސަރުކާރުތަކުންވެސް އެއްބާރުލުންދެއެވެ. ނަމަވެސް އައު އަހަރަކާ ދިމާކޮށް، ސަރުކާރަކުން ގައުމެއްގެ ހުރިހާ ރައްޔިތުންނަށް، ކޮންމެ މީހަކަށް ވަކިވަކިން ހަދިޔާއެއް ދޭން ނިންމި ޚަބަރަކީ އާންމުކޮށް އިވޭ ޚަބަރެއް ނޫނެވެ.

ނަމަވެސް 2023 ވަނަ އަހަރު، މިފަދަ ޚަބަރެއްވެސް ބޭރުގެ މީޑިއާތަކުން މިވަނީ ރިޕޯޓުކޮށްފައެވެ. އައު އަހަރުގެ މުނާސަބަތުގައި ޓައިވާންގެ ސަރުކާރުން މިވަނީ އެގައުމުގެ ރައްޔިތުންނަށް ފައިސާ ބަހަން ނިންމައިފައެވެ.

މިކަން އެގައުމުން އިއުލާނުކޮށްފައި ވަނީ ޖެނުއަރީ ތިން ވަނަ ދުވަހުއެވެ. އެގޮތުން، ބުދަ ދުވަހު ޓައިވާންގެ ޕްރިމިއަރ ސޫ ސެންގޗަންގ ވަނީ، އައު އަހަރުގެ މުނާސަބަތުގައި އެގައުމުގެ ކޮންމެ ރައްޔިތަކަށް 200 ޑޮލަރާ ގާތްކުރާ އަދަދެއްގެ ފައިސާ ދިނުމަށް ސަރުކާރުން ނިންމާފައިވާކަން އިއުލާނުކުރައްވާފައެވެ.

ސަރުކާރުގެ ފަރާތުން ރައްޔިތުންނަށް ފައިސާގެ ހަދިޔާއެއް ދޭން ނިންމާފައިވާކަން އިއުލާނުކުރައްވާ ވާހަކަދައްކަވަމުން ޓައިވާންގެ ޕްރިމިއަރ ވަނީ ގައުމުގެ އިގުތިސާދީ ކުރިއެރުން، ގައުމުގެ ހުރިހާ އެންމެންގެ މެދުގައި ހިއްސާކުރެވިގެންދާނެ ކަމަށް ވިދާޅުވެފައެވެ.

ޓައިވާން އަކީ ދުނިޔޭގެ ބާޒާރަށް ގިނަ އަދަދެއްގެ މުދާ އެކްސްޕޯޓްކުރާ ގައުމެކެވެ. ޓެކްނޮލޮޖީގެ ސިނާއަތަށް ބޭނުންވާ ތަފާތު ސާމާނުތައް އުފައްދާ އެކްސްޕޯޓްކުރާ މައި ހަބްގެ ގޮތުގައި ފާހަގަކުރެވޭ ޓައިވާންގެ އިގުތިސާދު ވަނީ 2021 ވަނަ އަހަރު 6.45 އިންސައްތަ ކުރިއަރާފައެވެ. މިއީ 2010 ވަނަ އަހަރު އެގައުމުގެ އިގުތިސާދު 10.25 އިންސައްތައިން ކުރިއެރި ފަހުން، މިއަދަދާ ގާތްކުރާ އަދަދަކަށް ކުރި އެރި ފުރަތަމަ ފަހަރެވެ.

ނިމިދިޔަ 2022 ވަނަ އަހަރާ 2023 ވަނަ އަހަރު ގައުމުގެ އިގުތިސާދު ކުރިއަރާ މިންވަރު މަޑުޖެހޭނެކަމަށް ލަފާކުރެވުނު ނަމަވެސް، ޓައިވާންގެ ސަރުކާރުން ވަނީ މިދިޔަ އަހަރު ސަރުކާރަށް ޓެކުހުން ލިބުނު އާމްދަނީގެ ތެރެއިން 12.4 ބިލިއަން ޑޮލަރު، ގައުމުގެ ތެރެއަށް ދޫކޮށްލައި އިގުތިސާދު ހުއްޓުމެއްނެތި ކުރިއަށްދާނެ ގޮތް މަގުފަހިކުރުމަށް ރާވާފައެވެ.

ޓައިވާން ސަރުކާރުގެ އަމާޒަކީ 12.4 ބިލިއަން ޑޮލަރު އަލުން އިގުތިސާދުގެ ތެރެއަށް ދޫކޮށްލައި، ދުނިޔޭގެ އިގުތިސާދަށް އަންނަމުންދާ ސިހުންތަކުން އެގައުމަށް ލިބޭ ގެއްލުން ކުޑަކުރުމެވެ. އެގޮތުން ސަބްސިޑީ އާއި ކަރަންޓުގެ ހަރަދާއި ސިއްހީ ފަރުވާގެ ހަރަދަށް އަންނާނެކަމަށް ލަފާކުރެވޭ ބަދަލުތަކުން އަރައިގަނެވޭނެ މަގުފަހިކޮށްދިނުން މީގެ ތެރޭގައި ހިމެނެއެވެ.

ޓައިވާންގެ ޕްރިމިއަރ ވިދާޅުވީ މިފައިސާގެ ތެރެއިން، 4.3 ބިލިއަން ޑޮލަރު، ނަގުދު ފައިސާގެ ގޮތުގައި އާންމު ރައްޔިތުންނަށް، އައު އަހަރުގެ ހަދިޔާއެއްގެ ގޮތުގައި ބަހަން ސަރުކާރުން ނިންމާފައިވާކަމަށެވެ. އެގޮތުން ކޮންމެ ރައްޔިތަކަށް 195.61 ޑޮލަރު ލިބޭނެ ކަމަށް ސޫ ވިދާޅުވިއެވެ.

މި ހަދިޔާ ރައްޔިތުންނަށް ބަހަން ނިންމާފައިވާ ގޮތުގެ އިތުރު ތަފުސީލެއް ސޫ ނުދެއްވި ނަމަވެސް މިއީ ހަމަގައިމުވެސް، ގައުމުގެ ރައްޔިތުންގެ މޫނުމައްޗަށް ހިނިތުންވުން ގެނުވާނެ ފަދަ ހަދިޔާއެކެވެ. 195.61 އެމެރިކާ ޑޮލަރަކީ 6،000 ޓައިވާން ޑޮލަރެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ޕޯޓް ޓެކްނޮލޮޖީ އިންޓަނޭޝަނަލް ގެ އެޑްވައިޒަރީ ބޯޑުގެ ޗެއާމަންގެ މަގާމަށް ރައީސް ނަޝީދު

3

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

4

ދުނިޔޭގެ ބާރުގަދަ އެމެރިކާގެ ރައީސަށް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލައްވަން އީރާނުން ޖައްސުވައިފި

5

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

އިތުރަށް ކިޔާލަން

06 ޑިސެމްބަރު 2017

ސަރުކާރުން އުޅެނީ ރައްޔިތުންނަށް ޖެއްސުމަށްތޯ؟

06 ޑިސެމްބަރު 2017
ސަރުކާރުން އުޅެނީ ރައްޔިތުންނަށް ޖެއްސުމަށްތޯ؟
22 ނޮވެމްބަރު 2017

ކުންފުނިތަކުގެ ފައިދާއިން ސަރުކާރުން ލަފާކުރި މިންވަރާ ގާތަށް ވެސް އާމްދަނީ ލިބިފައެއް ނުވޭ!

22 ނޮވެމްބަރު 2017
ކުންފުނިތަކުގެ ފައިދާއިން ސަރުކާރުން ލަފާކުރި މިންވަރާ ގާތަށް ވެސް އާމްދަނީ ލިބިފައެއް ނުވޭ!
09 ނޮވެމްބަރު 2017

40 އަހަރު ދައުލަތަށް ޚިދުމަތްކުރި، މިއަދު ކަރުނައަޅަނީ ސަރުކާރުންދިން އަނިޔާގައި

09 ނޮވެމްބަރު 2017
40 އަހަރު ދައުލަތަށް ޚިދުމަތްކުރި، މިއަދު ކަރުނައަޅަނީ ސަރުކާރުންދިން އަނިޔާގައި
29 އޮކްޓޯބަރު 2017

ކުޅުދުއްފުށީ ކުޅިއާ ގުޅޭ އެހެން ވާހަކައެއް 80 އަހަރުގެ މީހެއްގެ ދުލުން........

29 އޮކްޓޯބަރު 2017
ކުޅުދުއްފުށީ ކުޅިއާ ގުޅޭ އެހެން ވާހަކައެއް 80 އަހަރުގެ މީހެއްގެ ދުލުން........
26 އޮކްޓޯބަރު 2017

އާމްދަނީ ހޯދޭނެ އައު ކަންތައްތަކުން ސަރުކާރަށް ލިބުނީ"އީ" ގްރޭޑް

26 އޮކްޓޯބަރު 2017
އާމްދަނީ ހޯދޭނެ އައު ކަންތައްތަކުން  ސަރުކާރަށް ލިބުނީ"އީ" ގްރޭޑް
23 އޮކްޓޯބަރު 2017

ކޮރަޕްޝަން، ރިޝްވަތު: ސަރުކާރުން ކުރީމަ އޯކޭ؟!

23 އޮކްޓޯބަރު 2017
ކޮރަޕްޝަން، ރިޝްވަތު: ސަރުކާރުން ކުރީމަ އޯކޭ؟!
02 އޮކްޓޯބަރު 2017

މިއަހަރުގެ ފަހު ދައުރަށް މަޖިލިސް ޖަލްސާތައް މިއަދު ފަށަންޖެހޭ، އެކަމަކު ޖަލްސާއެއް ނުބޭއްވި!

02 އޮކްޓޯބަރު 2017
މިއަހަރުގެ ފަހު ދައުރަށް މަޖިލިސް ޖަލްސާތައް މިއަދު ފަށަންޖެހޭ، އެކަމަކު ޖަލްސާއެއް ނުބޭއްވި!
19 ޖުލައި 2017

މިވަރު ފެނުނުނަމަ ސަދޫމު ލަދުގަތީސް، ފިރުއައުނު ދަރިވަރުވާންވެސް އައީސް

19 ޖުލައި 2017
މިވަރު ފެނުނުނަމަ ސަދޫމު ލަދުގަތީސް، ފިރުއައުނު ދަރިވަރުވާންވެސް އައީސް
25 ޖޫން 2017

ފައިތިލައިގައި އާދަޔާ ހިލާފު އައިބެއް ހުރި ކުއްޖާއަށް 18 އަހަރު ފަހުން ހިތްހަމަ ޖެހުމާއި އައު އުއްމީދެއް!

25 ޖޫން 2017
ފައިތިލައިގައި އާދަޔާ ހިލާފު އައިބެއް ހުރި ކުއްޖާއަށް 18 އަހަރު ފަހުން ހިތްހަމަ ޖެހުމާއި އައު އުއްމީދެއް!
14 ޖޫން 2017

ސަރުކާރުން ހަދަނީ ހަދާނެ އެއްޗެއް! ރައްޔިތުން ގޮތް ހުސްވެފައި!

14 ޖޫން 2017
ސަރުކާރުން ހަދަނީ ހަދާނެ އެއްޗެއް! ރައްޔިތުން ގޮތް ހުސްވެފައި!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް