Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ
ޗައިނާގެ ދަތުރުތައް ރާއްޖެއަށް ފެށުން

ޗައިނާގެ 3 އެއަރލައިނަކުން ރާއްޖެއަށް ދަތުރުތައް ފަށަނީ

ރާއްޖެއަށް ދަތުރުތައް ފަށަން ނިންމާފައިވަނީ ބެއިޖިންގ ކެޕިޓަލް އާއި ޗައިނާ އީސްޓާން އެއާލައިނާއި ހޮންގްކޮންގް އެއާލައިނުން

އިދުހާމް ނަޢީމް
އިދުހާމް ނަޢީމް, ރާއްޖެ އެމްވީ | 4 ޖެނުއަރީ 2023 | ބުދަ 06:42
ޗައިނާގެ އެއަރލައިނެއް

ޗައިނާގެ އެއަރލައިނެއް

ކޮވިޑް-19 އަށްފަހު ޗައިނާގެ ތިން އެއާލައިނަކުން ރާއްޖެއަށް ދަތުރުތައް އަލުން ފަށަން ނިންމައިފިއެވެ.

މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން މައުލޫމާތުދޭ ގޮތުގައި މި ދަތުރުތައް ފެށުމަށް ހަމަޖެހިފައިވަނީ މި މަހު 18 އިން ފެށިގެންނެވެ. އެގޮތުން ޗައިނާގެ ބެއިޖިންގ ކެޕިޓަލް އެއާލައިނުން މިމަހު 18 އިން އަންނަ މަހުގެ 22 އާ ހަމައަށް ވަނީ ފްލައިޓުތައް ތާވަލުކޮށްފައެވެ. އެ އެއަރލައިނުން ރާއްޖެއަށް ހަފުތާއަކު ހަތަރު ދަތުރު ކުރާނެއެވެ.

Advertisement - newsAdvertisement

އެމްއޭސީއެލުން މައުލޫމާތު ދޭގޮތުގައި ބެއިޖިންގ ކެޕިޓަލް އެއަރލައިނުން ދަތުރުތަކުގައި ބޭނުން ކުރާނީ އޭ330-300 މަރުކާގެ ބޯޓުތެކެވެ. މިއީ 306 މީހުންގެ ޖާގައިގެ ބޯޓުތަކެވެ.

ޗައިނާ އީސްޓާން އެއާލައިންގެ ދަތުރުތައް ރާއްޖެއަށް ކުރަން ނިންމާފައިވަނީ މިމަހުގެ 28 އިން ފެށިގެން މަރޗް މަހުގެ 25 ވަނަ ދުވަހުގެ ނިޔަލަށެވެ. އެ އެއާލައިނުން ރާއްޖެއަށް ދަތުރުކުރަން ހަމަޖެހިފައިވަނީ ހަފްތާއަކު އެއް ފަހަރުއެވެ. މި ދަތުރުތަކުގައި ބޭނުންކުރަން ނިންމާފައިވަނީ 232 ފަސެންޖަރުންގެ ޖާގައިގެ ބޯޓެކެވެ.

މީގެ އިތުރުން ހޮންގްކޮންގް އެއާލައިނަށް މަރޗް މަހުގެ 23 އާ ހަމައަށް ދަތުރު ކުރުމަށް އެމްއޭސީއެލުން ވަނީ ވީއައިއޭއިން ސްލޮޓް ދޫކޮށްފައެވެ. އެ އެއަރލައިނުން ހަފްތާއަކު ތިން ދަތުރު ކުރާއިރު އެ ދަތުރުތަކުގައި ބޭނުންކުރަނީ 292 ފަސެންޖަރުންގެ ބޯޓެވެ.

ކޮވިޑް-19އާ ގުޅިގެން ޗައިނާގެ ބޯޑަރުތައް ބަންދުކުރީ 2020 ވަނަ އަހަރުއެވެ. އެއަށްފަހު އެ ޤައުމުން ރާއްޖެއަށް ފަތުރުވެރިން އައުން ވެސް އެއްކޮށް އޮތީ ހުއްޓިފައެވެ. މީގެ އަސަރު ރާއްޖޭގެ ފަތުރުވެރިކަމަށް 2020 އަދި 2021 ވަނަ އަހަރު ވަނީ ވަރަށް ބޮޑަށް ކޮށްފައެވެ.

ޗައިނާގެ ބޯޑަރުތައް އަލުން ހުޅުވާލަން އެ ޤައުމުން ނިންމާފައިވަނީ މި މަހުގެ އަށްވަނަ ދުވަހުން ފެށިގެންނެވެ. އެ ޤައުމުން ރާއްޖެ އަންނަ ފަތުރުވެރިންނަކީ މުހިންމު ބައެއް ކަމަށާއި އެ ފަރާތްތަކަށް މަރުހަބާ ކިޔުމަށް ރާއްޖެ ތައްޔާރަށް އޮތް ކަމަށް ޓޫރިޒަމް މިނިސްޓްރީން ވަނީ ބުނެފައެވެ.

ޗައިނާގެ ބޯޑަރު ހުޅުވާލި ނަމަވެސް އެ ޤައުމުގައި އަދިވެސް ކޮވިޑު ފެތުރުމުގެ ސަބަބުންނާއި ކޮވިޑާ ގުޅޭ ސައްޙަ މައުލޫމާތު ހިއްސާ ނުކުރާތީ ބައެއް ޤައުމުތަކުން ވަނީ އެ ޤައުމުން އަންނަ ފަތުރުވެރިންނަށް ހާއްސަ ގައިޑްލައިންތައް ނެރެފައެވެ. ރާއްޖެއިން ވެސް ރައްކާތެރިކަމުގެ ފިޔަވަޅު އަޅާނެ ކަމަށާއި ހެލްތު މިނިސްޓްރީ އާއި ޓޫރިޒަމް މިނިސްޓްރީން ގުޅިގެން އެކަން ރަނގަޅަށް ކުރިއަށްގެންދެވޭނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށް ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް ވަނީ ވިދާޅުވެފައެވެ.

އިތުރަށް ކިޔާލަން

12 ފެބުރުއަރީ 2017

ބްރިޓިޝް ކައުންސިލްގެ ކޮންސެޕްޓަށް ރާއްޖޭގައި އަރަބި ބަސް އުނގަނައިދިނުމުގެ މަޝްރޫޢުއެއް ފަށަނީ

12 ފެބުރުއަރީ 2017
ބްރިޓިޝް ކައުންސިލްގެ ކޮންސެޕްޓަށް ރާއްޖޭގައި އަރަބި ބަސް އުނގަނައިދިނުމުގެ މަޝްރޫޢުއެއް ފަށަނީ
11 ފެބުރުއަރީ 2017

އުޅަނދުތައް ޓޯވް ކުރަން ފަށަނީ، ޓޯވް ކުރުމުގައި ލިބޭ ގެއްލުން ކުޑަކުރުމަށް އުޅަނދުގެ ބިއްލޫރިގަނޑު ތަޅާލެވޭނެ: ފުލުހުން

11 ފެބުރުއަރީ 2017
އުޅަނދުތައް ޓޯވް ކުރަން ފަށަނީ، ޓޯވް ކުރުމުގައި ލިބޭ ގެއްލުން ކުޑަކުރުމަށް އުޅަނދުގެ ބިއްލޫރިގަނޑު ތަޅާލެވޭނެ: ފުލުހުން
07 ފެބުރުއަރީ 2017

ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރި ބޮލީވިއާ މީހާގެ މައްޗަށް ދައުވާ ކޮށްފި

07 ފެބުރުއަރީ 2017
ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރި ބޮލީވިއާ މީހާގެ މައްޗަށް ދައުވާ ކޮށްފި
28 ޖެނުއަރީ 2017

ހަތް މަހަށް ފަހު ރާއްޖެޓީވީގެ ސީއޯއޯ ފިޔާޒުގެ ޝަރީއަތް މާދަމާ ފަށަނީ

28 ޖެނުއަރީ 2017
ހަތް މަހަށް ފަހު ރާއްޖެޓީވީގެ ސީއޯއޯ ފިޔާޒުގެ ޝަރީއަތް މާދަމާ ފަށަނީ
25 ޖެނުއަރީ 2017

ބަސް ދަތުރުތައް ފެށުމަށް ވާން ޖެހޭ ތައްޔާރީތައް ދަނީ ކުރިއަށް: އެމްޓީސީސީ

25 ޖެނުއަރީ 2017
ބަސް ދަތުރުތައް ފެށުމަށް ވާން ޖެހޭ ތައްޔާރީތައް ދަނީ ކުރިއަށް: އެމްޓީސީސީ
ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު