Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު އިނގިރޭސި ޕްރިމިއާ ލީގު

އާސެނަލް މޮޅުވިއިރު އެއްވަރުވެ ލިވަޕޫލަށް ނުތަނަވަސްކަން

ބްރައިޓަން އެންޑް ހޯވް އަލްބިއޮންއާ ދެކޮޅަށް ކުޅުނު މެޗު އާސެނަލްއިން ކާމިޔާބު ކޮށްފައިވަނީ ދެ ލަނޑު ސުން ލަނޑުން

އަހްމަދު ސާއިފް ޝިޔާދް
އަހްމަދު ސާއިފް ޝިޔާދް | 2 އޮކްޓޯބަރު 2017 | ހޯމަ 07:47
އާސެނަލްގެ ކުޅުންތެރިން ލަނޑު ޖެހުމަށް ފަހު އުފާފާޅުކުރަނީ

އާސެނަލްގެ ކުޅުންތެރިން ލަނޑު ޖެހުމަށް ފަހު އުފާފާޅުކުރަނީ

އިނގިރޭސި ޕްރިމިއާ ލީގުގައި އާސެނަލް ކުޅުނު މެޗު އެ ޓީމުން ކާމިޔާބު ކުރިއިރު ލިވަޕޫލް ކުޅުނު މެޗު އެއްވަރުވެއްޖެއެވެ.

އާސެނަލްގެ އަމިއްލަ ދަނޑުގައި ބްރައިޓަން އެންޑް ހޯވް އަލްބިއޮންއާ ދެކޮޅަށް ކުޅުނު މެޗު އެ ޓީމުން ކާމިޔާބު ކޮށްފައި ވަނީ ދެ ލަނޑު ސުން ލަނޑުންނެވެ. ސީޒަނުގެ ކުރީކޮޅު އާސެނަލްގެ ފަރާތުން ދަށް ކުޅުމެއް ފެނުނު ނަމަވެސް އެ ޓީމުން އަންނަނީ މެޗަކަށް ފަހު މެޗެއްގައި ކުޅުން ރަނގަޅު ކުރަމުންނެވެ.

އާސެނަލްއިން ވަނީ މި މެޗުގައި މޮޅު ކުޅުމެއް ދައްކައި ގިނަ ވަގުތު ބޯޅަ ހިފަހައްޓައި ލަނޑު ޖެހުމަށް ގިނަ ފުރުސަތުތަކެއް ތަނަވަސްކޮށްފައެވެ. އެ ޓީމުގެ ފުރަތަމަ ލަނޑު މެޗުގެ 16 ވަނަ މިނިޓުގައި ކާމިޔާބު ކޮށްދިނީ ނާޗޯ މޮންރެއާލްއެވެ. މި ލަނޑަށް ފަހު ވެސް އާސެނަލްއަށް ވަނީ ލަނޑު ޖެހުމަށް ރަނގަޅު ފުރުސަތުތައް ލިބި ބޭކާރުވެފައެވެ.

ދެވަނަ ހާފު ފެށިއިރު އެއް ލަނޑު ސުން ލަނޑުން އާސެނަލް ކުރީގަ އޮތްއިރު އެ ޓީމުން ވަނީ ދެވަނަ ހާފުގައި ވެސް މޮޅު އެޓޭކިން ގޭމެއް ކުޅެ ބްރައިޓަންގެ ހާފަށް ބާރު ބޮޑުކޮށްފައެވެ. އާސެނަލްގެ ދެވަނަ ލަނޑު 56 ވަނަ މިނިޓުގައި އެލެކްސިސް ސަންޗޭޒްގެ އެހީތެރިކަމާ އެކު ކާމިޔާބު ކޮށްދިނީ ނައިޖީރިއާގެ ޒުވާން ކުޅުންތެރިޔާ އެލެކްސް އިވޯބީއެވެ.

މި މެޗުގައި މޮންރެއާލް ޖެހި ލަނޑަކީ 2013 ވަނަ އަހަރު ސްވަންސީ ކޮޅަށް ޖެހި ލަނޑަށް ފަހު އޭނާ ޕްރިމިއާ ލީގުގައި ޖެހި ފުރަތަމަ ލަނޑެވެ. އަދި ސަންޗޭޒް މި މެޗުގައި ދިން އެސިސްޓާއެކު އޭނާވަނީ މިއަހަރުގެ މިހާތަނަށް އާސެނަލްއިން ޖެހި 35 ލަނޑުގައި އަމަލީ ގޮތުން ބައިވެރިވެފައެވެ.

އަލަށް ޕްރޮމޯޓްވި ނިއުކާސަލް ޔުނައިޓެޑާ ދެކޮޅަށް ލިވަޕޫލް ކުޅުނު މެޗު ނިމިފައި ވަނީ 1-1 އަކުން އެއްވަރުވެގެންނެވެ. މި މެޗުގައި ލިވަޕޫލްގެ ފޯވާޑުންނަށް ލަނޑު ޖެހުމަށް ގިނަ ފުރުސަތުތަކެއް ލިބިގެން ގޮސްފައިވާއިރު އެ ކުޅުންތެރިންނަށް މި ފުރުސަތުތަކުގެ ބޭނުން ހިފިފައެއް ނުވެއެވެ.

ފުރަތަމަ ހާފުގެ 29 ވަނަ މިނިޓުގައި ފިލިޕޭ ކުޓީނިއޯ 25 ޔާޑު ބޭރުން ފޮނުވާލި ބާރު ބޯޅަ ގޯލުގެ ތެރެއަށް ވައްދާލައިގެން ލިވަޕޫލްއަށް ލީޑު ނަގައިދިން ނަމަވެސް އެ ޓީމަށް މި ލީޑު މާ ގިނަވަގުތަކު ހިފަހައްޓާލެވިފައެއް ނުވެއެވެ. އެގޮތުން ނިއުކާސަލްގެ ފޯވާޑް ޖޮސެލޫ ވަނީ އޭގެ ހަ މިނިޓު ފަހުން ލަނޑެއް ޖަހާ ނިއުކާސަލްއަށް ނަތީޖާ އެއްވަރު ކޮށްދީފައެވެ.

މި މެޗުގައި ކުޓީނިއޯ ޖެހި ލަނޑަކީ ޕްރިމިއާ ލީގުގައި އޭނާ މިހާތަނަށް އޭރިއާ ބޭރުން ކާމިޔާބުކުރި 17 ވަނަ ލަނޑެވެ. ކުޓީނިއޯ ޕްރިމިއާ ލީގަށް ކުޅެން ފެށިފަހުން އެއްވެސް ކުޅުންތެރިޔަކަށް އޭނާއަށް ވުރެ ގިނައިން އޭރިއާ ބޭރުން ލަނޑު ޖެހިފައެއް ނުވެއެވެ.

އެވަޓަން ވަނީ އެ ޓީމު ކުޅުނު މެޗުން ބަލިވެ ރެލިގޭޝަންއާ ހަނގުރާމަކުރަން ޖެހިފައެވެ. ބާންލީއާ ދެކޮޅަށް އަމިއްލަ ދަނޑުގައި ކުޅުނު މެޗުން އެއް ލަނޑު ސުން ލަނޑުން އެވަޓަން ބަލިވިއިރު މި މެޗުގައި ބާންލީއަށް ލަނޑު ޖަހައިދިނީ ޖެފް ހެންޑްރިކްސްއެވެ.

ޕްރިމިއާ ލީގުގެ އެއްވަނަ އަދި ދެވަނަ މެންޗެސްޓާގެ ދެ ޓީމަށް ލިބޭއިރު އާސެންލްއާ އެންމެ ވާދަވެރި ލަންޑަންގެ ދެ ޓީމު ކަމަށްވާ ޓޮޓެންހަމް އާއި ޗެލްސީގެ ފަހަތުން އެ ޓީމަށް ލިބެނީ ޕްރިމިއާ ލީގުގެ ފަސް ވަނައެވެ. ލިވަޕޫލްއަށް ހަތް ވަނަ ލިބޭއިރު ބާންލީ ވަނީ އެވަޓަން އަތުން މޮޅުވެ ހަ ވަނައަށް ޖެހިލާފައެވެ.

އިތުރަށް ކިޔާލަން

24 ޖެނުއަރީ 2017

ނިއު އާއި ގްރީން ސްޓްރީޓް ބައްދަލުކުރި އެކުވެރިކަމުގެ މެޗު އެއްވަރުވެއްޖެ

24 ޖެނުއަރީ 2017
ނިއު އާއި ގްރީން ސްޓްރީޓް ބައްދަލުކުރި އެކުވެރިކަމުގެ މެޗު އެއްވަރުވެއްޖެ
23 ޖެނުއަރީ 2017

ޕްރިމިއާ ލީގު: ސަންޗޭޒްގެ ލަނޑުން ބާންލީ ބަލިކޮށް އާސެނަލް ދެވަނަ އަށް

23 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ސަންޗޭޒްގެ ލަނޑުން ބާންލީ ބަލިކޮށް އާސެނަލް ދެވަނަ އަށް
23 ޖެނުއަރީ 2017

އާސެނަލް އަށް ޕަޔެޓް ބޭނުމެއް ނުވޭ: ވެންގާ

23 ޖެނުއަރީ 2017
އާސެނަލް އަށް ޕަޔެޓް ބޭނުމެއް ނުވޭ: ވެންގާ
20 ޖެނުއަރީ 2017

އާސެނަލް ދޫކޮށްލުމަށް ފަހު ސަންޗޭޒް ބަޔާންއާ ގުޅުން ކައިރި: އޮންރީ

20 ޖެނުއަރީ 2017
އާސެނަލް ދޫކޮށްލުމަށް ފަހު ސަންޗޭޒް ބަޔާންއާ ގުޅުން ކައިރި: އޮންރީ
15 ޖެނުއަރީ 2017

މޮޅަކާއެކު އާސެނަލް ލީގުގެ ތިންވަނައަށް

15 ޖެނުއަރީ 2017
މޮޅަކާއެކު އާސެނަލް ލީގުގެ ތިންވަނައަށް
08 ޖެނުއަރީ 2017

އެފްއޭކަޕް: ފަހުވަގުތު ޖިރޫޑް ކާމިޔާބުކުރި ލަނޑުން އަނެއްކާވެސް އާސެނަލް ސަލާމަތްވެއްޖެ

08 ޖެނުއަރީ 2017
އެފްއޭކަޕް: ފަހުވަގުތު ޖިރޫޑް ކާމިޔާބުކުރި ލަނޑުން އަނެއްކާވެސް އާސެނަލް ސަލާމަތްވެއްޖެ
07 ޖެނުއަރީ 2017

ސަންޗޭޒް ބޭނުންވަނީ އާސެނަލްގައި މަޑުކުރަން، ރަނގަޅު އެއްބަސްވުމެއް ހެދޭނެ: ވެންގާ

07 ޖެނުއަރީ 2017
ސަންޗޭޒް ބޭނުންވަނީ އާސެނަލްގައި މަޑުކުރަން، ރަނގަޅު އެއްބަސްވުމެއް ހެދޭނެ: ވެންގާ
04 ޖެނުއަރީ 2017

ޕްރިމިއާ ލީގު: ފަހު ވަގުތު ޖިރޫ ކާމިޔާބުކޮށްދިން ލަނޑުން އާސެނަލް ސަލާމަތްވެއްޖެ

04 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ފަހު ވަގުތު ޖިރޫ ކާމިޔާބުކޮށްދިން ލަނޑުން އާސެނަލް ސަލާމަތްވެއްޖެ
04 ޖެނުއަރީ 2017

ޕްރިމިއާ ލީގު: ސިޓީ އާއި ޔުނައިޓެޑް މޮޅުވިއިރު، ސަންޑަލޭންޑުން ލިވަޕޫލް ހިފަހައްޓައިފި

04 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ސިޓީ އާއި ޔުނައިޓެޑް މޮޅުވިއިރު، ސަންޑަލޭންޑުން ލިވަޕޫލް ހިފަހައްޓައިފި
04 ޖެނުއަރީ 2017

ޕްރިމިއާ ލީގު: ކްރިސްޓަލް ޕަލަސް ބަލިކޮށް އާސެނަލް ތިންވަނަ އަށް ޖެހިލައިފި

04 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ކްރިސްޓަލް ޕަލަސް ބަލިކޮށް އާސެނަލް ތިންވަނަ އަށް ޖެހިލައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު