Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ތަފާތު ޚަބަރު
ގަސްގަހާގެއްސަށް އޮތް ނުރައްކާ

މިއަދު ނެތި ދާ ގަސްގަހާގެއްސަކީ ކެންސަރާއި ކޮވިޑްގެ މާދަމާގެ ފަރުވާއަށްވެސް ވެދާނެއެވެ.

ބާވަތެއް މުޅިން ނެތި ދިއުމުގެ ނިސްބަތް އުޅެނީ، 500 ގުނަ މަތީގައި

ޢާއިޝާ ރީމާ ވަޙީދު
ޢާއިޝާ ރީމާ ވަޙީދު, ރާއްޖެ އެމްވީ | 27 ޑިސެމްބަރު 2022 | އަންގާރަ 06:43
ނެތި ދިއުމުގެ ބިރު ހީވެފައިވާ ގަސްގަހާގެހީގެ ބާވަތްތަކާއި އޮށުގެ މުޑުވައްތައް، ގިނަ ދުވަހަށް ރައްކާ ކުރުމަށްޓަކާ، އެކަމަށް ހާއްސަ ލެބޯޓްރީތަކުގައި ސައެންސްވެރިން ދަނީ މަސައްކަތް ކުރަމުން

ނެތި ދިއުމުގެ ބިރު ހީވެފައިވާ ގަސްގަހާގެހީގެ ބާވަތްތަކާއި އޮށުގެ މުޑުވައްތައް، ގިނަ ދުވަހަށް ރައްކާ ކުރުމަށްޓަކާ، އެކަމަށް ހާއްސަ ލެބޯޓްރީތަކުގައި ސައެންސްވެރިން ދަނީ މަސައްކަތް ކުރަމުން

އަހަރަމެން އިންސާނުންނަކީ ކެއިންބުއިމަށާއި، އުނުއަންނާނެ ފޭރާން ހޯދުމަށާއި، ބޯހިޔާވަހިކަން ހޯދުމުގެ އިތުރުން ބޭސްވެރިކަމުގެ ރޮނގުން ބެލި ކަމުގައި ވީ ނަމަވެސް ގަސްގަހާގެހީގެ މައްޗަށް އިންތިހާއަށް ބަރޯސާވާ ބައެކެވެ. ނަމަވެސް، ދުނިޔޭގެ އެކި ކަންކޮޅުތަކަށް ފެތުރިފައި ވާ 400000 އަށް ވުރެ ގިނަ ބާވަތުގެ ގަސްގަހާގެހީގެ މައުލޫމާތު، އަހަރަމެންނަށް އެނގެނީ ކިހާ ވަރަކަށް ތޯ، ޚުދު އަމިއްލަ ނަފުސާވެސް ސުވާލު ކޮށްލަބަލާށެވެ.

ޖަނަވާރުތަކާއި ޚިލާފަށް، ގަސްގަހާގެހީގެ ފިޔަވަޅުތިޔަ ބަލަމުން ދިއުމުގެ ފުރުޞަތެއް ނޯވެއެވެ. ނުވިތާކަށް ޖަންގައްޔެއްގެ ތެރެއަށް ވަދެ، ވަކި ރާގަކަށް ތުނބުން ފުމެލުމުން އިޖާބަ ދާ ގަހެއްވެސް ނުހުރެއެވެ. ނަތީޖާއަކަށް ވަނީ، ބައެއް ކަހަލަ ގަސްތައް ނެތިދާކަން، ވަގުތު ފާއިތުވުމުގެ ކުރިން ރެއަކާވެސް ނުލުމެވެ.

ރޯޔަލް ބޮޓޭނިކް ގާޑަންސް (އާރްބީޖީ) ކިއުގެ ކޮންޒަރވޭޝަން ޕޮލިސީ ލީޑް، ޑރ ކަރލީ ކޯވެލް ވިދާޅުވާ ގޮތުގައި، ގަސްގަހާގެއްސަށް އޮތް އެންމެ ބޮޑު ނުރައްކަލަކީ، ދުނިޔޭގެ ބިން ބޭނުން ކުރަމުންދާ ދިއުމަށް އައި ބަދަލުތަކެވެ.

އަދުގެ ދުނިޔޭގެ ހާލަތަށް ބަލާއިރު، ބާކީ ހުރި ޖަންގަލިތަކާއި ގަސްބޯ ސަރަޙައްދުތައް މިހާރުވެސް ދަނީ އިންސާނީ އެކި ބޭނުންތަކަށް ކޮށާ ސާފު ކުރަމުންނެވެ. ބައެއް ފަހަރު ނާމްސޫފި ގެންގުޅުމަށެވެ. އަނެއް ބައި ފަހަރު މާސިންގާ ދަނޑުބިންތައް ހެއްދުމަށެވެ. ނުވަތަ ޢުމްރާނީ ތަރައްޤީގެ ކޮންމެވެސް މަޝްރޫއަކަށެވެ.

ކިއުއިން އާންމު ކޮށްފައި ވާ 2020 ސްޓޭޓް އޮފް ދަ ވަރލްޑްސް ޕްލާންސްޓް އެންޑް ފަންގާއި ރިޕޯޓް ބުނާ ގޮތުގައި، ދުނިޔޭގައި މިވަގުތު ހުރި ގަސްގަހާގެހީގެ ބާވަތްތަކުގެ ތެރެއިން 40 ޕަސެންޓް ދިރުންތައް ވަނީ ނުރައްކަލެއްގެ ތެރޭގައެވެ. އަދި ބާވަތެއް މުޅިން ނެތި ދިއުމުގެ ނިސްބަތް އުޅެނީ، 500 ގުނަ މަތީގައި ކަމަށްވެސް އެ ރިޕޯޓް ބުނެއެވެ.

ނެތި ދިއުމުގެ ބިރު ހީވެފައިވާ ގަސްގަހާގެހީގެ ބާވަތްތަކާއި އޮށުގެ މުޑުވައްތައް، ގިނަ ދުވަހަށް ރައްކާ ކުރުމަށްޓަކާ، އެކަމަށް ހާއްސަ ލެބޯޓްރީތަކުގައި ސައެންސްވެރިން ފަރުވާތެރިކަމާއެކު މަސައްކަތް ކުރަމުން ދާތާ މިހާރު އަހަރުތަކެއް ވެއްޖެއެވެ. ސައެންސްވެރިން ބުނާ ގޮތުގައި، މި ވަގުތަކީ، މިހާރު ލިބެން ހުރި ވަޞީލަތްތައް ބޭނުންކޮށްގެން، ދެން އަންނަން އޮތް ކަމަކަށް ތައްޔާރު ވާންވީ ވަގުތެވެ.

ކިއުގެ ސީނިއަރ ރިސާޗަރެއް ކަމަށް ވަ ޑރ ކޮލީން ކްލަބް ވިދާޅުވީ، ވަކި ކަހަލަ ގަސްގަހާގެއްސަށް ހާއްސާ ވެށިން ބޭރުގައިވެސް އެ ގަސްތައް ދިރުވާ އާލާ ކުރުމުގެ މަޝްވަރާތައް، މިހާރުވެސް ސައެންސްވެރިން ކުރަމުން ދާ ކަމަށެވެ.

ދުނިޔެއިން ނެތެމުން ދާ ގަސްގަހާގެހީގެ އާބާދީ ހިމާޔަތް ކުރުމަށް، ބައިނަލްއަޤުވާމީ ލީޑަރުންވެސް ގެންދަވަނީ މަސައްކަތްޕުޅުތަކެއް ކުރައްވަމުންނެވެ. އެގޮތުން، ކޮންމެ ޤައުމަކަށްވެސް ލިބިފައި ވާ ބިމުގެ ސަރަޙައްދުން 30 ޕަސެންޓް، ކުރިއަށް އޮތް 7 އަހަރު ދުވަހަށް ރައްކާތެރިކަމާއެކު ހިމާޔަތް ކޮށްފައި ބޭއްވުމަށް، ބައިނަލްއަޤުވާމީ ފެންވަރުގައި ފުރިހަމަ އެއްބަސްވުމެއް އެކުލަވާލުމަށް، ދުނިޔޭގެ ލީޑަރުން ގެންދަވަނީ މަސައްކަތްޕުޅު ކުރައްވަމުންނެވެ. ގަސްގަހާގެހި ހިމާޔަތްކޮށް، ދިރުންތައް ނެތި ދިޔަ ނުދީ ސަލާމަތް ކުރެވޭތޯ މަސައްކަތް ކުރުމަކީ، ފަރުދީ ފެންވަރުގައި އުފުލަން ޖެހިފައި އޮތް ޒިންމާއެކެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ބަޓްލާ ހައުސް މިއަދު ރިލީޒްކޮށްފި

ބަޓްލާ ހައުސް މިއަދު ރިލީޒްކޮށްފި

15 އޯގަސްޓު 2019
ދީޕިކާ އާއި ރަންވީރުގެ ކައިވެނީގެ ފޮޓޯ މިއަދު ފެނިގެންދާނެ

ދީޕިކާ އާއި ރަންވީރުގެ ކައިވެނީގެ ފޮޓޯ މިއަދު ފެނިގެންދާނެ

15 ނޮވެމްބަރު 2018
ސްޓްރީ ބޮކްސް އޮފީހުގައި ހުއްޓުމެއް ނެތި ދަނީ ކުރިއަށް

ސްޓްރީ ބޮކްސް އޮފީހުގައި ހުއްޓުމެއް ނެތި ދަނީ ކުރިއަށް

07 ސެޕްޓެމްބަރު 2018
ސްރީދޭވީގެ ޖަނާޒާއަށް އޭނާގެ ހަށިގަނޑު މުމްބާއީއަށް މިއަދު ގެންދާނެ

ސްރީދޭވީގެ ޖަނާޒާއަށް އޭނާގެ ހަށިގަނޑު މުމްބާއީއަށް މިއަދު ގެންދާނެ

26 ފެބުރުއަރީ 2018
ސެންސަރު ބޯޑުން ޕަދްމަވަތީ އާމެދު މިއަދު ގޮތެއް ނިންމާނެ

ސެންސަރު ބޯޑުން ޕަދްމަވަތީ އާމެދު މިއަދު ގޮތެއް ނިންމާނެ

20 ޑިސެމްބަރު 2017

އަހަރުތަކުން މިއަދު

25 މެއި
އެންމެ ފަހުން އެޗްއާރުސީއެމް ވެސް ގާނޫނާ ޚިލާފުވެއްޖެ ކަމަށް ކަނޑައަޅައިފި
20251 އަހަރު ކުރިން
ރާއްޖެ

އެންމެ ފަހުން އެޗްއާރުސީއެމް ވެސް ގާނޫނާ ޚިލާފުވެއްޖެ ކަމަށް ކަނޑައަޅައިފި

ސަރުކާރު އުޅެނީ، ޕާން ފޮތި ބޭނުންވެގެން ހިޔަޅު އުޅުނުހެން!
20242 އަހަރު ކުރިން
ރިޕޯޓު

ސަރުކާރު އުޅެނީ، ޕާން ފޮތި ބޭނުންވެގެން ހިޔަޅު އުޅުނުހެން!

ދަސްވެނީންގެ ހަފްލާގައި ޝަރަފުވެރި މެހެމާނުގެ އިތުރުން ރައީސް ބަލަދުވެރިޔަކަށް
20233 އަހަރު ކުރިން
ރާއްޖެ

ދަސްވެނީންގެ ހަފްލާގައި ޝަރަފުވެރި މެހެމާނުގެ އިތުރުން ރައީސް ބަލަދުވެރިޔަކަށް

ޖޯޑަންގެ މި އަންހެން މީހާ ވަޔަރުތައް ބަދަލުކޮށްލަނީ ރީތީ ޓްރޭތަކަށް
20224 އަހަރު ކުރިން
ތަފާތު ޚަބަރު

ޖޯޑަންގެ މި އަންހެން މީހާ ވަޔަރުތައް ބަދަލުކޮށްލަނީ ރީތީ ޓްރޭތަކަށް

17 މުވައްޒަފުންނާއެކު ރާއްޖެޓީވީ އަނެއްކާވެސް ލޮކްޑައުންއަކަށް!
20215 އަހަރު ކުރިން
ރާއްޖެ

17 މުވައްޒަފުންނާއެކު ރާއްޖެޓީވީ އަނެއްކާވެސް ލޮކްޑައުންއަކަށް!

މުލައްދަނޑިން އިންސާފު ހޯދުން: ބޮޑު ގޯހެއްގެ ފެށުން!
20197 އަހަރު ކުރިން
ރިޕޯޓު

މުލައްދަނޑިން އިންސާފު ހޯދުން: ބޮޑު ގޯހެއްގެ ފެށުން!

ޗިކަން ޝަވަރުމާ
20188 އަހަރު ކުރިން
ލައިފް ސްޓައިލް

ޗިކަން ޝަވަރުމާ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު