Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުބާސެލޯނާ

ރެފްރީ އަތުން މެޗުގެ ކޮންޓްރޯލް ގެއްލުނު، އެކަމަކު މިއީ އަމިއްލަ ފަރުވާ ކުޑަކަމުން ލިބުނު ނަތީޖާއެއް: ޒަވީ

1 ޖެނުއަރީ 2023 | އާދީއްތަ 04:53

ޒަވީ ބުނީ މެޗުގެ ރެފްރީ އަކަށް ހުރި މަތިއު ލަހޯޒު އަތުން މުޅި މެޗުގެ ކޮންޓްރޯލް ގެއްލު ކަމަށް

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 1 ޖެނުއަރީ 2023 | އާދީއްތަ 04:53
އެސްޕަންޔޯލް މެޗުގައި ބާސެލޯނާގެ ކޯޗު ޒަވީ

އެސްޕަންޔޯލް މެޗުގައި ބާސެލޯނާގެ ކޯޗު ޒަވީ

ސްޕެނިޝް ލީގުގައި އެސްޕަންޔޯލާ އެއްވަރުވެ މުހިންމު ދެ ޕޮއިންޓު ގެއްލުނީ އަމިއްލަ އަށް ހެދުނު ގޯސްތަކަކުން ކަމަށް ބާސެލޯނާގެ ކޯޗު ޒަވީ ހެނާންޑެޒް ބުނެފި އެވެ.

އެސްޕަންޔޯލާ ދެކޮޅަށް ކުޅުނު މެޗުން މޮޅުވެ، ލީގު އެއް ވަނައިގައި ލީޑު ނެގުމުގެ ފުރުސަތު ބާސެލޯނާ އަށް އޮތެވެ. ނަމަވެސް މެޗު އެއްވަރުވުމުން ބާސެލޯނާ އާއި ރެއާލް މެޑްރިޑު ވަނީ ޕޮއިންޓުގެ ގޮތުން އެއްވަރުވެފަ އެވެ. ފައިދާ ގޯލުން ކުރި ހޯދަނީ ބާސެލޯނާ އެވެ.

މެޗަށް ފަހު ވާހަކަ ދައްކަމުން ޒަވީ ބުނީ މެޗުގެ ރެފްރީ އަކަށް ހުރި މަތިއު ލަހޯޒު އަތުން މުޅި މެޗުގެ ކޮންޓްރޯލް ގެއްލު ކަމަށެވެ. ނަމަވެސް ބަހަނާއެއްގެ ގޮތުގައި އެކަން ދައްކަން ބޭނުންނުވާ ކަމަށާއި، މެޗުން ބަލިވީ ޓީމުގެ އަމިއްލަ ފަރުވާ ކުޑަކަމުން ކަމަށެވެ. ޒަވީ ބުނީ އެންހާސް ފަހަރު ވެސް ރެފްރީގެ ޝަކުވާ ކުރެވިދާނެ ކަމަށާއި، ނަމަވެސް މުހިންމު ޕޮއިންޓު ގެއްލުނީ އަމިއްލަ އަށް ހެދުނު ގޯސްތަކަކުން ކަމަށެވެ. އޭނާ ބުނީ މެޗުގައި ލިބޭ ފުރުސަތުތަކުގެ ބޭނުން ނުހިފި ބޭކާރުވުމުން ނުކުންނާނީ އެ ކަހަލަ ނަތީޖާއެއް ކަމަށެވެ. ޒަވީ ބުނީ ބާސެލޯނާގެ ކުުޅުންތެރިންނަށް ލިބުނު ފުރުސަތުތައް ނިންމާނުލެވުނީ ކަމަށެވެ.

މީގެ އިތުރުން ޒަވީ ބުނީ ލީގު ވާދަވެރިކޮށް ދާ ވަގުތެއްގައި، އަމިއްލަ ގޯސްތަކުން ޕޮއިންޓެއް ގެއްލުމަކީ ވެސް ކަންބޮޑުވާ ކަމެއް ކަމަށެވެ. އޭނާ ބުނީ ދެން ޖެހޭނީ ކުރިއަށް ހުރި މެޗުތަކަށް ފޯކަސް ކުރަން ކަމަށާއި، ގޯސް ހެދުނު ކަންކަން ރަނގަޅު ކުރަން މަަސައްކަތް ކުރަން ޖެހޭނެ ކަމަށެވެ.

ލީގުގައި ދެން ބާސެލޯނާ އަށް އޮންނާނީ މި މަހުގެ ނުވަ ވަނަ ދުވަހު އެތުލެޓިކޯ މެޑްރިޑާ ދެކޮޅަށް ކުޅޭ މެޗެވެ.

އެންމެ ހިނގާ

1

އާރްޑީސީން މަގު ކޮނުމުގެ ތެރޭގައި ފާރެއް ވެއްޓި އުމުރުން ދުވަސްވީ މީހަކު "ވަޅުލެވިއްޖެ"

2

ޓްރަމްޕް ފަދަ ރައީސްއަކާ އީރާން އަށް ކުރިމަތިލާާން ޖެހިފައި ނުވޭ، އީރާންގެ ވެރިކަން ބަދަލުވާން ޖެހޭ: ރޫބިއޯ

3

އިދިކޮޅުން ދޭ އިންޒާރުތަކަކީ ހަގީގީ ނުރައްކަލުގެ ގޮތުގައި ބަލާނަން: އީރާންގެ ވަގުތީ ޑިފެންސް މިނިސްޓަރު

4

ޓްރަމްޕްގެ "ތިންވަނަ ހަނގުރާމަ" ވެސް ނާކާމިޔާބުވެ އެމެރިކާ ބަލިވެއްޖެ: އީރާނުގެ ލީޑަރުގެ އެޑްވައިޒަރ

5

މޮޅުވެވެން ނެތް، އަދި ބަލިވެވެން ވެސް ނެތް ހަނގުރާމައެއްގައި އެމެރިކާގެ ރައީސް ތާށިވެފައި!

އިތުރަށް ކިޔާލަން

16 ފެބުރުއަރީ 2017

މެޗު ކޮންޓްރޯލްކޮށްގެން ކުޅުނީ މާޒިޔާ، ކުޅުންތެރިންގެ ކުޅުމަށް ސާބަސް: މާޒިޔާ ކޯޗު

16 ފެބުރުއަރީ 2017
މެޗު ކޮންޓްރޯލްކޮށްގެން ކުޅުނީ މާޒިޔާ، ކުޅުންތެރިންގެ ކުޅުމަށް ސާބަސް: މާޒިޔާ ކޯޗު
12 ފެބުރުއަރީ 2017

ޕްރިމިއާ ލީގު: އާސެނަލް އަދި ޔުނައިޓެޑް މޮޅުވިއިރު، ލިވަޕޫލް އަތުން ޓޮޓެންހަމް ބަލިވެއްޖެ

12 ފެބުރުއަރީ 2017
ޕްރިމިއާ ލީގު: އާސެނަލް އަދި ޔުނައިޓެޑް މޮޅުވިއިރު، ލިވަޕޫލް އަތުން ޓޮޓެންހަމް ބަލިވެއްޖެ
09 ފެބުރުއަރީ 2017

ތިންވަނަ އެމްބީއޭ ކަޕް: ރައިވެރިޔާ އަތުން ސްޓިންގާސް އަށް ބޮޑު މޮޅެއް

09 ފެބުރުއަރީ 2017
ތިންވަނަ އެމްބީއޭ ކަޕް: ރައިވެރިޔާ އަތުން ސްޓިންގާސް އަށް ބޮޑު މޮޅެއް
09 ފެބުރުއަރީ 2017

އެކުވެރިކަމުގެ މެޗުން ވިކްޓްރީ އަތުން ނިއުއަށް މޮޅެއް

09 ފެބުރުއަރީ 2017
އެކުވެރިކަމުގެ މެޗުން ވިކްޓްރީ އަތުން ނިއުއަށް މޮޅެއް
02 ފެބުރުއަރީ 2017

އެކުވެރިކަމުގެ މެޗުގައި ނިއު އަތުން މާޒިޔާ މޮޅުވެއްޖެ

02 ފެބުރުއަރީ 2017
އެކުވެރިކަމުގެ މެޗުގައި ނިއު އަތުން މާޒިޔާ މޮޅުވެއްޖެ
30 ޖެނުއަރީ 2017

ސެވިއްޔާ އަށް ފުރުސަތު ގެއްލުނުއިރު، ރެއާލް ލީޑު ފުޅާކޮށްފި

30 ޖެނުއަރީ 2017
ސެވިއްޔާ އަށް ފުރުސަތު ގެއްލުނުއިރު، ރެއާލް ލީޑު ފުޅާކޮށްފި
27 ޖެނުއަރީ 2017

ހަލް ސިޓީ އަތުން ބަލިވި ކަމަށް ޤަބޫލެއް ނުކުރަން: މޮރީނިއޯ

27 ޖެނުއަރީ 2017
ހަލް ސިޓީ އަތުން ބަލިވި ކަމަށް ޤަބޫލެއް ނުކުރަން: މޮރީނިއޯ
18 ޖެނުއަރީ 2017

ކޮޕާ އިޓަލިއާ: އިތުރު ވަގުތު ކުޅެގެން ބޮލޯނިއާ އަތުން ސަލާމަތްވެ އިންޓަ ކުއާޓާ އަށް

18 ޖެނުއަރީ 2017
ކޮޕާ އިޓަލިއާ: އިތުރު ވަގުތު ކުޅެގެން ބޮލޯނިއާ އަތުން ސަލާމަތްވެ އިންޓަ ކުއާޓާ އަށް
11 ޖެނުއަރީ 2017

ހަލް ސީޓީ އަތުން ޔުނައިޓެޑް މޮޅުވެއްޖެ

11 ޖެނުއަރީ 2017
ހަލް ސީޓީ އަތުން ޔުނައިޓެޑް މޮޅުވެއްޖެ
04 ޖެނުއަރީ 2017

ވުމަންސް ސާފް ޗެމްޕިއަންޝިޕް: ބަންގްލަދޭޝް އަތުން ބަލިވެ ރާއްޖެ އަށް ފައިނަލުގެ ފުރުސަތު ގެއްލިއްޖެ

04 ޖެނުއަރީ 2017
ވުމަންސް ސާފް ޗެމްޕިއަންޝިޕް: ބަންގްލަދޭޝް އަތުން ބަލިވެ ރާއްޖެ އަށް ފައިނަލުގެ ފުރުސަތު ގެއްލިއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް