Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ނަރީޝް ދޮގު ހެކި ދިނުން

ޔާމީނު ދިފާއުކުރަން ނަރީޝް ދޮގު ހެކި ދިީފައިވާތީ، ފުލުހުން ޙުކުމް ދިރާސާ ކުރަނީ

ދައުލަތުން ކުރި ސުވާލުތަކާއި ގުޅޭ ގިނަ ކަންކަން ނަރީޝްގެ ހަނދާނުގައިވެސް ނެތް

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު, ރާއްޖެ އެމްވީ | 27 ޑިސެމްބަރު 2022 | އަންގާރަ 08:04
ކުރީގެ ރައީސް އަބްދުﷲ ޔާމީން އާއި އަހުމަދު ނަރީޝް

ކުރީގެ ރައީސް އަބްދުﷲ ޔާމީން އާއި އަހުމަދު ނަރީޝް

ޕީޕީއެމްގެ ކައުންސިލް މެންބަރު އަހުމަދު ނަރީޝް ވ. އާރަށު ހިޔާނާތުގެ މައްސަލައިގައި ރައީސް އަބްދުﷲ ޔާމީނުގެ ދިފާއީ ހެއްކެއްގެ ގޮތުގައި ކްރިމިނަލް ކޯޓަށް ގޮސް ދީފައިވަނީ ދޮގު ހެކިބަހެއްކަން ހާމަވުމާއެކު، ފުލުހުން އެކަން ބަލަން ފަށައިފިއެވެ.

ކްރިމިނަލް ކޯޓުގައި ގާތްގަނޑަކަށް 45 މިނެޓަށް ދިގުދެމިގެން ދިޔަ މި ހެކިބަހާއި ގުޅޭގޮތުން މި މައްސަލައިގެ ޙުކުމުގައި ފާހަގަކޮށްފައިވާ ގޮތުގައި، ކާރުގައި އަހުމަދު ނަރީޝް އިށީނދެގެން އިން ތަނާއި އަބްދުﷲ ރަޝީދު އިން ތަނާއި ފައިސާ ދަބަސްތައް ބަހައްޓާފައި ހުރީ ކާރުގެ ކޮންތަނެއްގައި ކަން ފަދަ އެތައް ކަމެއް ނަރީޝަށް އެއްވެސް އުނދަގުލެއް ނެތި ވަނީ ބުނެދެވިފައެވެ.

Advertisement - newsAdvertisement

އެހައި ކުދިކުދި ތަފްސީލުތަކާ ގުޅިގެން ސުވާލު ކުރުމުން ވަގުތުން ޖަވާބު ދީފައިވާކަން އެނގެން އޮންނައިރު، މި މުއާމަލާތް ހިނގީ ދުވަހުގެ ކޮން ވަގުތެއްގައިކަން ބުނެދޭން އަހުމަދު ނަރީޝަށް ނޭނގުމަކީ ސަބަބުވެރި އިންސާނެއްގެ ވިސްނުމުން ވިސްނާއިރު އަޖައިބު ކުރުވަނިވި، ހައިރާން ކުރުވާ ވަރުގެ ކަމެއްކަން ޙުކުމުގައި ފާހަގަކޮށްފައިވެއެވެ.

ޔާމީނުގެ ވަކީލުން ކުރެއްވި ހުރިހާ ސުވާލަކަށް ނަރީޝް މަޑުޖެހުމެއްނެތި ޖަވާބު ދީފައިވާއިރު، ގ. ދޫވެހިން އެ ފައިސާ ގެންދިއުމުގެ ކުރިން ރައީސް ޔާމީނުގެ ހާޒިރުގައި އެ ފައިސާ ގުނިކަމާއި، އެ ފައިސާހުރީ 2 ދަބަހެއްގައި ކަމަށްވެސް ނަރީޝް ބުނެފައިވެއެވެ.

އެއްވެސް މަޑުޖެހުމެއް، ޝައްކެއް ނެތި ނަރީޝް ގެންދިޔައީ އެ ސުވާލުތަކަށް ޖަވާބުދެމުންނެވެ.

އެހެންނަމަވެސް، އެއަށްފަހު ދައުލަތުން ކުރި ސުވާލުތަކާއި ގުޅޭ ގިނަ ކަންކަން ނަރީޝްގެ ހަނދާނުގައިވެސް ނެތެވެ. އެގޮތުން ބައެއް ކަންކަމަށް ބަލާއިރު، އޭނާ އޭރު ގެންގުޅުނު ފޯނު ނަންބަރު ހަނދާނުގައި ނެތް ކަމަށާއި، ފައިސާ ޙަވާލުކުރަން ދިޔައީ ކޮން ބްރޭންޑެއްގެ ކާރެއްކަން ހަނދާނުގައި ނެތްކަމަށާއި، 1 މިލިއަން ޑޮލަރަށްވާ ފައިސާ ގުނީ އަތުން ކަމަށާއި، ނަމަވެސް އެކަމަށް ހޭދަވި ސީދާ ވަގުތެއް ހަނދާނުގައި ނެތްކަމަށްވެސް ދައުލަތުގެ ސުވާލުތަކުގެ ޖަވާބުގައި ނަރީޝް ބުނެފައިވެއެވެ.

ފައިސާ ގުނަން ހޭދަވި ވަގުތު އެކަންޏެއް ނޫނެވެ. އެ ނޫން ދުވަހެއްގައި އެއް މިލިއަން ޑޮލަރަށްވާ ފައިސާ ގުނާފައިވާނެކަން ނުވަތަ ނޫންކަންވެސް މިވަގުތު ހަނދާނުގައި ނެތްކަމަށް ނަރީޝް ބުނެފައިވެއެވެ.

ރައީސް ޔާމީނު އެދިވަޑައިގަތުމުގެ މަތިން ގ. ދޫވެއްސަށް ދިޔައީ ދުވަހުގެ ކޮން ވަގުތެއްގައިކަންވެސް ހަނދާނުގައި ނެތްކަމަށް ނަރީޝް ބުނެފައިވެއެވެ.

އިސްގާޒީ އަހުމަދު ޝަކީލު އިއްވެވި ޙުކުމުގައި ބަޔާންކޮށްފައިވާ ގޮތުގައި ޔާމީނުގެ ފަރާތުން ހުށަހަޅާފައިވާ ހެކިތަކަށް ބަލާއިރު، ޝައްކު އުފެދޭ އަދި ސުވާލު އުފެދޭ މިންވަރަށް ވާހަކަތައް ބައްޓަންވެފައިވެއެވެ.

ކްރިމިނަލް ކޯޓުގެ ޙުކުމުގައި ވަނީ ނަރީޝްގެ ހެކިބަހުގައި ކުދި ކުދި ތަފްސީލުތައް ހަނދާނުގައި ނެތްކަމަށް ބުނެ، ދިފާއުގެ ސުވާލުތަކުގެ ޖަވާބު ތަފްސީލުކަމާއެކު ދީފައިވާތީ، ސަބަބުވެެރި އިންސާނެއްގެ ވިސްނުމުން ބަލާއިރު އެއީ އަޖައިބު ކުރުވަނިވި، ހައިރާން ކުރުވަނިވި ކަމެއްކަމަށް ބަޔާންކޮށްފައެވެ.

ޙުކުމުގައި ބަޔާން ކޮށްފައިވާ ގޮތުގައި ނަރީޝް ހެކިބަސް ދީފައިވަނީ ނުހިނގާ ކަމެއް ހިނގިކަމަށް ބުނެ، ވަކި ގޮތަކަށް ހެކިބަސް ދިނުމަށް ތައްޔާރުވެގެންނެވެ. އޭގެ ބޭރުން ސުވާލެއް އަމާޒުވުމުން ނަރީޝްއަށް ޖަވާބު ނުދެވުނުކަން ޙުކުމުގައި ބަޔާން ކުރައްވާފައިވެއެވެ.

އޭގެ އިތުރުން، އަހުމަދު ނަރީޝްގެ ހެކިބަހުގައި 1 މިލިއަން ޑޮލަރަށްވާ 15،420،000 ދިވެހި ރުފިޔާ އަތުން ގުނިކަމަށް ބުނެ، އެ ގުނުމަށް ހޭދަވި ވަގުތު ބުނެދޭން ނޭނގުމުން، ނަރީޝްގެ ހެކިބަހަކީ އުފައްދައިގެން ދިން، ހަގީގަތެއް ނެތް ހެކިބަހެއްކަން ހާމަވާކަމަށްވެސް ޙުކުމުގައި ބުނެއެވެ.

ނަރީޝް އެ ފައިސާ ގުނީ އަތުންކަމަށް ބުނުމާއެކު، އެތައް ބަޔަކު ވަނީ ފަހުން އެކަމާ ސުވާލު އުފައްދާފައެވެ. ވުމާއެކު ފަހުން ޔާމީނުގެ ފަރާތުން އައި ހެކިވެރިއަކު ވަނީ ވަކި ވަކި ނޫޓޫތައް ގުނާފައި ނުވާނެ ކަމަށާއި، ގުނީ ފައިސާ ބޮނޑިތައް ކަމަށް ބުނެފައެވެ.

އެހެންނަމަވެސް މިއީ ނަރީޝްގެ ހެކިބަހުގައި ހުރި ބުއްދި ޤަބޫލު ނުކުރެވޭ ވާހަކަތައް ފޫބައްދައި ހަމަޖެއްސުމަށް އިތުރަށް އުފައްދައިގެން ދެއްކި ވާހަކައެއްކަން ސަބަބުވެރި އިންސާނެއްގެ ވިސްނުމުން ވިސްނާއިރު އެނގެން އޮންނަކަމަށްވެސް ޙުކުމުގައި ވަނީ ބަޔާންކޮށްފައެވެ.

ނަރީޝްގެ ހެކިބަހަކީ ދޮގު ހެކިބަހެއްކަން ކްރިމިނަލް ކޯޓުގެ ޙުކުމުން ފާހަގަވެފައިވާއިރު، އެކަމާ ގުޅިގެން ރާއްޖެއެމްވީއާ ވާހަކަ ދައްކަވަމުން ފުލުހުންގެ މީޑިއާ އޮފިޝަލު ވިދާޅުވީ، އެކަން މިހާރު ފުލުހުން ބަލަމުންދާ ކަމަށެވެ.

އަދި ޙުކުމް ދިރާސާ ކުރުމަށްފަހު، ޖިނާއީ ކުށެއް އެކުލެވޭ ކަމެއް ހިނގާފައިވާނަމަ، އެކަމާ ގުޅިގެން ދެން އަޅަންޖެހޭ ފިޔަވަޅުތައް ފުލުހުން އަޅާނެކަމަށް އޭނާ ވިދާޅުވިއެވެ.

ދޮގު ހެކި ދިނުމަކީ ކުށެއްކަމަށް ޤާނޫނުލްއުޤޫބާތުގެ 520 ވަނަ މާއްދާގައި ބަޔާންކޮށްފައިވެއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

އެޗްވަންއެންވަން ފެތުރުން: ކަންކަން ސިއްރުކުރުން، ދޮގު ހެދުން އިންތިހާ!

އެޗްވަންއެންވަން ފެތުރުން: ކަންކަން ސިއްރުކުރުން، ދޮގު ހެދުން އިންތިހާ!

14 މާރިޗު 2017
ޖަލުގައި ބަނޑުހައި ހޫނުކަމުގެ ހަޅުތާލު، ކަރެކްޝަންސް އިން ދޮގުކުރޭ!

ޖަލުގައި ބަނޑުހައި ހޫނުކަމުގެ ހަޅުތާލު، ކަރެކްޝަންސް އިން ދޮގުކުރޭ!

12 މާރިޗު 2017
ސައުދީން ނުވަތަ ރައީސް އެބަ ދޮގުހަދާ: އަސްލަމް

ސައުދީން ނުވަތަ ރައީސް އެބަ ދޮގުހަދާ: އަސްލަމް

10 މާރިޗު 2017
ޖަލުން ފިލުމަށް އަދީބު މަސައްކަތްތެއް ނުކުރޭ، އެއީ ދޮގު ވާހަކައެއް: ވަކީލުން

ޖަލުން ފިލުމަށް އަދީބު މަސައްކަތްތެއް ނުކުރޭ، އެއީ ދޮގު ވާހަކައެއް: ވަކީލުން

10 މާރިޗު 2017
ޔާމީން ބަންދުކުރި މައްސަލަ: ޖަވާބުދާރީވެ، ހެކި ހުށަހެޅުމަށް އަމީން ފައިސަލަށް 15 ދުވަސް!

ޔާމީން ބަންދުކުރި މައްސަލަ: ޖަވާބުދާރީވެ، ހެކި ހުށަހެޅުމަށް އަމީން ފައިސަލަށް 15 ދުވަސް!

21 ފެބުރުއަރީ 2017

އަހަރުތަކުން މިއަދު

1 މެއި
ޕެޕަރ ސްޕްރޭގެ އަސަރުކުރި މުޒާހަރާގެ ބައިވެރިއެއްގެ ހާލު ދެރަވެ ފަރުވާދެނީ
20251 އަހަރު ކުރިން
ރާއްޖެ

ޕެޕަރ ސްޕްރޭގެ އަސަރުކުރި މުޒާހަރާގެ ބައިވެރިއެއްގެ ހާލު ދެރަވެ ފަރުވާދެނީ

ޗައިނާއިން މިހާތަނަށް އުފެއްދި އެންމެ ބޮޑު އަދި އެންމެ ޒަމާނީ "އެއާކްރާފްޓް ކެރިއަރ" ފުރަތަމަ ފަހަރަށް މޫދަށް
20242 އަހަރު ކުރިން
ރިޕޯޓު

ޗައިނާއިން މިހާތަނަށް އުފެއްދި އެންމެ ބޮޑު އަދި އެންމެ ޒަމާނީ "އެއާކްރާފްޓް ކެރިއަރ" ފުރަތަމަ ފަހަރަށް މޫދަށް

"ހީވީ ގިޔާމަތްވެގެން އުޅެނީއޭ"
20233 އަހަރު ކުރިން
ރިޕޯޓު

"ހީވީ ގިޔާމަތްވެގެން އުޅެނީއޭ"

މާލޭގައި ދެ މާރާމާރީއެއް ހިންގައި ހަތަރު މީހަކު ޒަޚަމްކޮށްލައިފި
20224 އަހަރު ކުރިން
ރާއްޖެ

މާލޭގައި ދެ މާރާމާރީއެއް ހިންގައި ހަތަރު މީހަކު ޒަޚަމްކޮށްލައިފި

ޓިކްޓޮކްގައި އެންމެންގެ ހިތްތައް ކަތިލަމުން އަންނަ ރޫމީ، ނިއުމާ އަށް ވުރެ ހަގުކަން އެނގޭތަ؟
20215 އަހަރު ކުރިން
ފިލްމާއި މިޔުޒިކް

ޓިކްޓޮކްގައި އެންމެންގެ ހިތްތައް ކަތިލަމުން އަންނަ ރޫމީ، ނިއުމާ އަށް ވުރެ ހަގުކަން އެނގޭތަ؟

ސަރުކާރު މުވައްޒަފުން މުންޑު ދޫކޮށް، ފަޓްލޫނަށް ބަދަލުވިތާ 50 އަހަރު
20197 އަހަރު ކުރިން
ރިޕޯޓު

ސަރުކާރު މުވައްޒަފުން މުންޑު ދޫކޮށް، ފަޓްލޫނަށް ބަދަލުވިތާ 50 އަހަރު

ލީކުވި ބަޔާން: ރައީސް ބޭނުންފުޅުވާ ގޮތަށް މައްސަލަތައް ނިންމުމަށް އަލީ ހަމީދު އިރުޝާދުދެއްވި!
20188 އަހަރު ކުރިން
ރާއްޖެ

ލީކުވި ބަޔާން: ރައީސް ބޭނުންފުޅުވާ ގޮތަށް މައްސަލަތައް ނިންމުމަށް އަލީ ހަމީދު އިރުޝާދުދެއްވި!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު