Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުއިނގިރޭސި ޕްރިމިއާ ލީގު

މޮޅަކާއެކު ލިވަޕޫލަށް ހަމަޖެހުމެއް، ރޮބާޓްސަން އަށް ރެކޯޑެއް

އެސްޓަން ވިލާގެ ދަނޑުގައި ކުޅުނު މެޗުން ލިވަޕޫލް މޮޅުވީ 3-1 އިން

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 27 ޑިސެމްބަރު 2022 | އަންގާރަ 02:21
ލިވަޕޫލް ކުޅުންތެރިން ލަނޑު ޖެހުމަށްފަހު އުފާފާޅުކުރަނީ

ލިވަޕޫލް ކުޅުންތެރިން ލަނޑު ޖެހުމަށްފަހު އުފާފާޅުކުރަނީ

ފީފާ ވޯލްޑް ކަޕަށްފަހު އިނގިރޭސި ޕްރިމިއާ ލީގުގައި ލިވަޕޫލް ކުޅުނު ފުރަތަމަ މެޗުން މޮޅުވެ، ހަމަޖެހުމެއް ހޯދައިފި އެވެ.

ލީގުގައި ހޯމަ ދުވަހުގެ ރޭ އެސްޓަން ވިލާގެ ދަނޑުގައި ކުޅުނު މެޗުން ލިވަޕޫލް މޮޅުވީ 3-1 އިންނެވެ. މެޗުގައި ލިވަޕޫލުން ލީޑު ނެގީ ފަސް ވަނަ މިނެޓުގަ އެވެ. އެއީ ޑިފެންޑަރު އެންޑީ ރޮބާޓްސަން ތަނަވަަސްކޮށްދިން ފުރުސަތެއްގައި މިޞްރު ފޯވާޑް މުޙައްމަދު ޞަލާޙު ޖެހި ލަނޑުންނެވެ. ރޮބާޓްސަންގެ އެސިސްޓާއެކު އޭނާ ވެގެން ގޮސްފައިވަނީ ޕްރިމިއާ ލީގުގެ ތާރީޚުގައި ވެސް އެންމެ ގިނަ އެސިސްޓުކޮށްދިން ޑިފެންޑަރަށެވެ. ރޮބާޓްސަން ވަނީ މިހާތަނަށް 54 ލަނޑު ޖެހުމަށް އެހީތެރިވެދީފަ އެވެ. މީގެ ކުރިން މި ރެކޯޑު އޮންނަނީ 53 ލަނޑު ޖެހުމަށް އެހީތެރިވެދިން ލެއިޓަންސް ބެއިންސް އަތުގަ އެވެ. ފުރަތަމަ ހާފު ނިމުމުގެ ކުރިން ލިވަޕޫލުން ވަނީ ދެ ވަނަ ލަނޑު ޖަހައި ލީޑު ފުޅާކޮށްފަ އެވެ. މެޗުގެ 37 ވަނަ މިނެޓުގައި އެ ޓީމަށް ލީޑު ފުޅާކޮށްދިނީ ޑިފެންޑަރު ވާޖިލް ވެންޑައިކް އެވެ. އޭނާ އެ ލަނޑު ޖަހާފައިވަނީ ފުރަތަމަ ލަނޑު ޖެހައިދިން ޞަލާޙު ތަނަވަސްކޮށްދިން ފުރުސަތަކުންނެވެ. ލިވަޕޫލުން ފުރަތަމަ ހާފު ނިންމާލީ ދެ ލަނޑުގެ ލީޑަކާއެކު އެވެ.

ދެ ވަނަ ހާފަށް ނިކުމެ އެސްޓަން ވިލާ އިން ވަނީ ލަނޑެއް ޖަހައި، ފަރަގު ކުޑަކޮށް، އުންމީދެއް ހޯދާފަ އެވެ. މިޑްފީލްޑަރު ޑަފްލަސް ލުއިޒް ތަނަވަސްކޮށްދިން ފުރުސަތަކުން މެޗުގެ 59 ވަނަ މިނެޓުގައި އެސްޓަން ވިލާ އަށް ލަނޑު ޖަހައިދިނީ އޮލީ ވަޓްކިންސް އެވެ. ލިވަޕޫލުން ވަނީ މެޗުގެ ފަހު 10 މިނެޓުގައި ލަނޑެއް ޖަހައި، ލީޑު އިތުރަށް ފުޅާކޮށްފަ އެވެ. ލިވަޕޫލްގެ ތިން ވަނަ ލަނޑު ޖަހައިދިނީ ބަދަލު ކުޅުންތެރިޔެއްގެ ގޮތުގައި ކުޅެން ނިކުން މިޑްފީލްޑަރު ސްޓެފަން ބަސެޓިކް އެވެ.

މި މޮޅާއެކު ލިވަޕޫލް ވަނީ ލީގު ތާވަލްގެ ހަ ވަނަ އަށް ޖެހިލައިފަ އެވެ. އެއީ ލީގުގައި ކުޅުނު 15 މެޗުގައި 25 ޕޮއިންޓު ހޯދައިގެންނެވެ. ހަތް ވަނައިގައި އޮތް ބްރައިޓަން އަށް ލިބެނީ 24 ޕޮއިންޓެވެ. ލިވަޕޫލް އަތުން ބަލިވި އެސްޓަން ވިލާ އޮތީ އެ ޓީމު ކުޅުނު 16 މެޗުން 18 ޕޮއިންޓާއެކު ލީގުގެ 12 ވަނައިގަ އެވެ.

އިތުރަށް ކިޔާލަން

01 މާރިޗު 2018

އިނގިރޭސި އެފްއޭކަޕް: ބޮޑު މޮޅަކާއެކު ޓޮޓެންހަމް ކުއާޓާއަށް

01 މާރިޗު 2018
އިނގިރޭސި އެފްއޭކަޕް: ބޮޑު މޮޅަކާއެކު ޓޮޓެންހަމް ކުއާޓާއަށް
25 އޮކްޓޯބަރު 2017

ކޮޕާ ޑެލްރޭ: މޮޅަކާއެކު ބާސާއިން ތަށި ދިފާއުކުރުމުގެ މަސައްކަތް ފަށައިފި

25 އޮކްޓޯބަރު 2017
ކޮޕާ ޑެލްރޭ: މޮޅަކާއެކު ބާސާއިން ތަށި ދިފާއުކުރުމުގެ މަސައްކަތް ފަށައިފި
02 އޮކްޓޯބަރު 2017

އާސެނަލް މޮޅުވިއިރު އެއްވަރުވެ ލިވަޕޫލަށް ނުތަނަވަސްކަން

02 އޮކްޓޯބަރު 2017
އާސެނަލް މޮޅުވިއިރު އެއްވަރުވެ ލިވަޕޫލަށް ނުތަނަވަސްކަން
20 އޯގަސްޓު 2017

މޮޅަކާއެކު ޔުވެންޓަސް އިން އިޓާލިއަން ލީގު ފަށައިފި

20 އޯގަސްޓު 2017
މޮޅަކާއެކު ޔުވެންޓަސް އިން އިޓާލިއަން ލީގު ފަށައިފި
18 ޖޫން 2017

ބޮޑު މޮޅަކާއެކު އިންޑިއާ ބަލިކޮށް، ޕާކިސްތާނުން އައިސީސީ ޓްރޮފީ އުފުލާލައިފި

18 ޖޫން 2017
ބޮޑު މޮޅަކާއެކު އިންޑިއާ ބަލިކޮށް، ޕާކިސްތާނުން އައިސީސީ ޓްރޮފީ އުފުލާލައިފި
22 މެއި 2017

ލީގު ތައްޓާ އެކު ޔުވެންޓަސް އަށް ރެކޯޑެއް

22 މެއި 2017
ލީގު ތައްޓާ އެކު ޔުވެންޓަސް އަށް ރެކޯޑެއް
14 މެއި 2017

ވެސްޓަމް ޔުނައިޓެޑް އަތުން ލިވަޕޫލަށް ފަސޭހަ މޮޅެއް

14 މެއި 2017
ވެސްޓަމް ޔުނައިޓެޑް އަތުން ލިވަޕޫލަށް ފަސޭހަ މޮޅެއް
17 އެޕްރީލު 2017

ފިރްމީނިއޯގެ ހަމައެކަނި ލަނޑާއެކު ލިވަޕޫލަށް މޮޅެއް

17 އެޕްރީލު 2017
ފިރްމީނިއޯގެ ހަމައެކަނި ލަނޑާއެކު ލިވަޕޫލަށް މޮޅެއް
15 އެޕްރީލު 2017

އިސްކޯގެ ހިތްގައިމު ލަނޑާއެކު ރެއާލަށް ހިތްހަމަޖެހުމެއް

15 އެޕްރީލު 2017
އިސްކޯގެ ހިތްގައިމު ލަނޑާއެކު ރެއާލަށް ހިތްހަމަޖެހުމެއް
15 ޖެނުއަރީ 2017

މޮޅަކާއެކު އާސެނަލް ލީގުގެ ތިންވަނައަށް

15 ޖެނުއަރީ 2017
މޮޅަކާއެކު އާސެނަލް ލީގުގެ ތިންވަނައަށް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު