Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެމާލެތެރެ ސާފުކުރުމުގެ މަސައްކަތް

މާލެ ކުނިކެހުމުގެ މަސައްކަތް ދެ ޝިފްޓަކަށް، 24 ގަޑިއިރު ކުނިނެގުމުގެ މަސައްކަތް ސިޓީ ކައުންސިލުން ކުރާނެ

29 ޑިސެމްބަރު 2022 | ބުރާސްފަތި 02:17

މިމަސައްކަތަށް އިތުރު މީހުން ކުރިޔަށް އޮތް 10 ދުވަސްތެރޭގައި ނަގާނެ

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ | 29 ޑިސެމްބަރު 2022 | ބުރާސްފަތި 02:17
މާލެ ސިޓީ ކައުންސިލްގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު

މާލެ ސިޓީ ކައުންސިލްގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު

މާލެއާއި ވިލިމާލެ މަގުތަކުންނާއި ގޯޅިތަކާއި ޕާކުތައް އަދި މައިޒާންތަކުން ކުނިކަހައި ސާފުކޮށް، ކުނި ނެގުމުގެ މަސައްކަތް މާލެ ސިޓީ ކައުންސިލުން ފަށާފައިވާއިރު މާލެ ތެރެ ކުނިކަހައި ސާފުކުރުމުގެ މަސައްކަތް ކޮންމެ ދުވަހަކު ދެ ޝިފްޓަކަށް ބަހާލައިގެން ކުރާނެކަމަށް މާލެ ސިޓީގެ މޭޔަރު ޑރ މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

މާލޭގެ އާންމު ތަންތަނުން ކުނި ނަގަން ވެމްކޯއާއެކު ވެފައިވާ އެއްބަސްވުން މިމަހުގެ 25ވަނަ ދުވަހު ހަމަވުމުން، އެ އެއްބަސްވުން އައުނުކޮށް އެ މަސައްކަތް ސިޓީ ކައުންސިލުން ކުރާގޮތަށް ވަނީ ނިިންމާފައެވެ. އެކަމާއި ގުޅިގެން ސިޓީ ކައުންސިލުން ވަނީ މާލެއާއި ވިލިމާލެ ކުނިކަހާނެ މަސައްކަތު މީހުން ހޯދަން އިއުލާންކޮށްފައެވެ. އެގޮތުން ވިލިމާލެއަށް 28 މީހުންނާއި މާލެއަށް 80 މީހުންނާއެކު ޖުމްލަ 108 މީހުން ހޯދަން އެ ކައުންސިލުން އިއުލާންކުރިއެވެ. އަދި ކައުންސިލުން ކުނި ނެގުމުގެ މަސައްކަތް ޑިސެމްބަރު 27 ވަނަ ދުވަހުގެ ރޭ ވަނީ ފަށާފައެވެ.

Advertisement - newsAdvertisement

އެމަސައްކަތާއި ގުޅޭގޮތުން މޭޔަރު މުއިއްޒު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވިދާޅުވީ މިމަސައްކަތަށް އިތުރު މީހުން ކުރިޔަށް އޮތް 10 ދުވަސްތެރޭގައި ނަގާނެކަމަށެވެ. އެގޮތުން މާލެއަށް ޖުމްލަ 120 މީހުން ނަގަން ނިންމާފައިވާކަމަށް މޭޔަރު ވިދާޅުވިއެވެ. ކުނިކަހާ މީހުން ހޯދުމަށް ހުޅުވާލުމުން 400 އެޕްލިކޭޝަން ލިބުނުކަމަށް މޭޔަރު ވިދާޅުވިއެވެ. އަދި އޭގެތެރޭގައި ކުރީގައި ވެމްކޯގައި ކުނި ކެހުމުގެ މަސައްކަތުގައި އުޅުނު މީހުންވެސް ހިމެނޭކަމަށް މޭޔަރު ވިދާޅުވިއެވެ.

މާލެ ސިޓީ ކައުންސިލުން މާލެތެރެ ކުނިކަހާ ސާފުކުރުމުގެ މަސައްކަތް ކުރަނީ މާލެ 16 ޒޯނަކަށް އަދި ވިލިމާލެ 4 ޒޯނަކަށް ބަހާލައިގެންކަމަށް މޭޔަރު ވިދާޅުވިއެވެ. މާލޭގައި ކޮންމެ ޒޯނަކަށް ޓީމެއް ހަމަޖައްސާފައިވާއިރު އެއިން ކޮންމެ ޒޯނަކަށް ސްޕަވައިޒަރެއް ހުންނާނެއެވެ. އަދި ކޮންމެ 4 ޒޯނަކުން ސީނިއަރ ލެވެލްގެ ސްޕަވައިޒަރެއް އަދި އޮޕަރޭޝަން ލެވެލްގައި މެނޭޖަރެއް ހުންނާނެއެވެ. މުޅި އޮޕަރޭޝަން ބެލެހެއްޓުމަށް ހެޑް އިންޗަރޖެއް ހުންނާނެއެވެ.

ކުނި ކެހުމުގެ މަސައްކަތް ރޭގަނޑު 10ން ހެނދުނު 6ށް އަދި ހެނދުނު 6ން މެންދުރު 12ށް ކުރިޔަށްދާނެއެވެ. މީގެއިތުރުން މަގުމަތީގައި ބަހައްޓާފައި ހުންނަ ކުނި ނެގުމުގެ މަސައްކަތްކުރުމަށް ސިޓީ ކައުންސިލުގެ މުވައްޒަފުން 24 ގަޑިއިރު މަސައްކަތްކުރާނެއެވެ. މޭޔަރު ވިދާޅުވީ މިހާރު ކުނި ނެގުމުގެ މަސައްކަތުގައި 10 ލޮރީ އޮޕަރޭޓްކުރާކަމަށާއި އަންނަ އަހަރުގެ ބަޖެޓްގައި އިތުރު 10 ޕިކަޕް ހޯދުމަށް ހިމަނާފައިވާނެކަމަށެވެ.

މޭޔަރު ވިދާޅުވީ ރައްޔިތުންގެ އެއްބާރުލުމާއެކު މާލެ ސިޓީއަކީ ސާފުތަނެއްގެ ގޮތުގައި ބޭއްވޭނެކަމަށެވެ.

އެންމެ ހިނގާ

1

މީގެ ފަހުން ޑޮލަރުގެ އަގަކީ 15.42 ނޫން ކަމަށް ނުލިޔެވޭނެ! ކަޅު ބާޒާރުގެ އަގު ލިޔުމުން ބައި މިލިއަން ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރަނީ!

2

ގައުމީ ދުވަހުގެ ރަސްމިއްޔާތުގައި ގުރުއާން ކިޔަވަން ހުރި ކުއްޖާ ސިއްސުވާލުމާ ގުޅިގެން ގިނަ ބައެއްގެ ފާޑު ކިޔުން ސަރުކާރަށް!

3

ހުރްމުޒް ކަނޑުއޮޅީގެ ކޮންޓްރޯލު ހޯދުމަށް އަސްކަރީ ގޮތުން އެމެރިކާ އަށް ކުރެވޭނެ އެއްވެސް ކަމެއް ނެތް ކަމަށް ޕެންޓަގަންއިން އެއްބަސްވެއްޖެ

4

މަރާލާ ނުވަތަ އަތުލައިގަންނަ އެމެރިކާގެ ކޮންމެ ސިފައިންގެ މީހަކަށް 30،000 ޑޮލަރުގެ އިނާމު އީރާނުން ހުށަހަޅައިފި

5

މަޝްހޫރު ބަތަލާ ހޭޑަން ޕެނެޓިއޭ 36 އަހަރުގައި މަރުވެފައި އޮއްވާ ފެނިއްޖެ

އިތުރަށް ކިޔާލަން

17 ޖެނުއަރީ 2017

ބިދޭސީ މަސައްކަތްތެރިންގެ މުސާރައިން ރެމިޓެންސް ޓެކްސް ނެގުމާ ބެހޭ އުސޫލަށް މީރާއިން ބަދަލު ގެނެސްފި

17 ޖެނުއަރީ 2017
ބިދޭސީ މަސައްކަތްތެރިންގެ މުސާރައިން ރެމިޓެންސް ޓެކްސް ނެގުމާ ބެހޭ އުސޫލަށް މީރާއިން ބަދަލު ގެނެސްފި
14 ޖެނުއަރީ 2017

ދީން ނިކަމެތިކޮށްލަން ސަރުކާރުން މަސައްކަތްކުރޭ: އާޒިމް

14 ޖެނުއަރީ 2017
ދީން ނިކަމެތިކޮށްލަން ސަރުކާރުން މަސައްކަތްކުރޭ: އާޒިމް
14 ޖެނުއަރީ 2017

މިހާރު ކުރާ ކެމްޕެއިންއަކީ އެމްޑީޕީ އިތުރަށް ވަރުގަދަ ކުރަން ކުރާ މަސައްކަތް: ހަސަން ލަތީފު

14 ޖެނުއަރީ 2017
މިހާރު ކުރާ ކެމްޕެއިންއަކީ އެމްޑީޕީ އިތުރަށް ވަރުގަދަ ކުރަން ކުރާ މަސައްކަތް: ހަސަން ލަތީފު
13 ޖެނުއަރީ 2017

އަލިފާން ރޯވި "މާކޯ ޕޯލޯ 2" ބޯޓުގެ ފަޅުވެރިން މާލެ ގެނެސްފި

13 ޖެނުއަރީ 2017
އަލިފާން ރޯވި "މާކޯ ޕޯލޯ 2" ބޯޓުގެ ފަޅުވެރިން މާލެ ގެނެސްފި
13 ޖެނުއަރީ 2017

ލޯކަލް ކައުންސިލް އިންތިހާބެއް ހޯދުމުގެ މަސައްކަތް ކުރަންޖެހެނީ ސަރުކާރުން އާއްމު އުސޫލުތަކުން ބޭރުވުމުން: ހަސަން ލަތީފު

13 ޖެނުއަރީ 2017
ލޯކަލް ކައުންސިލް އިންތިހާބެއް ހޯދުމުގެ މަސައްކަތް ކުރަންޖެހެނީ ސަރުކާރުން އާއްމު އުސޫލުތަކުން ބޭރުވުމުން: ހަސަން ލަތީފު
12 ޖެނުއަރީ 2017

ވިލިމާލެގައި އަމިއްލަ އަށް މަރުވަން ކަނޑަށް އެރިއުޅުނު އަންހެނަކު ސަލާމަތްކޮށްފި

12 ޖެނުއަރީ 2017
ވިލިމާލެގައި އަމިއްލަ އަށް މަރުވަން ކަނޑަށް އެރިއުޅުނު އަންހެނަކު ސަލާމަތްކޮށްފި
12 ޖެނުއަރީ 2017

ރޯވެ އަޑިއަށްދިޔަ ބޯޓުގައި ތިބި މީހުންގެ ހާލު ރަނގަޅު، މެންދުރު ފަހު މާލެ ގެނެވޭނެ: އެމްއެންޑީއެފް

12 ޖެނުއަރީ 2017
 ރޯވެ އަޑިއަށްދިޔަ ބޯޓުގައި ތިބި މީހުންގެ ހާލު ރަނގަޅު، މެންދުރު ފަހު މާލެ ގެނެވޭނެ: އެމްއެންޑީއެފް
11 ޖެނުއަރީ 2017

ރައީސް ޔާމީނަށް ނޫނެކޭ ބުނުމަށް އެމްޑީޕީގެ ކެންޑިޑޭޓުންނާއެކު މަސައްކަތް ކުރާނަން: އެމްޔޫއޯ

11 ޖެނުއަރީ 2017
ރައީސް ޔާމީނަށް ނޫނެކޭ ބުނުމަށް އެމްޑީޕީގެ ކެންޑިޑޭޓުންނާއެކު މަސައްކަތް ކުރާނަން: އެމްޔޫއޯ
11 ޖެނުއަރީ 2017

ޒިންމާދާރު ކަމާއެކު މަސައްކަތް ކުރަން ތިނަދޫ ކައުންސިލުން އެދެފި

11 ޖެނުއަރީ 2017
ޒިންމާދާރު ކަމާއެކު މަސައްކަތް ކުރަން ތިނަދޫ ކައުންސިލުން އެދެފި
07 ޖެނުއަރީ 2017

މަސައްކަތް ކުރަމުންދިޔަ މީހެއްގެ ގަޔަށް ދަނގަޑެއްހެރި ސީރިއަސް އަނިޔާތަކެއް ލިބިއްޖެ

07 ޖެނުއަރީ 2017
މަސައްކަތް ކުރަމުންދިޔަ މީހެއްގެ ގަޔަށް ދަނގަޑެއްހެރި ސީރިއަސް އަނިޔާތަކެއް ލިބިއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް