Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
ރަޝިއާއިން ތެޔޮ އެކްސްޕޯޓުކުރުން

އަގު ކޮންޓްރޯލް ކުރާ ޤައުމުތަކަށް ތެޔޮ އެކްސްޕޯޓު ކުރުން ރަޝިއާއިން މެދުކަނޑާލަނީ

ފެބްރުއަރީ މަހުގެ އެއްވަނަ ދުވަހުން ފެށިގެން ފަސް މަސް ދުވަހުގެ މުއްދަތަކަށް ތެލުގެ އަގު ކޮންޓްރޯލް ކުރާ ޤައުމުތަކަށް ރަޝިއާއިން ތެޔޮ އެކްސްޕޯޓް ނުކުރާނެ

އިދުހާމް ނަޢީމް
އިދުހާމް ނަޢީމް, ރާއްޖެ އެމްވީ | 28 ޑިސެމްބަރު 2022 | ބުދަ 02:22
ޕުޓިން

ޕުޓިން

ރަޝިއާއާ ދެކޮޅަށް އަޅަމުން އަންނަ ފިޔަވަޅުގެ ދަށުން އެ ޤައުމުން ގަންނަ ތެލުގެ އަގު ކޮންޓްރޯލު ކުރާ ޤައުމުތަކަށް ތެޔޮ އެކްސްޕޯޓް ނުކުރަން އެ ޤައުމުގެ ރައީސް ވްލެޑްމިއަރ ޕުޓިން ނިންމަވައިފިއެވެ.

މިގޮތަށް ނިންމަވައި އަންގާރަ ދުވަހު އެމަނިކުފާނު ވަނީ ގަވާއިދެއް ހައްދަވާފައެވެ. އެގޮތުން އަންނަ އަހަރުގެ ފެބްރުއަރީ މަހުގެ އެއްވަނަ ދުވަހުން ފެށިގެން ފަސް މަސް ދުވަހުގެ މުއްދަތަކަށް ތެލުގެ އަގު ކޮންޓްރޯލު ކުރާ ޤައުމުތަކަށް ރަޝިއާއިން ތެޔޮ އެކްސްޕޯޓް ނުކުރާނެއެވެ.

އެ ޤައުމުން މިގޮތަށް ނިންމީ ދުނިޔޭގެ ހަތް ބާރު ހިމެނޭ ޔޫރަޕިއަން ޔޫނިއަން އާއި އޮސްޓްރޭލިއާއިން ރަޝިއާއިން ގަންނަ ތެލުގެ އަގު ކޮންޓްރޯލު ކުރުމަށް ނިންމުމާ ގުޅިގެންނެވެ. އެ ޤައުމުތަކުން މި މަހުގެ ފަސް ވަނަ ދުވަހުން ފެށިގެން ރަޝިއާއިން ތެޔޮ ގަންނަ އެންމެ ބޮޑު އަގެއްގެ ގޮތުގައި ކަނޑައަޅާފައިވަނީ ތެޔޮ ފީފާއެއް 60 ޑޮލަރަށެވެ. މިއީ ރަޝިއާއިން ޔޫކްރެއިނަށް ދެމުން އަންނަ ހަމަލާތަކާ ގުޅިގެން އެކަންކަން ހުއްޓުވުމަށް އަޅާފައިވާ ފިޔަވަޅެކެވެ.

ރަޝިއާއިން ތެޔޮ އެކްސްޕޯޓު ކުރުން މަނާ ކުރާ ގަވާއިދެއް ހެދި ނަމަވެސް ރައީސް ޕުޓިންއަށް އެ ގަވާއިދުގެ މުއްދަތުގެ ކުރިން ވެސް އުވާލުމުގެ ހުއްދަ ލިބިގެންވެއެވެ. ނަމަވެސް އެކަން ކުރެވޭނީ ހާއްސަ ހާލަތްތަކުގައެވެ.

ސާފު ނުކުރާ ތެޔޮ ފެބްރުއަރީ މަހުން ފެށިގެން އެކްސްޕޯޓް ކުރުން ހުއްޓާލި ނަމަވެސް ތެލުގެ އުފެއްދުންތައް އެކްސްޕޯޓް ކުރުން ހުއްޓާލާނެ ތާރީހެއް އަދި ކަނޑަނާޅައެވެ. އެކަން ކުރާނީ އެ ޤައުމުގެ ސަރުކާރުންނެވެ.

ރަޝިއާގެ ފިނޭންސް މިނިސްޓަރު ވިދާޅުވެފައިވާ ގޮތުގައި އެ ޤައުމުގެ ބަޖެޓް ޑެފިސިޓް އަންނަ އަހަރު ލަފާ ކުރާ ވަރަށްވުރެ 2 އިންސައްތަ އިތުރުވުމަކީ އެކަށީގެންވާ ކަމެކެވެ. އެއީ އެކި ޤައުމުތަކުން ތެލުގެ އަގު ކޮންޓްރޯލު ކުރުމާ ގުޅިގެން ތެލުގެ އެކްސްޕޯޓުން ލިބޭ އާމްދަނީ ދަށްވުމުންނެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ދުނިޔޭގެ އެންމެ އަގު ބޮޑު ފުޓްބޯޅަ ކުޅުންތެރިޔާ ޕޮގްބާ އުމުރާގެ އަޅުކަމުގައި

ދުނިޔޭގެ އެންމެ އަގު ބޮޑު ފުޓްބޯޅަ ކުޅުންތެރިޔާ ޕޮގްބާ އުމުރާގެ އަޅުކަމުގައި

28 މެއި 2017
ސީރިޔާގެ ހޮމްސް ސަރުކާރު ސިފައިންގެ ކޮންޓްރޯލްގެ އަތްދަށަށް ގެނެސްފި

ސީރިޔާގެ ހޮމްސް ސަރުކާރު ސިފައިންގެ ކޮންޓްރޯލްގެ އަތްދަށަށް ގެނެސްފި

22 މެއި 2017
"ދޮންކޭލާ، ރަލާ، ގެދޮރުގެ ވިޔަފާރި ކޮންޓްރޯލް ކުރީ އަހަރުމެން، ކޮރަޕްޝަނަށް މަޢާފަށް އެދެން"

"ދޮންކޭލާ، ރަލާ، ގެދޮރުގެ ވިޔަފާރި ކޮންޓްރޯލް ކުރީ އަހަރުމެން، ކޮރަޕްޝަނަށް މަޢާފަށް އެދެން"

20 މެއި 2017
އައިއެސްގެ ކޮންޓްރޯލް އޮންނަ ވައިގެ ބޭސްްއެއް އެމެރިކާ އިން މަދަދުދޭ ސީރިޔާ ހަނގުރާމަވެރިން ހިފައިފި

އައިއެސްގެ ކޮންޓްރޯލް އޮންނަ ވައިގެ ބޭސްްއެއް އެމެރިކާ އިން މަދަދުދޭ ސީރިޔާ ހަނގުރާމަވެރިން ހިފައިފި

27 މާރިޗު 2017
މަޖިލިސް ކޮންޓްރޯލް ކުރަނީ ރިޕަބްލިކަން ޕާޓީ، އެކަމަކު ޓްރަމްޕްގެ ފުރަތަމަ ބިލްވެސް ވީ ފޭލް

މަޖިލިސް ކޮންޓްރޯލް ކުރަނީ ރިޕަބްލިކަން ޕާޓީ، އެކަމަކު ޓްރަމްޕްގެ ފުރަތަމަ ބިލްވެސް ވީ ފޭލް

25 މާރިޗު 2017

އަހަރުތަކުން މިއަދު

7 ޖޫން
އީސްރާއީލުގެ ނިއުކްލިއަރ ޕްރޮގްރާމް އާ ބެހޭ ގިނަ އަދަދެއްގެ ސިއްރު މައުލޫމާތު އީރާނުގެ ޖާސޫސުން ހޯދައިފި
20251 އަހަރު ކުރިން
ދުނިޔެ

އީސްރާއީލުގެ ނިއުކްލިއަރ ޕްރޮގްރާމް އާ ބެހޭ ގިނަ އަދަދެއްގެ ސިއްރު މައުލޫމާތު އީރާނުގެ ޖާސޫސުން ހޯދައިފި

ގުރައިދޫ ޚާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒުގެ ޚިދުމަތްތައް ފުޅާކުރުމުގެ މަސައްކަތް ދަނީ ކުރަމުން: ވަޒީރު
20242 އަހަރު ކުރިން
ރާއްޖެ

ގުރައިދޫ ޚާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒުގެ ޚިދުމަތްތައް ފުޅާކުރުމުގެ މަސައްކަތް ދަނީ ކުރަމުން: ވަޒީރު

ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ދައުލަތުން ދޭ އެލަވަންސް މިމަހުން ފެށިގެން ބޮޑުވާނެ: ސަރުކާރު
20233 އަހަރު ކުރިން
ރާއްޖެ

ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ދައުލަތުން ދޭ އެލަވަންސް މިމަހުން ފެށިގެން ބޮޑުވާނެ: ސަރުކާރު

މަނިޔަފުށި: މި ކުޑަކުޑަ ރަށުގައި މުސްތަގުބަލަށް މުހިންމު މަސައްކަތެއް
20224 އަހަރު ކުރިން
ރިޕޯޓު

މަނިޔަފުށި: މި ކުޑަކުޑަ ރަށުގައި މުސްތަގުބަލަށް މުހިންމު މަސައްކަތެއް

ފްރާންސްގެ ރައީސްގެ މޫނުފުޅުގައި މީިހަކު ޖަހައިފި
20215 އަހަރު ކުރިން
ދުނިޔެ

ފްރާންސްގެ ރައީސްގެ މޫނުފުޅުގައި މީިހަކު ޖަހައިފި

މިސްކިތުން ނައިބު ރައީސް ފެންނާތީ ތައުރީފުކުރި، ފަހު ވަގުތު ނައިބުގެ އެހީތެރިކަން!
20197 އަހަރު ކުރިން
ރިޕޯޓު

މިސްކިތުން ނައިބު ރައީސް ފެންނާތީ ތައުރީފުކުރި، ފަހު ވަގުތު ނައިބުގެ އެހީތެރިކަން!

ދިރިއޮއްވާ އާއިލާ އިން ވަޅުލި ތުއްތު ކުއްޖާ 7 ގަޑީއިރު ފަހުން ސަލާމަތުން އޮއްވާ ނަގައިފި
20188 އަހަރު ކުރިން
ދުނިޔެ

ދިރިއޮއްވާ އާއިލާ އިން ވަޅުލި ތުއްތު ކުއްޖާ 7 ގަޑީއިރު ފަހުން ސަލާމަތުން އޮއްވާ ނަގައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު