Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެޗައިނާގައި ކޮވިޑް ފެތުރުން

މިއަދުން ފެށިގެން ޗައިނާއިން ކޮވިޑް ނަމްބަރުތައް ހާމައެއް ނުކުރާނެ

25 ޑިސެމްބަރު 2022 | އާދީއްތަ 06:48

އެއްދުވަސް މަތިން 37 މިލިއަން މީހުންނަށް ކޮވިޑް 19 ޖެހިފައިވުން އެކަށީގެންވާ ކަމަށް ބައެއް ނޫސް ޗެނެލްތައް ރިޕޯޓުކޮށްފައިވޭ

ފާޠިމަތު ޒުހައިރާ
ފާޠިމަތު ޒުހައިރާ | 25 ޑިސެމްބަރު 2022 | އާދީއްތަ 06:48
ޗައިނާގެ ހޮސްޕިޓަލަކަށް އެޑްމިޓްވާން ގޮސް ތިބި މީހުން

ޗައިނާގެ ހޮސްޕިޓަލަކަށް އެޑްމިޓްވާން ގޮސް ތިބި މީހުން

ޗައިނާއިން މިއަދުން ފެށިގެން ކޮވިޑް ނަމްބަރުތައް އާންމު ކުރަމުން ނުދާނެ ކަމުގައި އެގައުމުގެ ނެޝަނަލް ހެލްތު ކޮމިޝަނުން ބުނެފިއެވެ. އެ ކޮމިޝަނުން ގެންދިޔައީ ފާއިތުވި ތިން އަހަރުވެސް ކޮވިޑް އަދަދުތައް ހާމަކުރަމުން ކަމުގައި ރޮއިޓަރސް އިން ބުނެފައިވެއެވެ. ނަމަވެސް އާދީއްތަ ދުވަހުން ފެށިގެން ކުރިން ކުރަމުން އައިގޮތަށް އަދަދުތައް ހާމަކުރަމުން ނުދާނެ ކަމަށް ބުނެފައިވެއެވެ. އަދި ދެން އަދަދުތައް ހާމަކުރާނީ ކިހާ އަވަސް އަވަހަކަށްތޯ މިއެއް ވެސް ސާފު ނޫން ކަމަށް ޚަބަރުތައް ބުނެއެވެ.

ނެޝަނަލް ހެލްތު ކޮމިޝަނުން ނެރުނު ބަޔާނެއްގައިވާ ގޮތުން ރިފަރެންސް އަދި ރިސަރޗުގެ ބޭނުންތަކަށް ކޮވިޑާ ބެހޭ މައުލޫމާތު ދެން އާންމު ކުރަމުން ގެންދާނީ ޗައިނީސް ސެންޓަރ ފޯރ ޑިޒީޒް ކޮންޓްރޯލް އެންޑް ޕްރިވެންޝަން އިންނެވެ.   

ކޮވިޑް ފެތުރުމާއި ދެކޮޅަށް ޗައިނާއިން ހިފަހައްޓަމުން އައި ރައްކާތެރިކަމުގެ ފިޔަވަޅުތައް ދޫކޮށްލުމާއި ގުޅިގެން އެ ގައުމުގައި ކޮވިޑް ފެތުރުން ވަނީ ވަރަށް ބޮޑަށް އިތުރުވެގެން ގޮސްފައެވެ.

ޗައިނާގެ ނެޝަނަލް ހެލްތު އޮތޯރިޓީއާ ހަވާލާދީ ބްލޫމްބަރގް ޗެނެލް އިން ހުކުރު ދުވަހު ރިޕޯޓުކޮށްފައިވާ ގޮތުގައި އެ ގައުމުގައި މިދިޔަ ހަފްތާގައި އެއްދުވަސް މަތިން 37 މިލިއަން މީހުންނަށް ކޮވިޑް 19 ޖެހިފައިވުން އެކަށީގެންވެއެވެ.

އެހެން އިދާރާތަކާ ހަވާލާދީ ރޮއިޓަރސް އިން ރިޕޯޓުކޮށްފައިވާ ގޮތުގައި ހޮނިހިރު ދުވަހު އެކަނި ބަލީގެ އަލާމަތްތައް ހުރި 4،128 މީހުން ފަރުވާ ހޯދާފައިވެއެވެ. ނަމަވެސް ހޮނިހިރު ދުވަހާއި ހަމަޔަށް މީހަކު މަރު ނުވާތާ ހަތަރު ދުވަސް ވެފައިވާ ކަމަށް ރޮއިޓަރސް ރިޕޯޓުކޮށްފައިވެއެވެ.  

ޗައިނާގައި މިހާރު ފެށިފައިވާ އިންފެކްޝަނުގެ ކަންތައް ހަފްތާއެއްހާ ދުވަހުގެތެރޭގައި އެންމެ މައްޗަށް އަރާނެ ކަމަށް ނެޝަނަލް ސެންޓަރ ފޯރ އިންފެކްޝަސް ޑިޒީޒްގެ ޑިރެކްޓަރު ޒެންގ ވެންހޮންގ ވިދާޅުވެފައިވެއެވެ. މިއާއެކު ސިއްހީ ނިޒާމަށް ނުކުޅަދާނަ މިންވަރަށް ވެސް ސީރިއަސް އެހެން ބަލިތައް ގިނަވެގެން ހިނގައިދާނެ ކަމަށް ބެލެވޭ ކަމަށް އޭނަ ވިދާޅުވެފައިވެއެވެ.

މިހާރު ފެށިފައިވާ ފިނި މޫސުން ނިމެންވާއިރަށް ކޮވިޑުގެ ދެތިން ރާޅު ކުރިމަތިވާނެ ކަމަށް އެހެން ސިއްހީ މާހިރުން ވެސް ލަފާކޮށްފައިވެއެވެ.

އެންމެ ހިނގާ

1

އާރްޑީސީން މަގު ކޮނުމުގެ ތެރޭގައި ފާރެއް ވެއްޓި އުމުރުން ދުވަސްވީ މީހަކު "ވަޅުލެވިއްޖެ"

2

ތުރުކީގެ އަޝްޓާޝް އިން 300 މިލިއަން ޑޮލަރުގެ ލަގްޒަރީ ރިސޯޓެއް ރާއްޖޭގައި ތަރައްގީކުރަނީ

3

އުތުރު ކޮރެއާއިން ޖަޕާނަށް އަސްކަރީ ފިޔަވަޅުއަޅާނެ ކަމުގެ އިންޒާރުދީފި

4

އީރާން ބަލިވެފައިވާކަމަށް 106 ފަހަރު އަދި އެއްބަސްވުމަކަށް އާދެވިފައިވާ ކަމަށް 80 ފަހަރު ޓްރަމްޕް ވިދާޅުވެފައިވާތީ، އީރާންގެ ޤައުމީ ސަލާމަތާ ބެހޭ ކޮމެޓީގެ މެންބަރެއްގެ މަލާމާތް ޓްރަމްޕް އަށް!

5

ޓްރަމްޕްގެ "ތިންވަނަ ހަނގުރާމަ" ވެސް ނާކާމިޔާބުވެ އެމެރިކާ ބަލިވެއްޖެ: އީރާނުގެ ލީޑަރުގެ އެޑްވައިޒަރ

އިތުރަށް ކިޔާލަން

16 އޮކްޓޯބަރު 2017

އިންޑިއާއަކީ ބާރުގަދަ ޤައުމެއްކަމަށް ޗައިނާއިން ޤަބޫލުކޮށްފި: ރަޖްނާތު ސިންހު

16 އޮކްޓޯބަރު 2017
އިންޑިއާއަކީ ބާރުގަދަ ޤައުމެއްކަމަށް ޗައިނާއިން ޤަބޫލުކޮށްފި: ރަޖްނާތު ސިންހު
22 އޯގަސްޓު 2017

އެމެރިކާގެ ސީކްރެޓް ސާވިސްގެ 1،100 މުވައްޒަފަކަށް މިއަންނަ ސެޕްޓެމްބަރުން ފެށިގެން އޯވާޓައިމް ފައިސާ ނުދެވިދާނެ!

22 އޯގަސްޓު 2017
އެމެރިކާގެ ސީކްރެޓް ސާވިސްގެ 1،100 މުވައްޒަފަކަށް މިއަންނަ ސެޕްޓެމްބަރުން ފެށިގެން އޯވާޓައިމް ފައިސާ ނުދެވިދާނެ!
05 އޯގަސްޓު 2017

ދޮކްލަމްއަށް ސިފައިން ފޮނުވާފައި ވާތީ ޗައިނާއިން އިންޑިއާއަށް އިންޒާރުދީފި

05 އޯގަސްޓު 2017
ދޮކްލަމްއަށް ސިފައިން ފޮނުވާފައި ވާތީ ޗައިނާއިން އިންޑިއާއަށް އިންޒާރުދީފި
25 ޖުލައި 2017

ހިޔާލު ތަފާތުވުން އުފެދިފައިވާ ބޯޑަރު ސަރަހައްދުން އިންޑިއާ ސިފައިން ފަހަތަށް ޖެހުމަށް ޗައިނާއިން ގޮވާލައިފި

25 ޖުލައި 2017
ހިޔާލު ތަފާތުވުން އުފެދިފައިވާ ބޯޑަރު ސަރަހައްދުން އިންޑިއާ ސިފައިން ފަހަތަށް ޖެހުމަށް ޗައިނާއިން ގޮވާލައިފި
30 ޖޫން 2017

އެމެރިކާއިން ތައިވާނަށް ހަތިޔާރު ވިއްކާތީ ޗައިނާއިން ކަންބޮޑުވެއްޖެ

30 ޖޫން 2017
އެމެރިކާއިން ތައިވާނަށް ހަތިޔާރު ވިއްކާތީ ޗައިނާއިން ކަންބޮޑުވެއްޖެ
01 ޖޫން 2017

ޕެރިސް އެގްރީމެންޓުން އެމެރިކާ ބޭރުވާތީ ޔޫރަޕާއި ޗައިނާއިން އެކަމާ ދެކޮޅަށް ތެދުވެއްޖެ

01 ޖޫން 2017
ޕެރިސް އެގްރީމެންޓުން އެމެރިކާ ބޭރުވާތީ ޔޫރަޕާއި ޗައިނާއިން އެކަމާ ދެކޮޅަށް ތެދުވެއްޖެ
25 މެއި 2017

ދެކުނު ޗައިނާ ކަނޑުގައި ޗައިނާއިން އުފައްދާފައިވާ ރަށްތަކުގެ ކައިރިއަށް އެމެރިކާ މަނަވަރެއް ދަތުރުކޮށްފި

25 މެއި 2017
ދެކުނު ޗައިނާ ކަނޑުގައި ޗައިނާއިން އުފައްދާފައިވާ ރަށްތަކުގެ ކައިރިއަށް އެމެރިކާ މަނަވަރެއް ދަތުރުކޮށްފި
11 މެއި 2017

މޯދީގެ ދަތުރުފުޅާ ދިމާކޮށް ޗައިނާއިން ލަންކާއަށް ފޮނުވަން އުޅުނު ސަބްމެރީންއަށް ލަންކާ ސަރުކާރުން ހުރަސް އަޅައިފި

11 މެއި 2017
މޯދީގެ ދަތުރުފުޅާ ދިމާކޮށް ޗައިނާއިން ލަންކާއަށް ފޮނުވަން އުޅުނު ސަބްމެރީންއަށް ލަންކާ ސަރުކާރުން ހުރަސް އަޅައިފި
03 މެއި 2017

އެއްބަޔަކު އަނެއް ބަޔަކު "ރުޅިނޭރުވުމަށް" ޗައިނާއިން ގޮވާލައިފި

03 މެއި 2017
އެއްބަޔަކު އަނެއް ބަޔަކު "ރުޅިނޭރުވުމަށް" ޗައިނާއިން ގޮވާލައިފި
09 މާރިޗު 2017

ދެ ކޮރެއާ ސަރަހައްދުގެ ހަލަބޮލިކަން ފިނިކުރުމަށް ޗައިނާއިން ހުށަހެޅި ހުށަހެޅުމަށް ދެކުނު ކޮޮރެއާ އާއި އެމެރިކާ އިން އިންކާރުކޮށްފި

09 މާރިޗު 2017
ދެ ކޮރެއާ ސަރަހައްދުގެ ހަލަބޮލިކަން ފިނިކުރުމަށް ޗައިނާއިން ހުށަހެޅި ހުށަހެޅުމަށް ދެކުނު ކޮޮރެއާ އާއި އެމެރިކާ އިން އިންކާރުކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް