Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
އެންޒޯގެ ކުރިމަގު

ޗެލްސީ އާއި ބެންފީކާގެ މަޝްވަރާތައް ކުރިއަށް، އެންޒޯ ބޭނުންވަނީ ބަދަލުވާން

އަންގާރަ ދުވަހުގެ ރޭ ގިނައިރުތަކަކަށް ދެމިގެން ދިޔަ މަޝްވަރާތަކުން ވަކި ގޮތެއް މިހާތަނަށް ނުނިމޭ

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 4 ޖެނުއަރީ 2023 | ބުދަ 05:50
ބެންފީކާގެ ފަރިތަކުރުންތަކަށް އެންޒޯ ހާޒިރު ވަނީ

ބެންފީކާގެ ފަރިތަކުރުންތަކަށް އެންޒޯ ހާޒިރު ވަނީ

އާޖެންޓީނާގެ ޒުވާން މިޑްފީލްޑަރު އެންޒޯ ފެނާންޑޭޒް ހޯދުމަށް ޗެލްސީން ބެންފީކާއާއެކު މަޝްވަރާތައް ކުރިއަށް ގެންދާއިރު، އެންޒޯ ބޭނުންވަނީ ޗެލްސީ އަށް ބަދަލުވާން ކަމަށް މީޑިއާ ރިޕޯޓުތައް ބުނެފި އެވެ.

އެންޒޯ ހޯދުމުގެ ޝައުޤުވެރިކަން ޗެލްސީން ގެންގުޅެނީ މިދިޔަ ޑިސެމްބަރު މަހު ނިމުނު ފީފާ ވޯލްޑް ކަޕް މުބާރާތުގައި އޭނާ ދެއްކި މޮޅު ކުޅުމުގެ ސަބަބުންނެވެ. އެންޒޯ އަކީ މުބާރާތުގެ އެންމެ މޮޅު ޒުވާން ކުޅުންތެރިޔާ އެވެ. ރިޕޯޓުތައް ބުނާ ގޮތުން ޗެލްސީ އާއި ބެންފީކާ އިން ވަނީ އަންގާރަ ދުވަހުގެ ރޭ މަޝްވަރާތައް ކުރިއަށް ގެންގޮސްފަ އެވެ. ގިނަ އިރުތަކަކަށް ދެމިގެން ދިޔަ މަޝްވަރާތަކުން ވަކި ގޮތެއް މިހާތަނަށް ނުނިމޭ ކަމަށް ވެސް ރިޕޯޓުތައް ބުނެ އެވެ. އެއާއެކު ބުދަ ދުވަހު ވެސް ދެ ކުލަބުގެ ދެމެދު މަޝްވަރާތައް ކުރިއަށް ދާނެ ކަމަށް މީޑިއާތަކުގައި ވަނީ ރިޕޯޓުކޮށްފަ އެވެ.

މީގެ އިތުރުން މީޑިއާ ރިޕޯޓުތައް ބުނާ ގޮތުން އަންގާރަ ދުވަހު ބެންފީކާ އަށް ކުރިއަަށް ގެންދިޔަ ފަރިތަކުރުންތަކަށް އެންޒޯ ހާޒިރުވި އެވެ. އެއަށްފަހު އެންޒޯ ވަނީ ޗެލްސީ އަށް ބަދަލުވާން ބޭނުންވާކަން ބެންފީކާގެ ކޯޗު ރޮޖާ ޝްމިތު ގާތު ބުނެފައި ކަމަށް ރިޕޯޓުތައް ބުނެ އެވެ. އެކަމާ ގުޅިގެން ޝްމިތުއާއި އެންޒޯއާ ދެމެދު ވާހަކަތައް ދެކެވުނު ކަމަށާއި، ކޯޗު އެދެނީ އެންޒޯ މަޑުކުރަން ކަމަށް ވެސް ބުނެ އެވެ.

މަޝްވަރާތައް ކުރިއަށްދާއިރު، މިހާރު އިންތިޒާރު ކުރަމުން އަންނަނީ ބެންފީކާގެ ރައީސް ރޫއީ ކޯސްޓާގެ ނިންމުމަކަށް ކަމަށާއި، ވަރަށް އަވަހަށް އޭނާ ގޮތެއް ނިންމާނެ ކަމަށް ވެސް ރިޕޯޓުތައް ބުނެ އެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ޓޮޓެންހަމް އާއި ސިޓީ އެއްވަރުވިއިރު ޔުނައިޓެޑް ސަލާމަތްވީ ކިރިޔާ

ޓޮޓެންހަމް އާއި ސިޓީ އެއްވަރުވިއިރު ޔުނައިޓެޑް ސަލާމަތްވީ ކިރިޔާ

23 ޖެނުއަރީ 2017
އެންމެ ފަހުން ކޯސްޓާ ޗެލްސީގެ ފަރިތަކުރުންތަކާ ގުޅިއްޖެ

އެންމެ ފަހުން ކޯސްޓާ ޗެލްސީގެ ފަރިތަކުރުންތަކާ ގުޅިއްޖެ

18 ޖެނުއަރީ 2017
ލީގުގެ އެއްވަނައިގައި ޗެލްސީއަށް ހަތް ޕޮއިންޓްގެ ލީޑެއް

ލީގުގެ އެއްވަނައިގައި ޗެލްސީއަށް ހަތް ޕޮއިންޓްގެ ލީޑެއް

15 ޖެނުއަރީ 2017
ދަގަނޑޭގެ ވޯޓު ރޮނާލްޑޯ އާއި ގާޑިޔޯލާ އަށް

ދަގަނޑޭގެ ވޯޓު ރޮނާލްޑޯ އާއި ގާޑިޔޯލާ އަށް

10 ޖެނުއަރީ 2017
ކުރިއަށް އޮތް ސީޒަނަށް ނިޔާ ވެސް ވިކްޓްރީއާ ގުޅިއްޖެ

ކުރިއަށް އޮތް ސީޒަނަށް ނިޔާ ވެސް ވިކްޓްރީއާ ގުޅިއްޖެ

10 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

28 އެޕްރީލު
އުރީދޫ މޯލްޑިވްސްއިން އެޕަލް ވޮޗަށް އީސިމްގެ ހިދުމަތް ދޭން ފަށައިފި!
20251 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

އުރީދޫ މޯލްޑިވްސްއިން އެޕަލް ވޮޗަށް އީސިމްގެ ހިދުމަތް ދޭން ފަށައިފި!

އުލާއި ސަމުސަލުން ގަސް ފަޅާ ވާހަކަ އަޑުއެހިންތަ؟
20242 އަހަރު ކުރިން
ތަފާތު ޚަބަރު

އުލާއި ސަމުސަލުން ގަސް ފަޅާ ވާހަކަ އަޑުއެހިންތަ؟

ކާވެންޏަށް ލޯބިކުރާށެވެ.
20233 އަހަރު ކުރިން
އިސްލާމް

ކާވެންޏަށް ލޯބިކުރާށެވެ.

ޕެޓްރޯލް އޮފިސީ ސެލެބްރިޓީ ރޭސް: ޝަރަފް އެލިމިނޭޓްވެއްޖެ
20224 އަހަރު ކުރިން
ރިޕޯޓު

ޕެޓްރޯލް އޮފިސީ ސެލެބްރިޓީ ރޭސް: ޝަރަފް އެލިމިނޭޓްވެއްޖެ

ރައީސުލްޖުމްހޫރިއްޔާގެ ކައިވެނިފުޅަށް މަޑުއްވަރީ ދާއިރާގެ މެމްބަރު ހަޖޫޖަހައިފި
20215 އަހަރު ކުރިން
ރާއްޖެ

ރައީސުލްޖުމްހޫރިއްޔާގެ ކައިވެނިފުޅަށް މަޑުއްވަރީ ދާއިރާގެ މެމްބަރު ހަޖޫޖަހައިފި

އައިސިސްގެ އަމާޒު އޭޝިއާ އަށް!؟
20197 އަހަރު ކުރިން
ރިޕޯޓު

އައިސިސްގެ އަމާޒު އޭޝިއާ އަށް!؟

ސްޓްރޯކް ޖެހެނީ ކިހިނެއް؟
20188 އަހަރު ކުރިން
ސިއްހަތު

ސްޓްރޯކް ޖެހެނީ ކިހިނެއް؟

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު