Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެސީރިޔާ

ސީރިއާ އިން ވޯލްޑް ބެންކަން ދައްކަން ޖެހޭ 15 މިލިއަން ޑޮލަރު ދައްކަން ސައުދީ އަދި ޤަތަރުން އެއްބަސްވެއްޖެ

ސައުދީ އަދި ޤަތަރުން އެކަން ހާމަކޮށްފައި ވަނީ 20 އަހަރުގެ ތެރޭގައި ފުރަތަމަ ފަހަރަށް އައިއެމްއެފް އަދި ވޯލްްޑް ބޭންކުގެ ބައްދަލުވުމެއްގައި ސީރިއާގެ މަރުކަޒީ ބޭންކުގެ ގަވަރުނަރު އަދި މާލީ ވަޒީރު ބައިވެރިވެ ވަޑައިގެންނެވި ފަހުންނެވެ.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 28 އެޕްރީލު 2025 | ހޯމަ 06:36
ބައްޝާރު އަލް އަސަދު ވެރިކަމުން ދުރުކުރި ފަހުން ފުރަތަމަ ހުކުރު ދުވަހުގެ ނަމާދަށް ފަހު ސީރިއާގެ ރައްޔިތުން ސީރިއާގެ އިންގިލާބީ ދިދައެއް ދައްކަނީ

ބައްޝާރު އަލް އަސަދު ވެރިކަމުން ދުރުކުރި ފަހުން ފުރަތަމަ ހުކުރު ދުވަހުގެ ނަމާދަށް ފަހު ސީރިއާގެ ރައްޔިތުން ސީރިއާގެ އިންގިލާބީ ދިދައެއް ދައްކަނީ

ސީރިއާ އިން ވޯލްޑް ބޭންކަން ދައްކަން ޖެހޭ 15 މިލިއަން އެމެރިކާ ޑޮލަރުގެ ދަރަނި ދައްކައި ދިނުމަށް، ސައުދީ އަރަބިއްޔާ އަދި ޤަތަރުން އެއްބަސްވެއްޖެ އެވެ.

ސައުދީ އަރަބިއްޔާގެ ޕްރެސް އެޖެންސީން އާދީއްތަ ދުވަހު އާންމު ކުރި ނޫސް ބަޔާނެއްގައި ވަނީ އެކަން ހާމަކޮށްފަ އެވެ.

މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގައި ސީރިއާގެ ކުރީގެ ރައީސް ބައްޝާރުން އަލް އައްސަދު ވެރިކަމުން ވައްޓާލުމަށް ފަހު، ދެން ވެރިކަމާ ހަވާލުވި އައު ސަރުކާރާ އެކު ގުޅުން ބަދަހި ކުރުމުގެ މަސައްކަތް ސައުދީ އަދި ޤަތަރުން ވަނީ ކޮށްފަ އެވެ.

ސައުދީ އަދި ޤަތަރުން އެކަން ހާމަކޮށްފައި ވަނީ 20 އަހަރުގެ ތެރޭގައި ފުރަތަމަ ފަހަރަށް އައިއެމްއެފް އަދި ވޯލްްޑް ބޭންކުގެ ބައްދަލުވުމެއްގައި ސީރިއާގެ މަރުކަޒީ ބޭންކުގެ ގަވަރުނަރު އަދި މާލީ ވަޒީރު ބައިވެރިވެ ވަޑައިގެންނެވި ފަހުންނެވެ. 

ސީރިއާގައި ހިނގަމުން އަންނަ ހަނގުރާމަ އަށް 14 އަހަރު ވެގެން ގޮސްފައިވާއިރު، އެ ޤައުމުގެ އިންފްރާސްޓްރަކްޗާގެ ބޮޑު ބައެއް ވަނީ ވީރާނަވެ، ހަލާކުވެފަ އެވެ. 

އެ ބަޔާނުގައި ބުނެފައި ވަނީ އެ ނިންމުމުގެ ސަބަބުން، 14 އަހަރު ދުވަހުގެ މެދު ކެނޑުމަކަށް ފަހު، ވޯލްޑް ބޭންކުގެ އެހީތެރިކަން ސީރިއާ އަށް ލިބިގެން ދާނެ ކަމަށެވެ. 

ހަނގުރާމައިގެ ސަބަބުން ހަލާކުވެފައިވާ ޤައުމު އަލުން ބިނާކުރުމަށާއި، އިޤްތިޞާދު އާރާސްތު ކުރުމަށް، ސީރިއާގެ އައު ސަރުކާރުން އަރަބި ޤައުމުތަކުގެ އެހީތެރިކަމަށް ވަރަށް ބޮޑަށް ބަރޯސާވާނެ ކަމަށް ލަފާ ކުރެވެ އެވެ.

އިތުރަށް ކިޔާލަން

22 ފެބުރުއަރީ 2017

އެމްބެސެޑަރ ޗާކިން އަވަހާރަވެފައިވާ ގޮތް ދެނަގަތުމަށްޓަކައި އިތުރު ޓެސްޓުތަކެއް ހަދަން ޖެހޭ: މެޑިކަލް އެގްޒެމިނަރުން

22 ފެބުރުއަރީ 2017
އެމްބެސެޑަރ ޗާކިން އަވަހާރަވެފައިވާ ގޮތް ދެނަގަތުމަށްޓަކައި އިތުރު ޓެސްޓުތަކެއް ހަދަން ޖެހޭ: މެޑިކަލް އެގްޒެމިނަރުން
19 ފެބުރުއަރީ 2017

ވޯލްޑް ޓްރޭޑް ސެންޓަރަށް ބޮމުގެ ހަމަލާދިނުމުގެ މޭސްތިރީގެ ގޮތުގައި ބެލެވުނު ޝޭޚް އުމަރު މަރުވެއްޖެ

19 ފެބުރުއަރީ 2017
ވޯލްޑް ޓްރޭޑް ސެންޓަރަށް ބޮމުގެ ހަމަލާދިނުމުގެ މޭސްތިރީގެ ގޮތުގައި ބެލެވުނު ޝޭޚް އުމަރު މަރުވެއްޖެ
09 ފެބުރުއަރީ 2017

އެމެރިކާއިން ސީރިއާގައި ދިން ހަމަލާތަކެއްގައި އަލްގައިދާގެ 11 މީހުން މަރާލައިފި

09 ފެބުރުއަރީ 2017
އެމެރިކާއިން ސީރިއާގައި ދިން ހަމަލާތަކެއްގައި އަލްގައިދާގެ 11 މީހުން މަރާލައިފި
03 ފެބުރުއަރީ 2017

ނިއުކްލިއާ ހަތިޔާރު ބޭނުންކޮށްފި ނަަމަ އުތުރު ކޮރެއާ އަށް "އަސަރުކުރާ ފަދަ ވަރަށް ބޮޑު" ނަތީޖާއަކާ ކުރިމަތިލާން ޖެހޭނެ: އެމެރިކާ

03 ފެބުރުއަރީ 2017
ނިއުކްލިއާ ހަތިޔާރު ބޭނުންކޮށްފި ނަަމަ އުތުރު ކޮރެއާ އަށް "އަސަރުކުރާ ފަދަ ވަރަށް ބޮޑު" ނަތީޖާއަކާ ކުރިމަތިލާން ޖެހޭނެ: އެމެރިކާ
02 ފެބުރުއަރީ 2017

ވިސާ ނުދޭން ނިންމި ނިންމުން އަވަހަށް ބަދަލު ކުރަން ޖެހޭ: އދ. ގެ ސެކްރެޓަރީ ޖެނެރަލް

02 ފެބުރުއަރީ 2017
ވިސާ ނުދޭން ނިންމި ނިންމުން އަވަހަށް ބަދަލު ކުރަން ޖެހޭ: އދ. ގެ ސެކްރެޓަރީ ޖެނެރަލް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު