Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެއިގްތިސާދު ކުރިއެރުން

ކޮވިޑްގެ ކުރިން އޮތް ހާލަތަށް އިގްތިސާދު ކުރިއަރައިފި - ރައީސް

މި ހިނގާ 2022 ވަނަ އަހަރު ސިފަކުރައްވާފައި ވަނީ ރާއްޖޭގެ އިޤުތިޞާދަށް ގޮންޖެހުންތައް ގިނަ އަހަރެއްގެ ގޮތުގައި

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް | 29 ޑިސެމްބަރު 2022 | ބުރާސްފަތި 08:12
ރައީސުލްޖުމްހުރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހް

ރައީސުލްޖުމްހުރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހް

ސަރުކާރުގެ ހަރުދަނާ އިޤުތިޞާދީ ފިޔަވަޅުތަކާ އެކު ރާއްޖޭގެ އިޤުތިޞާދު ކުރިއަރަމުންދާކަން ފާހަގަކުރައްވައި، ކޮވިޑް-19ގެ އާލަމީ ބަލިމަޑުކަން ފެށުމުގެ ކުރިން އިޤުތިޞާދު އޮތް ހާލަތާ ގާތްކުރާ މިންވަރަކަށް ޤައުމުގެ އިޤުތިޞާދު ކުރިއަރާފައިވާ ކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު ވިދާޅުވެއްޖެއެވެ.

އެ މަނިކުފާނު މި މޭރުމުން ވާހަކަފުޅު ދައްކަވާފައި ވަނީ ބުދަ ދުވަހުގެ ހަވީރު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި ނޫސްވެރިންގެ ބައްދަލުކުރެއްވުމުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

Advertisement - newsAdvertisement

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، މި ހިނގާ 2022 ވަނަ އަހަރު ސިފަކުރައްވާފައި ވަނީ ރާއްޖޭގެ އިޤުތިޞާދަށް ގޮންޖެހުންތައް ގިނަ އަހަރެއްގެ ގޮތުގައެވެ. މިގޮތުން، ކޮވިޑް-19ގެ ބަލިމަޑުކަމުން އަރައިނުގަނެވެނީސް، ވިލާތުގެ އިރުމަތީގައި ހަނގުރާމައެއް ފަށައި، އެ ހަނގުރާމައިގެ ނުރައްކާތެރި އަސަރު މުޅި ދުނިޔެއަށް ފެތުރިގެން ދިޔަ ކަން އެ މަނިކުފާނު ފާހަގަކުރެއްވިއެވެ. އެކަމުގެ ނުރަނގަޅު އަސަރުތައް ރާއްޖޭގެ އިޤުތިޞާދަށް ވެސް ފޯރަމުންދާ ކަން ފާހަގަކުރައްވާ ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، އެ ގޮންޖެހުންތައް އޮތް ނަމަވެސް، ސަރުކާރުގެ ހަރުދަނާ ފިޔަވަޅުތަކާއި ސިޔާސަތުތަކާ އެކު ރާއްޖޭގެ އިޤުތިޞާދީ ކުރިމަގު ފެންނަމުން ދަނީ އުޖާލާކޮށް ކަމުގައެވެ.

އިޤުތިޞާދީ ހާލަތާ ގުޅޭ މަޢުލޫމާތު ނޫސްވެރިންނާ ހިއްސާ ކުރައްވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، މި އަހަރު ނިމޭއިރު ރާއްޖޭގެ އިޤުތިޞާދު 12.3 އިންސައްތަ ކުރި އަރާނެ ކަމަށް ލަފާކުރެވޭ ކަމަށާއި، ކުރިއަށް އޮތް އަހަރު އިޤުތިޞާދަށް 7.6 އިންސައްތައިގެ ކުރިއެރުމެއް އަންނާނެ ކަމަށް އަންދާޒާ ކުރެވޭ ކަމުގައެވެ. އަދި، މި ބަދަލުތަކުގެ ފަހަތުގައި އޮތީ ކުރިއަރަމުން އަންނަ ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާޢަތް ކަމަށާއި، ކޮވިޑް-19ގެ ބަލިމަޑުކަން ފެށުމުގެ ކުރިން ރާއްޖެއަށް ފަތުރުވެރިން ޒިޔާރަތް ކުރަމުންދިޔަ އަދަދާއި އެއްވަރަށް މިހާރު ފަތުރުވެރިން އަންނަމުންދާ ކަމުގައި ވެސް އެ މަނިކުފާނު ވިދާޅުވިއެވެ.

އަދި، ކޮވިޑަށް ފަހު ދުނިޔޭގެ ނިސްބަތުން އެންމެ ބާރު ދުވެލީގައި ކުރިއަރަމުންދާ 10 އިޤުތިޞާދުގެ ތެރޭގައި ރާއްޖޭގެ އިޤުތިޞާދު ހިމެނޭ ކަން ފާހަގަކުރައްވައި، 2021 އަދި 2022 ވަނަ އަހަރު ވެސް އެންމެ ބޮޑު އިޤުތިޞާދީ ކުރިއެރުމެއް ލިބިފައިވާ ފަސް ޤައުމުގެ ތެރޭގައި ރާއްޖެ ހިމެނޭ ކަމުގައި އެ މަނިކުފާނު ވިދާޅުވިއެވެ.

ނޫސްވެރިންނާ ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ ތިމާވެށި ހިމާޔަތްކުރުމުގެ ދާއިރާއިން ސަރުކާރުން ހޯދަމުންދާ ކާމިޔާބީތަކަށް ވެސް އަލިއަޅުއްވައިލައްވާފައެވެ. އަދި، 2030 ވަނަ އަހަރު ކުރިން ރާއްޖެއިން ނެޓް ޒީރޯއަށް ވާސިލުވުމަށް ކަނޑައަޅާފައިވާ އަމާޒު ހާސިލު ކުރުމަށް ކުރަމުންދާ މަސައްކަތްތައް ފާހަގަކުރައްވާ، އިއާދަކުރަނިވި ހަކަތައިގެ ދާއިރާއާއި އެއްފަހަރު ބޭނުންކޮށްފައި އުކައިލާ ޕުލާސްޓިކުގެ ބާވަތްތައް މަދުކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކުގެ ދަށުން މިހާތަނަށް ހޯދިފައިވާ ކާމިޔާބީތައް ވެސް އެ މަނިކުފާނުގެ ވާހަކަފުޅުގައި ވިދާޅުއެވެ. ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ރާއްޖެއަށް އެތެރެކުރެވޭ ޕުލާސްޓިކު ކޮތަޅުގެ އަދަދު އެއް އަހަރު ދުވަހުގެ ތެރޭގައި ދެބައިކުޅައެއްބައި މަދުކުރެވިފައިވާ ކަމުގައެވެ.

އިތުރަށް ކިޔާލަން

12 ފެބުރުއަރީ 2017

އާސަހަރާއެއް ނުފުރޭ، ކުރިއަށް އޮތް ދެ އަހަރުވެސް މީހުން ވަޅުލެވޭނެ: މާލޭ ސިޓީ ކައުންސިލް

12 ފެބުރުއަރީ 2017
އާސަހަރާއެއް ނުފުރޭ، ކުރިއަށް އޮތް ދެ އަހަރުވެސް މީހުން ވަޅުލެވޭނެ: މާލޭ ސިޓީ ކައުންސިލް
05 ފެބުރުއަރީ 2017

އޭޕްރީލް 8 ވަނަ ދުވަހު ސްކޫލުތަކުގައި ވަރަށް މުހިއްމު ހަރަކާތެއް ބޭއްވުމަށް ވަނީ މާކުރިން ނިންމާފަ

05 ފެބުރުއަރީ 2017
އޭޕްރީލް 8 ވަނަ ދުވަހު ސްކޫލުތަކުގައި ވަރަށް މުހިއްމު ހަރަކާތެއް ބޭއްވުމަށް ވަނީ މާކުރިން ނިންމާފަ
02 ފެބުރުއަރީ 2017

ފިޔާޒުގެ ޝަރީއަތް: މި މަސް ނިމުމުގެ ކުރިން ހުކުމް ކުރާނެ!

02 ފެބުރުއަރީ 2017
ފިޔާޒުގެ ޝަރީއަތް: މި މަސް ނިމުމުގެ ކުރިން ހުކުމް ކުރާނެ!
01 ފެބުރުއަރީ 2017

އައިޖީއެމްއެޗަށް ލިބެން ޖެހޭ 360 މިލިއަނަށްވުރެ ގިނަ ރުފިޔާ ނުލިބި އެބައޮތް: އޮޑިޓަރ ޖެނެރަލް

01 ފެބުރުއަރީ 2017
އައިޖީއެމްއެޗަށް ލިބެން ޖެހޭ 360 މިލިއަނަށްވުރެ ގިނަ ރުފިޔާ ނުލިބި އެބައޮތް: އޮޑިޓަރ ޖެނެރަލް
31 ޖެނުއަރީ 2017

ރައީސް ޔާމީން ވާހަކަ ދެއްކެވީ ހަގީގަތް އޮޅުވާލަން، ޕާޓީތެރޭގައި ބައިބައިވުން އެބަ އޮތް:މައުމޫނު

31 ޖެނުއަރީ 2017
 ރައީސް ޔާމީން ވާހަކަ ދެއްކެވީ ހަގީގަތް އޮޅުވާލަން، ޕާޓީތެރޭގައި ބައިބައިވުން އެބަ އޮތް:މައުމޫނު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު