Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓުމަގޭ ރިޕޯޓް

"ތިބާ ކަންތައް ކުރި ގޮތަށް، ތިބާއާ މެދު ކަންތައް ކުރެވޭނެ!"

28 ޑިސެމްބަރު 2022 | ބުދަ 09:33

އެމަނިކުފާނު ދިޔައީ މި ރާއްޖޭގެ ސިޔާސީ މީހުން ޓެރަރިސްޓުންނަށް ހަދަމުން

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް | 28 ޑިސެމްބަރު 2022 | ބުދަ 09:33
ކުރީގެ ރައީސް އަބްދުﷲ ޔާމީން

ކުރީގެ ރައީސް އަބްދުﷲ ޔާމީން

"ތިބާ ކަންތައް ކުރި ގޮތަށް، ތިބާއާ މެދު ކަންތައް ކުރެވެނޭ އެވެ." މިއީ ޢުމަރުގެފާނު ވިދާޅުވެފައިވާ ބަސްފުޅެކެވެ. މާނަ ފުން ބަސް ކޮޅެކެވެ. މާނަ އަކީ ތިބާ އެހެން މީހަކާ ދޭތެރޭ ގޯސްކޮށް ކަމެއް ކޮށްފިނަމަ، ނުވަތަ އެހެން މީހަކަށް ދެރަ ގޮތެއް ހަދައިފި ނަމަ، އޭގެ ބަދަލު ތިމާ އަށް ކޮންމެ ވެސް ދުވަހަކުން ލިބޭނެއެވެ. އެ ބަސްފުޅާ ގުޅުން ހުރި މިސާލު ބަހެއް އިހު ޒަމާނުގައި މުސްކުޅިން ވެސް ބޭނުން ކުރެ އެވެ. އެއީ އުދަރެސް ބަލަން ހުރެ، މައްޗަށް ޖެހި ކުޅު ގަނޑު އެނބުރި އައިސް، އަމިއްލަ މޫނަށް ތަރަ ވުމެވެ.

އާދިއްތަ ދުވަހު ދިވެހިރާއްޖޭގެ ކްރިމިނަލް ކޯޓުން ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލް ޤައްޔޫމުގެ މައްޗަށް އިއްވި ޙުކުމާއެކު ހަނދާނަން އައީ އެ ވާހަކަ އެވެ. އެ ބަސްތައް މިއަދުގެ ޙާލަތާ ވެސް ގުޅިއްޖެ އެވެ. އެކަން ކަން ހަނދާނުން ނެތޭހޭ ދުވަހެއް އަދި ނުވެއެވެ. ރައީސް ޔާމީނަށް ކުރި ދައުވާތައް ސާބިތުވެ، 11 އަހަރު ދުވަހަށް ޖަލަށް ލާން ޙުކުމް ކުރުމާއެކު، އެމަނިކުފާނަށް ސަޕޯޓު ކުރާ ފަރާތްތަކުން ބުނަމުން ދިޔައީ، އެއީ "ޙަރާމް" ޙުކުމެއް ކަމަށެވެ. ރައީސް ޔާމީނަކީ މައުސޫމު ބޭފުޅެއް ކަމަށާއި، ތެދުވެރި، އަމާނާތްތެރި ބޭފުޅެއް ކަމަށެވެ. މިޒާތުގެ ވާހަކަތައް އިވުނީމާ އަންނަނީ ހިންޏެވެ.

ފަސް އަހަރު ކުރީގެ މާޒީ އަށް ޖެހިލާއިރު، މި ވާހަކަތަކުގެ އަނެއް ފުށް ސާފު ކޮށް ފެންނާން އެބަ އޮތެވެ. އޭރު ޤައުމުގއ ރައީސަކަށް ހުންނެވީ އެމަނިކުފާނެވެ. ޤައުމުގެ ހުރިހާ މުއައްސަސާއަކަށް އޮތީ ރައީސް ޔާމީންގެ އަތް ފައި ބޭނި، ވަރުގަދަޔަށް މޫ ލާފައެވެ. އޭރު އެމަނިކުފާނު ވެޑުވިގެން އިންނެވި ގޮނޑިން ދުވަހަކު ވެސް ފައިބަން ނުޖެހޭނެޔޭ ހިތަށް އަރާ ކަހަލައެވެ. އޭރު މި ރާއްޖޭގައި ސިޔާސީ މީހުންނެއް ނޫޅެއެވެ. އެމަނިކުފާނު ދިޔައީ މި ރާއްޖޭގެ ސިޔާސީ މީހުން ޓެރަރިސްޓުންނަށް ހަދަމުންނެވެ.

ރައީސް ޔާމީންގެ ވެރިކަމާ ދެކޮޅަށް ނިކުންނެވި މީހުންނާ ހަމައިން ގޮސް، ކަން މަތީ ހުރެ ބަހެއް ބުނި މީހަކު ވެސް އަދި ކުޑަ މިނުން އާދައިގެ ޓުވީޓެއްކޮށްލި މީހަކު ވެސް އޮތީ ޖަލުގައެވެ. އޭރަކު ތިޔަ އިންސާފުގެ ވާހަކަ ދައްކާނެ މީހަކު ސަރުކާރުގައި ނެތެވެ. މިސާލެއްގެ ގޮތުން ބުނާނަމަ، ރައީސް ޔާމީންގެ ބަދަލުގައި، ޔާމީންއޭ ބުނި މީހަކަށް ވެސް އަހުވަ ދައްކާލެއެވެ. ތިމަން މަނިކުފާނުގެ އަސްލު ސޫރަ ދައްކާލައެވެ.

އޭރު ރާއްޖޭގެ ޖަލުތަކުގައި ސަރުކާރެއް ޤާއިމު ކުރެވޭނެ މިންވަރަށް މީހުން ތިއްބެވެ. ކުރީގެ ރައީސުންނާއި، ނައިބު ރައީސުންނާއި، ވަޒީރުންނާއި، ޕްރޮސެކިއުޓާ ޖެނަރަލް އާއި، މަޖިލިސް މެމްބަރުންނެވެ.

އެ ދުވަސްވަރު ކޯޓުތަކުގައި ވެސް އޮތީ ރައީސް ޔާމީންގެ ބާރާއި ނުފޫޒެވެ. މިއަދު ވާ ރައީސް ޔާމީން މިނިވަން ކުރަން ޙުކުމް ކުރި ސްޕްރީމް ކޯޓުގެ ފަނޑިޔާރުން ވެސް ޓައި އަޅުއްވާ ކޯޓަށް އެބަ ވަޑައިގަންނަވަ އެވެ. އޭރު ކަންތައް ވީ ގޮތް އަދި ހަނދާނުން ކައްސާލައިގެނެއް ނުދެ އެވެ. ރައީސް ޔާމީނު ހިއްޕުޅާ ނުވާ ޙުކުމެއް ނެރުނުކަމަށްޓައި، ރާއްޖޭގެ ދިފާއީ ބާރުގެ މީހުން ތިބެން ޖެހުނީ ސްޕްރީމް ކޯޓުން ޓިނު ނަގާށެވެ. ފަނޑިޔާރުން ދަމާ ހަލައި، ގެންގޮސް ވެއްދީ ހުރަ ގެޔަށެވެ.

ދެން ވެސް އޮތީ ކޯޓުތަކުގެ ވާހަކަ އެވެ. ރައީސް ޔާމީނަށް ޙުކުމް ކުރި ޝަރީއަތް ފެށުން ލަސްވެގެން، ޢަބްދުއްރަހީމާއި، ދެން ވެސް ތިބި ބޭފުޅުން އެ ވާހަކަ ދެއްކި އެވެ. އިންސާނިއްޔަތުގެ ކަމެއް ނެތް ވާހަކަ އެވެ. އިންސާނިއްޔަތުގެ ވެރިޔާ ކަމަށް ދައުވާ ކުރާ، ރައީސް ޔާމީންގެ ވެރިކަމުގައި ކުރީގެ ރައީސް އަލްއުސްތާޛް މައުމޫން ޢަބްދުލް ޤައްޔޫމު ހަތް ގަޑިއިރު ވަންދެން ކޯޓުގައި ބޭންދި އެވެ. ޝަރީއަތް ކެންސަލް ކޮށްލީ ހަތް ގަޑިއިރު ވަންދެން ބޭންދުމަށްފަހު އެވެ. ގައިމުވާ އެއީ އެއްބަފާ ބޭބޭފުޅު ވިއްޔާ އެވެ. ކޮންމެ ވެސް ވަރެއްގެ އަގަލެއް، ކުލުނެއް ހުންނަން ވޭނެ ނޫންތޯއެވެ. އެދުވަހު އަދުރޭމެން ތިއްބެވީ އަތް ޖައްސަވައި، ނަށާށެވެ.

އެއްބަފާ ބޭބޭއަށް ކުލުނެއް ނެތް މީހަކު ރައްޔިތުންނަށް ކުލުނު ބަހައްޓާނެތޯއެވެ. ވާހަކަ ދައްކަންޏާ ހައްތަހާ ވާނީ ދައްކާއެވެ. އެ ދުވަހު ރައީސް ޔާމީން އެގޮތަށް ކަންތައް ކުރިއިރު، އޭގެ ބަދަލު އެމަނިކުފާނަށް ކޮންމެ ވެސް ދުވަހަކުން ލިބޭނެޔޭ ހިތަށް އެރި ނަމަ މިއަދު މިހެންނެއް ނުވާނެއެވެ.

އެންމެ ހިނގާ

1

ދުނިޔޭގެ ދެވަނަ އަށް އެންމެ އަޑުފަށްގަނޑު ގަދަ ގައުމަކަށް ދިވެހިރާއްޖެ ހޮވިއްޖެ

2

ޓްރަމްޕް ކިމްއާ ބައްދަލުކުރައްވާނެ ކަމަށް ވިދާޅުވިތަނާ އުތުރު ކޮރެއާއިން 10 މިސައިލް ފޮނުވާލައިފި

3

ލިންކަން މަނަވަރުގެ ހާލަތުން ދިގު ހަނގުރާމައެއް ކުރުމުގައި އެމެރިކާގެ ހަގީގީ ގާބިލުކަން ހާމަވެއްޖެ

4

މިނިސްޓަރު އަމީން ރަޝިޔާ އަށް ކުރެއްވި ދަތުރުފުޅާ މެދު ރާއްޖޭގެ ޓްރެވަލް އެޖެންޓުންގެ ޖަމްއިއްޔާ އިން ކަންބޮޑުވެއްޖެ

5

ސްޓޮކް ހުސްވަމުންދާތީ އައު ޕާސްޕޯޓް ދޫކުރުން ކޮންޓްރޯލްކޮށް، މިހާރު ބޭނުންކުރާ ޕާސްޕޯޓްތަކުގެ މުއްދަތު މެނުއަލްކޮށް އިތުރު ކުރުމާގުޅޭ ގޮތުން މަޝްވަރާކުރަނީ!

އިތުރަށް ކިޔާލަން

15 އޯގަސްޓު 2017

އުތުރު ކޮރެއާ އާއި މެދު ދެން ކަންކުރަން ޖެހޭ ގޮތަކީ ކޮބައިތޯ؟

15 އޯގަސްޓު 2017
އުތުރު ކޮރެއާ އާއި މެދު ދެން ކަންކުރަން ޖެހޭ ގޮތަކީ ކޮބައިތޯ؟
06 އޯގަސްޓު 2017

އިދިކޮޅު އެއްވެސް މެމްބަރަކަށް ރާއްޖޭން ބޭރަށް ނުފުރޭ ގޮތަށް ހިފެހެއްޓުން!

06 އޯގަސްޓު 2017
އިދިކޮޅު އެއްވެސް މެމްބަރަކަށް ރާއްޖޭން ބޭރަށް ނުފުރޭ ގޮތަށް ހިފެހެއްޓުން!
04 އޯގަސްޓު 2017

މަނިކުފާނެވެ، ބޯ ގޮއްވަންޖެހުނީ އަމިއްލައަށް ކަންތައްތައް ކުރެއްވި ގޮތުގެ ސަބަބުންނެވެ!

04 އޯގަސްޓު 2017
މަނިކުފާނެވެ، ބޯ ގޮއްވަންޖެހުނީ އަމިއްލައަށް ކަންތައްތައް ކުރެއްވި ގޮތުގެ ސަބަބުންނެވެ!
27 ޖުލައި 2017

ދުސްތޫރީ އޮނިގަނޑުގައި މަރުތަޅެއް ނެތް، މައްސަލައަކީ ގާނޫނާ އެއްގޮތަށް އަމަލުކުރަން ބޭނުން ނުވުން!

27 ޖުލައި 2017
ދުސްތޫރީ އޮނިގަނޑުގައި މަރުތަޅެއް ނެތް، މައްސަލައަކީ ގާނޫނާ އެއްގޮތަށް އަމަލުކުރަން ބޭނުން ނުވުން!
05 ޖޫން 2017

ގަތަރާ މެދު ކުއްލިއަކަށް މި އުފެދުނީ ކޮން ރުޅިވެރިކަމެއް؟

05 ޖޫން 2017
ގަތަރާ މެދު ކުއްލިއަކަށް މި އުފެދުނީ ކޮން ރުޅިވެރިކަމެއް؟
28 މެއި 2017

އަދީީބާ މެދު ވެސް އޯގާތެރިވެ، އިހުސާންތެރިވާށެވެ.

28 މެއި 2017
އަދީީބާ މެދު ވެސް އޯގާތެރިވެ، އިހުސާންތެރިވާށެވެ.
12 އެޕްރީލު 2017

އެންމެ ބޮޑު"ވީކްނެސް" އަކީ މިއަދު ކުރަންޖެހޭ ކަންތައްތައް މާދަމާއަށް ލަސްކުރުން: ޓެޑްރީ

12 އެޕްރީލު 2017
އެންމެ ބޮޑު"ވީކްނެސް" އަކީ މިއަދު ކުރަންޖެހޭ ކަންތައްތައް މާދަމާއަށް ލަސްކުރުން: ޓެޑްރީ
11 މާރިޗު 2017

ފ. އަތޮޅު ޑީލާ މެދު ވަރަށް، ވަރަށް، ބޮޑަށް ރައްޔިތުން ކަންބޮޑުވާން ޖެހެއެވެ!

11 މާރިޗު 2017
ފ. އަތޮޅު ޑީލާ މެދު ވަރަށް، ވަރަށް، ބޮޑަށް ރައްޔިތުން ކަންބޮޑުވާން ޖެހެއެވެ!
05 ފެބުރުއަރީ 2017

ލޯމަތިން ތިފެންނަ ކަންތައްތަކުގެ އަވައިގައި ނުޖެހޭ، ފަހަތުގައި ބޮޑެތި ޖަރީމާ!

05 ފެބުރުއަރީ 2017
ލޯމަތިން ތިފެންނަ ކަންތައްތަކުގެ އަވައިގައި ނުޖެހޭ، ފަހަތުގައި ބޮޑެތި ޖަރީމާ!
16 ޖެނުއަރީ 2017

ރިޒާ އަށް އެމްޕީއެލް އިން ދިން 2.9 މިލިއަން ރުފިޔާއާ މެދު ސުވާލެއް!

16 ޖެނުއަރީ 2017
ރިޒާ އަށް އެމްޕީއެލް އިން ދިން 2.9 މިލިއަން ރުފިޔާއާ މެދު ސުވާލެއް!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް