Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
ޤައުމީ ދުވަސް

ޤައުމީ ދުވަސް ފާހަގަކުރާއިރު ހިތުގައި އުފެދެނީ ކޮން ޝުޢޫރެއް؟

މިއަދަކީ މިއަހަރުގެ ޤައުމީ ދުވަސް

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ, ރާއްޖެ އެމްވީ | 29 އޮކްޓޯބަރު 2019 | އަންގާރަ 07:57
އުތީމު ގަނޑުވަރު

އުތީމު ގަނޑުވަރު

މިއަދަކީ މިއަހަރުގެ ޤައުމީ ދުވަހެވެ. ޤައުމެއްގެ ޙަޔާތުގައި އަންނަ މުހިންމު ދުވަސް ތަކުގެ ތެރެއިން ދުވަހެކެވެ. ޤައުމީ ދުވަސް ފާހަގަކުރަނީ ކޮންމެ އަހަރެއްގެވެސް ރަބީއުލްއައްވަލް މަހުގެ 1 ވަނަ ދުވަހު އެވެ. އެދުވަހަކީ ބޮޑުތަކުރުފާނު ޕޯޗްގީޒުންގެ ކިބައިން ދިވެހިރާއްޖެ ސަލާމަތް ކުރެއްވި ދުވަހެވެ. މިއަހަރު މިފާހަގަކުރަނީ 77 ވަނަ ޤައުމީ ދުވަހެވެ.

ޒަމާން ބަދަލުވެ މީހުންގެ ވިސްނުމާއި އުޅުމަށް ބޮޑެތި ބަދަލުތަކެއް އައިސްފައިވާއިރު ބޮޑުތަކުރުފާނު މި ޤައުމު އަޅުވެތިކަމުން މިނިވަންކުރުމަށް ކުރެއްވި މަތިވެރި ޖިހާދު ކުރެއްވިގޮތް ވަޒަންކޮށްލުމަކީ އުނދަގޫކަމަކަށް ވެދާނެ އެވެ. ނަމަވެސް ކޮންމެ ދިވެއްސަކުވެސް ޤައުމު ދެކެ ލޯބިވެ ޤައުމަށްޓަކައި އެފަދަ މަތިވެރި ޤުރުބާނީއެއް ވުމަށް ނުކެރެންވީ ސަބަބެއް ނެތެވެ.

އެހެން ނަމަވެސް އެފަދަ ހިތްވަރަކާއި ފަންވަރެއް ނެރުމަށް ޤައުމީ ލޯބި އެމިންވަރަށް ހިތުގައި އުފެދުމަކީ މުހިންމު ކަމެކެވެ. ޕޯޗުގީޒުންގެ އަތްދަށުން ދިވެހިން ސަލާތްކުރުމުގެ މަސައްކަތް ބޮޑުތަކުރުފާނާއެކު ކުރެއްވީ އެތަކުރުފާނުގެ ކޮއްކޯފުޅު ހަސަންތަކުރުފާނާއެކު އެވެ. ފަހުން އެ ޖިހާދުގައި ބައިވެރިވެލެއްވީ މަލިކު އަލީ ހާޖީއާ ހަސަން ހާޖީއެވެ. އޭގެ އިތުރުން ދުވާފަރު އަލީ ދަންޑަހެލެވެ.

ހިތްވަރުފުޅާއެކު ދަންވަރުގެ ވަގުތުތަކުގައި ރަށްރަށް އަރައި ޕޯޗްގީޒުންނާ ހަނގުރާމަ ކުރެއްވުމަށް އެ ތަކުރުފާނު ބޭނުންފުޅު ކުރެއްވި އޮޑި އަކީ "ކަޅުއޮއްފުންމި" އެވެ.

މިވާހަކަތަކަކީ ދިވެހި ތާރީޚީ ފަތްފުށްތަކާއި ކިޔަވަން ގެންގުޅޭ ފޮތްތަކާއި ތަމްސީލް ތަކާއި ފިލްމުތަކާއި ޑްރާމާތަކުން ތަފްސީލުކޮށް ފެންނަން އޮތް ވާހަކަތަކެވެ. ޕޯޒުގީޒުންގެ އަތްދަށުން ދިވެހި ޤައުމު ސަލާމަތްކުރެއްވުމަށް ދިވެހިން ތިބި މަތިވެރި އިސްލާމް ދީން މަތީ ދެމިތިބުމުގެ ފުރުސަތު ދިވެހިންނަށް ހޯއްދަވައި ދެއްވުމަށް އެމަނިކުފާނު ކުރެއްވި މަތިވެރި ޖިހާދުގެ އެކިއެކި ވާހަކަތައް އެހުރީ ފެންނާށެވެ.

ދެން އުފެދޭ ސުވާލަކީ ޤައުމީ ދުވަސް ފާހަގަ ކުރަމުންދާއިރު ހިތުގައި އުފެދެނީ ކޮން ޝުޢޫރުތަކެއްތޯ އެވެ؟ އެތަކުރުފާނު ކުރެއްވި ޤައުމީ ޖިހާދު މިހާރު ދިވެހިންނަށް ވަޒަންކޮށްލެވެނީ ކިހާވަރަކަށްތޯ އެވެ. މިސުވާލުގެ ޖަވާބު އެކި މީހުން ދޭނީ އެކިގޮތަށެވެ. ސުވާލުގެ ޖަވާބު ހޯދާލުމަށް ސޯޝަލް މީޑިޔާއަށް ބަލާލުމުން އެކި މީހުންގެ ޝުޢޫރުތައް އެހުރީ ފެންނާށެވެ.

ދުވަހުގެ މުނާސަބަތުގެ ހެޔޮއެދުންތަކާއެކު ޤައުމާ މެދު އެމީހުން ދެކޭގޮތުގެ ޝުޢޫރުތައް އެހުރީ ފެންނާށެވެ. ތަފާތު އެކިއެކި ފޮޓޯ ތަކާއި މޮޅެތި ގްރެފިކްސްތަކާއެކު އެވެ. ޤައުމީ ދިދައާއެކު މޮޅެތި، ރީތި ޅެން ބައިތުތަކުން ސޯޝަލް މީޑިޔާގެ ފީޑް ފުރެމުންދަނީ އެވެ. ޤައުމީ ހެދުމާއެކު ނަގާފައިވާ ފޮޓޯ ތަކާއި ޤައުމީ ދުވަސް އެބޭފުޅަކަށް ނިސްބަތްވާ ބޮޑުތަކުރުފާނު އުޅުއްވި އުތީމު ގަނޑުވަރުކައިރީގައި ނަގާފައި ހުރި ފޮޓޯތަކުން ކޮންމެ މީހަކުވެސް ދުވަހުގެ ޝުޢޫރުތައް ފާޅުކުރަމުންދަނީ އެވެ.

މިފަދަ ޕޯސްޓްތަކުން ސޯޝަލް މީޑިޔާގެ ހުރިހާ ޕްލެޓް ފޯމްތައް ފުރެމުންދާތަން ފެނުމުން ހިތަށް ފިނިކަމެއް ލިބިގެންދެ އެވެ. ގައުމުދެކެ ދިވެހިން ވާ ލޯބި ސިފަކޮށްލެވެ އެވެ. އެހެންނަމަވެސް ދެން އޮތީ ކުރިންވެސް ދެއްކި ވާހަކަ އެވެ. އެފަދަ ޝުޢޫރުތަކާއެކު ބޮޑުތަކުރުފާނު ކުރެއްވި ފަދަ ޤައުމީ ޖިހާދެއް ކުރުމަށް ތައްޔާރީ ކިތަށް ދިވެހިންތޯއެވެ.

ދިވެހި ޤައުމަށް މިހާރު ނަޒަރެއް ހިންގާލާނަމަ ދިވެހިންގެ އެއްބައިވަންތަކަމާއި އަމާންކަމާއި ސުލްހަވެރިކަން މަތީ އުޅެމުންދިޔަ މިމުޖުތަމަޢަށް ވަމުން ދާ ގޮތް މިއޮތީ ފެންނާށެވެ. އެއްބައިވަންތަކަމުގެ ބަދަހި ސަފުތައް ރޫޅެމުންދާ ވާހަކަ އަޑުއިވޭތާ ދުވަސް ތަކެއްވެއްޖެ އެވެ. މިފަދަ ދުވަހެއްގައި ފާޅުކޮށްފައި ހުންނަ ޝުޢޫރުތަކަށް ބަލާލާއިރުވެސް ގިނަ މީހުން ފާހަގަކޮށްފައި ހުންނަނީ އެފަދަ ޝުޢޫރުތަކެވެ. އެހެންކަމުން ދިވެހި ސަފުތައް ބަދަހި ނުވެގެން އުޅޭ ސަބަބާމެދު މިއަދު ވިސްނާލުން ކިހިނެއްވާނެތޯއެވެ. މިއަދު މިޤައުމު އަޅުވެތިކުރުމަށް ޕޯޒުގީޒުން ނެތް ނެތެވެ. ނަމަވެސް ކޮންމެސް ސިފައެއްގައި އެކަން ކުރުމަށް ލޯ އަޅާ ފަރާތްތައް މަދެއް ނޫނެވެ.

އެހެންކަމުން ޤައުމީ ދުވަހުގެ މުނާސަބަތާއެކު ފާޅުކުރަމުންދާ ޝުޢޫރުތައް ޢަމަލުން ދެއްކުން ކިހިނެއް ވާނެތޯ އެވެ. މުޖުތަމަޢުގެ ބަދަހި ކަމާއި އަމަން އަމާންކަމަށް ހުރިހާ އެންމެން ގުޅިގެން މަސައްކަތް ކުރުން ކިހިނެއްވާނެތޯއެވެ. ހުރި ޚިޔާލު ތަފާތުވުންތަކާއެކު ޤައުމު އިސްކޮށް ހުރިހާ އެންމެން ގުޅިގެން މަސައްކަތް ކުރުން ކިހިނެއްވާނެތޯ އެވެ. ބޮޑުތަކުރުފާނު ކުރެއްވި ޤައުމީ ޖިހާދުގެ އަގު ވަޒަންކުރުމަކީ އެއީ ނޫންތޯއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ބޯހިޔާވަހިކަމުގެ އިންތިޒާރުގައި އުމުރު ދުވަސް، އަތުގައި ފައިސާއެއް ނެތް!

ބޯހިޔާވަހިކަމުގެ އިންތިޒާރުގައި އުމުރު ދުވަސް، އަތުގައި ފައިސާއެއް ނެތް!

17 ޖުލައި 2017
އަލިފުށި ކަނު އަނދިރީގައި ހަތަރު ދުވަސް، ކުޑަކުދިންގެ ރުއިން ހިތްދަތި ވޭނަކަށް

އަލިފުށި ކަނު އަނދިރީގައި ހަތަރު ދުވަސް، ކުޑަކުދިންގެ ރުއިން ހިތްދަތި ވޭނަކަށް

30 ޖޫން 2017
ޔާމީންގެ މަރަށް 50 ދުވަސް:އިންސާފު ލިބޭނެ ކަމަށް އާއިލާއިން ގަބޫލެއް ނުކުރޭ

ޔާމީންގެ މަރަށް 50 ދުވަސް:އިންސާފު ލިބޭނެ ކަމަށް އާއިލާއިން ގަބޫލެއް ނުކުރޭ

11 ޖޫން 2017
ޔާމީނުގެ މަރަށް 30 ދުވަސް، ތަހުގީގު ގޮސްފައިވަނީ ކިހާ ހިސާބަކަށް؟

ޔާމީނުގެ މަރަށް 30 ދުވަސް، ތަހުގީގު ގޮސްފައިވަނީ ކިހާ ހިސާބަކަށް؟

24 މެއި 2017
ރިލުވާނު ވަގަށް ނެގިތާ 1000 ދުވަސް، ވީގޮތެއް ހޯދުމުގައި ސަރުކާރު ނުކުޅެދިއްޖެ!

ރިލުވާނު ވަގަށް ނެގިތާ 1000 ދުވަސް، ވީގޮތެއް ހޯދުމުގައި ސަރުކާރު ނުކުޅެދިއްޖެ!

04 މެއި 2017

އަހަރުތަކުން މިއަދު

15 ޖެނުއަރީ
ރަޝިޔާ -ޔޫކްރެއިން ހަމަނުޖެހުމުގައި ރާއްޖެއިން ޔޫކްރެއިން އަށް ތާއީދު ކުރަން އެއްބަސްވެއްޖެ
20251 އަހަރު ކުރިން
ރާއްޖެ

ރަޝިޔާ -ޔޫކްރެއިން ހަމަނުޖެހުމުގައި ރާއްޖެއިން ޔޫކްރެއިން އަށް ތާއީދު ކުރަން އެއްބަސްވެއްޖެ

އާޒިމް ހުވާކުރެއްވުން ހޯމަ ދުވަހު
20242 އަހަރު ކުރިން
ރާއްޖެ

އާޒިމް ހުވާކުރެއްވުން ހޯމަ ދުވަހު

"އުޑުމަތިން ފެނުނީ ބޮޑު އަލިފާން ގުޅައެއް"
20233 އަހަރު ކުރިން
ރިޕޯޓު

"އުޑުމަތިން ފެނުނީ ބޮޑު އަލިފާން ގުޅައެއް"

ރައީސް ސޯލިޙު ދަން ޖައްސަން ޕީޕީއެމްގެ ޒާހިދު ރަމީޒު ގޮވާލައިފި
20224 އަހަރު ކުރިން
ރާއްޖެ

ރައީސް ސޯލިޙު ދަން ޖައްސަން ޕީޕީއެމްގެ ޒާހިދު ރަމީޒު ގޮވާލައިފި

އިންތިޤާލީ އިންސާފުގެ ޤާނޫނުގެ ދަށުން ޗީފް އޮމްބަޑްސްޕަރސަން އަދި އޮމްބަޑްސްޕަރސަންގެ މަޤާމަށް ބޭފުޅުން އައްޔަންކުރައްވައިފި
20215 އަހަރު ކުރިން
ރާއްޖެ

އިންތިޤާލީ އިންސާފުގެ ޤާނޫނުގެ ދަށުން ޗީފް އޮމްބަޑްސްޕަރސަން އަދި އޮމްބަޑްސްޕަރސަންގެ މަޤާމަށް ބޭފުޅުން އައްޔަންކުރައްވައިފި

ޖޭޕީން އެދުމުންވެސް އިސްލާހު ނުނަގާނެ ކަމަށް ލަތީފް ވިދާޅުވެއްޖެ!
20197 އަހަރު ކުރިން
ރާއްޖެ

ޖޭޕީން އެދުމުންވެސް އިސްލާހު ނުނަގާނެ ކަމަށް ލަތީފް ވިދާޅުވެއްޖެ!

ކިނބިއްސެއް އޮއްބާލި މީހެއްގެ ކަރުތެރެ ފަޅައިގެން ހިނގައްޖެ
20188 އަހަރު ކުރިން
ސިއްހަތު

ކިނބިއްސެއް އޮއްބާލި މީހެއްގެ ކަރުތެރެ ފަޅައިގެން ހިނގައްޖެ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު