Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުޕީއެސްޖީ

ވޯލްޑް ކަޕް ކާމިޔާބަށްފަހު މެސީ އެނބުރި ޕީއެސްޖީ އަށް

އެންމެ އަވަހަށް މެސީ ފެންނާނީ ލީގުގައި މި މަހުގެ 12 ވަނަ ދުވަހު އެންޖާސްއާ ދެކޮޅަށް ކުޅޭ މެޗުގައި

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 4 ޖެނުއަރީ 2023 | ބުދަ 02:16
ޕީއެސްޖީގެ ރައީސް އަދި ސްޕޯޓިން ޑިރެކްޓަރާއެކު މެސީ

ޕީއެސްޖީގެ ރައީސް އަދި ސްޕޯޓިން ޑިރެކްޓަރާއެކު މެސީ

ފީފާ ވޯލްޑް ކަޕްގެ ކާމިޔާބީ އަށް ފަހު އާޖެންޓީނާގެ ކެޕްޓަން ލިއޮނަލް މެސީ، ޕެރިސް ސެއިންޓް ޖާމަން (ޕީއެސްޖީ) ގެ ފަރިތަކުރުންތަކުގައި ބައިވެރިވުމަށް ހާޒިރުވެއްޖެ އެވެ.

ވޯލްޑް ކަޕް ކާމިޔާބީ ފާހަގަކުރުމަށް ޕީއެސްޖީން ވަނީ މެސީ އަށް ރެސްޓު ދީފަ އެވެ. އެކަން ޕީއެސްޖީގެ ކޯޗު ކްރިސްޓޮފާ ގަލްޓިއޭ ވަނީ މީގެ ކުރިން ކަށަވަރުކޮށްދީފަ އެވެ. ވޯލްޑް ކަޕް ބްރޭކަށްފަހު ލީގުގައި ޕީއެސްޖީން ވަނީ މިހާތަނަށް ދެ މެޗު ކުޅެފަ އެވެ. ގަލްޓިއޭ ބުނީ، މެސީ އެނބުރި ޕީއެސްޖީ އަށް އަންނަނީ އައު އަހަރާއެކު ކަމަށެވެ.

ފްރާންސްގެ މީޑިއާތަކުގައި ރިޕޯޓުކޮށްފައިވާ ގޮތުން ޗުއްޓީ އަށް ފަހު މެސީ މިހާރު ހުރީ ޕެރިސްގަ އެވެ. މެސީ އާއި އޭނާގެ އާއިލާ ޕެރިސް އަށް ގޮސްފައިވަނީ އަންގާރަ ދުވަހުގެ ވަގުތެއްގައި ކަމަަށް ރިޕޯޓުތައް ބުނެ އެވެ. ޕެރިސް އަށް ދިޔުމަށްފަހު މެސީ ދެން އެންމެ އަވަހަށް އޮންނަ ޕީއެސްޖީގެ ފަރިތަކުރުމެއްގައި ބައިވެރިވާނެ ކަމަށް ވެސް މީޑިއާ ރިޕޯޓުތައް ބުނެ އެވެ. ޕީއެސްޖީ އަށް ދެން އެންމެ އަވަހަށް އޮތީ ފްރެންޗް ކަޕް މެޗެކެވެ. ހޮނިހިރު ދުވަހު އޮންނަ އެ މެޗުގައި މެސީ ފެންނާނެ ކަމެއް ޔަޤީނެއް ނޫނެވެ. ސަބަބަކީ މެސީ މުޅިން އަދި ފިޓު ނުވުމާއި، ކުޅުމާ ދުރުގައި ހުންނަތާ 15 ދުވަހަށްވުރެ ގިނަވުމުން ކަމަށް ރިޕޯޓުތައް ބުނެ އެވެ. އެންމެ އަވަހަށް މެސީ ފެންނާނީ ލީގުގައި މި މަހުގެ 12 ވަނަ ދުވަހު އެންޖާސްއާ ދެކޮޅަށް ކުޅޭ މެޗުގައި ކަމަށް ވެސް ރިޕޯޓުތައް ބުނެ އެވެ.

ޕީއެސްޖީގެ ފަރިތަކުރުންތަކަށް މެސީ ހާޒިރުވާއިރު، އެ ޓީމުގެ ބައެއް ކުޅުންތެރިންނަށް ވަނީ ކުޑަ ޗުއްޓީއެއް ދީފައި ކަމަށް ރިޕޯޓުތައް ބުނެ އެވެ. ލީގުގައި އެންމެ ފަހުން ލެންސް އަތުން ޕީއެސްޖީ ބަލިވި މެޗަށްފަހު، ޓީމުގެ ތަރި ކީލިއަން އެމްބާޕޭ އާއި ޑިފެންޑަރު އަޝްރަފް ހަކީމީ މިހާރު ވަނީ ކުޑަ ޗުއްޓީއެއްގައި ކަމަށް ރިޕޯޓުތައް ބުނެ އެވެ. ރިޕޯޓުތައް ބުނާ ގޮތުން ފްރެންޗް ކަޕް މެޗާއި، ލީގުގައި އެންޖާސްއާ ދެކޮޅަށް ކުޅޭ މެޗުގައި މި ދެ ކުޅުންތެރިން ނުފެންނާނެ އެވެ.

ޕީއެސްޖީގައި މި ސީޒަންގައި މެސީ އަންނަނީ މޮޅު ކުޅުމެއް ދައްކަމުންނެވެ. ވޯލްޑް ކަޕަށް ސީޒަން މެދު ކަނޑާލިއިރު، މެސީ ވަނީ ޕީއެސްޖީ އަށް ކުޅެދިން 19 މެޗުން 12 ލަނޑު ޖަހާފަ އެވެ. މީގެ އިތުރުން ޕީއެސްޖީއާއެކު މެސީ ހަދާފައިވާ އެއްބަސްވުން މިއަހަރު ހަމަވާއިރު، އެއްބަސްވުން އައު ކުރުމަށް މެސީ ނިންމާފައިވާ ކަމަށް ރިޕޯޓުތައް ބުނެ އެވެ. ޕީއެސްޖީގެ ކޯޗު ގަލްޓިއޭ ބުނީ މެސީ އެނބުރި ޓީމާ ގުޅޭއިރު، މަރުޙަބާ ކިޔާނެ ކަަމަށެވެ.

އިތުރަށް ކިޔާލަން

26 ޖެނުއަރީ 2017

ވުމެންސް ވޮލީބޯލް ވޯލްޑް ޗެމްޕިއަންޝިޕް: ނޭޕާލް ޓީމު ރާއްޖެ އަތުވެއްޖެ

26 ޖެނުއަރީ 2017
ވުމެންސް ވޮލީބޯލް ވޯލްޑް ޗެމްޕިއަންޝިޕް: ނޭޕާލް ޓީމު ރާއްޖެ އަތުވެއްޖެ
23 ޖެނުއަރީ 2017

ޕްރިމިއާ ލީގު: ކޯސްޓާ އެނބުރި އައި މެޗުން ޗެލްސީ މޮޅުވެ 8 ޕޮއިންޓްގެ ލީޑެއް

23 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ކޯސްޓާ އެނބުރި އައި މެޗުން ޗެލްސީ މޮޅުވެ 8 ޕޮއިންޓްގެ ލީޑެއް
18 ޖެނުއަރީ 2017

މޮލްޑޯވާ އިން ވޯލްޑްކަޕަށް ތައްޔާރުވަމުން އަންނަ ގަތަރު ހިފަހައްޓައިފި

18 ޖެނުއަރީ 2017
މޮލްޑޯވާ އިން ވޯލްޑްކަޕަށް ތައްޔާރުވަމުން އަންނަ ގަތަރު ހިފަހައްޓައިފި
18 ޖެނުއަރީ 2017

ކެރިއަރުގައި ލިބުނު އެންމެ ބޮޑު ކާމިޔާބަކީ އެފްއޭ ކަޕް ޔުނައިޓެޑާއެކު ކާމިޔާބުކުރުން: ވެންހާލް

18 ޖެނުއަރީ 2017
ކެރިއަރުގައި ލިބުނު އެންމެ ބޮޑު ކާމިޔާބަކީ އެފްއޭ ކަޕް ޔުނައިޓެޑާއެކު ކާމިޔާބުކުރުން: ވެންހާލް
11 ޖެނުއަރީ 2017

ދެ އަހަރުގެ އެއްބަސްވުމަކާއެކު ސާންތި އެނބުރި އީގަލްސް އަށް

11 ޖެނުއަރީ 2017
ދެ އަހަރުގެ އެއްބަސްވުމަކާއެކު ސާންތި އެނބުރި އީގަލްސް އަށް
10 ޖެނުއަރީ 2017

ވޯލްޑް ކަޕުން އޭޝިޔާ އަށް އިތުރު ޖާގަތަކެއް ދީފި

10 ޖެނުއަރީ 2017
ވޯލްޑް ކަޕުން އޭޝިޔާ އަށް އިތުރު ޖާގަތަކެއް ދީފި
08 ޖެނުއަރީ 2017

އެފްއޭކަޕް: ފަހުވަގުތު ޖިރޫޑް ކާމިޔާބުކުރި ލަނޑުން އަނެއްކާވެސް އާސެނަލް ސަލާމަތްވެއްޖެ

08 ޖެނުއަރީ 2017
އެފްއޭކަޕް: ފަހުވަގުތު ޖިރޫޑް ކާމިޔާބުކުރި ލަނޑުން އަނެއްކާވެސް އާސެނަލް ސަލާމަތްވެއްޖެ
08 ޖެނުއަރީ 2017

އެފްއޭކަޕް: ރަޝްފަޑްގެ ދެ ލަނޑުން ރެޑިން ބަލިކޮށް ޔުނައިޓެޑް ހަތަރުވަނަ ބުރަށް

08 ޖެނުއަރީ 2017
އެފްއޭކަޕް: ރަޝްފަޑްގެ ދެ ލަނޑުން ރެޑިން ބަލިކޮށް ޔުނައިޓެޑް ހަތަރުވަނަ ބުރަށް
06 ޖެނުއަރީ 2017

އެކި ފަންތީގެ ގައުމީ ޓީމުތައް ގެނެސްގެން އަންނަ އަހަރު ޕޮމިޕިސް ކަޕް ބާއްވަނީ!

06 ޖެނުއަރީ 2017
އެކި ފަންތީގެ ގައުމީ ޓީމުތައް ގެނެސްގެން އަންނަ އަހަރު ޕޮމިޕިސް ކަޕް ބާއްވަނީ!
04 ޖެނުއަރީ 2017

އުމުރުން 41 އަހަރުގައި ވެރޯން އެނބުރި ކުޅުމުގެ ތެރެއަށް

04 ޖެނުއަރީ 2017
އުމުރުން 41 އަހަރުގައި ވެރޯން އެނބުރި ކުޅުމުގެ ތެރެއަށް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު