Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއެމެރިކާގެ ސްނޯގެ ތޫފާން

އެމެރިކާއަށް އާދަޔާޚިލާފަށް ފިނިގަދަ މޫސުމީ ކާރިސާއެއް ކުރިމަތިވެއްޖެ

ސްނޯއާއި ދުންފިނީގެ ސަބަބުން، ހުކުރު ދުވަހުން ފެށިގެން އެމެރިކާއިން އެކަނިވެސް 5600 ފްލައިޓް ކެންސަލްކޮށްފައިވޭ

ފާޠިމަތު ޒުހައިރާ
ފާޠިމަތު ޒުހައިރާ | 24 ޑިސެމްބަރު 2022 | ހޮނިހިރު 09:59
ސްނޯގެ ސަބަބުން އެއްގަމު ދަތުރު ކުރުމަށް ވަނީ ހުރަސް އެޅިފައި

ސްނޯގެ ސަބަބުން އެއްގަމު ދަތުރު ކުރުމަށް ވަނީ ހުރަސް އެޅިފައި

އެމެރިކާގެ ބައެއް ސްޓޭޓްތަކަށް އާދަޔާޚިލާފަށް ފިނިގަދަ މޫސުމީ ކާރިސާއެއް ކުރިމަތިވުމުގެ ސަބަބުން 200 މިލިއަނެއްހާ މީހުން ވަރަށް ދަތިހާލުގައި އުޅެމުންދާކަމަށް ޚަބަރު ލިބެއެވެ. ފިނީގެ ސަބަބުން މިހާތަނަށް މަދުވެގެން 12 މީހުން މަރުވެގެން ރިޕޯޓްކޮށްފައިވާއިރު، ބޮޑުބަޔަކުން ކަރަންޓުވެސް ކެނޑި 1.5 މިލިއަނެއްހާ މީހުންނަށް ކަރަންޓުގެ ޚިދުމަތްވެސް ކެނޑިފައިވާ ކަމަށް ޚަބަރު ލިބެއެވެ. ސްނޯއާއި ދުންފިނީގެ ސަބަބުން ދަތުރު ނުކުރެވި، ހުކުރުދުވަހުން ފެށިގެން އެތައްހާސް ފްލައިޓެއްވެސް ވަނީ ކެންސަލް ކޮށްފައެވެ.

ފިނީގެ ތޫފާނުގެ އަސަރު ދެހާހެއްހާ މޭލުގެ ސަރަހައްދަކަށް ކޮށްފައިވާ ކަމަށް ވެއެވެ. މިގޮތުން ޓެކްސަސްއިން ފެށިގެން ކެނެޑާގެ ކިއުބެކްއާ ހަމައަށް ވަނީ ސްނޯގެ ތޫފާން ވަށާލާފައެވެ.

ކެނެޑާގެ އޮންޓޭރިއޯއަށްވެސް ވަނީ "އާކްޓިކް ބްލާސްޓް"ގެ ނަމުން ނަންދީފައިވާ ސްނޯގެ ތޫފާން ކުރިމަތިވެފައެވެ. އަދި ކެނެޑާގައިވެސް ބޮޑެތި ސަރަހައްދުތަކުން ކަރަންޓު ވަނީ ކެނޑިފައެވެ.

އެމެރިކާގެ ބައެއް ހިސާބުތަކުގެ ޓެމްޕަރޭޗަރު މައިނަސް 17ޑިގްރީ ސެންޓިގްރޭޑްއަށް ވެއްޓިފައިވެއެވެ. މަގުތަކަށް އެޅޭ އައިސް ގަނޑުވެފައިވުމުން، ވެހިކަލްތައް ކައްސާލައި އެކްސިޑެންޓްތައް ހިނގަން މެދުވެރިވަމުންދާކަމަށް ޚަބަރު ލިބެއެވެ.

އާންމުންނަށް ދެއްވި މެސެޖެއްގައި ރައީސް ޖޯބައިޑަން ވިދާޅުވީ، މިއީ އާދައިގެ މަތިން ކުރިމަތިވާ ކަހަލަ ސްނޯސްޓޯރމެއް ނޫންކަމަށާއި މިފަހަރުގެ ތޫފާން ވަރަށްވެސް ތަފާތު ކަމަށެވެ. އަދި ހުރިހާ އެންމެންވެސް ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ބައިޑަން ވަނީ އެދިވަޑައިގެންފައެވެ.

ގިނަ ބަޔަކު ދަތުރުކުރާ ދުވަސްވަރެއްކަމަށްވާ ކްރިސްމަސް ދުވަސްވަރާ ދިމާކޮށް، ހުކުރު ދުވަހު އެމެރިކާއިން އެކަނިވެސް 5600 ފްލައިޓް ކެންސަލްކޮށްފައި ވާކަމަށް ޚަބަރު ލިބެއެވެ. އަދި ފްލައިޓްތައް ލަސްވުން ނުވަތަ ކެންސަލް ވެދާނެކަމަށް ވިސްނައިގެން ތައްޔާރުވުމަށް، ދަތުރުކުރާ ފަރާތްތަކަށް ދަނީ އަންގަމުންނެވެ. ފްލައިތްތައް ކެންސަލްވަމުން ދާއިރު، ސްނޯއާއި އައިސްގެ ސަބަބުން އެއްގަމު މަގުންވެސް ދަތުރުކުރުން ވަނީ ވަރަށް އުނދަގޫވެފައެވެ.

އިތުރަށް ކިޔާލަން

19 މާރިޗު 2017

މިސްރުގެ ރައީސް ސީސީ އެމެރިކާއަށް ވަޑައިގަންނަވަނީ

19 މާރިޗު 2017
މިސްރުގެ ރައީސް ސީސީ އެމެރިކާއަށް ވަޑައިގަންނަވަނީ
06 މާރިޗު 2017

މުސްލިމުން އެމެރިކާއަށް އެރުން މަނާކޮށް ޓްރަމްޕް އަނެއްކާވެސް އައު ގަރާރެއް ނެރުއްވައިފި

06 މާރިޗު 2017
މުސްލިމުން އެމެރިކާއަށް އެރުން މަނާކޮށް ޓްރަމްޕް އަނެއްކާވެސް އައު ގަރާރެއް ނެރުއްވައިފި
26 ފެބުރުއަރީ 2017

ވައިޓް ހެލްމެޓް ޑޮކިއުމެންޓްރީގެ މުހިއްމު ބައިވެރިޔަކު އެމެރިކާއަށް ނޭރުވި

26 ފެބުރުއަރީ 2017
ވައިޓް ހެލްމެޓް ޑޮކިއުމެންޓްރީގެ މުހިއްމު ބައިވެރިޔަކު އެމެރިކާއަށް ނޭރުވި
10 ފެބުރުއަރީ 2017

ހަތްގައުމެއްގެ ރައްޔިތުން އެމެރިކާއަށް އެތެރެވުން މަނާ ކުރުމަށް ރައީސް ޓްރަމްޕް ނެރުއްވި އަމުރު ނިއުޅެމުންދާ ގޮތަށް، ކުރު ނަޒަރެއް!

10 ފެބުރުއަރީ 2017
ހަތްގައުމެއްގެ ރައްޔިތުން އެމެރިކާއަށް އެތެރެވުން މަނާ ކުރުމަށް ރައީސް ޓްރަމްޕް ނެރުއްވި އަމުރު ނިއުޅެމުންދާ ގޮތަށް، ކުރު ނަޒަރެއް!
10 ފެބުރުއަރީ 2017

ޖަޕާނުގެ ބޮޑުވަޒީރު އަބޭ އެމެރިކާއަށް ވަޑައިގެންފި

10 ފެބުރުއަރީ 2017
ޖަޕާނުގެ ބޮޑުވަޒީރު އަބޭ އެމެރިކާއަށް ވަޑައިގެންފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު