Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ތަފާތު ޚަބަރުދަރިވަރުންނަށް ހުސް "އޭ" ގްރޭޑް ދިން މައްސަލަ

ލަންޑަންގެ ޕްރައިވެޓް ސްކޫލެއްގައި ދަރިވަރުންނަށް ހުސް "އޭ" ގްރޭޑް ދީފައިވާ މައްސަލައެއް ބަލަނީ

އެސްކޫލުން ކިޔެވުމަށް ކުއްޖަކު އަހަރަކު 22،000 ޕައުންޑް ދައްކަންޖެހޭ

ފާޠިމަތު ޒުހައިރާ
ފާޠިމަތު ޒުހައިރާ | 25 ޑިސެމްބަރު 2022 | އާދީއްތަ 18:27
ނޯތު ލަންޑަން ކޮލޭޖިއޭޓް ސްކޫލް

ނޯތު ލަންޑަން ކޮލޭޖިއޭޓް ސްކޫލް

މުއްސަނދިންގެ ދަރިން ގިނައިން ދާ ލަންޑަންގެ ޚާއްސަ ޕްރައިވެޓް ސްކޫލަކުން 2021 ވަނަ އަހަރު އޭލެވެލް ހެދި ހުރިހާ ކުދިންނަށް އޭ-ސްޓާރ ނުވަތަ އޭ ގްރޭޑް ދީފައިވާތީ، އެކަން ހިނގި ގޮތެއް ބަލަމުން ދާކަމަށް ޚަބަރު ލިބެއެވެ. ޕެންޑަމިކާ ގުޅިގެން އެ އަހަރުގެ ރަސްމީ ހުރިހާ އިމްތިހާނެއް ވަނީ އިނގިރޭސި ސަރުކާރުން ކެންސަލްކޮށްފައެވެ. އެހެންކަމުން ކުދިންގެ ފެންވަރު ބަލާފައިވަނީ ޓީޗަރުން ކުދިންގެ ފެންވަރު ވަކިވަކިން އެސެސްކޮށްގެންނެވެ.

ނޯތު ލަންޑަން ކޮލޭޖިއޭޓް ސްކޫލް (އެންއެލްސީއެސް) އަކީ އަންހެންކުދިންނަށް ޚާއްސަ، އަގުބޮޑު ސްކޫލެކެވެ. މިގޮތުން އެސްކޫލުން ކިޔެވުމަށް ކުއްޖަކު އަހަރަކު 22،000 ޕައުންޑް ދައްކަންޖެހެއެވެ.

2021 ވަނަ އަހަރުގެ އޭލެވެލް އިމްތިހާނުގައި ކުދިންގެ ފެންވަރު އެސެސްކޮށް ގްރޭޑް ދެވިފައިވަނީ އުސޫލްތަކާ ޚިލާފަށް ކަމަށް ބުނެ ކުރެވުނު ރިޕޯޓްތަކާ ގުޅިގެން، ސްކޫލްގެ އެތައް އޮފިޝަލުންނާއި ޓީޗަރުންނާ ދަނީ ސުވާލުކުރަމުންނެވެ.

"ދަ ގާޑިއަން"އިން ރިޕޯޓްކޮށްފައިވާގޮތުގައި، ވިއްސަށްވުރެ ގިނަ މައްސަލަ ވަނީ އެގްޒެމިނޭޝަން ބޯޑަށް ހުށަހަޅާފައެވެ. އަދި ކޮމިޓީން ވަނީ ސިއްރު އަޑުއެހުންތަކެއް ބާއްވާފައެވެ. މެލް ޕްރެކްޓިސް ނުވަތަ އުސޫލުން ބޭރުން ކަންކަން ކުރާކަމަށް ރިޕޯޓެއް ލިބިއްޖެނަމަ ވަރަށް ސީރިއަސްކޮށް މައްސަލަ ބަލާނެކަމަށް އެގްޒެމިނޭޝަން ބޯޑުން ބުނެފައިވެއެވެ. ނަމަވެސް ބަލަމުން ދަނީ ނޯތު ލަންޑަން ކޮލޭޖިއޭޓް ސްކޫލްގެ ކިތައް ކުދިންގެ މައްސަލަ ކަމެއް އޮފިޝަލުން ހާމައެއްނުކުރެއެވެ.

އިތުރަށް ކިޔާލަން

28 އޯގަސްޓު 2023

ލަންޑަންގެ ޗުވިންގަމް ކުރެހުންތެރިޔާ، ބެން - ފޫހިކަމެއް ނެތި ކުރެހުމުގައި

28 އޯގަސްޓު 2023
ލަންޑަންގެ ޗުވިންގަމް ކުރެހުންތެރިޔާ، ބެން - ފޫހިކަމެއް ނެތި ކުރެހުމުގައި
18 ފެބުރުއަރީ 2023

"ފެންފުޅި ހުސްވީމަ އޭގެ ތެރެއަށް ކުޑަކަމުގޮސްގެން އެ ބުއީ": 180 އެތައް ގަޑިއިރެއް ފަހުން ސަލާމަތްކުރި ބަރްބަރް

18 ފެބުރުއަރީ 2023
"ފެންފުޅި ހުސްވީމަ އޭގެ ތެރެއަށް ކުޑަކަމުގޮސްގެން އެ ބުއީ": 180 އެތައް ގަޑިއިރެއް ފަހުން ސަލާމަތްކުރި ބަރްބަރް
28 ސެޕްޓެމްބަރު 2022

ތަރިކަ ދެމެހެއްޓުމަށް އަމިއްލަ ޖީބު ހުސްކޮށްލުމުގައި ލާމަސީލު ހައްލާކު

28 ސެޕްޓެމްބަރު 2022
ތަރިކަ ދެމެހެއްޓުމަށް އަމިއްލަ ޖީބު ހުސްކޮށްލުމުގައި ލާމަސީލު ހައްލާކު
25 އެޕްރީލު 2022

ލަންޑަންގެ ޕޮލިސް ސްޓޭޝަނެއް މިއުޒިއަމްއަކަށް

25 އެޕްރީލު 2022
ލަންޑަންގެ ޕޮލިސް ސްޓޭޝަނެއް މިއުޒިއަމްއަކަށް
19 ޖެނުއަރީ 2020

"ހުސްނުހޭ ސުހާނާ"ގެ ރީމޭކްގައި ވަރުން އާއި ސާރާ

19 ޖެނުއަރީ 2020
"ހުސްނުހޭ ސުހާނާ"ގެ ރީމޭކްގައި ވަރުން އާއި ސާރާ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު