Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
އަފްޣާން އަންހެނުންގެ ޙައްގުތައް

ޙައްޤުތަކޭ ކިޔައިގެން ހުޅަނގުން ދަޢުވާ ކުރާއިރު، އަފްޣާން އަންހެނުން މަތިން ހަނދާން ނެތުނީތަ؟

އެކަމާ ގުޅިގެން ދުނިޔޭގެ އެކި ކަންކޮޅުތަކުން ގިނަ ޢަދަދެއްގެ ބަޔަކު ދަނީ، އަފްޣާނިސްތާނުގައި އޮތް ޠާލިބާނުންގެ ސަރުކާރަށް ފާޑުކިއުންތައް އަމާޒުކޮށް، ކަންބޮޑުވުން ފާޅު ކުރަމުން

ޢާއިޝާ ރީމާ ވަޙީދު
ޢާއިޝާ ރީމާ ވަޙީދު, ރާއްޖެ އެމްވީ | 3 ޖެނުއަރީ 2023 | އަންގާރަ 06:00
އަފްޣާން އަންހެނުން

އަފްޣާން އަންހެނުން

މިހާރު އެއީ ބަދަލުވެފައިވާ ބައެއް ކަމަށާއި ޙައްޤުތައް ކަށަވަރު ކޮށްދޭނެ ކަމަށް ބުނެ، އޯގަސްޓް 2021 ގައި ގަދަ ބާރުން އަފްޣާނިސްތާނުގެ ވެރިކަން ޖަހައިގަތް، ހަތިޔާރުއެޅި ހަނގުރާމަވެރި ޠާލިބާން ޖަމާޢަތުގެ ނިންމުންތަކާއެކު މުޅިންހެންވެސް ވެރިވަމުން ދަނީ މާޔޫސްކަމާއި ހިތާމަ ކަމާ މެދު ދެބަސްވެވޭކަށް ނެތެވެ. ޑިސެމްބަރު މަސް ނިމެންދަނިކޮށް، ދާދި މިދާކަށް ދުވަހު ޠާލިބާނުން ނިންމި ނިންމުމަކީވެސް އެފަދަ ނިންމުމެކެވެ. އަންހެން ދަރިވަރުންނަށް ޔުނިވަރސިޓީގެ ދޮރޯށިތައް ބަންދުކޮށް، މަތީ ތަޢުލީމުގެ ލައްޒަތާއި ޢިއްޒަތުން، އަފްޣާނިސްތާނުގެ އަންހެން މަޚްރޫމު ކުރީއެވެ. އެކަމާ އެންމެ ބޮޑަށް މާޔޫސްވީ އެއް ބަޔަކީ ޢިލްމީ ދާއިރާގައި މަސައްކަތް ކުރާ އަންހެން އެދުރުންނެވެ.

އެފަދަ އެކަކީ އަފްޣާނިސްތާނުގެ ޔުނިވަރސިޓީއެއްގައި ލެކްޗަރަރު ކަން ކުރަމުން ދިޔަ، ޢުމުރުން 25 އަހަރުގެ ބަޚްޝީއެވެ. ސަލާމަތީ ސަބަބުތަކަށްޓަކާ އޭނާ ހާމަ ކުރީ ޢާއިލީ ނަން އެކަޏްނެވެ.

ވަކި އެއްޗެއް އަންގަންދެން، އަންހެން ދަރިވަރުންނަށް އަފްޣާނިސްތާނުގެ ޔުނިވަރސިޓީތައް ބަންދުވާނެ ކަމަށް ބަޔާންކޮށް، އަފްޣާނިސްތާނުގެ ހަޔަރ އެޑިއުކޭޝަން މިނިސްޓްރީއިން ބަޔާނެއް އާންމު ކުރީ ޑިސެމްބަރު 20 ވީ އަންގާރަ ދުވަހުއެވެ. އެކަމާ ގުޅިގެން، ބައިނަލްއަޤުވާމީ ފެންވަރުގައި، ދުނިޔޭގެ އެކި ކަންކޮޅުތަކުން ގިނަ ޢަދަދެއްގެ ބަޔަކު ދަނީ، އަފްޣާނިސްތާނުގައި އޮތް ޠާލިބާނުންގެ ސަރުކާރަށް ފާޑުކިއުންތައް އަމާޒުކޮށް، ކަންބޮޑުވުން ފާޅު ކުރަމުންނެވެ.

ދެންވެސް އިވުނީ ހަމަ އެކަހަލަ އަޑެކެވެ. ޑިސެމްބަރު 24 ވަނަ ދުވަހު ޠާލިބާނު ސަރުކާރުން އާންމު ކުރި ބަޔާނުގައި ބުނެފައި ވަނީ، އަފްޣާނިސްތާނުގައި ހިންގަމުންދާ ދޭސީ އަދި ބިދޭސީ، ސަރުކާރު ހިއްސާނުވާ ޖަމިއްޔާ/ޖަމާޢަތް (އެންޖީއޯ) ތަކުގެ އަންހެން މުވައްޒަފުންގެ މަސައްކަތް، ވަކި އެއްޗެއް އަންގަން ދެން، މިހާރުން މިހާރަށް ހުއްޓާލުމަށް އަމުރު ކުރާ ކަމަށެވެ. ޠާލިބާން ސަރުކާރުގެ ނިންމުމަކީ ބައިނަލްއަޤުވާމީ ފެންވަރުގައި ކުށްވެރި ކުރާ ނިންމުމަކަށް ވީ ނަމަވެސް، އެ ނިންމުން ނިންމާފައި ވަނީ، އިސްލާމީ ވެއްޓެއްގައި އަންހެނުން ހެދުން އަޅަން ޖެހޭނެ ކަމަށް ޠާލިބާނުން ޤަބޫލު ކުރާ އުސޫލުތަކާ ޚިލާފަށް، އެންޖީއޯތަކުގެ އަންހެން މުވައްޒަފުން ހެދުން އަޅަމުން ދާތީ ކަމަށްވެސް ޚަބަރު ލިބެއެވެ.

ޕޮލިޓިކަލް ސައެންސްއާއި ޤާނޫނީ ދާއިރާއިން މަތީ ތަޢުލީމު ހާޞިލުކޮށްގެން ހުރި ބަޚްޝީއަކީ އަފްޣާނިސްތާނުގައި ހިންގާ 2 ޕްރައިވެޓް ޔުނިވަރސިޓީއެއްގައި ލެކްޗަރަރުކަން ކުރި އުސްތާޛާއެކެވެ. އޭނާ ބުނާ ގޮތުގައި ޠާލިބާނުން މި ނިންމުންތަކަކީ، ދީނީ އަދި އިންސާނީ ފިކުރު، އެކަމުގައި އެކުލެވޭ ނިންމުންތަކެއް ކަމަކަށް އޭނާއަކަށް ނުފެނެއެވެ.

ޠާލިބާނުންގެ ވެރިކަމެއްގައި އަފްޣާނިސްތާނުގެ އަންހެނުންނާ މެދު އިންތިހާއަށް ކަންބޮޑުވާ ބަޚްޝީ، ބައިނަލްއަޤުވާމީ ސަމާލުކަމަށް މިކަމަށް ދިނުމަށާ، މެދުކެނޑުމެއް ނެތި، އަފްޣާނިސްތާނަށް އެހީ ފޯރުކޮށްދިނެމުން ދިއުމަށް، ބައިނަލްއަޤުވާމީ މުޖުތަމަޢަށް ގޮވާލާފައެވެ.

އެމެރިކާ ސިފައިން އަފްޣާނިސްތާނުގައި ކުރި ވަރުގަދަ ހަނގުރާމައަށް ކުށްލި ނިމުމެއް ގެނެސް، އޯގަސްޓް 2021 ގައި އެ ޤައުމުން ފައިބައިގެން ދިއުމާއެކު، އަފްޣާނިސްތާނުގައި އޭރު އޮތް ސަރުކާރު ވައްޓާލުމަށްފަހު ޠާލިބާނުން ވެރިކަމާ ހަވާލުވީ، އަފްޣާނިސްތާނަށް ހެޔޮ ބަދަލުތަކެއް ގެނެސްދޭނެ ކަމަށް ބުނަމުންނެވެ. މީގެ ކުރިން އަފްޣާނިސްތާނުގައި ޠާލިބާނުން ހިންގި ހަރުކަށި ވެރިކަމުގެ އުސޫލުތަކާ ޚިލާފަށް، ޒަމާނީ ވެރިކަމެއް ހިންގާނެ ކަމުގެ ވަޢުދުވަމުންނެވެ.

ވެރިކަމަށް އެރިތާ ކުރީކޮޅު، ޢުއްމީދީ ބަދަލުތަކެއް ހިސާބަކަށް ފެނުނު ކަމުގައި ވީ ނަމަވެސް، ދެން ފެންނަން ފެށީ ތަފާތު މަންޒަރެކެވެ. ވަކިން ހާއްސަކޮށް، އަންހެނުންގެ މިނިވަންކަމާ ގުޅިގެން ޠާލިބާނުން ތަންފީޒު ކުރަން ފެށީ ހަރުކަށި ފިޔަވަޅުތަކެކެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ދިވެހިން މުޒާހަރާ ކުރުމުން ފުލުހުންނަށް ވަރަށް އަނިޔާވޭ، ބިދޭސީން މުޒާހަރާ ކުރާއިރު!؟

ދިވެހިން މުޒާހަރާ ކުރުމުން ފުލުހުންނަށް ވަރަށް އަނިޔާވޭ، ބިދޭސީން މުޒާހަރާ ކުރާއިރު!؟

13 ޖުލައި 2020
ޖިންސީ އަނިޔާ: ރާއްޖެ، އިންޑިއާ އޮތް ހާލަތަށް ދަންދެން "ހައްޕު" ކިޔައިގެން ތިބެންވީތަ؟

ޖިންސީ އަނިޔާ: ރާއްޖެ، އިންޑިއާ އޮތް ހާލަތަށް ދަންދެން "ހައްޕު" ކިޔައިގެން ތިބެންވީތަ؟

17 ޖެނުއަރީ 2020
ޤައުމީ ދުވަސް ފާހަގަކުރާއިރު ހިތުގައި އުފެދެނީ ކޮން ޝުޢޫރެއް؟

ޤައުމީ ދުވަސް ފާހަގަކުރާއިރު ހިތުގައި އުފެދެނީ ކޮން ޝުޢޫރެއް؟

29 އޮކްޓޯބަރު 2019
ސިޓީއަކަށް ބަދަލުކުރުމުގެ މަސައްކަތް ކުރާއިރު، އާންމު ބަލިތަކަށް ފަރުވާ ނުލިބޭ!

ސިޓީއަކަށް ބަދަލުކުރުމުގެ މަސައްކަތް ކުރާއިރު، އާންމު ބަލިތަކަށް ފަރުވާ ނުލިބޭ!

08 ފެބުރުއަރީ 2019
ޓެރަރިސްޓުން މުޅި ދުނިޔެއަށް ދަތުރުކުރާއިރު، އިއްޒަތްތެރި މެމްބަރު ނިހާނަށް އަވަށްޓެރި އިންޑިއާއަށްވެސް ނޭރުނު

ޓެރަރިސްޓުން މުޅި ދުނިޔެއަށް ދަތުރުކުރާއިރު، އިއްޒަތްތެރި މެމްބަރު ނިހާނަށް އަވަށްޓެރި އިންޑިއާއަށްވެސް ނޭރުނު

05 ޖޫން 2018

އަހަރުތަކުން މިއަދު

4 ފެބުރުއަރީ
އެމްޑީޕީ އަކީ އެކަކު އަނެކެއްގެ ކިބައިން ހިތްވަރު ލިބިގެން ގައުމުގެ ހައްގުގައި ނުކުންނަ ހިތްވަރު ގަދަ ބަޔަކަށް ކިޔާ ނަމެކެވެ!
20251 އަހަރު ކުރިން
ރިޕޯޓު

އެމްޑީޕީ އަކީ އެކަކު އަނެކެއްގެ ކިބައިން ހިތްވަރު ލިބިގެން ގައުމުގެ ހައްގުގައި ނުކުންނަ ހިތްވަރު ގަދަ ބަޔަކަށް ކިޔާ ނަމެކެވެ!

ޝަރުތުހަމަނުވާ 59 އިންސައްތަ މީހުންނަށް ފްލެޓު ދީފައިވޭ: އޭސީސީ
20242 އަހަރު ކުރިން
ރާއްޖެ

ޝަރުތުހަމަނުވާ 59 އިންސައްތަ މީހުންނަށް ފްލެޓު ދީފައިވޭ: އޭސީސީ

ރޯމާ ދުވާލު މަސްތުވާތަކެތި އިންޖެކްޓްކުރުމުގައި!
20233 އަހަރު ކުރިން
ރިޕޯޓު

ރޯމާ ދުވާލު މަސްތުވާތަކެތި އިންޖެކްޓްކުރުމުގައި!

ރައީސް ޔާމީނަށް ރައްޔިތުންގެ ތާއީދު ނެތްކަން ހާމަވެއްޖެ: އެމްޓީޑީ
20224 އަހަރު ކުރިން
ރާއްޖެ

ރައީސް ޔާމީނަށް ރައްޔިތުންގެ ތާއީދު ނެތްކަން ހާމަވެއްޖެ: އެމްޓީޑީ

މަގޭ ރިޕޯޓް: މިވަރުވީމަ ދެން ބަނީ އިސްރާއިލް މީހުނަކާ ތަފާތެއް ކޮބާހެއްޔެވެ؟
20215 އަހަރު ކުރިން
ރިޕޯޓު

މަގޭ ރިޕޯޓް: މިވަރުވީމަ ދެން ބަނީ އިސްރާއިލް މީހުނަކާ ތަފާތެއް ކޮބާހެއްޔެވެ؟

މުނާސަބުކޮށް ހެދުން ތުރުކުރެއްވުމުގައި ރާއްޖޭގެ ފަސްޓްލޭޑީ ވަރަށް ޔުނީކް!
20197 އަހަރު ކުރިން
ރިޕޯޓު

މުނާސަބުކޮށް ހެދުން ތުރުކުރެއްވުމުގައި ރާއްޖޭގެ ފަސްޓްލޭޑީ ވަރަށް ޔުނީކް!

ރައީސުލްޖުމްހޫރިއްޔާގެ ނާއިބާއި ސަރުކާރުގެ ބައެއް ވެރިން ގެއްލިއްޖެ
20188 އަހަރު ކުރިން
ރިޕޯޓު

ރައީސުލްޖުމްހޫރިއްޔާގެ ނާއިބާއި ސަރުކާރުގެ ބައެއް ވެރިން ގެއްލިއްޖެ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު