Raajje.mv
Raajje.mv
  • ރާއްޖެ
  • ކުޅިވަރު
  • ދުނިޔެ
  • ވިޔަފާރި - އިގްތިސާދު
  • ރިޕޯޓު
  • ފޮޓޯ
  • ވާހަކަ
  • ސިއްހަތު
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ތަފާތު ޚަބަރު
މިސްރުގެ އަތްތެރި މަސައްކަތްތެރިން

އިގްތިސާދީ ކާރިސާއާއެކު މިސްރުގެ އަތްތެރި މަސައްކަތްތެރިން މާޔޫސްކަމުގައި

ރާބީ އުފައްދަމުންދާ ގެވެހި ކަންވާރުގެ ސާމާނުތަކަކީ، މިސްރުގެ ޒަމާންވީ ބަދިގެތަކަށް މީގެ ކުރިން ކޮންމެހެން ބޭނުންޖެހުނު އުފެއްދުންތަކެއް

ޢާއިޝާ ރީމާ ވަޙީދު
ޢާއިޝާ ރީމާ ވަޙީދު, ރާއްޖެ އެމްވީ | 24 ޑިސެމްބަރު 2022 | ހޮނިހިރު 09:05
މިސްރުގެ އަތްތެރި މަސައްކަތްތެރިން

މިސްރުގެ އަތްތެރި މަސައްކަތްތެރިން

ސަގާފީ އަތްތެރި މަސައްކަތުގެ ގިނަ އުއްފެއްދުންތަކެއް އެއް ފުރާޅެއްގެ ދަށުން ފެނިގެންދާ މިސްރުގެ ފައްޔޫމްގައި، ޖިފުޓިގަނޑެއްގެ ސިފައަށް ހަދާފައި ހުރި އޭނާގެ ވޯރކްޝޮޕްގެ ތެރޭގައި ހުސްނީ ރާބީ އަވަދިނެތި އުޅުނީ، މައްޓާއި ކިސަޑު ފަދަ ބާވަތްތައް ބޭނުންކޮށްގެން އޭނާ އުފައްދަމުންދާ ގެވެހި ކަންވާރުތައް އުފެއްދުމުގެ މަސައްކަތުގައެވެ. އޭނާ މި ތަކެތި އުފައްދަނީ، ހަނޑޫ ދަނޑުތަކުން ލިބޭ ހުޔާއި، ނީލަ ކޯރުން ނަގާ ކިސަޑާއި މަށި ބޭނުން ކޮށްގެންނެވެ.

ރާބީ އުފައްދަމުންދާ ގެވެހި ކަންވާރުގެ ސާމާނުތަކަކީ، މިސްރުގެ ޒަމާންވީ ބަދިގެތަކަށް މީގެ ކުރިން ކޮންމެހެން ބޭނުންޖެހުނު އުފެއްދުންތަކެކެވެ. ނަމަވެސް، މިސްރަށް މިއަދު ކުރިމަތިލާން ޖެހިފައިވާ އިގްތިސާދީ ފިއްތުންތަކާއެކު، ޖީބަށް ލުއި އިތުރު އިޚްތިޔާރުތައް ހޯދުމަށް އާންމުންނަށް ވަނީ މަޖުބޫރުވެފައެވެ. ނަތީޖާއެއްގެގޮތުން، ރާބީގެ މަސައްކަތަށް، ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިވެފައިވާކަމަށް އޭނާ ބުނެއެވެ.

ރާބީ މަސައްކަތްކުރަން އިން 25 އަހަރު ވީ ވޯރކްޝޮޕަކީ، އޭނާގެ ޢާއިލާގެ 7 ޖީލަކުން އެ ތަނެއްގައި މަސައްކަތް ކޮށްފައިވާ ވޯރކްޝޮޕެކެވެ. މީގެ 3 އަހަރެއްހާ ދުވަސް ކުރިއަށް ބަލާއިރު، 150އެއްހާ މުވައްޒަފުން މަސައްކަތް ކުރަމުން ދިޔަ މި ވޯކްޝޮޕްގައި، ރާބީއަށް އަތްގާތްކޮށްދީ ހަދަން މިއަދު އުޅެނީ އެންމެ ފަންސާހަކަށް މީހުންނެވެ.

މިސްރުގެ އިގްތިސާދަށް އެންމެ ބޮޑު ހިޔަންޏެއް އެޅިފައިވަނީ ރަޝިއާއިން ޔޫކްރެއިންގައި ކުރަމުންދާ ހަނގުރާމައިގެ ސަބަބުންނެވެ. އިމްޕޯރޓް މުދަލަށް އިންތިހާއަށް ބަރޯސާވެފައި އޮތް މިސްރުގެ އިމްޕޯރޓް ބިލަށް ބަރުޖެހި، އިގްތިސާދީ ތަކުލީފުތައް ބޮޑުވީއެވެ. ނަތީޖާއެއްގެގޮތުން، މިސްރުގައި އިންވެސްޓްކުރަމުން ދިޔަ ބޭރުގެ ފަރާތްތަކުން އެ ގައުމު ދޫކޮށް ދާންފެށިއެވެ. ފަތުރުވެރިކަމުން އެ ގައުމަށް ލިބެމުން ދިޔަ އާމްދަނީ ދަށްވެ، ރިހިރިހި އޮތް ފައިމައްޗަށް ފޮއިވެސް ވެއްޓުނީއެވެ.

މި ހުރިހާ ކަމަކާއެކު މިސްރުގެ ބޭރު ފައިސާގެ ރިޒަރވް ދަނީ ހީނަރުވަމުންނެވެ. މި އަހަރު ތެރޭގައި އެކަނިވެސް، މިސްރު ފައިސާގެ އަގު ވެއްޓިގެން ދިޔަ މަންޒަރު، 2 ފަހަރެއްގެ މަތިން ވަނީ ފެނިފައެވެ. މާލީ ބާޒާރުގެ ހަރަކާތްތަކަށް ބަލާއިރު ޑޮލަރު މާރުކުރުމުގެ ރަސްމީ ރޭޓަކީ ޑޮލަރަކަށް 24.6 މިސްރު ޕައުންޑް ކަމުގައި ވީނަމަވެސް، ކަޅު ބާޒާރުގައި ޑޮލަރެއްގެ އަގު ވަނީ 33 ޕައުންޑަށްވެސް އުފުލިފައެވެ. މަގުމަތީ އަގަކީވެސް 30 ޕައުންޑް ކަމަށްވެއެވެ.

ރާބީ ބުނާގޮތުގައި އޭނާ މަސައްކަތްތެރިކަމުގެ ހުނަރު ދަސްކުރީ އުމުރުން އެންމެ 10 އަހަރުގައެވެ. އަދި އެ މަސައްކަތުގެ ތެރެއިން ހިތްހަމަޖެހުމާއި މިނިވަންކަމުގެ އިހުސާސް ލިއްބައިދޭކަމަށް ރާބީ ބުނެއެވެ. ނަމަވެސް، މިސްރަށް ކުރިމަތިލާން ޖެހިފައިވާ އިގްތިސާދީ ތަކުލީފުތަކުގެ ވޭން، ރާބީއާއި އޭނާފަދަ އެހެން ފަންނުވެރިންވެސް މިހާރު ދަނީ ކުރަމުންނެވެ.

މަހެއްގެ މައްޗަށް 800އާ 1000އާ ދެމެދު އަދަދެއްގެ އުފެއްދުންތައް އުފައްދަމުން ދިޔަކަމުގައި ވީނަމަވެސް، މި ތަކެތި އުފައްދަން ބޭނުންކުރާ ސާމާނުގެ އަގުތައް އުފުލުމުގެ ސަބަބުން މަސައްކަތަށް އަސަރު ފޯރާފައިވާކަމަށް، އުމުރުން 41 އަހަރުގެ ރާބީ ބުނެއެވެ. އެހެން ކަމުން، އާ ކަސްޓަމަރުން ހޯދުމަށް، މިހާރު އޭނާ އެންމެ ބޮޑު ސަމާލުކަމެއް ދެނީ، ޒަމާނީ އުފެއްދުންތައް އުފައްކަން ކަމަށްވެސް ރާބީ ބުނެއެވެ.

މިސްރުގައި ޒަމާނުއްސުރެ ބޭނުންކުރާ، ފަނުން ވިޔެފައި ހުންނަ ވަށިގަނޑުތަކާއި ފަރުނީޗަރު އުފެއްދުމުގެ މަސައްކަތުގައި 45 އަހަރު ހަރަކާތްތެރިވެފައިވާ އުމުރުން 55 އަހަރުގެ ޝަބާން ހައްލޫމްގެ ވާހަކަވެސް ހުރީ ހަމަ އެފަދަ ގޮތަކަށެވެ.

ގޮންޖެހުންތަކާ ކުރިމަތިލުމަށްޓަކައި، އޭނާގެ އުފެއްދުންތެރިކަމުގެ ވައްޓަފާޅިއަށްވެސް ބަދަލުތަކެއް ގެނައެވެ. އުފެއްދުންތެރިކަމަށް ބޭނުންކުރުމަށް 1000 ފަންގަނޑު ގަތުމަށް 2500 މިސްރު ޕައުންޑް (101 ޑޮލަރު) ޚަރުދުކުރާއިރު، މީގެ ކުރިން ޚަރަދުކުރީ 1200 ޕައުންޑް ނުވަތަ 48.5 ޑޮލަރެވެ. އެއީ އަދި އުފުލުނު ދަތުރުފަތުރުގެ އަގުތަކާ ނުލައެވެ. ހައްލޫމް ވަނީ އޭނާ އުފައްދާ ގޮނޑީގެ އަގުތައްވެސް އުފުލާފައެވެ. އެގޮތުން، މީގެ ކުރިން 120 މިސްރު ޕައުންޑް (4.85 ޑޮލަރު)އަށް ވިއްކި ގޮނޑި، މިހާރު ވިއްކަނީ 150 ޕައުންޑް ނުވަތަ 6 ޑޮލަރަށެވެ.

ކުނާ ވިއްކުމަށް އަމިއްލަ ކުންފުންޏެއް ހަދައިގެން އުޅޭ އަންވަރު އަބީ ޒީދުގެ ހާލަކީވެސް ހަމަ އެއީއެވެ.

ވޯލްޑްބޭންކުން އެންމެ ފަހުން އާންމުކުރި އިޖިޕްޓް އިކޮނޮމިކް މޮނިޓަރ ރިޕޯޓް ބުނާގޮތުން، މިހާރު ހިނގަމުންދާ މިސްރުގެ މާލީ އަހަރު (2022-2023)ގައި އެ ގައުމުގެ އިގްތިސާދީ ކުރިއެރުމުގެ ދުވެލި، 4.5 ޕަސެންޓަށް މަޑުޖެހޭނެއެވެ. މީގެ ކުރިން (2021-2022) މާލީ އަހަރުގައި، އިގްތިސާދީ ކުރިއެރުމުގެ ދުވެލީގެ ނިސްބަތް ހުރީ 6.6 ޕަސެންޓްގައެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ހަނގުރާމާގައި މާޔޫސްވި އަތްތެރި މަސައްކަތުގެ ފަންނުވެރިންނަށް ޢުއްމީދުގެ އަލިކަން!

ހަނގުރާމާގައި މާޔޫސްވި އަތްތެރި މަސައްކަތުގެ ފަންނުވެރިންނަށް ޢުއްމީދުގެ އަލިކަން!

31 މެއި 2023
މިސްރުގެ ހިތްގައިމު ހުވަނދުމަލުގެ ވިޔަފާރި ނުތަނަވަސްކަމެއްގައި!

މިސްރުގެ ހިތްގައިމު ހުވަނދުމަލުގެ ވިޔަފާރި ނުތަނަވަސްކަމެއްގައި!

03 ސެޕްޓެމްބަރު 2022
ޤަދީމީ މަމީސް ތަކަކާއި ބުދުތަކެއް މިސްރުގެ އާކިޓެކްޓުން ހޯދައިފި

ޤަދީމީ މަމީސް ތަކަކާއި ބުދުތަކެއް މިސްރުގެ އާކިޓެކްޓުން ހޯދައިފި

04 ޖޫން 2022
ލަންކާގެ އިގްތިސާދީ ހާލަތުގެ ސަބަބުން ދިއިރުޅުމުގެ ހާލަތު ދަށްވެފައިވާ މަންމައެއް: ގިނަ ފަހަރު ނިދަން ޖެހެނީ ޓުކްޓުކްގައި

ލަންކާގެ އިގްތިސާދީ ހާލަތުގެ ސަބަބުން ދިއިރުޅުމުގެ ހާލަތު ދަށްވެފައިވާ މަންމައެއް: ގިނަ ފަހަރު ނިދަން ޖެހެނީ ޓުކްޓުކްގައި

02 ޖޫން 2022
މަސައްކަތްތެރިންނަށް ސޯނޫ ސޫދު އަމިއްލަ ޚަރަދުގައި ފްލައިޓެއް ޗާޓަރު ކޮށްފި

މަސައްކަތްތެރިންނަށް ސޯނޫ ސޫދު އަމިއްލަ ޚަރަދުގައި ފްލައިޓެއް ޗާޓަރު ކޮށްފި

06 ޖޫން 2020

އަހަރުތަކުން މިއަދު

6 ޖެނުއަރީ
އެޗްއެމްޕީވީ އާ ބެހޭގޮތުން އެނގެން ޖެހޭ ކަންތައްތައް
20251 އަހަރު ކުރިން
ސިއްހަތު

އެޗްއެމްޕީވީ އާ ބެހޭގޮތުން އެނގެން ޖެހޭ ކަންތައްތައް

ބޮޑުވަޒީރު މޯދީއަށް ފާޑުކި ސަރުކާރުގެ ތިން ނައިބު ވަޒީރަކު ސަސްޕެންޑް ކޮށްފި
20242 އަހަރު ކުރިން
ރާއްޖެ

ބޮޑުވަޒީރު މޯދީއަށް ފާޑުކި ސަރުކާރުގެ ތިން ނައިބު ވަޒީރަކު ސަސްޕެންޑް ކޮށްފި

މަސްތުވާތަކެތީގެ ވިޔަފާރީގެ ބޮޑެއް ކަމަށްވާ އެލް ޗެޕޯގެ ދަރިފުޅު ހައްޔަރުކޮށްފި
20233 އަހަރު ކުރިން
ދުނިޔެ

މަސްތުވާތަކެތީގެ ވިޔަފާރީގެ ބޮޑެއް ކަމަށްވާ އެލް ޗެޕޯގެ ދަރިފުޅު ހައްޔަރުކޮށްފި

ރަނުގެ ލާރި ދިނީ ދިވެހިންގެ ޖީބުން ނަގާފައެއް ނޫން
20224 އަހަރު ކުރިން
ރިޕޯޓު

ރަނުގެ ލާރި ދިނީ ދިވެހިންގެ ޖީބުން ނަގާފައެއް ނޫން

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް މަގާމުން ވަކި ކުރުމުގެ މަސައްކަތް ފަށައިފި
20215 އަހަރު ކުރިން
ދުނިޔެ

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް މަގާމުން ވަކި ކުރުމުގެ މަސައްކަތް ފަށައިފި

ހަކުރުބަލި ހުންނަ މީހުން ކުކުޅު ބިސް ކެއުމަކީ ރަނގަޅު ކަމެއްތަ؟
20197 އަހަރު ކުރިން
ސިއްހަތު

ހަކުރުބަލި ހުންނަ މީހުން ކުކުޅު ބިސް ކެއުމަކީ ރަނގަޅު ކަމެއްތަ؟

ނިހާންގެ ކޮއްކޮގެ ދެކޮޅު ނުޖެހޭ ވާހަކަތަކުން ފަޅާއެރި ހަގީގަތް!
20188 އަހަރު ކުރިން
ރިޕޯޓު

ނިހާންގެ ކޮއްކޮގެ ދެކޮޅު ނުޖެހޭ ވާހަކަތަކުން ފަޅާއެރި ހަގީގަތް!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު