Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުގަކްޕޯ ލިވަޕޫލަށް

ގަކްޕޯ އަށް އެކަށީގެންވާ ވަގުތު ދޭން ޖެހޭނެ: ވެން ޑައިކް

ލިވަޕޫލަށް ބަދަލުވީ ހަ އަހަރުގެ އެއްބަސްވުމެއްގެ ދަށުން

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 31 ޑިސެމްބަރު 2022 | ހޮނިހިރު 06:05
ފީފާ ވޯލްޑް ކަޕްގެ ތެރެއިން ގަކްޕޯ އަދި ވެން ޑައިކް

ފީފާ ވޯލްޑް ކަޕްގެ ތެރެއިން ގަކްޕޯ އަދި ވެން ޑައިކް

ދާދި ފަހުން ލިވަޕޫލަށް ބަދަލުވި ނެދަލެންޑްސްގެ ކޯޑީ ގަކްޕޯ އަށް އެންމެ އެކަށީގެންވާ ވަގުތު ދޭން ޖެހޭނެ ކަމަށް ވާޖިލް ވެން ޑައިކް ބުނެފި އެވެ.

ވެން ޑައިކާއި ގަކްޕޯ އަކީ ޤައުމީ ޓީމުގައި ވެސް ވަރަށް ގާތް ގުޅުމެއް އޮންނަ ދެ ކުޅުންތެރިންނެވެ. ގަކްޕޯ ހޯދުމުގެ ރޭހުގައި މެންޗެސްޓަރ ޔުނައިޓެޑު އޮއްވާ، އޭނާ ލިވަޕޫލަށް ބަދަލުވުމުގައި ވެން ޑައިކްގެ ދައުރު ބޮޑު ކަމަށް ރިޕޯޓުތައް ބުނެ އެވެ. ޕްރިމިއާ ލީގުގައި ލެއިސްޓަރ ސިޓީއާ ދެކޮޅަށް ކުޅުނު މެޗަށްފަހު ވެން ޑައިކް ބުނީ ގަކްޕޯ އަށް އޭނާ އެއްވެސް ކިޔައިދޭން ޖެހޭނެ ކަމަށް ޤަބޫލު ނުކުރާ ކަމަށެވެ. ގަކްޕޯ އަކީ ވަރަށް މޮޅަށް ކުޅޭ ރަނގަޅު ކުޅުންތެރިޔެއްކަން ފާހަގަ ކުރަމުން ވެން ޑައިކް ބުނީ، އޭނާ އަށް ލިވަޕޫލުން ދޭން ޖެހޭނީ ވަގުތު ކަމަށެވެ. އޭނާ ބުނީ ކުލަބާއި، ކުލަބުގެ ސަޕޯޓަރުން ވެސް ގަކްޕޯ އަށް އެންމެ އެކަށީގެންވާ ވަގުތު ދޭނެ ކަމަށް އުންމީދު ކުރާ ކަމަށެވެ. މީގެ އިތުރުން ވެން ޑައިކް ބުނީ ލިވަޕޫލްގައި މިހާރު އޭނާ ކުޅެމުން އަންނަތާ ފަސް އަހަރު ވަނީ ކަމަށެވެ. ވެން ޑައިކް ބުނީ ލިވަޕޫލަށް ކުޅުމަކީ ލިބޭ ވަރަށް ބޮޑު އުފަލެއް އަދި ފަޚުރެއް ކަމަށެވެ.

ޕީއެސްވީ ދޫކޮށް ގަކްޕޯ ލިވަޕޫލަށް ބަދަލުވީ ހަ އަހަރު ދުވަހުގެ އެއްބަސްވުމެއްގެ ދަށުންނެވެ. ރިޕޯޓުތަކުގައިވާ ގޮތުން ޕީއެސްވީން ގަކްޕޯ ހޯދުމަށް ލިވަޕޫލުން ޖުމުލަ 50 މިލިއަން ޕައުންޑު ޚަރަދުކުރި އެވެ. އެކަމާ ގުޅިގެން ޕީއެސްވީގެ ޑިރެކްޓަރު މާސެލް ބްރޭންޑް ވިދާޅުވީ، ޕީއެސްވީން ގަކްޕޯގެ ޓްރާންސްފާ ފީއާ ގުޅޭ އެއްވެސް އެންގުމެއް ހާމަކުރަން ބޭނުންނުވާ ކަމަށެވެ. ނަމަވެސް ގަކްޕޯގެ ޓްރާންސްފާ އަކީ ޕީއެސްވީގެ ރެކޯޑު ޓްރާންސްފާއެއް ކަމަށް ވިދާޅުވި އެވެ.

އިތުރަށް ކިޔާލަން

27 ފެބުރުއަރީ 2017

ޝައިހް ކަމާލް ކަޕްގެ ސެމީ ފައިނަލްގައި ޓީސީ އަދި މަނަންގް ބައްދަލުކުރާ މެޗު ރާއްޖެ ޓީވީން ވަގުތުން

27 ފެބުރުއަރީ 2017
ޝައިހް ކަމާލް ކަޕްގެ ސެމީ ފައިނަލްގައި ޓީސީ އަދި މަނަންގް ބައްދަލުކުރާ މެޗު ރާއްޖެ ޓީވީން ވަގުތުން
20 ފެބުރުއަރީ 2017

ގައުމީ ޓީމުގެ ކުރީގެ ކެޕްޓަން ޝާހް އަށް ހާޓަޓޭކެއް ޖެހި ފަރުވާދޭން ފަށައިފި

20 ފެބުރުއަރީ 2017
ގައުމީ ޓީމުގެ ކުރީގެ ކެޕްޓަން ޝާހް އަށް ހާޓަޓޭކެއް ޖެހި ފަރުވާދޭން ފަށައިފި
11 ފެބުރުއަރީ 2017

ކްލަބްތަކަށް ދޭން ޖެހޭ ފައިސާ އަންނަ ހަފްތާ ތެރޭގައި ހަމަޖެހޭނެ: ބައްސާމް

11 ފެބުރުއަރީ 2017
ކްލަބްތަކަށް ދޭން ޖެހޭ ފައިސާ އަންނަ ހަފްތާ ތެރޭގައި ހަމަޖެހޭނެ: ބައްސާމް
07 ފެބުރުއަރީ 2017

އޭއެފްސީ ކަޕް: ފަހުވަގުތު ޖެހި ލަނޑުތަކާއެކު ތިމްޕޫ ބަލިކޮށް ވެލެންސިއާ ޕްލޭއޮފަށް

07 ފެބުރުއަރީ 2017
އޭއެފްސީ ކަޕް: ފަހުވަގުތު ޖެހި ލަނޑުތަކާއެކު ތިމްޕޫ ބަލިކޮށް ވެލެންސިއާ ޕްލޭއޮފަށް
26 ޖެނުއަރީ 2017

ކުޅުންތެރިން ދެއްކި ކުޅުމަށް ސާބަސް، އިތުރަށް ވަގުތު ލިބުނު ނަމަ ތަފާތުވާނެ: ޒިދާން

26 ޖެނުއަރީ 2017
ކުޅުންތެރިން ދެއްކި ކުޅުމަށް ސާބަސް، އިތުރަށް ވަގުތު ލިބުނު ނަމަ ތަފާތުވާނެ: ޒިދާން
20 ޖެނުއަރީ 2017

މިނިވަން 50 ޗެމްޕިއަންޝިޕްގައި ޓީމުތަކަށް ދޭން ޖެހޭ ފައިސާ މި އަހަރު ބަޖެޓުގެ ތެރެއިން ދެނީ!

20 ޖެނުއަރީ 2017
މިނިވަން 50 ޗެމްޕިއަންޝިޕްގައި ޓީމުތަކަށް ދޭން ޖެހޭ ފައިސާ މި އަހަރު ބަޖެޓުގެ ތެރެއިން ދެނީ!
18 ޖެނުއަރީ 2017

ކޮޕާ އިޓަލިއާ: އިތުރު ވަގުތު ކުޅެގެން ބޮލޯނިއާ އަތުން ސަލާމަތްވެ އިންޓަ ކުއާޓާ އަށް

18 ޖެނުއަރީ 2017
ކޮޕާ އިޓަލިއާ: އިތުރު ވަގުތު ކުޅެގެން ބޮލޯނިއާ އަތުން ސަލާމަތްވެ އިންޓަ ކުއާޓާ އަށް
14 ޖެނުއަރީ 2017

ނޭޕާލް ބަލިކޮށް އީރާނަށް ވަރުގަދަ ރައްދެއް ދޭން ބޭނުން: އަދީލް

14 ޖެނުއަރީ 2017
ނޭޕާލް ބަލިކޮށް އީރާނަށް ވަރުގަދަ ރައްދެއް ދޭން ބޭނުން: އަދީލް
08 ޖެނުއަރީ 2017

އެފްއޭކަޕް: ފަހުވަގުތު ޖިރޫޑް ކާމިޔާބުކުރި ލަނޑުން އަނެއްކާވެސް އާސެނަލް ސަލާމަތްވެއްޖެ

08 ޖެނުއަރީ 2017
އެފްއޭކަޕް: ފަހުވަގުތު ޖިރޫޑް ކާމިޔާބުކުރި ލަނޑުން އަނެއްކާވެސް އާސެނަލް ސަލާމަތްވެއްޖެ
04 ޖެނުއަރީ 2017

ޕްރިމިއާ ލީގު: ފަހު ވަގުތު ޖިރޫ ކާމިޔާބުކޮށްދިން ލަނޑުން އާސެނަލް ސަލާމަތްވެއްޖެ

04 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ފަހު ވަގުތު ޖިރޫ ކާމިޔާބުކޮށްދިން ލަނޑުން އާސެނަލް ސަލާމަތްވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު