Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުއިނގިރޭސި އެފްއޭކަޕް

އިނގިރޭސި އެފްއޭކަޕް: ބޮޑު މޮޅަކާއެކު ޓޮޓެންހަމް ކުއާޓާއަށް

ތިންވަނަ ޑިވިޝަނުގެ ޓީމެއް ކަމަށްވާ ރޯޗްޑޭލްއާ ދެކޮޅަށް ކުޅުނު މެޗުން ޓޮޓެންހަމް މޮޅުވީ 6-1 ގެ ނަތީޖާއަކުން

އަހްމަދު ސާއިފް ޝިޔާދް
އަހްމަދު ސާއިފް ޝިޔާދް | 1 މާރިޗު 2018 | ބުރާސްފަތި 17:31
މި މެޗުގައި ހެޓްރިކް ހެދި ލޮރެންޓޭ

މި މެޗުގައި ހެޓްރިކް ހެދި ލޮރެންޓޭ

އިނގިރޭސި އެފްއޭ ކަޕްގައި ކުޅުނު މެޗުން ތަފާތު ބޮޑު ނަތީޖާއަކުން މޮޅުވެ ޓޮޓެންހަމްއިން ކުއާޓާ ފައިނަލްގެ ޖާގައެއް ކަށަވަރު ކޮށްފިއެވެ.

އިނގިރޭސި ތިންވަނަ ޑިވިޝަނުގެ ޓީމެއް ކަމަށްވާ ރޯޗްޑޭލްއާ ދެކޮޅަށް ވެމްބްލީ ސްޓޭޑިއަމްގައި ކުޅުނު މެޗުން ޓޮޓެންހަމް މޮޅުވީ 6-1 ގެ ތަފާތު ބޮޑު ނަތީޖާއަކުންނެވެ. ޓޮޓެންހަމްގެ ފުރަތަމަ އެގާރައިން ބޮޑެތި ބަދަލުތަކެއް ފެނިގެންދިޔަ މި މެޗުގައި އެ ޓީމުން ވަނީ ރަނގަޅު ކުޅުމެއް ދައްކާފައެވެ.

މި މެޗުގެ ހަތްވަނަ މިނެޓުގައި އެރިކް ލަމޭލާ ޓޮޓެންހަމްއަށް ލަނޑެއް ޖަހައިދީ ލީޑު ނަގައިދިން ނަމަވެސް ވީޑިއޯ ރިޕްލޭ ބެލުމަށް ފަހު ރެފްރީ ވަނީ އެއީ ލަނޑެއްގެ ގޮތުގައި ބަލައިގަނެވެން ނެތް ކަމަށް ނިންމާފައެވެ. މެޗުގެ 23 ވަނަ މިނެޓުގައި ފުރަތަމަ ލަނޑު ޖަހައި ޓޮޓެންހަމްއަށް ލީޑު ނަގައިދިނީ ދެކުނު ކޮރެއާގެ ފޯވާޑް ހެއުން މިން ސޮންއެވެ. އެހެން ނަމަވެސް މެޗުގެ 31 ވަނަ މިނެޓުގައި ސްޓެފަން ހަމްފްރީސް ވަނީ ރޯޗްޑޭލްއަށް ލަނޑެއް ޖަހައިދީ ނަތީޖާ ހަމަހަމަ ކޮށްދީފައެވެ. ފުރަތަމަ ހާފު ނިމެން ދަނިކޮށް ޓޮޓެންހަމްއިން ވަނީ ލީޑު ނެގުމަށް ރަނގަޅު ފުރުސަތުތަކެއް ތަނަވަސްކުރި ނަމަވެސް އެ ޓީމަށް މި ފުރުސަތުތަކުގެ ބޭނުން ހިފިފައެއް ނުވެއެވެ.

ދެވަނަ ހާފުގައި ޓޮޓެންހަމްގެ ފަރާތުން ވަނީ އާދަޔާ ހިލާފު މޮޅު ކުޅުމެއް ފެނިގެން ގޮސްފައެވެ. އެ ޓީމުން ވަނީ ދެވަނަ ހާފު ފެށިގެން ދެ މިނެޓު ނުވަނީސް އަލުން އަނބުރާ މެޗުގެ ލީޑު ނަގާފައެވެ. އެގޮތުން 47 ވަނަ މިނެޓުގައި އެ ޓީމަށް މި ލަނޑު ޖަހައިދިނީ ފެނާންޑޯ ލޮރެންޓޭއެވެ. މެޗުގެ 53 ވަނަ މިނެޓުގައި ލޮރެންޓޭ އޭނާގެ ދެވަނަ ލަނޑު ކާމިޔާބުކުރިއިރު އޭގެ ހަ މިނެޓު ފަހުން ލަނޑެއް ޖަހާ އޭނާ ވަނީ ހެޓްރިކް ހަދާފައެވެ. ޓޮޓެންހަމްގެ ފަސްވަނަ ލަނޑު މެޗުގެ 65 ވަނަ މިނެޓުގައި ސޮން ޖަހައިދިންއިރު އެ ޓީމުގެ ހަވަނަ ލަނޑު އިތުރު ވަގުތުގެ ތެރޭގައި ޖަހައިދިނީ ކައިލް ވޯކާ ޕީޓާސްއެވެ.

މި މުބާރާތުގެ ކުއާޓާ ފައިނަލްގައި އެ ޓީމު ނުކުންނަން ޖެހޭނީ ސްވަންސީ ސިޓީއާ ދެކޮޅަށެވެ. ސްވަންސީ ކުއާޓާއަށް ދަތުރު ކުރީ 2-0 އިން ޝެފީލްޑް ވެނިސްޑޭ އަމިއްލަ ދަނޑުގައި ބަލިކޮށްގެންނެވެ. މި މެޗުގައި ސްވަންސީއިން ޖެހި ލަނޑުތައް އެ ޓީމަށް ޖަހައިދިނީ ޖޯޑަން އަޔޫގެ އިތުރުން ނޭތަން ޑަޔާއެވެ.

މި ދެ ޓީމު ބައްދަލުކުރާ ކުއާޓާ ފައިނަލްގެ މެޗު ކުޅުމަށް ހަމަޖެހިފައިވަނީ މި މަހުގެ 17 ވަނަ ދުވަހު ސްވަންސީގެ ސްޓޭޑިއަމް ކަމަށްވާ ލިބަޓީ ސްޓޭޑިއަމްގައެވެ.

އިތުރަށް ކިޔާލަން

23 ޖެނުއަރީ 2017

ޓޮޓެންހަމް އާއި ސިޓީ އެއްވަރުވިއިރު ޔުނައިޓެޑް ސަލާމަތްވީ ކިރިޔާ

23 ޖެނުއަރީ 2017
ޓޮޓެންހަމް އާއި ސިޓީ އެއްވަރުވިއިރު ޔުނައިޓެޑް ސަލާމަތްވީ ކިރިޔާ
22 ޖެނުއަރީ 2017

ބޮޑު އަށް ކުލަބަށް އަންނަ މަހު ފައިސާ ދެވޭނެ: އެފްއޭއެމް

22 ޖެނުއަރީ 2017
ބޮޑު އަށް ކުލަބަށް އަންނަ މަހު ފައިސާ ދެވޭނެ: އެފްއޭއެމް
18 ޖެނުއަރީ 2017

ކެރިއަރުގައި ލިބުނު އެންމެ ބޮޑު ކާމިޔާބަކީ އެފްއޭ ކަޕް ޔުނައިޓެޑާއެކު ކާމިޔާބުކުރުން: ވެންހާލް

18 ޖެނުއަރީ 2017
ކެރިއަރުގައި ލިބުނު އެންމެ ބޮޑު ކާމިޔާބަކީ އެފްއޭ ކަޕް ޔުނައިޓެޑާއެކު ކާމިޔާބުކުރުން: ވެންހާލް
15 ޖެނުއަރީ 2017

ކޭންގެ ހެޓްރިކާއެކީ ޓޮޓެންހަމް ލީގުގެ ދެވަނައަށް

15 ޖެނުއަރީ 2017
ކޭންގެ ހެޓްރިކާއެކީ ޓޮޓެންހަމް ލީގުގެ ދެވަނައަށް
15 ޖެނުއަރީ 2017

މޮޅަކާއެކު އާސެނަލް ލީގުގެ ތިންވަނައަށް

15 ޖެނުއަރީ 2017
މޮޅަކާއެކު އާސެނަލް ލީގުގެ ތިންވަނައަށް
08 ޖެނުއަރީ 2017

އެފްއޭކަޕް: ފަހުވަގުތު ޖިރޫޑް ކާމިޔާބުކުރި ލަނޑުން އަނެއްކާވެސް އާސެނަލް ސަލާމަތްވެއްޖެ

08 ޖެނުއަރީ 2017
އެފްއޭކަޕް: ފަހުވަގުތު ޖިރޫޑް ކާމިޔާބުކުރި ލަނޑުން އަނެއްކާވެސް އާސެނަލް ސަލާމަތްވެއްޖެ
08 ޖެނުއަރީ 2017

އެފްއޭކަޕް: ރަޝްފަޑްގެ ދެ ލަނޑުން ރެޑިން ބަލިކޮށް ޔުނައިޓެޑް ހަތަރުވަނަ ބުރަށް

08 ޖެނުއަރީ 2017
އެފްއޭކަޕް: ރަޝްފަޑްގެ ދެ ލަނޑުން ރެޑިން ބަލިކޮށް ޔުނައިޓެޑް ހަތަރުވަނަ ބުރަށް
06 ޖެނުއަރީ 2017

ޕްރިމިއާ ލީގު: ޑެލެ އަލީގެ ދެ ލަނޑުން ޓޮޓެންހަމް އިން ޗެލްސީގެ އުންމީދުތައް ފެނަށް ދުއްވާލައިފި

06 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ޑެލެ އަލީގެ ދެ ލަނޑުން ޓޮޓެންހަމް އިން ޗެލްސީގެ އުންމީދުތައް ފެނަށް ދުއްވާލައިފި
04 ޖެނުއަރީ 2017

ޕްރިމިއާ ލީގު: ކޭން އާއި ޑެލެއަލީގެ ލަނޑުތަކުން ވަޓްފޯޑްގެ މައްޗަށް ޓޮޓެންހަމް ކުރިހޯދައިފި

04 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ކޭން އާއި ޑެލެއަލީގެ ލަނޑުތަކުން ވަޓްފޯޑްގެ މައްޗަށް ޓޮޓެންހަމް ކުރިހޯދައިފި
04 ޖެނުއަރީ 2017

އިސްކޯ ހޯދުމާ ގާތަށް ޓޮޓެންހަމް ޖެހިލައިފި

04 ޖެނުއަރީ 2017
އިސްކޯ ހޯދުމާ ގާތަށް ޓޮޓެންހަމް ޖެހިލައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު