Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
ގަބުރު ފަޅައިގެން ގުނަވަންތައް ވިއްކުން

ގަބުރުފަޅައިގެން އެތެރޭގެ ގުނަވަންތައް ވިއްކި ދެމީހަކު ޖަލަށް

އެދެމީހުން ވަނީ 560 ގަބުރު، އާއިލާތަކަށް ނޭނގި ފެޅުމަށްފަހު އެކި ގުނަވަންތައް ވިއްކާފައި

ފާޠިމަތު ޒުހައިރާ
ފާޠިމަތު ޒުހައިރާ, ރާއްޖެ އެމްވީ | 4 ޖެނުއަރީ 2023 | ބުދަ 13:26
ފިއުނަރަލް ހޯމް ހިންގި މެގަން ހެސް

ފިއުނަރަލް ހޯމް ހިންގި މެގަން ހެސް

އެމެރިކާގެ ކޮލަރާޑޯގައި މަރުވާމީހުންގެ ޖަނާޒާގެ ކަންތައް ކޮށްދޭ ތަނެއް ހިންގަމުން އައި އަންހެނަކާއި އޭނާގެ މަންމަ، ހުއްދަނެތި ގަބުރު ފަޅައިގެން އެތެރޭގެ ގުނަވަންތައް ވިއްކިކަމުގެ ކުށް ސާބިތުވެ ޖަލަށް ލުމަށް ހުކުމްކޮށްފިއެވެ. އުމުރުން 46 އަހަރުގެ މެގަން ހެސްއާއި އޭނާގެ މަންމަ އުމުރުން 69 އަހަރުގެ ޗަރލީ ކޮޗް ވަނީ، 2010 ވަނަ އަހަރާ 2018 ވަނަ އަހަރާ ދެމެދު އެމީހުން ހިންގާ ތަނަށް ގެންދިޔަ ގަބުރުތަކުގެ ތެރެއިން 560 ގަބުރު، އާއިލާތަކަށް ނޭނގި ފެޅުމަށްފަހު އެކި ގުނަވަންތައް ވިއްކާފައެވެ. އަދި ބައެއް ފަހަރު މުޅި ހަށިގަނޑުވެސް ވިއްކާފައި ވެއެވެ. މިގޮތުން ގުނަންތަކާއި ހަށިގަނޑު ވިއްކި ތަންތަނުގެ ތެރޭގައި; މެޑިކަލް ޓްރެއިނިންގތައް ހިންގާ ތަންތަންވެސް ހިމެނޭ ކަމަށް ވެއެވެ. އަދި އެފަރާތްތަކަށް އެއީ ހުއްދަނޫން ގޮތުގައި ހޯދާފައިވާ ހަށިތަކާއި ގުނަންތައް ކަމެއް ނޭނގޭކަމަށްވެއެވެ.

މަރުވާމީހުންގެ ހަށިގަނޑު ޑޮނޭޓްކުރުމަކީ އެމެރިކާގައި ހުއްދަ ކަމެކެވެ. ނަމަވެސް ވިއްކުމަކީ މަނާކަމެކެވެ.

ދެމީހުންގެ ކުށް ސާބިތުވުމަށްފަހު ހެސް ވަނީ 20 އަހަރަށް އަދި ކޮޗް ވަނީ 15 އަހަރަށް ޖަލަށް ލުމަށް ކޯޓުން ހުކުމް ކޮށްފައެވެ.

ހަށިގަނޑު އެންދުމަށް ހެސް ނަގަމުން އައީ، ހަށިގަނޑަކަށް އެއްހާސް ޑޮލަރު ކަމަށް ވެއެވެ. ނަމަވެސް ގިނަފަހަރު އެންދުމުގެ ކަންތައް ކުރިޔަކަށްނުގެންދެއެވެ. އޭގެ ބަދަލުގައި ހަށިތައް ފަޅައި، ގުނަންތައް ނަގައިގެން ވިއްކައެވެ. ބައެއް ހާލަތްތަކުގައި ގުނަވަން ހިލޭ ދޭނަމަ ޖަނާޒާގެ ކަންތައް ހިލޭ ކޮށްދިނުމަށް ހުށަހަޅާކަމަށްވެއެވެ.

ގުނަވަންތައް ޑޮނޭޓް ކޮށްފައިވާކަމަށް ދެއްކުމަށް ފޭކް ފޯމްތައް ހަދައި، އެތެރޭގެ ގުނަވަންތަކުގެ އިތުރުން އަތްފަޔާ އަދި ބޯވެސް އެމީހުން ވިއްކި ކަމަށް ވެއެވެ. މިކަންކުރަނީ ޑޯނަރ ސަރވިސްތަކާ ގުޅައިގެންނެވެ.

މި ކޭސް ފެންމަތިވެފައިވަނީ ރޮއިޓަރސްއިން 2018 ވަނަ އަހަރު ކުރިއަށްގެންދިޔަ ތަހުގީގީ ރިޕޯޓްތަކަކުންނެވެ. މިއާއެކު އެފް.ބީ.އައިން ވަނީ އެމީހުންގެ ފިއުނަރަލް ހޯމް ރެއިޑްކޮށް މައްސަލަ ބަލަން ފަށާފައެވެ.

އެތަނަށް އާއިލާގެ މީހުން ގެންދިޔަ އެކި ފަރާތްތަކުން ވަނީ، އަންގާރަ ދުވަހު ކޯޓުން ހުކުމްކުރުމާއެކު އެތައް ބަޔާންތަކެއް ނެރެ، ކަންކަން ހާމަކޮށްފައެވެ. މިގޮތުން ހިތް ވަގަށް ނެގުނު އަންހެނެއްގެ ދަރިފުޅު ބުނީ އޭނާގެ މަންމަގެ ހިތް ވަގަށް ނެގުމުން އޭނާއަށް ކުރެވެނީ އޭނާގެ އަމިއްލަ ހިތް ވަގަށް ނެގިފަދަ އިހުސާސްތަކެއް ކަމުގައެވެ. ކޯޓަށް ހާޒިރުވި މީހުން ބުނީ މިއަދު އެމީހުން ކޯޓަށް ދިޔައީ ދެ ކުށްވެރިންގެ އަތުގަ އެޅުވޭ އަތުބިޑީގެ ތަޅު އެޅުވިގެންދާ އަޑުއަހާލުމަށް ކަމުގައެވެ.

އެދެމީހުން ވަގުތުން ޖަލަށް ފޮނުވުމަށް އަމުރު ކުރައްވަމުން މައްސަލަ ބެއްލެވި ފަނޑިޔާރުވެސް ވިދާޅުވީ، މިއީ އޭނާގެ މުޅި ކެރިއަރުގައި ބެއްލެވި، ނަފްސާނީ ގޮތުން އެންމެފުން އަސަރެއް ކުރުވި މައްސަލަ ކަމުގައެވެ.    

ކޮމެންޓް

އިތުރަށް ކިޔާލަން

މެއި 31ން ފެށިގެން ސައުދީގެ އެތެރޭގެ އުދުހުންތައް ފަށަނީ

މެއި 31ން ފެށިގެން ސައުދީގެ އެތެރޭގެ އުދުހުންތައް ފަށަނީ

26 މެއި 2020
ސީރިއާގައި ތުރުކީ ސިފައިންގެ އިތުރު ދެމީހަކު މަރުވެއްޖެ

ސީރިއާގައި ތުރުކީ ސިފައިންގެ އިތުރު ދެމީހަކު މަރުވެއްޖެ

05 މާރިޗު 2020
ޕާކިސްތާނުން ކޯވިޑް-19 އަށް ޕޮޒިޓިވްވެފައިވާ ދެމީހަކު ފެނިއްޖެ

ޕާކިސްތާނުން ކޯވިޑް-19 އަށް ޕޮޒިޓިވްވެފައިވާ ދެމީހަކު ފެނިއްޖެ

27 ފެބުރުއަރީ 2020
ސައުދީ އާއި ޔޫއޭއީއަށް އެމެރިކާ އިން ވިއްކި ހަތިޔާރުތައް ޓެރަރިސްޓް ޖަމާއަތްތަކަށް ލިބުނު: ރިޕޯޓް

ސައުދީ އާއި ޔޫއޭއީއަށް އެމެރިކާ އިން ވިއްކި ހަތިޔާރުތައް ޓެރަރިސްޓް ޖަމާއަތްތަކަށް ލިބުނު: ރިޕޯޓް

05 ފެބުރުއަރީ 2019
ކެންސަރަށް ފަރުވާއެކޭ ބުނެ އޮޅުވާލައިގެން ބޭސް ވިއްކި މީހަކު ޖަލަށް

ކެންސަރަށް ފަރުވާއެކޭ ބުނެ އޮޅުވާލައިގެން ބޭސް ވިއްކި މީހަކު ޖަލަށް

28 ނޮވެމްބަރު 2018

އަހަރުތަކުން މިއަދު

15 ޖޫން
އިސްރާއީލް ވެރިކަމަށް ލިބުނު ގެއްލުމާއި ހާނީއްކަ 'ހިތަށް ނުގެނެވޭހާ ބޮޑު: އައި.އާރް.ޖީ.ސީ
20251 އަހަރު ކުރިން
ދުނިޔެ

އިސްރާއީލް ވެރިކަމަށް ލިބުނު ގެއްލުމާއި ހާނީއްކަ 'ހިތަށް ނުގެނެވޭހާ ބޮޑު: އައި.އާރް.ޖީ.ސީ

އިންތިޚާބުގައި ވާދަކުރާނެ އިތުރު ފަރާތެއް ނެތުމާއެކު 3 ބައި-އިލެކްޝަނެއް ޕީއެންސީ އަށް ކާމިޔާބު ވެއްޖެ
20242 އަހަރު ކުރިން
ރާއްޖެ

އިންތިޚާބުގައި ވާދަކުރާނެ އިތުރު ފަރާތެއް ނެތުމާއެކު 3 ބައި-އިލެކްޝަނެއް ޕީއެންސީ އަށް ކާމިޔާބު ވެއްޖެ

މާލޭގެ ގެއެއްގައި ގޭސް ފުޅިއެއް ގޮވައިފި
20233 އަހަރު ކުރިން
ރާއްޖެ

މާލޭގެ ގެއެއްގައި ގޭސް ފުޅިއެއް ގޮވައިފި

އެސްޓީއޯ ޕީޕަލްސް ޗޮއިސް ފިހާރައިގެ ލީސިން ޕާޓްނަރަކަށް މިފްކޯ
20224 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

އެސްޓީއޯ ޕީޕަލްސް ޗޮއިސް ފިހާރައިގެ ލީސިން ޕާޓްނަރަކަށް މިފްކޯ

ސްޓޭޑިއަމް ފުރެންދެން ހަންގޭރީގެ ސަރުކާރުން މީހުން ވެއްދީ ކީއްވެ؟
20215 އަހަރު ކުރިން
ރިޕޯޓު

ސްޓޭޑިއަމް ފުރެންދެން ހަންގޭރީގެ ސަރުކާރުން މީހުން ވެއްދީ ކީއްވެ؟

ބޯހިޔާވަހިިކަމުގެ ސްކީމްތަކުގައި ބައިވެރިވެވޭނީ ހަމައެކަނި ޕޯޓަލް އިން: ހައުސިންގ މިނިސްޓްރީ
20197 އަހަރު ކުރިން
ރާއްޖެ

ބޯހިޔާވަހިިކަމުގެ ސްކީމްތަކުގައި ބައިވެރިވެވޭނީ ހަމައެކަނި ޕޯޓަލް އިން: ހައުސިންގ މިނިސްޓްރީ

ވާރލްޑް ކަޕް ބެލުމަށް ހެދި ޖަގަހައިގެ ނަމަކަށް ވާރލްޑް ކަޕް ޖަޒީރާ ޖަގަހަ ކިޔުމުން ވެސް މައްސަލައަކަށް ވެއްޖެ
20188 އަހަރު ކުރިން
ރާއްޖެ

ވާރލްޑް ކަޕް ބެލުމަށް ހެދި ޖަގަހައިގެ ނަމަކަށް ވާރލްޑް ކަޕް ޖަޒީރާ ޖަގަހަ ކިޔުމުން ވެސް މައްސަލައަކަށް ވެއްޖެ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު