Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ތަފާތު ޚަބަރު
މާމުއި

ހާތްތެރީ! ހުދުމުޚުތާރުގެ އިންޓްރޯ ޕްރައިވެޓް ޖެޓެއްގަ!

'މާމުއި' ރިލީޒްކުރުމަށް ހަމަޖެހިފައިވަނީ ޖުލައިމަހުގެ ފުރަތަމަ ދުވަހު

އިސްމާއިލް ނާއިލް ނަޝީދު
އިސްމާއިލް ނާއިލް ނަޝީދު, ރާއްޖެ އެމްވީ | 2 އެޕްރީލު 2019 | އަންގާރަ 11:14
މާމުއިގެ ޓައިޓްލް

މާމުއިގެ ޓައިޓްލް

ރާއްޖޭގެ އެންމެ ކާމިޔާބު ފިލްމު ސްޓޫޑިއޯ، ޑާކް ރެއިން އެންޓަރޓެއިންމަންޓްއިން މި އަހަރު ނެރޭ ދެވަނަ ފިލްމު، 'މާމުއި' ގެ ފުރަތަމަ ޓްރެއިލަރ ރިލީޒް ކޮށްފިއެވެ.

'މާމުއި' ގެ ފުރަތަމަ ޓްރެއިލަރ ރިލީޒް ކޮށްފައިވަނީ އެކަމަށްޓަކާ ހޯމަ ދުވަހުގެރޭ އޮލިމްޕަހުގައި ބޭއްވި ހާއްސަ ހަފްލާއެއްގައެވެ. ޓްރެއިލަރ ރިލީޒް ކޮށްދެއްވީ އިލެކްޝަންސް ކޮމިޝަންގެ ކުރީގެ ރައީސް ފުވާދު ތައުފީގެވެ.

މި ފިލްމަކީ ކޮމެޑީ ފިލްމަކަށްވާއިރު، ފިލްމުގެ ޓްރެއިލަރއިން ފިލްމުގައި ހަރަކާތްތެރިވާ ގިނަ ފަންނާނުންތަކެއް ފެނިގެންދެއެވެ.

ފިލްމުގެ ޓްރެއިލަރގައި ފިލްމުން ފާހަގަކޮށްލެވޭ ބައެއް މަންޒަރުތައް ހިމަނާފައިވާއިރު، ޓްރެއިލަރގައި އެންމެ ފާހަގަ ކޮށްލެވެނީ ޓްރެއިލަރ ނިންމާލަމުން ހިމަނާފައިވާ ފިލްމުގައި ނެގެޓިވް ކެރެކްޓަރއެއް ކަމަށް ބެލެވޭ 'ހުދު މުޚުތާރު' ގެ ކެރެކްޓަރގެ އަޑު ކޮޅެކެވެ. ދިވެހި އެހެން ފިލްމަކުން މިހާތަނަށް ފެނިގެން ގޮސްފައިނުވާފަދަ މަންޒަރެއް މި ފިލްމުގައި ހިމެނޭއިރު އެ މަންޒަރުގައި ފެންނަނީ ޕްރައިވެޓް ޖެޓެއް އެއާޕޯޓަށް ޖެއްސުމުން އޭގެން 'ހުދު މުޚުތާރު' ފައިބާ މަންޒަރެވެ.

މީގެ އިތުރުން މި ފިލްމު ޚާއްސަވެގެންދާ އަނެއް ސަބަބަކީ މި ފިލްމުގައި ހިމެނޭ ލަވައެކެވެ. ކުރީގެ މަޝްޙޫރު ލަވަތަކުގެ މަންޒަރުތައް ރީކްރިއޭޓްކޮށްގެން އުފައްދާފައިވާ މި ޓްރިބިއުޓް ލަވައިގައި ފެނިގެންދާނީ ފުބޫ އާއި ނުޒޫއެވެ.

މި ފިލްމު ޕްރޮޑިއުސްކޮށްފައިވަނީ ޑާކް ރެއިން އެންޓަރޓެއިންމަންޓްގެ ބާނީ މުޙައްމަދު އަލީ (މޮގަރ) އާއި އޭނާގެ އަންހެނުން އައިޝަތު ފުވާދު (ލޯކީ) އެވެ.

'މާމުއި' ގެ ޓްރެއިލަރ ރިލީޒް ކުރުމުގެ ހަފްލާފައި ފުވާދް ތައުފީޤް

ޓްރެއިލަރ ރިލީޒްކުރަން ބޭއްވި ހަފްލާގައި މޮގަރ ބުނީ މައި ރޯލުތަކުން 16 އަށް ވުރެ ގިނަ ފަންނާނުން ފެނިގެންދާ މި ފިލްމަކީ ރާއްޖޭގައި މިހާތަނަށް އެންމެ ބޮޑު ޚަރަދެއް ކޮށްގެން އުފައްދާފައިވާ ފިލްމު ކަމަށެވެ. މޮގާ އިތުރަށް ބުނީ މި ފިލްމާއިމެދު ކުރެވޭ އުއްމީދުވެސް އިންތިހާއަށް ބޮޑު ކަމަށެވެ.

އޭޕްރީލް މަހުގެ ފުރަތަމަ ދުވަހު ރިލީޒްކުރުމަށް ކުރިން ހަމަޖެހިފައި އޮތް މި ފިލްމު ރިލީޒްކުރުމަށް މިހާރު ހަމަޖެހިފައި ވަނީ ޖުލައި މަހުގެ ފުރަތަމަ ދުވަހުއެވެ. މޮގަރ ކުރިން ބުނީ ފިލްމު ރިލީޒްކުރުން ލަސްކުރީ ފިލްމާއިމެދު ކުރެވޭ އުއްމީދު ބޮޑުވެފައި ބޭނުންވާ މުއްދަތަށް އޮލިމްޕަސް ލިބުމުގައި ދަތިތަކެއް ހުރުމުން ކަމަށެވެ.

'މާމުއި' ގެ ޕޯސްޓަރު

ލޯކީ އާއި އަހުމަދު ތޮލާލްގެ ސްކްރީންޕްލޭއަކަށް ތައްޔާރުކުރި މި ފިލްމު ޑައިރެކްޓްކޮށްފައިވަނީ ޑާކް ރެއިންގެ ގިނަ ފިލްމުތަކެއް ޑައިރެކްޓްކޮށްފައިވާ ހުނަރުވެރި ޑައިރެކްޓަރު އަލީ ޝިފާއު (ޗިއްޕެ) އެވެ. ފިލްމުގެ ސިނެމަޓޯގްރާފީގެ މަސައްކަތް ކޮށްފައިވަނީ ޗިއްޕެ އާއި އަޙުމަދު ޝިނާނެވެ. ޝިނާން ވަނީ ޑާކް ރެއިންގެ އެހެން ގިނަ ފިލަމުތަކެއްގެ ސިނަމަޓޯގްރަފީ ހަދައި، އެ ސްޓޫޑިއޯއިން މި އަހަރު ނެރުނު ފުރަތަމަ ފިލްމު، ގޮށްރާޅު ޑައިރެކްޓްވެސް ކޮށްފައެވެ.

މި ފިލްމުގެ މުހިއްމު ރޯލުތަކުން ފެނިގެންދާ ފަންނާނުންގެ ތެރޭގައި ޝީލާ ނަޖީބް، ޖުމައްޔިލް ނިމާލް (ޖުމަލް)، މަރިޔަމް އައްޒަ، މަރިޔަމް މަޖުދާ (މަޖޫ)، އިސްމާއިލް ޖުމެއިހް (ޖުމާ)، އަޙުމަދު ޝާކިރު (ޝާއްކޮ އައްމަޑޭ)، އާދަމް ރިޒްވީ (ރެކްސް)، ޢަބްދުﷲ ޝާފިއު އިބްރާހިމް (ފުބޫ)، ނުޒުހަތު ޝުއައިބް (ނުޒޫ)، އަޙުމަދު ސުނީ، ހަމްދާން ފާރޫޤު، ސަމާހަތު ރާޒީ، މާރިއާ ތެރޭސާ ޕެގާނޯ، އައިޝަތު ޔާދާ، އަލީ ޝަޒްލީމް، އަޙުމަދު ސައީދު އަދި އިބްރާހިމް އަމާން ހިމެނެއެވެ.

'މާމުއި' ގެ މަންޒަރެއްގައި އިސްމާއިލް ވަޖީހް

މީގެ އިތުރުން މި ފިލްމުގައި ޚާއްސަ ފެނިލުމަކުން ކުރީގެ މަޝްޙޫރު ބަޠަލް އިސްމާއިލް ވަޖީހާއި ބޮޑީބިލްޑަރ ލިއާމް އާދަމް (އެލްޖޭ) ވެސް ފެނިގެންދާނެ ކަމަށް މަޢުލޫމާތު ލިބެއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ލަންޑަންގެ ޕްރައިވެޓް ސްކޫލެއްގައި ދަރިވަރުންނަށް ހުސް "އޭ" ގްރޭޑް ދީފައިވާ މައްސަލައެއް ބަލަނީ

ލަންޑަންގެ ޕްރައިވެޓް ސްކޫލެއްގައި ދަރިވަރުންނަށް ހުސް "އޭ" ގްރޭޑް ދީފައިވާ މައްސަލައެއް ބަލަނީ

25 ޑިސެމްބަރު 2022

އަހަރުތަކުން މިއަދު

1 މެއި
ޕެޕަރ ސްޕްރޭގެ އަސަރުކުރި މުޒާހަރާގެ ބައިވެރިއެއްގެ ހާލު ދެރަވެ ފަރުވާދެނީ
20251 އަހަރު ކުރިން
ރާއްޖެ

ޕެޕަރ ސްޕްރޭގެ އަސަރުކުރި މުޒާހަރާގެ ބައިވެރިއެއްގެ ހާލު ދެރަވެ ފަރުވާދެނީ

ޗައިނާއިން މިހާތަނަށް އުފެއްދި އެންމެ ބޮޑު އަދި އެންމެ ޒަމާނީ "އެއާކްރާފްޓް ކެރިއަރ" ފުރަތަމަ ފަހަރަށް މޫދަށް
20242 އަހަރު ކުރިން
ރިޕޯޓު

ޗައިނާއިން މިހާތަނަށް އުފެއްދި އެންމެ ބޮޑު އަދި އެންމެ ޒަމާނީ "އެއާކްރާފްޓް ކެރިއަރ" ފުރަތަމަ ފަހަރަށް މޫދަށް

"ހީވީ ގިޔާމަތްވެގެން އުޅެނީއޭ"
20233 އަހަރު ކުރިން
ރިޕޯޓު

"ހީވީ ގިޔާމަތްވެގެން އުޅެނީއޭ"

މާލޭގައި ދެ މާރާމާރީއެއް ހިންގައި ހަތަރު މީހަކު ޒަޚަމްކޮށްލައިފި
20224 އަހަރު ކުރިން
ރާއްޖެ

މާލޭގައި ދެ މާރާމާރީއެއް ހިންގައި ހަތަރު މީހަކު ޒަޚަމްކޮށްލައިފި

ޓިކްޓޮކްގައި އެންމެންގެ ހިތްތައް ކަތިލަމުން އަންނަ ރޫމީ، ނިއުމާ އަށް ވުރެ ހަގުކަން އެނގޭތަ؟
20215 އަހަރު ކުރިން
ފިލްމާއި މިޔުޒިކް

ޓިކްޓޮކްގައި އެންމެންގެ ހިތްތައް ކަތިލަމުން އަންނަ ރޫމީ، ނިއުމާ އަށް ވުރެ ހަގުކަން އެނގޭތަ؟

ސަރުކާރު މުވައްޒަފުން މުންޑު ދޫކޮށް، ފަޓްލޫނަށް ބަދަލުވިތާ 50 އަހަރު
20197 އަހަރު ކުރިން
ރިޕޯޓު

ސަރުކާރު މުވައްޒަފުން މުންޑު ދޫކޮށް، ފަޓްލޫނަށް ބަދަލުވިތާ 50 އަހަރު

ލީކުވި ބަޔާން: ރައީސް ބޭނުންފުޅުވާ ގޮތަށް މައްސަލަތައް ނިންމުމަށް އަލީ ހަމީދު އިރުޝާދުދެއްވި!
20188 އަހަރު ކުރިން
ރާއްޖެ

ލީކުވި ބަޔާން: ރައީސް ބޭނުންފުޅުވާ ގޮތަށް މައްސަލަތައް ނިންމުމަށް އަލީ ހަމީދު އިރުޝާދުދެއްވި!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު