Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެޓެކްސްގެ ނަމުގައި މުދަލުގެ އަގު ބޮޑުކުރުން

ޓެކްސްގެ ނަމުގައި މުދަލުގެ އަގު ބޮޑުކުރުމާމެދު ފައްޔާޒް: ޖީއެސްޓީގެ ގޮތުގައި ނަގަންވާނީ ކަނޑައެޅިފައިވާ ވަރު

4 ޖެނުއަރީ 2023 | ބުދަ 09:09

ޓެކްސްގެ ގޮތުގައި ނަގާ އަގު ބޮޑު ނަމަ 1415@mira.gov.mvއަށް މެއިލްކުރުމަށް މީރާ އިން އެދޭ

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު | 4 ޖެނުއަރީ 2023 | ބުދަ 09:09
ފައްޔާޟް އިސްމާޢީލް - މިނިސްޓަރ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް

ފައްޔާޟް އިސްމާޢީލް - މިނިސްޓަރ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް

ޖީއެސްޓީގެ ގޮތުގައި ނަގަންވާނީ ޖީއެސްޓީގެ ކަނޑައެޅިފައިވާ އަގު ކަމަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލް ވިދާޅުވެއްޖެއެވެ.

ފައްޔާޒް އެފަދައިން ވިދާޅުވީ 1 ޖެނުއަރީ އިން ފެށިގެން ޖީއެސްޓީގެ ގޮތުގައި ނަގާ އިންސައްތަ ބޮޑުވުމާ އެކު ޓެކްސްގެ ނަމުގައި ނަގަންޖެހޭ މިންވަރަށްވުރެ އިތުރަށް ވިޔަފާރިވެރިން އަގު ނަގާ މައްސަލަ އާއި ގުޅިގެން "ރާއްޖެ އެމްވީ" އިން ދެންނެވި ސުވާލަކަށް ޖަވާބުދެއްވަމުންނެވެ.

Advertisement - newsAdvertisement

1 ޖެނުއަރީން ފެށިގެން މުދަލާއި ޚިދުމަތުގެ އަގުން ނަގާ ޓެކްސް އަށް ބަދަލުގެނެސް، ޖީއެސްޓީ 6 އިންސައްތައިން 8 އިންސައްތައަށް ވަނީ ބަދަލުކޮށްފައެވެ. މި ބަދަލާއެކު ތަކެތީގެ އަގު އިންތިހާއަށް ބޮޑުވުމުގެ ޝަކުވާ އާންމުން ދަނީ ކުރަމުންނެވެ. އެގޮތުން ޖީއެސްޓީ ނުނަގާ ތަކެތި އަގުބޮޑު ކުރުމާއި، ޖީއެސްޓީގެ ގޮތުގައި އިތުރުވާ މިންވަރަށް ވުރެ ބޮޑު އަގެއް ޖީއެސްޓީގެ ގޮތުގައި ނަގަމުންދާ ކަަމަށް އާއްމުން ދަނީ ބުނަމުންނެވެ.

ފައްޔާޒް ވިދާޅުވީ އަގު ބޮޑު ކުރުމަކީ މަނާ ކަމެއް ނޫން ކަމަށާއި އެއީ ވިޔަފާރިވެރިންނަށް ކުރެވިދާނެ ކަމެއް ކަަމަށެވެ. ނަަމަވެސް ޖީއެސްޓީގެ ނަމުގައި ނެގޭނީ އެ ނަގަން އޮންނަ ވަރު ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. މިނިސްޓަރު އިތުރަށް ވިދާޅުވީ އަސާސީ މުދަލުގެ އަގުތައް ފިޔަވައި އެހެން މުދަލުގެ އަގުތައް ކަނޑައެޅުމަކީ ސަރުކާރުން ކޮށް އުޅޭ ކަމެއް ނޫން ކަމަށެވެ. އެ ނޫން އައިޓަމްތަކުގެ އަގު ކަނޑައެޅުމުގެ މިނިވަންކަން ވިޔަފާރިވެރިންނަށް އޮންނާނެ ކަމަށް ވެސް ފައްޔާޒް ވިދާޅުވިއެވެ.

މި މައްސަލައިގައި އެސިސްޓެންޓް ކޮމިޝަނަރ ޖެނެރަލް އަހުމަދު ޝަރީފް މީގެ ކުރިން ރާއްޖެއެމްވީ އަށް ވިދާޅުވީ މުދަލުގެ އަގު ބޮޑުވެގެން އެކަން މީރާއަށް ނުބެލޭނެކަމަށެވެ. ނަމަވެސް ޓެކްސްގެ ނަމުގައި ނަގަންޖެހޭ މިންވަރަށްވުރެ އިތުރަށް ނަގާނަމަ އެފަދަ ޝަކުވާއެއް ހުށަހަޅައިފި ހާލަތެއްގައި މީރާއިން އެފަދަ ޝަކުވާތައް ބަލާނެ ކަމަށް އޭނާ ވިދާޅުވިއވެެ. އެގޮތުން އެފަދަ ޝަކުވާއެއް އޮތްނަމަ 1415@mira.gov.mvށް މެއިލްކުރުމަށް މީރާ އިން އެދެއެވެ.

މުދަލާއި ޚިދުމަތުން ނަގާ ޓެކްސް ނުވަތަ ޖީ.އެސްޓީ ރޭޓަށް އާދިއްތަ ދުވަހު ގެނައި ބަދަލާއެކު ޖީއެސްޓީ %8ށް ބަދަލުވުމާ ގުޅިގެން އާއްމުން ދަނީ އެކަމާމެދު ކަންބޮޑުވުން ފާޅުކުރަމުންނެވެ. ޖީއެސްޓީ ބޮޑު ކުރުމާއެކު އޭގެ އެންމެ ބޮޑު ތަފާތެއް އައީ ކުރިން ވެސް ބޮޑު އަގުގައި ވިއްކަމުން އައި ތަކެއްޗަށް ކަމަށް ވާއިރު އެފަދަ ތަކެތީގެ ތެރޭގައި ގޭތެރެއަށް ބޭނުންވާ ސާމާނާއި، ހާޑް ވެއާ ތަކެއްޗާއި އަދި ކޮންސްޓްރަކްޝަން ސާމާނު ފާހަގަކޮށްލެވެއެވެ. ޖީއެސްޓީ ހަ އިންސައްތައިން އަށް އިންސައްތައަށް ބޮޑު ކުރި ނަމަވެސް، ޖީއެސްޓީ ނުނެގޭ ތަކެތި ހުރެއެވެ. އޭގެ ތެރޭގައި ލޮނާއި، ކިރާއި، ސައިފަތް، ތެޔޮ، ކާޑުގެ ބާވަތްތައް (ހަނޑޫ، ހަކުރު އަދި ފުށް)، މަހުގެ ބާވަތްތައް، ހަވާދު، ފިޔާ، އަލުވި، މޭވާ އަދި ބައެއް ބާވަތުގެ ތަރުކާރީ އާއި ޕާނާއި ބަނަސް ފާހަގަކޮށްލެވެއެވެ.

އެންމެ ހިނގާ

1

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

2

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

3

ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ދިރިއުޅުއްވާ ހިލާލީ ގެޔަށް މަހަކު 3 ލައްކައަށް ވުރެ ގިނަ ރުފިޔާ ހަރަދުވާކަން ހާމަވެއްޖެ!

4

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

5

ޓްރަމްޕަށް އީރާން ހަނގުރާމައިގައި ނާކާމިޔާބީތައް ފުނިޖެހެނީ

އިތުރަށް ކިޔާލަން

16 ފެބުރުއަރީ 2017

"ހަމަ ކެނޑީ އަލުން ވަނީ" ގެ ނަމުގައި ހަރަކާތެއް ފަށަނީ

16 ފެބުރުއަރީ 2017
"ހަމަ ކެނޑީ އަލުން ވަނީ" ގެ ނަމުގައި ހަރަކާތެއް ފަށަނީ
15 ފެބުރުއަރީ 2017

ޓެކްސްގެ ނަމުގައި މި ސަރުކަރުން އަންނަނީ ރައްޔިތުންގެ އަތުން ފޭރެމުން: އީސަ

15 ފެބުރުއަރީ 2017
ޓެކްސްގެ ނަމުގައި މި ސަރުކަރުން އަންނަނީ ރައްޔިތުންގެ އަތުން ފޭރެމުން: އީސަ
14 ފެބުރުއަރީ 2017

ސިނގިރޭޓާއި އެނަރޖީ ޑްރިންކުގެ އަގުބޮޑު ކުރަން ހުށަހެޅި އިސްލާހު ދިރާސާ ކުރުމަށް ކޮމެޓީއަށް ފޮނުވައިފި

14 ފެބުރުއަރީ 2017
ސިނގިރޭޓާއި އެނަރޖީ ޑްރިންކުގެ އަގުބޮޑު ކުރަން ހުށަހެޅި އިސްލާހު ދިރާސާ ކުރުމަށް ކޮމެޓީއަށް ފޮނުވައިފި
13 ފެބުރުއަރީ 2017

ސިނގިރޭޓާއި އެނަރޖީ ޑްރިންކުގެ އަގުބޮޑު ކުރަން ސަރުކާރުން ހުށަހެޅި ބިލަށް ބަހުސް ކުރުން އަންގާރަ ދުވަހު

13 ފެބުރުއަރީ 2017
ސިނގިރޭޓާއި އެނަރޖީ ޑްރިންކުގެ އަގުބޮޑު ކުރަން ސަރުކާރުން ހުށަހެޅި ބިލަށް ބަހުސް ކުރުން އަންގާރަ ދުވަހު
12 ފެބުރުއަރީ 2017

ސިނގިރޭޓާއި އެނަރޖީ ޑްރިންކުގެ އަގުބޮޑު ކުރަން ހުށަހަޅައިފި

12 ފެބުރުއަރީ 2017
ސިނގިރޭޓާއި އެނަރޖީ ޑްރިންކުގެ އަގުބޮޑު ކުރަން ހުށަހަޅައިފި
05 ފެބުރުއަރީ 2017

އަނެއްކާވެސް އެކިއެކި ޕްރޮމޯޝަންތަކުގެ ނަމުގައި މަކަރު ހަދައިގެން ފައިސާ ހޯދާ މައްސަލަތައް އިތުރުވެއްޖެ

05 ފެބުރުއަރީ 2017
އަނެއްކާވެސް އެކިއެކި ޕްރޮމޯޝަންތަކުގެ ނަމުގައި މަކަރު ހަދައިގެން ފައިސާ ހޯދާ މައްސަލަތައް އިތުރުވެއްޖެ
31 ޖެނުއަރީ 2017

"ހޭވައްލާ" ގެ ނަމުގައި ޕީޕީއެމްގެ ހާއްސަ ޖަލްސާއެއް އަންނަ މަހު ބާއްވަނީ

31 ޖެނުއަރީ 2017
"ހޭވައްލާ" ގެ ނަމުގައި ޕީޕީއެމްގެ ހާއްސަ ޖަލްސާއެއް އަންނަ މަހު ބާއްވަނީ
21 ޖެނުއަރީ 2017

ހޭވައްލާ ގެ ނަމުގައި މީރާއިން މުޅި މާލެ ސާފުކުރުމުގެ ހަރަކާތެއް ބާއްވައިފި

21 ޖެނުއަރީ 2017
ހޭވައްލާ ގެ ނަމުގައި މީރާއިން މުޅި މާލެ ސާފުކުރުމުގެ ހަރަކާތެއް ބާއްވައިފި
17 ޖެނުއަރީ 2017

މާލޭގެ ގޭބީސީތަކުންނާއި ވިޔަފާރި ކުރާ ތަންތަނުގެ ކުނި އުކާލަދޭ އަގުތައް ވެމްކޯއިން ކަނޑައަޅައިފި

17 ޖެނުއަރީ 2017
މާލޭގެ ގޭބީސީތަކުންނާއި ވިޔަފާރި ކުރާ ތަންތަނުގެ ކުނި އުކާލަދޭ އަގުތައް ވެމްކޯއިން ކަނޑައަޅައިފި
16 ޖެނުއަރީ 2017

ސަރުކާރުން ޕްރޮޖެކްޓްތައް ހިންގަނީ ތިން ގުނަ އަގު ބޮޑުކޮށް: އާޒިމް

16 ޖެނުއަރީ 2017
ސަރުކާރުން ޕްރޮޖެކްޓްތައް ހިންގަނީ ތިން ގުނަ އަގު ބޮޑުކޮށް: އާޒިމް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް