Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓުއިއްޒުއްދީން ފާލަން ސަރަހައްދަށް ތެޔޮ އެޅުން

3000 ލީޓަރު ތެޔޮ ސާފުކުރަން ދިވެހި ސިފައިން ދެއްކީ، ގައުމީ "މޮރާލް"ގެ މިސާލެއް

4 ޖެނުއަރީ 2023 | ބުދަ 13:31

ތެޔޮ ނެގުމުގައި ހަރަކާތްތެރިވީ 70 ސިފައިން

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު | 4 ޖެނުއަރީ 2023 | ބުދަ 13:31
ތެޔޮ ނެގުމަށް އެމްއެންޑީއެފް އިން ހޭދަކުރީ 3 ދުވަސް

ތެޔޮ ނެގުމަށް އެމްއެންޑީއެފް އިން ހޭދަކުރީ 3 ދުވަސް

އާދިއްތަ ދުވަހުގެ ހެނދުނު އެމް.އާރް.ސީ.ސީއަށް އައި ފޯނުކޯލާއި އެކު މުޅިތަނުގެ ހަމަހިމޭން މާހައުލު ގެއްލުވާލިއެވެ. ކޮންމެ ދުވަހެއްގެ އާއްމު ތާވަލަށް ހިނގަމުން ދިޔަ މަސައްކަތްތަކަށް ވުރެ ބޮޑު އަހަންމިއްތު ކަމެއް އެއާއި އެކު ދެވުނީ އެ ފޯނުކޯލުން ލިބުނު މައުލޫމާތަށެވެ. ގަޑިން 09:10 އެހާއިރު އައި އެ ފޯނުކޯލުން ލިބުނު ޚަބަރަކީ މާލޭގެ އެއް ނަމްބަރު ފަޅުތެރެއަށް ކަޅުތެޔޮ އެޅިފައިވާ ޚަަބަރެވެ. ހާދިސާގެ މައުލޫމާތު ލިބުމާއި އެކު އެންމެ ފުރަތަމަ ވެސް އެ ސަރަހައްދުގެ ހާލަތު ބެލުމަށް މާލޭ އޭރިއާ ސެކަންޑް ސްކޮޑްރަންގެ ސިފައިން ހާޒިރުވިއެވެ. ވަގުތުން އެ ސަރަހައްދަށް އެޓެންޑުވެ ހާދިސާގެ ކުޑަބޮޑު މިން އަންދާޒާ ކުރުމަށް މަސައްކަތް ފެށިއެވެ.

އެ ދުވަހުގެ ފޯނުކޯލާއި ހިސާބުން ފެށިގެން ތެޔޮ ސާފުކުރުމުގެ ކަންކަން ވިލަރެސްކުރި ގޮތުގެ ތަފްސީލް "ރާއްޖެ އެމްވީ" އާއި ޙިއްސާކުރެއްވީ، އެމްއެންޑީއެފްގެ މާލޭ އޭރިއާ ސެކަންޑް ސްކޮޑްރަންގެ ކޮމާންޑަރ، މޭޖަރ އާޒިމް ޝަރީފްއެވެ. އެއް ނަމްބަރު ފާލަން ކައިރިއަށް ދިޔަ ސިފައިން ހާދިސާ ހިނގި ސަރަހައްދުގެ އަދާހަމަތައް ނުވަތަ އަޕްޑޭޓްތައް ހިއްސާކުރުމާއި އެކު ރޭވުންތެރިކަމާއި އެކު އަވަސް ފިޔަވަޅުތަކެއް އަޅާފައިވާކަން އާޒިމްގެ ވާހަކައިން އެނގުނެވެ.

އެގޮތުން ޕޮލިއުޝަން ރެސްޕޯންސް ޓީމެއް އެކުލަވާލުމަކީ މި މަސައްކަތުގެ އިންތިޒާމްތައް ރަނގަޅުކުރުމަށް އެމްއެންޑީއެފް އިން އެޅި އެންމެ ފުރަތަމަ އަދި އެންމެ މުހިންމު އެއް ފިޔަވަޅެވެ. އެއަށް ފަހު އޮއިލް ރެސްޕޯންސް ޓީމް އެކްޓިވޭޓްކޮށް އެ ޓީމުގެ މަސައްކަތްތައް ފެށީ އެކަށީގެންވާ އާލާތްތަކުގެ އެހީތެރިކަމާއި އެކުގައެވެ. ހާދިސާ ހިނގި ސަރަހައްދަށް 10:18 ގައި އެމްއެންޑީއެފުން އެޓެންޑްވެފައި ވުމަކީ އެ މަސައްކަތުގައި އެމްއެންޑީއެފް އިން ގެންގުޅުނު ހަލުވި ސްޕީޑް އަންގައިދޭ ކަމެކެވެ.

ޖޯޝާއި ފޯރީގައި ތެޔޮ ސާފުކުރުމުގެ މަސައްކަތުގައި އަވަދިނެތި ސިފައިން އުޅުނީ މެންދުރުގެ ގަދަ ހޫނު އަތްވަށް ސަމާލުކަމެއް ދިނުމެއް ނެތި އެއީ ޤައުމީ މަސައްކަތެއް ކަމަށް ދެކިގެންނެވެ. މަސައްކަތް އަވަސްކުރުމާއި އެއްވަރަށް ފަޅަށް އެޅިފައިވާ ތެޔޮ ފެތުރުނަ ނުދީ ސަމާލުކަން ދީގެން އެ މަސައްކަތް ކުރުންވެސް މުހިންމުވިއެވެ.

އެމްއެންޑީއެފްގެ ޓީމުން ތެޔޮ ނެގުމުގެ މަސައްކަތުގައި ކެނޑިނޭޅި މަސައްކަތްކުރަމުން ދިޔަ އިރު އެ މަސައްކަތުގައި އެތައް ގޮންޖެހުންތަކަކާއި ދިމާވިއެވެ. އެންމެ ބޮޑު ތުރާލަކަށްވީ ފަޅުތެރޭގައި ކުނި ގިނަ ވުމެވެ. ތެޔޮ ނެގުމުގެ މަސައްކަތުގައި ކުނީގެ ތަކުލީފު ބޮޑުވީ ކުނި ސާފުކުރުމަށް ހޭދަކުރަން ޖެހުނު ވަގުތު ގިނަ ވުމުންނެވެ. އެހެންނަމަވެސް ކުނިތައް ސާފުކޮށް ތެޔޮ ނެގުމުގެ މަސައްކަތުގައި ސިފައިން މަސައްކަތް ކުރީ ވަރުބަލިކަމެއް ނެތިއެވެ.

ފުރަތަމަ ދުވަހު އެކަނި ވެސް 3 ފީފާގެ ތެޔޮ އެ ސަރަހައްދުން ނަގާފައިވެއެވެ. ތެޔޮ ނެގުމުގެ މަސައްކަތް ފުރަތަމަ ފެށި އިރު ހީވެފައި އޮތީ ތެޔޮ އެޅިފައި ވަނީ އެ ސަރަހައްދަށް އެކަނި ކަމަށެވެ. އެހެންނަމަވެސް ދާދި އަވަހަށް އެމްޕީއެލް ސަރަހައްދަށް ތެޔޮ އެޅިފައިވާކަން އެމްއެންޑީއެފްގެ ސަމާލުކަމަށް އައެވެ. އެހެންކަމުން އެ ސަރަހައްދަށް ވެސް އެޓެންޑުވެ އެމްޕީއެލްގެ އެހީތެރިކަމާއި އެކު އެ ސަރަހައްދުން ތެޔޮ ނަގާ، ސާފުކުރުމުގެ މަސައްކަތް ވަނީ ކޮށްފައެވެ. އެގޮތުން އެ ދެ އިދާރާ ގުޅިގެން ކުރި މަސައްކަތުން އެ ސަރަހައްދު، އާދިއްތަ ދުވަހު އެއްކޮށް ސާފުކޮށް ނިންމާލިއެވެ. އެ ދުވަހު އެމްޕީއެލް ސަރަހައްދަށް ގޮސް އެ ތާނގެ މަގަތު ފާލަމުގެ އިރުމަތީ ޖެޓީ ސަރަހައްދަށް އެޅިފައި ހުރި ތެޔޮ ސާފުކުރުމުގައި އެމްއެންޑީއެފް އިން ކުރީ ތައުރީފް ހައްގު މަސަައްކަތެކެވެ. ޖުމުލަ 70 ސިފައިންނާއި އެކު ސިފައިން ހިންގި މި އޮޕަރޭޝަނަކީ ގައުމަށް ދިމާވާ މިފަދަ ކޮންމެ ހާދިސާއެއްގައި، ފުރަތަމަ ސަފުގައި ސިފައިން ހަރަކާތްތެރިވާ ގައުމީ ރޫހު ދައްކުވައިދިން ކަމެކެވެ.

ފުރަތަމަ ދުވަހު އެކަނި ވެސް 3 ފީފާގެ ތެޔޮ އެ ސަރަހައްދުން ނަގާފައިވެއެވެ.

ދުުވާލަކު 12 ގަޑި އިރު މަސައްކަތްކޮށްގެން ޖެހިގެން އައި 3 ދުވަހު އެމްއެންޑީއެފް އިން ދެއްކީ "މޮރާލް"ގެ ލާމަސީލު މިސާލެކެވެ. ވަރުބަލިކަމެއް ނެތި އެމްއެންޑީއެފްގެ ޓީމުން މި މަސައްކަތުގައި ޝާމިލްވީ ގައުމީ ރޫހާއި ޝުއޫރުގައިކަން ޓީމުގެ މަސައްކަތުގައި އަމަލީގޮތުން ބައިވެރިވި އާޒިމް ވަނީ ފާހަގަކުރައްވާފައެވެ. އެ މަސައްކަތުގައި ޝާމިލްވި ސިފައިންގެ މަސައްކަތުގެ ނަމޫނާ އަށް އޭނާ އަލިއަޅުވާލެއްވީ ފަޚުރުވެރިކަމާއި އެކުގައެވެ.

ތެޔޮ ނެގުމުގެ މަސައްކަތް ނިންމާލި އިރު ޖުމުލަ 15 ފީފާގެ ތެޔޮ ވަނީ ނަގާފައެވެ. އެމްއެންޑީއެފްގެ ސްކޮޑްރަން ކޮމާންޑަރ އެމަޖެންސީ ރެސްޕޯންސް އަދި މެރިޓައިމް އޮޕަރޭޝަންސްގެ ޑައިރެކްޓަރ މޭޖަރ މުހައްމަދު ޝަފީއު ވަނީ އިއްޒުއްދީން ފާލަން ސަރަހައްދަށް އެޅުނު ތެޔޮ ސާފުކުރަން ހިންގި އޮޕަރޭޝަނަކީ ފުރިހަމަ އޮޕަރޭޝަނެއް ކަަމަށް ފާހަގަކުރައްވާފައެވެ. އެއީ ބޮޑު އޮޕަރޭޝަނެއް ކަމަށާއި ގޮންޖެހުންތަކާއި އެކު ކުރިއަށް ގެންދިޔަ އެ އޮޕަރޭޝަނަކީ ބުރަ ބޮޑު އޮޕަރޭޝަނެއް ކަަމަށް އޭނާ ވިދާޅުވިއެވެ.

މީގެ އިތުރުން ތެޔޮ ސާފުކުރުމުގެ މަސައްކަތުގައި ހަރަކާތްތެރިވީ އެމްއެންޑީއެފް ކޯސްޓްގާޑްގެ ޑައިވަރުންނާއި އޮއިލް ޕޮލިއުޝަން ރެސްޕޮންސް ޓީމަށް އެހީތެރިކަން ފޯރުކޮށްދިނުމަށް، އެމްއެންޑީއެފް މާލޭ އޭރިއާ ކޯސްޓްގާޑް ސްކޮޑްރަނާއި މާލޭ އޭރިއާ މެރީންސްއާއި، މެރިން ޕޮލިސްގެ އަދާކުރި ދައުރަކީ މުހިންމު ދަައުރެއްކަން އޭނާ ފާހަގަކުރެއްވިއެވެ. އޭނާ ވަނީ މި މަސައްކަތަށް ބޭނުންކޮށްފައިވާ ވަސީލަތްތަކުގެ ތަފްސީލް ހިއްސާކުރައްވާފައެވެ.

އާޒިމް އާއި ޝަފީއު އާއި މި ދެ ބޭފުޅުން ވެސް ވަނީ މި ހާދިސާގެ އަލީގައި މިފަދަ އިތުރު ކަމެއް ހިނގާފާނެ ދަނޑިވަޅަކަށް ތައްޔާރުވުމަށް ކަމާއި ބެހޭ ފަރާތްތަކާއި އެކު ސްޓްރެޓެޖިކް ފެންވަރުގައި ގުޅިގެން މަސައްކަތް ކުރާނެ ކަމަށް ފާހަގަކުރައްވާފައެވެ. އަދި ވަސީލަތުގެ ގޮތުން އިތުރަށް ތަނަވަސްކަން ހޯދާދިނުމަށާއި ކަމާއި ގުޅުން ހުރި ތަމްރީންތައް ހޯދާދިނުމަށް އެމްއެންޑީއެފްގެ މެނޭޖްމެންޓުން އަބަދުވެސް ޚާއްސަ އިސްކަމެއް ދެއްވާ ކަމަށް އެ ދެބޭފުޅުން ފާހަގަކުރެއްވިއެވެ.

ރަސްމީ ފާލަން ސަރަހައްދަށް އެޅުނު ތެޔޮ ނެގުމު މަސައްކަތް ނިންމާލާފައި ވަނީ އަންގާރަ ދުވަހުގެ މެންދުރު 13:35 އެހާއިރެވެ. އެކަމާއި ގުޅޭ އިތުރު މައުލޫމާތު ހިއްސާކުރައްވަމުން އެމްއެންޑީއެފްގެ މީޑިޔާ އޮފިޝަލް ވިދާޅުވީ، ފަޅުތެރެއަށް އެޅިފައިވާ ކަޅުތެޔޮ ސާފުކުރުމަށް ފެށި އޮޕަރޭޝަން ނިންމާލި ނަމަވެސް ފާލަން ސަރަހައްދަށް ތެޔޮ ވަދޭތޯ އެމްއެންޑީއެފް އިން ދަނީ ބަލަމުންނެވެ.

ރާއްޖޭގެ ހުރިހާ ހިސާބެއްގައި ވެސް މިފަދަ ހާދިސާތަކަށް އެޓެންޑްވުމުގެ ގާބިލްކަން އިތުރުކުރުމަށް އެމްއެންޑީއެފް އިން ވަނީ ފިޔަވަޅުތަކެއް އަޅާފައެވެ. ނަމަވެސް ބޮޑު ހާދިސާތައް ހިނގައިފި ނަމަ އަދިވެސް ބޭރުގެ ފަރާތްތަކުގެ އެހީތެރިކަން ރާއްޖެ އަށް ބޭނުންވާނެއެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ޕޯޓް ޓެކްނޮލޮޖީ އިންޓަނޭޝަނަލް ގެ އެޑްވައިޒަރީ ބޯޑުގެ ޗެއާމަންގެ މަގާމަށް ރައީސް ނަޝީދު

3

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

4

ދުނިޔޭގެ ބާރުގަދަ އެމެރިކާގެ ރައީސަށް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލައްވަން އީރާނުން ޖައްސުވައިފި

5

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

އިތުރަށް ކިޔާލަން

05 ޖޫން 2017

ރާއްޖެއިން ގަތަރާ ގުޅުން ކަނޑާލުން: ދަލު ބޭރުން ޖެހިގެން ދިވެހިރައްޔިތުންނަށް ގެއްލުން!

05 ޖޫން 2017
ރާއްޖެއިން ގަތަރާ ގުޅުން ކަނޑާލުން: ދަލު ބޭރުން ޖެހިގެން ދިވެހިރައްޔިތުންނަށް ގެއްލުން!
19 މެއި 2017

ދިވެހި ކުއްޖަކު އުފަންވި އިރު ހިތް ހަށިގަނޑުން ބޭރުގައި، މަރާ ހަނގުރާމަ ކުރަނީ!

19 މެއި 2017
ދިވެހި ކުއްޖަކު އުފަންވި އިރު ހިތް ހަށިގަނޑުން ބޭރުގައި، މަރާ ހަނގުރާމަ ކުރަނީ!
01 އެޕްރީލު 2017

އިންޑިއާގެ ޔަތީމްހާނާއަކަށް ލި ދިވެހި ތިން ކުދިން ރާއްޖެ ގެނެވޭނެ ގޮތެއް ނެތިފައި!

01 އެޕްރީލު 2017
އިންޑިއާގެ ޔަތީމްހާނާއަކަށް ލި ދިވެހި ތިން ކުދިން ރާއްޖެ ގެނެވޭނެ ގޮތެއް ނެތިފައި!
19 މާރިޗު 2017

ދިވެހި ދައުލަތުގެ ސިޔާދަތު ބިދޭސީންގެ މުށުތެރެއަށް!

19 މާރިޗު 2017
ދިވެހި ދައުލަތުގެ ސިޔާދަތު ބިދޭސީންގެ މުށުތެރެއަށް!
12 މާރިޗު 2017

ލޫކަސް ޖަލީލް: ދިވެހިރާއްޖޭގެ ސިޔާސީ ކުރިމަގު ބަލާ ލޯގަނޑު

12 މާރިޗު 2017
ލޫކަސް ޖަލީލް: ދިވެހިރާއްޖޭގެ ސިޔާސީ ކުރިމަގު ބަލާ ލޯގަނޑު
10 މާރިޗު 2017

ދިވެހި ވެލީގައި ގައުމީ އިހްސާސްވޭ ހެއްޔެވެ؟

10 މާރިޗު 2017
ދިވެހި ވެލީގައި ގައުމީ އިހްސާސްވޭ ހެއްޔެވެ؟
02 މާރިޗު 2017

މަގޫދޫ ދޮން އައިމިނަ: ބޭނުންވަނީ މިނިވަން ދިވެހިރާއްޖެއެއްގެ ފަސްގަނޑަށް ފަހު ނޭވާލާން

02 މާރިޗު 2017
މަގޫދޫ ދޮން އައިމިނަ: ބޭނުންވަނީ މިނިވަން ދިވެހިރާއްޖެއެއްގެ ފަސްގަނޑަށް ފަހު ނޭވާލާން
12 ޖެނުއަރީ 2017

މިހާރުގެ ހާލަތަށް ބަލާއިރު ދިވެހި ފިލްމީ ދާއިރާއަށް ކުރިއެރުމެއް ނެތް

12 ޖެނުއަރީ 2017
މިހާރުގެ ހާލަތަށް ބަލާއިރު ދިވެހި ފިލްމީ ދާއިރާއަށް ކުރިއެރުމެއް ނެތް
10 ޖެނުއަރީ 2017

ކޮރަޕްޝަން: ޔަހޫދީންނަށް ބޮޑުވަޒީރާ ސުވާލުކުރެވޭ، ދިވެހިންނަށް ރައީސްއާ ސުވާލުނުކުރެވޭ!

10 ޖެނުއަރީ 2017
ކޮރަޕްޝަން: ޔަހޫދީންނަށް ބޮޑުވަޒީރާ ސުވާލުކުރެވޭ، ދިވެހިންނަށް ރައީސްއާ ސުވާލުނުކުރެވޭ!
08 ޖެނުއަރީ 2017

ދިވެހި ދައުލަތް އޯވަހޯލް ކުރަން ޖެހިފައި!

08 ޖެނުއަރީ 2017
ދިވެހި ދައުލަތް އޯވަހޯލް ކުރަން ޖެހިފައި!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް