Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެރަޝިއާ ޔޫކްރެއިން ހަނގުރާމަ

ރަޝިއާ ހުއްޓުވުމަށް ކުރެވެން އޮތް ކަމެއް ކުރާނަން: ޒެލެންސްކީ

ޒެލެންސްކީ ވަނީ ރަޝިއާއަކީ ޓެރަރިސްޓު ޤައުމެއްގެ ގޮތުގައި ސިފަ ކުރައްވާފައި

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 3 ޖެނުއަރީ 2023 | އަންގާރަ 04:51
ޔޫކްރެއިންގެ ރައީސް ޒެލެންސްކީ

ޔޫކްރެއިންގެ ރައީސް ޒެލެންސްކީ

ޔޫކްރޭންއަށް ދަތިކުރުމުގެ ގޮތުން ރަޝިއާއިން މެދުކެނޑުމެއް ނެތި އެ ޤައުމަށް ޑްރޯން ޙަމަލާތައް ދިނުމަށް ރާވަމުންދާކަމަށް ޔޫކްރެއިންގެ ރައީސް ވްލެޑިމިއަރ ޒެލެންސްކީ ވިދާޅުވެއްޖެއެވެ.

ޒެލެންސްކީ ވިދާޅުވީ، އިރާނުން އުފައްދާފަައިވާ "ޝާހިދު ޑްރޯންސް" ބޭނުންކޮށްގެން މޮސްކޯއިން އެ ޤައުމަށް ޙަމަލާ ދިނުމަށް ރާވަމުންދާކަމުގެ ޖާސޫސީ މައުލޫމާތު ލިބިފައިވާ ކަމަށެވެ.

ޒެލެންސީ އެހެން ވިދާޅުވެފައި މިވަނީ ޔޫކްރެއިނުން ޑޮންބަސް ސަރަޙައްދަށް ދިން ޙަަމަލާތަކެއްގައި ރަޝިއާގެ އެތައް ސިފައިންނެއް މަރުވެފައިވާ ދަނޑިވަަޅެއްގައެވެ. އެގޮތުން ޔޫކްރެއިނުން ބުނާ ގޮތުގައި މި ޙަމަލާގައި ރަޝިއާގެ 400 ސިފައިން މަރާލާފައިވެއެވެ.

އެހެންނަމަވެސް ރަޝިއާއިން ވަނީ އެކަން ދޮގުކޮށްފައެވެ. ރަޝިއާއިން ބުނާ ގޮތުގައި އެ ޙަމަލާގައި މަރުވެފައިވަނީ 63 ސިފައިންނެވެ.

ރަޝިއާއަކީ ޓެރަރިސްޓު ޤައުމެއްގެ ގޮތުގައި ސިފަ ކުރައްވަމުން ޒެލެންސްކީ ވިދާޅުވީ، މިއީ އެންމެ ހުށިޔާރުވާން ވީ ވަގުތު ކަމަށާއި، ރަޝިއާ ހުއްޓުވުމަށް ކުރެވެން އޮތް ކަމެއް އެ ޤައުމުން ކުރާނެ ކަމަށެވެ.

ބޭރުގެ ނޫސްތަކުން ރިޕޯޓު ކުރާ ގޮތުގައި ފާއިތުވި ދުވަސްތަކުގައި ރަޝިއާގެ މޮސްކޯއިން ދެމުންގެންދާ ޑްރޯން ޙަމަލާތަކުގެ އަދަދު ވަނީ އިތުރުވާން ފަށާފައެވެ. އެގޮތުން ދާދި ފަހުންވެސް ޔޫކްރެއިނުގެ އެއާ ޑިފެންސުން 80 ވަރަކަށް ޑޮރޯން ޙަމަލާ ނާކާމިޔާބު ކޮށްލާފައިވާކަަމަށް ޒެލެންސްކީ ވިދާޅުވެއެވެ.

ވަކިން ޚާއްސަކޮށް ރަޝިއާއިން ޔޫކްރެއިނުގެ ހަކަތަ އުފައްދާ ތަންތަނަށް އަމާޒުކޮށް ޙަމަލާތައް ދެމުންދާކަމަށް ބޭރުގެ ނޫސްތަކުން ރިޕޯޓު ކުރެއެވެ.

ރަޝިއާ ޔޫކްރެއިން ހަނގުރާމައަށް 11 މަސް ވެގެންދާއިރު، ރަޝިއާއިންވެސް ގެންދަނީ އެޤައުމުގެ ސިޔާދަތީ މިނިވަންކަން ކަށަވަރު ކުރުމަށް ކުރަން ޖެހުނު ކޮންމެ ކަމެއް ކުރާނެކަމަށް ބުނަމުންނެވެ.

އިތުރަށް ކިޔާލަން

02 މާރިޗު 2017

މުސްލިމުންނާ ދޭތެރޭ ހިންގާ އަސްކަރީ އޮޕަރޭޝަނަކީ ހަނގުރާމަވެރިންގެ އަމަލުތައް ހުއްޓުވުމަށް ކޮންމެހެން ކުރަން ޖެހޭ ކަމެއް: މިޔަންމާ އަސްކަރިއްޔާ

02 މާރިޗު 2017
މުސްލިމުންނާ ދޭތެރޭ ހިންގާ އަސްކަރީ އޮޕަރޭޝަނަކީ ހަނގުރާމަވެރިންގެ އަމަލުތައް ހުއްޓުވުމަށް ކޮންމެހެން ކުރަން ޖެހޭ ކަމެއް: މިޔަންމާ އަސްކަރިއްޔާ
25 ފެބުރުއަރީ 2017

އަޒާރިއާގެ އަދަބު މާ ކުޑަ، އިސްރާއީލުގެ ޝަރުޢީ ނިޒާމަށް އޮތް އިތުބާރު ކުޑަވެއްޖެ: އދ

25 ފެބުރުއަރީ 2017
އަޒާރިއާގެ އަދަބު މާ ކުޑަ، އިސްރާއީލުގެ ޝަރުޢީ ނިޒާމަށް އޮތް އިތުބާރު ކުޑަވެއްޖެ: އދ
19 ފެބުރުއަރީ 2017

ރަޝިއާއިން ޔޫކްރެއިން ހަނގުރާމަވެރިންގެ ޕާސްޕޯޓް ބަލައިގަންނަނީ

19 ފެބުރުއަރީ 2017
ރަޝިއާއިން ޔޫކްރެއިން ހަނގުރާމަވެރިންގެ ޕާސްޕޯޓް ބަލައިގަންނަނީ
18 ފެބުރުއަރީ 2017

އިޒްރޭލަކީ މުޅި ދުނިޔެ އާއި ސަރަހައްދުގެ ސުލްހަޔަށް އޮތް އެންމެ ބޮޑު ނުރައްކާ: އިރާން

18 ފެބުރުއަރީ 2017
އިޒްރޭލަކީ މުޅި ދުނިޔެ އާއި ސަރަހައްދުގެ ސުލްހަޔަށް އޮތް އެންމެ ބޮޑު ނުރައްކާ: އިރާން
11 ފެބުރުއަރީ 2017

ތުރުކީ ސިފައިން މަރުވި ހަމަލާ: ރަޝިއާގެ ވާހަކަ ތުރުކީން ދޮގުކޮށްފި

11 ފެބުރުއަރީ 2017
ތުރުކީ ސިފައިން މަރުވި ހަމަލާ: ރަޝިއާގެ ވާހަކަ ތުރުކީން ދޮގުކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު