Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެރައީސް ޔާމީނުގެ ޝަރީއަތް

ރައީސް ޔާމީނުގެ ސަޕޯޓަރުން ކްރިމިނަލް ކޯޓު ސަރަޙައްދަށް

ޙުކުމް ކުރެއްވުމަށް ތާވަލު ކުރައްވާފައި އޮތީ އާދިއްތަ ދުވަހުގެ ހެނދުނު 09:00 އަށް

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 25 ޑިސެމްބަރު 2022 | އާދީއްތަ 06:52
ޕީޕީއެމް ސަޕޯޓަރުން ކްރިމިނަލް ކޯޓު ސަރަޙައްދަށް އެއްވެފައި

ޕީޕީއެމް ސަޕޯޓަރުން ކްރިމިނަލް ކޯޓު ސަރަޙައްދަށް އެއްވެފައި

ވ އާރަށު ހިޔާނާތުގެ މައްސަލައިގައި ކުރީގެ ރައީސް އަބްދުﷲ ޔާމީނުގެ މައްޗަށް ކުރާ ދައުވާއާއި ގުޅިގެން، ޙުކުމް ކުރުމުގެ އަޑުއެހުން ތާވަލުކޮށްފައިވާއިރު، އެމަނިކުފާނުގެ ސަޕޯޓަރުން ކްރިމިނަލް ކޯޓު ސަރަޙައްދަށް އެއްވެއްޖެއެވެ.

ރައީސް ޔާމީނުގެ އިތުރުން ޔޫސުފް ނައީމަށް ކުރާ ދައުވާއާ ގުޅިގެން ޙުކުމް ކުރެއްވުމަށް ތާވަލު ކުރައްވާފައި އޮތީ އާދިއްތަ ދުވަހުގެ ހެނދުނު 09:00 އަށެވެ. އެހެންނަމަވެސް އަޑުއެހުން ނުފެށި ގިނައިރުތަކެއް ވަނީ ވެގެންގޮސްފައެވެ.

Advertisement - newsAdvertisement

ޕީޕީއެމް ޕީއެންސީގެ ލީޑަރޝިޕްގެ އިސް ބޭފުޅުންގެ އިތުރުން، ރައީސް ޔާމީނުގެ ސަޕޯޓަރުން ވަނީ ކްރިމިނަލް ކޯޓު ސަރަޙައްދަށް އެއްވެ، އަޑުގަދަކޮށްފައެވެ. ގިނަ އަދަދެއްގެ ފުލުހުންވެސް އެ ސަރަޙައްދުގައި ފޯރިމަރާފައިވެއެވެ.

ޔާމީނުގެ ސަޕޯޓަރުން ވަނީ މި އަޑުއެހުން ފެށުން ލަސްވަނީ މައްސަލަ ބައްލަވާ އެ ކޯޓުގެ އިސްގާޒީ އަހުމަދު ޝަކީލު "ރަހީނު" ކޮށްފައިވާތީކަމަށް ބުނެ އަޑުގަދަކޮށްފައެވެ. އެގޮތުން ސަރުކާރުން މި މައްސަލައަށް ނުފޫޒު ފޯރުވާކަމަށް ބުނެ ސަޕޯޓަރުން ވަނީ އަޑުގަދަކޮށްފައެވެ.

އަދި ޕީޕީއެމްގެ ލީޑަރޝިޕްގެ އިސް ވެރިންވެސް ވަނީ މި މައްސަލައިގެ އަޑުއެހުން ނުފެށި ލަސްވުމުގެ ސަބަބުން އެކަމުގެ ކަންބޮޑުވުން ފާޅުކޮށްފައެވެ.

އޭގެ އިތުރުން، ރާއްޖޭގައި ތިބިކަމަށް ބުނާ އިންޑިއާ ސިފައިން ބޭލުމަށާއި، މި ސަރުކާރުގެ އިސްތިއުފާއަށްވެސް އެތަނަށް އެއްވެ ތިބި ފަރާތްތަކުން ވަނީ ގޮވާލާފައެވެ. ހުރިހާ ސަޕޯޓަރުންވެސް ތިބީ ދިވެހި ދިދަތައް ހިފައިގެންނެވެ.

ޕްރޮސެކިއުޓަރ ޖެނެރަލް (ޕީޖީ) އޮފީހުން ބުނީ މއ. ކާމިނީހުޅަގުގެ ޢަބްދުﷲ ޔާމީން ޢަބުދުއްޤައްޔޫމް އާއި ވ.ފެލިދޫ ހަނދުވަރީގެ ޔޫސުފް ނަޢީމް، މިނިސްޓްރީ އޮފް ޓްއަރިޒަމް އާއި މޯލްޑިވްސް މާރކެޓިންގ އެންޑް ޕަބްލިކް ރިލޭޝަން ކޯޕަރޭޝަން މެދުވެރިކޮށް ޓުއަރިސްޓް ރިޒޯޓް ތަރައްޤީ ކުރުމަށްޓަކައި ވ. އާރަށް ކުއްޔަށް ދޫކުރުމުގެ މުއާމަލާތުގެ ތެރެއިން އޭރުގެ ރައީސުލްޖުމްހޫރިއްޔާ މަޤާމުގެ ނުފޫޒު ބޭނުންކޮށްގެން ރިޝްވަތުގެ ގޮތުގައި 1 މިލިއަން ޔޫއެސް ޑޮލަރ ނަގައި ލޯންޑަރ ކޮށްފައިވާ ކަމަށް ތުޙުމަތުކުރެވޭ ކަމަށެވެ.

އެ މައްސަލައިގައި ޔާމީންގެ މައްޗަށް 2 ދައުވާއެއް އަދި ނައީމްގެ މައްޗަށް 1 ދައުވާއެއް ކޮށްފައިވެއެވެ.

އިތުރަށް ކިޔާލަން

08 ޖެނުއަރީ 2017

އިންތިހާބުގެ މައްސަލަ ދަށު ކޯޓުން ބަލަނީ ގާނޫނު އަސާސީ އޮޅުންބޮޅުން ކޮއްލަން: ނާޒިމް

08 ޖެނުއަރީ 2017
އިންތިހާބުގެ މައްސަލަ ދަށު ކޯޓުން ބަލަނީ ގާނޫނު އަސާސީ އޮޅުންބޮޅުން ކޮއްލަން: ނާޒިމް
07 ޖެނުއަރީ 2017

ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު

07 ޖެނުއަރީ 2017
ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު
07 ޖެނުއަރީ 2017

ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި

07 ޖެނުއަރީ 2017
ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި
07 ޖެނުއަރީ 2017

އަންހެނުން ބާރުވެރިކުރުމަށް ރައީސް ޔާމީން ވަނީ ނުކުޅެދިފަ: ޝިދާތާ

07 ޖެނުއަރީ 2017
އަންހެނުން ބާރުވެރިކުރުމަށް ރައީސް ޔާމީން ވަނީ ނުކުޅެދިފަ: ޝިދާތާ
07 ޖެނުއަރީ 2017

ފްލެޓް މައްސަލާއިގައި ރައީސް އޮފީހުގެ ޖަވާބު: ހައުސިން މިނިސްޓްރީއަށް ހުށައަޅައިގެން ހައްލުކުރޭ

07 ޖެނުއަރީ 2017
ފްލެޓް މައްސަލާއިގައި ރައީސް އޮފީހުގެ ޖަވާބު: ހައުސިން މިނިސްޓްރީއަށް ހުށައަޅައިގެން ހައްލުކުރޭ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު