Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ތަފާތު ޚަބަރުލެގޯ ބްލޮކްސް

ލެގޯ ބްލޮކްސްއިން މުހިންމު ފިލާވަޅުތަކެއް!

ލެގޯ ލީގް ޑިސްކަވަރ މުބާރާތް ކުރިއަށްދިޔައީ 400 ދަރިވަރުން 80 ޓީމަކަށް ބަހާލައިގެން

ޢާއިޝާ ރީމާ ވަޙީދު
ޢާއިޝާ ރީމާ ވަޙީދު | 31 ޑިސެމްބަރު 2022 | ހޮނިހިރު 14:12
ލެގޯ ބްލޮކްސް

ލެގޯ ބްލޮކްސް

ލެގޯއޭ ބުނުމުން އިތުރު ތައާރަފަކަށް ބޭނުން ނުވާނެކަން ގައިމެވެ. ކުޑަކުދިންނުން ފެށިގެން ބޮޑެތި މީހުންގެ މެދުގައިވެސް ލެގޯގެ  މަގުބޫލުކަން އޮވެއެވެ. އެހެން ކަމުން މުހިންމު މެސެޖެއް ފޯރުކޮށްދިނުމަށް، ލެގޯއަކީ މުހިންމު މަސްދަރެއްގެ ގޮތުގައިވެސް ސިފަ ކުރެވިދާނެއެވެ. ދާދި ފަހުން އެފަދަ ކަމެއް މިސްރުގައި މި ވަނީ ކޮށްފައެވެ. ގްރޭންޑް އިޖިޕްޝަން މިއުޒިއަމްއަށް އެތައް ސަތޭކަ ކިޔަވާ ކުދިންނެއް ޖަމާވީ ލެގޯ ބްލޮކްސް ބޭނުން ކޮށްގެން، އިއާދަކުރުވަނިވި ހަކަތައިގެ ފަރުމާތައް ތައްޔާރުކުރުމަށެވެ.

ވައިން ހަކަތަ އުފައްދަން ބޭނުންކުރާ ޓަރބައިންތަކާއި، އިރުގެ އަވިން އުފައްދާ ހަކަތަ ބޭނުންކުރާ ކާރުތައް ތައްޔާރުކުރުމުގެ ފަންނުވެރިކަން ފެނިގެން ދިޔަ ލެގޯ ލީގް ޑިސްކަވަރ މުބާރާތުގައި، އުމުރުން އެންމެ 4 އަހަރާއި 6 އަހަރުގެ ކުދިން ވާދަކުރިއެވެ.

މި މުބާރާތުގެ މައިގަނޑު މަގުސަދަކަށް ވީ، ލެގޯ ސްޓްރަކްޗަރތައް ބޭނުންކޮށްގެން އިއާދަކުރުވަނިވި ހަކަތަ ރައްކާކޮށް، ފޯރުކޮށްދީ، އެއްތަނުން އަނެއް ތަނަށް އުފުލާނެ ގޮތްތަކަށް ހައްލު ހޯދުމެވެ.

ލެގޯ ލީގް ޑިސްކަވަރ މުބާރާތް ކުރިއަށް ދިޔައީ 400 ދަރިވަރުން 80 ޓީމަކަށް ބަހާލައިގެންނެވެ. ކޮންމެ ޓީމެއްގައިވެސް 5 ދަރިވަރުން ހިމެނުނުއިރު، މިސްރުގެ 9 ގަވަނަރޭޓުގެ ދަރިވަރުން ވާދަކުރިއެވެ. މުބާރާތުގެ މައިދާނަށް ހާޒިރުވުމުގެ ކުރިން ،އީޖާދަކާމެދު ޚިޔާލުކޮށް ތަމްރީނުވުމަށް ކޮންމެ ޓީމަކަށްވެސް 3 މަސް ދުވަހުގެ މުހުލަތެއް ދިނެވެ.

މުބާރާތް އިންތިޒާމު ކުރުމުގެ ކަންކަމުގައި އިސްކޮށް ހުރި އައިމަން އަލްގައްބާނީ ފާހަގަކުރިގޮތުގައި، މި ހަރަކާތުގެ ސަބަބުން އެހެން ކުދިންނާ އެކުވެގެން ޓީމެއްގެ ގޮތުގައި މަސައްކަތް ކުރުމުގެ ހުނަރު ދަސްވުމުގެ އިތުރުން، މައްސަލަތަކަށް ހައްލު ހޯދާނެ ހުނަރުވެސް ދަރިވަރުންނަށް ދަސްވެގެންދެއެވެ.

ގިނަ ބަޔަކު ލޯބިކުރާ ލެގޯ ބޭނުންކޮށްގެން ތިމާވެއްޓާމެދު ހޭލުންތެރިކަން އިތުރުކުރުމުގެ މަގުސަދުގައި ލެގޯ ލީގް ޑިސްކަވަރ މުބާރާތް ކުރިއަށް ގެންދިޔަ ގްރޭންޑް އިޖިޕްޝަން މިއުޒިއަމް ހުންނަނީ، ދުނިޔޭގެ އަޖައިބުތަކުގެ ލިސްޓުން ޖާގަހޯދާފައިވާ މިސްރުގެ އަހުރާމްތަކާ ޖެހިގެންނެވެ. ގްރޭންޑް އިޖިޕްޝަން މިއުޒިއަމް ރަސްމީކޮށް ހުޅުވާނެކަމަށް ލަފާކުރެވެނީ 2023 ވަނަ އަހަރުގެ ތެރޭގައެވެ.

އިތުރަށް ކިޔާލަން

20 ސެޕްޓެމްބަރު 2023

ހީވެސް ނުކުރާ ފަދަ ގޮތަކަށް ބަދަލުވަމުން ދިޔަ ޒައިދުގެ ޙަޔާތުން ޒުވާނުން ނަށް މުހިންމު ފިލާވަޅުތަކެއް!

20 ސެޕްޓެމްބަރު 2023
ހީވެސް ނުކުރާ ފަދަ ގޮތަކަށް ބަދަލުވަމުން ދިޔަ ޒައިދުގެ ޙަޔާތުން ޒުވާނުން ނަށް މުހިންމު ފިލާވަޅުތަކެއް!
13 އޯގަސްޓު 2023

ނާޔާއާއި ލައިލާ ބުނެދެނީ ސަނަދުގައި ހިފައިގެން ނުތިބެ އަމިއްލަ ފައިމައްޗަށް ތެދުވުމުގެ މުހިންމުކަން!

13 އޯގަސްޓު 2023
ނާޔާއާއި ލައިލާ ބުނެދެނީ ސަނަދުގައި ހިފައިގެން ނުތިބެ އަމިއްލަ ފައިމައްޗަށް ތެދުވުމުގެ މުހިންމުކަން!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު