Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
ހދ. ކުޅުދުއްފުށި

ސިޓީއަކަށް ބަދަލުކުރުމުގެ މަސައްކަތް ކުރާއިރު، އާންމު ބަލިތަކަށް ފަރުވާ ނުލިބޭ!

އެއްވެސް ޚިދުމަތެއް ދާއިމީ ގޮތެއްގައި ނުލިބޭ

އަމްނާ އިމާދު
އަމްނާ އިމާދު, ރާއްޖެ އެމްވީ | 8 ފެބުރުއަރީ 2019 | ހުކުރު 11:47
ކުޅުދުއްފުށި ހޮސްޕިޓަލް

ކުޅުދުއްފުށި ހޮސްޕިޓަލް

ތަރައްގީގެ ދުވެލީގައި ރާއްޖެ ކުރިއަރަމުން އަންނައިރު، އަތޮޅު ތެރޭގެ ރަށްރަށުގެ ރައްޔިތުން އެރަށެއްގެ ތަރައްގީއަށް އަންނަނީ ބޮޑެތި ހުވަފެންތަކެއް ދެކެމުންނެވެ. އެރަށެއްގައި ހިންގާނީ ކޮން މަޝްރޫއުތަކެއްތޯ ބެލުމާއި، އެރަށެއްގެ ކުރިމަގަކަށް ބޭނުންވާ ގިނަ ކަންކަމުގައި ރައްޔިތުން ދަނީ ގުޅިގެން ވަކާލާތު ކުރަމުންނެވެ. އަދި ރަށްރަށުގެ ކައުންސިލުން ރައީސުލްޖުމްހޫރިއްޔާއާ، ސަރުކާރުގެ އެކިއެކި މުއައްސަސާތަކުގެ ވެރިންނާއި ބައްދަލުކޮށް، ގިނަ މަޝްވަރާތަކެއް ކުރަމުންދާ މަންޒަރު މިހާރު ދަނީ ފެންނަމުންނެވެ.

އެގޮތުން ހދ.ކުޅުދުއްފުއްޓަކީ ފާހަގަކޮށްލެވޭ ރަށެކެވެ. އާބާދީގައި ދިހަ ހާސް މީހުން ހަމަވުމާއެކު އެރަށުގެ ކައުންސިލްއާ، އަތޮޅު ކައުންސިލުން ދަނީ ސަރުކާރާއި ގުޅިގެން ގިނަ މަސައްކަތްތައް ކުރަމުންނެވެ. ސިޓީއަކަށް ބަދަލުކުމުގެ މަސައްކަތް ކުރާއިރު، އެރަށުން ރައްޔިތުންނަށް ލިބެންޖެހޭ އެންމެ އަސާސީ ޚިދުމަތްތައް މިއަދާއި ހަމައަށްވެސް ނުލިބެއެވެ.

އަތޮޅުތެރޭގައި އެންމެ ގިނަ ރައްޔިތުން ޚިދުމަތް ހޯދާ އެއް ހޮސްޕިޓަލްކަމަށްވާ ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުން އާންމު ބަލިތަކަށް ޚިދުމަތް ނުދެވޭ ވަރަށް ހާލަތު ދަށްވެފައިވުމީ ހިތާމަ ހުރިކަމެކެވެ. އެހޮސްޕިޓަލުން ހއ.ހދ އަދި ށ އަތޮޅުގެ ރައްޔިތުން ޚިދުމަތް ހޯދަމުންދާއިރު، ދުވާލެއްގެ މައްޗަށް 200 އަށްވުރެ ގިނަ މީހުން އެ ހޮސްޕިޓަލުގެ ޚިދުމަތް ހޯދައެވެ.

އެހޮސްޕިޓަލްގެ ހާލަތާއި ބެހޭ ގޮތުން ކުޅުދުއްފުށީ ކައުންސިލްގެ ރައީސް އަބްދުއްލަތީފް ހަސަން ވިދާޅުވީ، ހޮސްޕިޓަލަކީ ޓާޝަރީ ފެންވަރުގެ ޚިދުމަތްދެވޭނެ ތަނަކަށް ހެދުމުގެ މަސައްކަތް ކުރަމުންދާ ކަމަށާއި، ސަރުކާރާއެކު އެކަމުގެ މަޝްވަރާތައް ކުރަމުންދާ ކަމަށެވެ. ނަމަވެސް އަމަލީ މަސައްކަތް ނުފެށެނީ އިންޑިއާގެ ނޫރުލް އިސްލާމް އިންޓަނޭޝަނަލް (ނިމްސް) ހޮސްޕިޓަލާއެކު ހަދާފައިވާ އެއްބަސްވުން އުވާލުމުގެ މަސައްކަތް އެއްކޮށް ނުނިމޭތީ ކަމަށާއި، މިމަސައްކަތް ނިމުމުން މަސައްކަތްތައް ފެށޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.

މީގެ އިތުރުން އަބްދުލްލަތީފު ވިދާޅުވީ، އާންމު ބަލިތަކަށް ފަރުވާދޭނެ ރަނގަޅު ނިޒާމެއް ކުޅުދުއްފުށީގައި ނެތް ކަމަށެވެ. އަދި އަންހެނުންގެ ޚާއްސަ ޑޮކްޓަރާއި، ކުޑަކުދިންގެ ޚާއްސަ ޑޮކްޓަރާއި، އެތެރެހަށީގެ ޚާއްސަ ޑޮކްޓަރުންވެސް ދާއިމީ ގޮތެއްގައި ރަށުގައި ނުތިބޭ ކަމަށާއި، އެއީވެސް ދުވަސްކޮޅުކޮޅުން ލިބޭ ޚިދުމަތްތައް ކަމަށެވެ.

އޭނާ ވިދާޅުވީ ހޮސްޕިޓަލުން ޚިދުމަތެއްދޭ ކަމަށްވާނަމަ، ދާއިމީ ގޮތެއްގައި ޚިދުމަތް ދޭންޖެހޭ ކަމަށާއި، އެހެން ނޫންނަމަ އެކަމުގެ ތަކުލީފުތައް ރައްޔިތުން އުފުލަންޖެހޭ ކަމަށެވެ.

"ވަރަށް ބޮޑު ދަތިކަމެއް މިއީ. ޑޮކްޓަރުން ނުތިބޭނެ އެއްވެސް އިރެއްގަ ހަމައަކަށް. ޑޮކްޓަރަކު ޗުއްޓީއަށް ދިޔައަސް ހޮސްޕިޓަލުން ޚިދުމަތް ނުލިބޭނެ. އެއްމަހު މާބަނޑު އަންހެނުން ސްކޭން ކުރުމުގެ ޚިދުމަތް ލިބިދާނެ. އެކަމަކު އަނެއް ދެމަހު އެޚިދުމަތް ނުލިބި ހިނގާދާނެ" އަބްދުލްލަތީފް ވިދާޅުވިއެވެ.

ކުޅުދުއްފުށީ ހޮސްޕިޓަލުން ރައްޔިތުންނަށް ލިބެންޖެހޭ ޚިދުމަތް އެންމެ އެކަށީގެންވާ ގޮތުގައި ނުދެވޭއިރު ތަނުގެ ޖާގައިގެ ދަތިކަންވެސް ވަނީ ކުރިމަތިވެފައެވެ. 1999 ވަނަ އަހަރު ހުޅުވި އެހޮސްޕިޓަލުގައި ޕްރައިވެޓް ރޫމްތައް މަދު އިރު، ކޮންސަލްޓޭޝަން ރޫމްތައް އިތުރުކުރުމަށް ބައެއް ޕްރައިވެޓް ރޫމްތައް ދަނީ ނަގަމުންނެވެ. މިއާއިއެކު ހޮސްޕިޓަލަށް ދިމާވެފައިވާ އެނދުގެ ދަތިކަން ވަނީ އިތުރުވެގެން ގޮސްފައެވެ.

އަބްދުލްލަތީފު ވިދާޅުވީ، މިހާރު ހޮސްޕިޓަލް ހުރި އިމާރާތްވެސް ބޮޑުކުރެވޭނެ ޖާގައެބައޮތް ކަމަށާއި، ނިމްސްއިން އެއްބަސްވި ގޮތަށް މަސައްކަތް ކުރި ނަމަ މިއަދު މިމައްސަލައަށް ހައްލު ލިބޭނެ ކަމަށެވެ. ރައީސް ޔާމީންގެ ސަރުކާރުގައި 50 އަހަރަށް ކުޅުދުއްފުށީ ހޮސްޕިޓަލް ނިމްސްއާ ހަވާލުކުރީ 150 އެނދުގެ މަލްޓި ސްޕެޝަލިޓީ ޓާޝަރީ ހޮސްޕިޓަލެއްގެ ގޮތުގައި ތަރައްގީކޮށް ހިންގުމަށެވެ. ނަމަވެސް އެއްބަސްވުމާއި އެއްގޮތަށް ނިމްސްއިން އެއްވެސް މަސައްކަތެއް ކޮށްފައެއްނުވެއެވެ.

މި ކަންކަން މިހެން ހުރި ނަމަވެސް ކުޅުދުއްފުށީ ރައްޔިތުން އުންމީދު ނަގައެއްނުލައެވެ. ހޮސްޕިޓަލްގެ މެނޭޖްމެންޓާއި ގުޅިގެން ސަރުކާރަށް ދޭންވާ ފުރިހަމަ އެއްބާރުލުންދީގެން މަސައްކަތް ކުރަމުންދަނީ އުތުރުގެ ތިން އަތޮޅުގެ ރައްޔިތުން ބަރޯސާވެފައިވާ މިހޮސްޕިޓަލަށް ދިމާވެފައިވާ މައްސަލަތައް ހައްލުކުރާށެވެ.

ކުޅުދުއްފުށި ސިޓީއަކަށް ބަދަލުވެގެންދާއިރު، ބޭސްފަރުވާ ހޯދުމަށް ކަނޑު ހުރަސްކޮށްފައި މާލެ އަންނަ އައުން ނިމުމަކަށް ގެންނަން އެބަޖެހެއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ބްރިޖުގެ މަސައްކަތަކީ އަދީބުގެ މަސައްކަތްޕުޅެއްތަ؟ ނޫނީ ރައީސް ޔާމީނުގެ މަސައްކަތްޕުޅެއްތަ؟

ބްރިޖުގެ މަސައްކަތަކީ އަދީބުގެ މަސައްކަތްޕުޅެއްތަ؟ ނޫނީ ރައީސް ޔާމީނުގެ މަސައްކަތްޕުޅެއްތަ؟

15 ޖެނުއަރީ 2018
ކެނޑިޑޭޓްގެ މަސައްކަތް ފެއްޓުން މުހިންމު!

ކެނޑިޑޭޓްގެ މަސައްކަތް ފެއްޓުން މުހިންމު!

07 ޑިސެމްބަރު 2017
މާލީ ވަޒީރަށް ދައުލަތުގެ މާލިއްޔަތު މަސައްކަތްކުރާ ގޮތް އެނގިލައްވާތޯ؟

މާލީ ވަޒީރަށް ދައުލަތުގެ މާލިއްޔަތު މަސައްކަތްކުރާ ގޮތް އެނގިލައްވާތޯ؟

19 ނޮވެމްބަރު 2017
ކުޅުދުއްފުށީ އެއަރޕޯޓްގެ މަސައްކަތް ފެށުމަށް ހުއްދަ ދިނުމުގައި ސުވާލު އުފެދޭ ކަންތަކެއް!

ކުޅުދުއްފުށީ އެއަރޕޯޓްގެ މަސައްކަތް ފެށުމަށް ހުއްދަ ދިނުމުގައި ސުވާލު އުފެދޭ ކަންތަކެއް!

26 އޮކްޓޯބަރު 2017
ހަނީފުގެ މަރު: " ހަނީފް މޫދަށް ގެނބުމުގެ ކުރިން އަންހެނުންގެ ސަލާމަތަށް މަސައްކަތް ކުރި"

ހަނީފުގެ މަރު: " ހަނީފް މޫދަށް ގެނބުމުގެ ކުރިން އަންހެނުންގެ ސަލާމަތަށް މަސައްކަތް ކުރި"

23 އޮކްޓޯބަރު 2017

އަހަރުތަކުން މިއަދު

15 ޖެނުއަރީ
ރަޝިޔާ -ޔޫކްރެއިން ހަމަނުޖެހުމުގައި ރާއްޖެއިން ޔޫކްރެއިން އަށް ތާއީދު ކުރަން އެއްބަސްވެއްޖެ
20251 އަހަރު ކުރިން
ރާއްޖެ

ރަޝިޔާ -ޔޫކްރެއިން ހަމަނުޖެހުމުގައި ރާއްޖެއިން ޔޫކްރެއިން އަށް ތާއީދު ކުރަން އެއްބަސްވެއްޖެ

އާޒިމް ހުވާކުރެއްވުން ހޯމަ ދުވަހު
20242 އަހަރު ކުރިން
ރާއްޖެ

އާޒިމް ހުވާކުރެއްވުން ހޯމަ ދުވަހު

"އުޑުމަތިން ފެނުނީ ބޮޑު އަލިފާން ގުޅައެއް"
20233 އަހަރު ކުރިން
ރިޕޯޓު

"އުޑުމަތިން ފެނުނީ ބޮޑު އަލިފާން ގުޅައެއް"

ރައީސް ސޯލިޙު ދަން ޖައްސަން ޕީޕީއެމްގެ ޒާހިދު ރަމީޒު ގޮވާލައިފި
20224 އަހަރު ކުރިން
ރާއްޖެ

ރައީސް ސޯލިޙު ދަން ޖައްސަން ޕީޕީއެމްގެ ޒާހިދު ރަމީޒު ގޮވާލައިފި

އިންތިޤާލީ އިންސާފުގެ ޤާނޫނުގެ ދަށުން ޗީފް އޮމްބަޑްސްޕަރސަން އަދި އޮމްބަޑްސްޕަރސަންގެ މަޤާމަށް ބޭފުޅުން އައްޔަންކުރައްވައިފި
20215 އަހަރު ކުރިން
ރާއްޖެ

އިންތިޤާލީ އިންސާފުގެ ޤާނޫނުގެ ދަށުން ޗީފް އޮމްބަޑްސްޕަރސަން އަދި އޮމްބަޑްސްޕަރސަންގެ މަޤާމަށް ބޭފުޅުން އައްޔަންކުރައްވައިފި

ޖޭޕީން އެދުމުންވެސް އިސްލާހު ނުނަގާނެ ކަމަށް ލަތީފް ވިދާޅުވެއްޖެ!
20197 އަހަރު ކުރިން
ރާއްޖެ

ޖޭޕީން އެދުމުންވެސް އިސްލާހު ނުނަގާނެ ކަމަށް ލަތީފް ވިދާޅުވެއްޖެ!

ކިނބިއްސެއް އޮއްބާލި މީހެއްގެ ކަރުތެރެ ފަޅައިގެން ހިނގައްޖެ
20188 އަހަރު ކުރިން
ސިއްހަތު

ކިނބިއްސެއް އޮއްބާލި މީހެއްގެ ކަރުތެރެ ފަޅައިގެން ހިނގައްޖެ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު