Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެކުނި މެނޭޖްކުރުން

ކުނި މެނޭޖްކުރުމުގައި 2023ގެ ނިޔަލަށް ރަނގަޅު ކުރިއެރުންތަކެއް ލިބޭނެ: މިނިސްޓްރީ

26 ޑިސެމްބަރު 2022 | ހޯމަ 13:35

ކުނި އުފެއްދުން ހުއްޓުވުމަށް ބާރުއެޅުމާއި، ކުނި އުފައްދާ މިންވަރު މަދުކުރުމަށް ޤާނޫނުން ބާރު އަޅާ

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު | 26 ޑިސެމްބަރު 2022 | ހޯމަ 13:35
ވެމްކޯ މުވައްޒަފުން ކުނި ނެގުމުގެ މަސައްކަތުގައި

ވެމްކޯ މުވައްޒަފުން ކުނި ނެގުމުގެ މަސައްކަތުގައި

ކުރިއަށް އޮތް 2023 ވަނަ އަހަރު ނިމޭ އިރު ރާއްޖޭގައި ކުނި މެނޭޖްކުރުމަށް އެކުލަވާލެވުނު ޤާނޫނާއެކު ކުނި މެނޭޖްކުރުމުގެ ދާއިރާއިން ބޮޑު ބަދަލެއް ފެނިގެންދާނެ ކަމަށް މިނިސްޓްރީ އޮފް އެންވަޔަންރަމަންޓް ކްލައިމެންޓް ޗޭންޖް އެންޑް ޓެކްނޮލިޖީ އިން ބުނެފިއެވެ.

ހޯމަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މިނިސްޓްރީ އޮފް އެންވަޔަރަންމަންޓްގެ ޑެޕިއުޓީ މިނިސްޓަރ މުޙައްމަދު އަންޞާރު ވަނީ ކުނި މެނޭޖްކުރުން ހަރުދަނާކުރުމަށް މިނިސްޓްރީން ކަނޑައަޅާފައިވާ އަމާޒާއި އެ އަމާޒަށް ވާސިލްވާން މަސައްކަތްކުރަން މިނިސްޓްރީ އިން ގެންގުޅޭ ވިސްނުމުގެ ތަފްސީލްތައް ހިއްސާކުރައްވާފައެވެ. އެގޮތުން މީގެ ކުރިން ކުނީގެ މައްސަލަ ހައްލުކުރުމަށް ބޭނުންވާ ޤާނޫނީ ބާރުވެރިކަން ނެތުމުން ވަރަށް ބޮޑަށް ދަތިވިކަން އޭނާ ވަނީ ފާހަގަކުރައްވާފައެވެ. ކުނީގެ މައްސަލަ އަށް ހައްލު ހޯދަން އެކުލަވާނި ޤާނޫނު ރައީސުލްޖުމްހޫރިއްޔާ ތަސްދީޤުކުރެއްވުމާއި އެކު މިހާރު ކުރަމުންދަނީ ރާއްޖޭގައި އުފައްދާ ކުނި މެނޭޖްކުރުމުގައި ހަރަކާތްތެރިވާ ހުރިހާ ފަރާތްތަކުން ކުރަމުންދާ މަސައްކަތް ރެގިއުލޭޓްކޮށް މޮނީޓަރކުރުމުގެ މަސައްކަތް ކަމަށް އޭނާ ވިދާޅުވިއެވެެ.

ކުނި މެނޭޖުކުރުމުގެ ޤާނޫނާއި އެކު ކުނިން ކުރާ ނޭދެވޭ އަސަރުތައް ނައްތާލައި ނުވަތަ މަދުކޮށް، ތިމާވެއްޓާއި ޢާންމު ޞިއްޙަތު ރައްކާތެރިކޮށް، ކުނި މެނޭޖުކުރުމުގެ އުސޫލުތަކާއި މިންގަނޑުތަކާއި އިޖުރާއަތްތައް ކަނޑައެޅުމަށް މަގުފަހިވެގެންދާނެއެވެ. މީގެ އިތުރުން ކުނީގެ ސަބަބުން ތިމާވެށި ތަޢައްޔަރުވުމާއި، ތިމާވެއްޓަށް ލިބޭ ގެއްލުން ކުޑަކުރުމަށް ބާރުއެޅުމާއި، ކުނި އުފެއްދުން ހުއްޓުވުމަށް ބާރުއެޅުމާއި، ކުނި އުފައްދާ މިންވަރު މަދުކުރުމާއި، ކުނި އަލުން ބޭނުންކުރުމާއި، ކުނި ރީސައިކަލްކުރުމާއި، ކުނިން ބޭނުންތެރި މާއްދާތައް އިޢާދަކުރުމަށް އެ ޤާނޫނުން މަގުފަހިކޮށްދެއެވެ. ހަމައެހެންމެ ކުނި މެނޭޖުކުރުމުގެ ޙިދުމަތްދިނުމުގައި ތަފާތު ނުކުރުމާއި، ދެމެހެއްޓެނިވި ގޮތެއްގައި ޙިދުމަތް ދިނުމާއި، އެކަށީގެންވާ ފެންވަރެއްގައި ހަރުދަނާ އުޞޫލުތަކެއްގެ މަތިން ޙިދުމަތް ދިނުމާއި، ދެފުށް ފެންނަ ސިޔާސަތެއް ގެންގުޅުން އަދި އިޤްތިޞާދީ މިންގަނޑުތަކަށް ފެތޭގޮތަށް ޙިދުމަތުގެ އަގު ކަނޑައެޅުމާއި ފަސޭހަކަމާއެކު ޙިދުމަތް ހޯދޭނެ އިންތިޒާމު ހަމަޖެއްސުމާއި ހަމަހަމަކަން ޤާއިމުކުރުން މި ޤާނޫނުގެ މަގްސަދުތަކުގެ ތެރޭގައި ހިމެނެއެވެ.

އިތުރަށް ކިޔާލަން

12 ފެބުރުއަރީ 2017

ކަރަންޓުގައި ޖެހެނު ފެނަކައިގެ ދެ މީހުންގެ ހާލު މިހާރު ރަނގަޅު: ހިތަދޫ ހޮސްޕިޓަލް

12 ފެބުރުއަރީ 2017
ކަރަންޓުގައި ޖެހެނު ފެނަކައިގެ ދެ މީހުންގެ ހާލު މިހާރު ރަނގަޅު: ހިތަދޫ ހޮސްޕިޓަލް
02 ފެބުރުއަރީ 2017

15 ދުވަހުގެ ތެރޭގައި ހުޅުދެލީ ސްކޫލްގެ ކަންކަން ރަނގަޅު ނުކޮށްފިނަމަ އަނެއްކާވެސް މުޒާހަރާ ކުރާނަން: ބެލެނެވެރިން

02 ފެބުރުއަރީ 2017
15 ދުވަހުގެ ތެރޭގައި ހުޅުދެލީ ސްކޫލްގެ ކަންކަން ރަނގަޅު ނުކޮށްފިނަމަ އަނެއްކާވެސް މުޒާހަރާ ކުރާނަން: ބެލެނެވެރިން
25 ޖެނުއަރީ 2017

ވާދޫގައި ކުނިކޮށި ހެދުމަށް ބަޔަކާ ޙަވާލުކޮށްފި

25 ޖެނުއަރީ 2017
 ވާދޫގައި ކުނިކޮށި ހެދުމަށް ބަޔަކާ ޙަވާލުކޮށްފި
20 ޖެނުއަރީ 2017

ރަނގަޅު ވެރިކަމެއްގައި މިސަރުކާރުގެ ބޮޑުން ތިބޭނީ ޖަލުގައި: ނާދިރާ

20 ޖެނުއަރީ 2017
ރަނގަޅު ވެރިކަމެއްގައި މިސަރުކާރުގެ ބޮޑުން ތިބޭނީ ޖަލުގައި: ނާދިރާ
19 ޖެނުއަރީ 2017

މައްސަލަތައް ހައްލުކުރެވޭނީ ޚަބަރު ލިޔާއިރު ރަނގަޅު އެންޓަނާއަކާއި ރަނގަޅު ފިލްޓަރެއް ގެންގުޅެގެން: ޝަހީބު

19 ޖެނުއަރީ 2017
މައްސަލަތައް ހައްލުކުރެވޭނީ ޚަބަރު ލިޔާއިރު ރަނގަޅު އެންޓަނާއަކާއި ރަނގަޅު ފިލްޓަރެއް ގެންގުޅެގެން: ޝަހީބު
17 ޖެނުއަރީ 2017

މާލޭގެ ގޭބީސީތަކުންނާއި ވިޔަފާރި ކުރާ ތަންތަނުގެ ކުނި އުކާލަދޭ އަގުތައް ވެމްކޯއިން ކަނޑައަޅައިފި

17 ޖެނުއަރީ 2017
މާލޭގެ ގޭބީސީތަކުންނާއި ވިޔަފާރި ކުރާ ތަންތަނުގެ ކުނި އުކާލަދޭ އަގުތައް ވެމްކޯއިން ކަނޑައަޅައިފި
15 ޖެނުއަރީ 2017

ރިޔާސީ އިންތިހާބަށް ގޮފިތަކުގެ ހިންގުން ރަނގަޅު ކުރާނަން: ހަސަން ލަތީފު

15 ޖެނުއަރީ 2017
ރިޔާސީ އިންތިހާބަށް ގޮފިތަކުގެ ހިންގުން ރަނގަޅު ކުރާނަން: ހަސަން ލަތީފު
14 ޖެނުއަރީ 2017

"އެމްޑީޕީއަކީ ހަރަކާތްތެރި ޕާޓީއެއް، އަތޮޅުތަކުގެ ގޮފިތަކާ އޮންނަ ގުޅުން ރަނގަޅުކުރަން ޖެހޭ"

14 ޖެނުއަރީ 2017
"އެމްޑީޕީއަކީ ހަރަކާތްތެރި ޕާޓީއެއް، އަތޮޅުތަކުގެ ގޮފިތަކާ އޮންނަ ގުޅުން ރަނގަޅުކުރަން ޖެހޭ"
12 ޖެނުއަރީ 2017

ރޯވެ އަޑިއަށްދިޔަ ބޯޓުގައި ތިބި މީހުންގެ ހާލު ރަނގަޅު، މެންދުރު ފަހު މާލެ ގެނެވޭނެ: އެމްއެންޑީއެފް

12 ޖެނުއަރީ 2017
 ރޯވެ އަޑިއަށްދިޔަ ބޯޓުގައި ތިބި މީހުންގެ ހާލު ރަނގަޅު، މެންދުރު ފަހު މާލެ ގެނެވޭނެ: އެމްއެންޑީއެފް
09 ޖެނުއަރީ 2017

ހުޅުމާލޭގައި ހިނގި އެކްސިޑެންޓްގައި ހާލު ސީރިއަސްވި މީހާ ވަރަށް ބޮޑަށް ވަނީ ރަނގަޅުވެފައި:އޭޑީކޭ

09 ޖެނުއަރީ 2017
ހުޅުމާލޭގައި ހިނގި އެކްސިޑެންޓްގައި ހާލު ސީރިއަސްވި މީހާ ވަރަށް ބޮޑަށް ވަނީ ރަނގަޅުވެފައި:އޭޑީކޭ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް