Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުމަޓުއިޑީ

ފްރާންސާއެކު ވޯލްޑް ކަޕް ކާމިޔާބުކުރި މަޓުއިޑީ ފުޓުބޯޅަ ކުޅުން ހުއްޓާލައިފި

ކުލަބު ފުޓުބޯޅައިގައި މަޓުއިޑީ ވަނީ ޖުމުލަ 21 ތަށި ކާމިޔާބުކޮށްފައި

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 23 ޑިސެމްބަރު 2022 | ހުކުރު 23:24
މަޓުއިޑީ

މަޓުއިޑީ

ބްލައިސް މަޓުއިޑީ, ޕްރޮފެޝަނަލް ފުޓުބޯޅަ ކުޅުން ހުއްޓާލަން ނިންމާފައިވާކަން ހާމަކޮށްފިއެވެ.

އުމުރުން 35 އަހަރުގެ މަޓުއިޑީ ފުޓުބޯޅަ ކުޅުން ހުއްޓާލިކަން ހާމަކޮށްފައިވަނީ އޭނާގެ ޓުވިޓަރ އެކައުންޓު މެދުވެރިކޮށް، ހުކުރު ދުވަހު ކުރި ޓުވީޓެއްގައެވެ. މަޓުއިޑީ ބުނީ ފުޓުބޯޅަ ދެކެ އޭނާ ވަރަށް ލޯބިވާ ކަމަށާއި، ފުޓުބޯޅައިން އޭނާއަށް އެތައް ކަމެއް ހާސިލްކުރެވުނު ކަމަށެވެ. ނަމަވެސް އޭނާ ބުނީ ފުޓުބޯޅަ ކުޅުން ހުއްޓާލުމަށް ބުނާ ވަގުތު އައިސް ޖެހިއްޖެ ކަމަށެވެ. އޭނާ ބުނީ ފުރިހަމަ މީހެއް ގޮތުގައްޔާއި، ކުއްޖެއްގެ ގޮތުގައި އޭނާގެ ހުވަފެންތައް ހަގީތަކަށް ހެދުނުކަމަށެވެ. މަޓުއިޑީ ބުނީ އޭނާ އެ ނިންމުން ނިންމަންޖެހުނީ ވަރަށް އުނދަގޫކޮށް ކަމަށާއި، ނަމަވެސް އެ ސަފްހާ އެއްލަނީ ވަރަށް ފަޚުރުވެރިކަމާއެކު ކަމަށެވެ.

މަޓުއިޑީ އޭނާގެ ސީނިއަރ ކެރިއަރު ފެށީ 2004 ވަނަ އަހަރު ފްރާންސްގެ ޓްރޮޔީސްއިންނެވެ. އޭގެ ފަހުން އޭނާ ވަނީ އެކި ކުލަބުތަކަށް ކުޅެފައެވެ. އޭގެތެރޭގައި; ސެއިންޓް އެޓިއެންއާއި، ޕެރިސް ސެއިންޓް ޖަރމަން (ޕީއެސްޖީ)އާއި، ޔުވެންޓަސް، އަދި އިންޓަރ މިއާމީ ހިމެނެއެވެ. މަޓުއިޑީ އެންމެ ފަހުން ކުޅުނީ އިންޓަރ މިއާމީއަށެވެ. އެއީ 2020 ވަނަ އަހަރުން 2021 ވަނަ އަހަރުގެ ނިޔަލަަށެވެ. ކުލަބު ފުޓުބޯޅައިގައި މަޓުއިޑީ ވަނީ ޖުމުލަ 21 ތަށި ކާމިޔާބުކޮށްފައެވެ.

ގައުމީ ޓީމަށް ކުޅުމުގެ ފުރުސަތު މަޓުއިޑީއަށް ލިބުނީ 2010 ވަނަ އަހަރުއެވެ. އޭގެ ފަހުން ގައުމީ ޓީމާއެކު ހޭދަކުރި ނުވަ އަހަރުގެ ތެރޭގައި އޭނާ ވަނީ ގައުމީ ޓީމަށް 84 މެޗު ކުޅެދީ، ނުވަ ލަނޑު ޖަހާފައެވެ. ފްރާންސްގެ ގައުމީ ޓީމުން 2018 ވަނަ އަހަރު ރަޝިޔާގައި އޮތް ފީފާ ވޯލްޑް ކަޕް މުބާރާތް ކާމިޔާބުކުރި ޓީމުގައިވެސް އޭނާ ހިމެނެއެވެ. އެއަށްފަހު ޖެހިގެން އައި 2019 ވަނަ އަހަރު އޭނާ ވަނީ ގައުމީ ޓީމަށްވެސް ކުޅުން ހުއްޓާލާފައެވެ.

މަޓުއިޑީ ވަނީ ފްރާންސްގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމު 2015 ވަނަ އަހަރު ހޯދާފައެވެ.

އިތުރަށް ކިޔާލަން

06 ފެބުރުއަރީ 2017

އެފްރިކަން ކަޕް އޮފް ނޭޝަންސް ކެމަރޫން އިން ކާމިޔާބުކޮށްފި

06 ފެބުރުއަރީ 2017
އެފްރިކަން ކަޕް އޮފް ނޭޝަންސް ކެމަރޫން އިން ކާމިޔާބުކޮށްފި
03 ފެބުރުއަރީ 2017

ގާނާ ބަލިކޮށް އެފްރިކަން ކަޕްގެ ފައިނަލަށް ކެމަރޫން

03 ފެބުރުއަރީ 2017
ގާނާ ބަލިކޮށް އެފްރިކަން ކަޕްގެ ފައިނަލަށް ކެމަރޫން
31 ޖެނުއަރީ 2017

ޝައިޚް ކަމާލް ކަޕްގައި ބަންގްލަދޭޝްގެ ޗެމްޕިއަންއާއެކު ވަރުގަދަ ކްލަބުތަކެއް

31 ޖެނުއަރީ 2017
ޝައިޚް ކަމާލް ކަޕްގައި ބަންގްލަދޭޝްގެ ޗެމްޕިއަންއާއެކު ވަރުގަދަ ކްލަބުތަކެއް
26 ޖެނުއަރީ 2017

ވުމެންސް ވޮލީބޯލް ވޯލްޑް ޗެމްޕިއަންޝިޕް: ނޭޕާލް ޓީމު ރާއްޖެ އަތުވެއްޖެ

26 ޖެނުއަރީ 2017
ވުމެންސް ވޮލީބޯލް ވޯލްޑް ޗެމްޕިއަންޝިޕް: ނޭޕާލް ޓީމު ރާއްޖެ އަތުވެއްޖެ
18 ޖެނުއަރީ 2017

މޮލްޑޯވާ އިން ވޯލްޑްކަޕަށް ތައްޔާރުވަމުން އަންނަ ގަތަރު ހިފަހައްޓައިފި

18 ޖެނުއަރީ 2017
މޮލްޑޯވާ އިން ވޯލްޑްކަޕަށް ތައްޔާރުވަމުން އަންނަ ގަތަރު ހިފަހައްޓައިފި
18 ޖެނުއަރީ 2017

ކެރިއަރުގައި ލިބުނު އެންމެ ބޮޑު ކާމިޔާބަކީ އެފްއޭ ކަޕް ޔުނައިޓެޑާއެކު ކާމިޔާބުކުރުން: ވެންހާލް

18 ޖެނުއަރީ 2017
ކެރިއަރުގައި ލިބުނު އެންމެ ބޮޑު ކާމިޔާބަކީ އެފްއޭ ކަޕް ޔުނައިޓެޑާއެކު ކާމިޔާބުކުރުން: ވެންހާލް
10 ޖެނުއަރީ 2017

ވޯލްޑް ކަޕުން އޭޝިޔާ އަށް އިތުރު ޖާގަތަކެއް ދީފި

10 ޖެނުއަރީ 2017
ވޯލްޑް ކަޕުން އޭޝިޔާ އަށް އިތުރު ޖާގަތަކެއް ދީފި
08 ޖެނުއަރީ 2017

އެފްއޭކަޕް: ފަހުވަގުތު ޖިރޫޑް ކާމިޔާބުކުރި ލަނޑުން އަނެއްކާވެސް އާސެނަލް ސަލާމަތްވެއްޖެ

08 ޖެނުއަރީ 2017
އެފްއޭކަޕް: ފަހުވަގުތު ޖިރޫޑް ކާމިޔާބުކުރި ލަނޑުން އަނެއްކާވެސް އާސެނަލް ސަލާމަތްވެއްޖެ
08 ޖެނުއަރީ 2017

އެފްއޭކަޕް: ރަޝްފަޑްގެ ދެ ލަނޑުން ރެޑިން ބަލިކޮށް ޔުނައިޓެޑް ހަތަރުވަނަ ބުރަށް

08 ޖެނުއަރީ 2017
އެފްއޭކަޕް: ރަޝްފަޑްގެ ދެ ލަނޑުން ރެޑިން ބަލިކޮށް ޔުނައިޓެޑް ހަތަރުވަނަ ބުރަށް
06 ޖެނުއަރީ 2017

އެކި ފަންތީގެ ގައުމީ ޓީމުތައް ގެނެސްގެން އަންނަ އަހަރު ޕޮމިޕިސް ކަޕް ބާއްވަނީ!

06 ޖެނުއަރީ 2017
އެކި ފަންތީގެ ގައުމީ ޓީމުތައް ގެނެސްގެން އަންނަ އަހަރު ޕޮމިޕިސް ކަޕް ބާއްވަނީ!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު