Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެކްރޮސް ސަބްސިޑީ އަށް ބިން ދޫކުރުން

ކްރޮސް ސަބްސިޑީގެ ގޮތުގައި ބިން ދޫކުރުމުގައި ދައުލަތަށް ދައްކަންޖެހޭ އަގު ކުޑަކޮށްފި

23 ޑިސެމްބަރު 2022 | ހުކުރު 03:38

އިސްލާހުގައި ވާގޮތުން ދައުލަތަށް ދައްކަންްޖެހެނީ މަދުވެގެން 1 މިލިއަން ޑޮލަރު

ތޯހިރާ އަޒްހާރް
ތޯހިރާ އަޒްހާރް | 23 ޑިސެމްބަރު 2022 | ހުކުރު 03:38
ނަކައި އަލިމަތަ ރިސޯޓް

ނަކައި އަލިމަތަ ރިސޯޓް

ސަރުކާރުން ކަނޑައަޅާ މުހިންމު މަޝްރޫޢެއް ހަވާލުކުރެވޭ ފަރާތަކަށް ކްރޮސް ސަބްސިޑީގެ ގޮތުގައި، ފަތުރުވެރިކަމުގެ ބޭނުމަށް ރަށެއް، ބިމެއް ނުވަތަ ފަޅެއް ދޫކުރުމުގައި، އެ މަޝްރޫއަށް ކަނޑައަޅާފައިވާ ޖުމްލަ ފައިސާ މަސައްކަތާ ހަވާލުވާ ފަރާތުން އެއްފަހަރާ ދައްކަން ނުޖެހޭގޮތަށް ގަވާއިދަށް އިސްލާހު ގެނެސްފިއެވެ.

މި ގަވާއިދުގައި ވާގޮތުން މަޝްރޫއަކަށް ބިން، ފަޅު ނުވަތަ ރަށެއް ކުއްޔަށް ހިފޭނީ އެ ފަރާތަކުން އެ މަޝްރޫއަށް ޚަރަދުކުރަން ކަނޑައަޅާފައިވާ ޖުމްލަ ފައިސާ ދައުލަތަށް ދައްކާ ޚަލާސް ކުރުމުންނެވެ. އެހެންނަމަވެސް މިހާރު ދައުލަތުން ވަނީ މި މާއްދާ އިސްލާހުކޮށް މި ގާނޫނަށް 1 ވަނަ އިސްލާހު ގެނެސްފައެވެ.

Advertisement - newsAdvertisement

މި އިސްލާހުގައި ވާގޮތުން ރަށް ނުވަތަ ބިން ނުވަތަ ފަޅު ކުއްޔަށް ހިފުމަށް ހުށަހަޅައިފައިވާ ފަރާތުން މަޝްރޫއަށް ޚަރަދުކުރަން ކަނޑައަޅައިފައިވާ ފައިސާގެ ޖުމުލަ އަދަދުގެ ތެރެއިން މަދުވެގެން 1 މިލިޔަން ޑޮލަރު ދައުލަތަށް ދައްކާފައިވާނަމަ ކުލީގެ އެއްބަސްވުމުގައި ސޮއިކުރެވޭނެއެވެ. އަދި ކަނޑައެޅޭ މުއްދަތުގެ ތެރޭގައި މަޝްރޫއަށް ޚަރަދުކުރަން ކަނޑައަޅާފައިވާ ފައިސާގެ ޖުމްލަ އަދަދު ދައުލަތަށް ދައްކައި ޚަލާސް ނުކޮށްފިނަމަ އެތަނެއްގެ ކުލީގެ އެއްބަސްވުން ބާތިލްކުރެވޭނެއެވެ. އަދި މިކަން ކުލީގެ އެއްބަސްވުމުގައި ހިމެނޭނެ ކަމަށް އިސްލާހުގައިވެއެވެ.

ކުލީގެ އެއްބަސްވުން ބާޠިލުކުރާ ހާލަތުގައި، އެ ރަށް، ނުވަތަ އެ ފަޅު، ނުވަތަ އެ ބިން ކުއްޔަށް ހިފާ ފަރާތަށް ދައުލަތުން އެއްވެސް ބަދަލެއް ދޭން ނުޖެހޭނެކަމަށްވެސް އެއްބަސްވުމުގައި ހިމެނޭނެ ކަމަށް އިސްލާހުގައިވެއެވެ. އަދި ކުލީގެ އެއްބަސްވުން ބާޠިލުކުރާ ހާލަތުގައި، އެ ރަށް، ފަޅު، ނުވަތަ ބިން ކުއްޔަށް ހިފާ ފަރާތުން މަޝްރޫޢަށް ޚަރަދުކުރަން ކަނޑައަޅައިފައިވާ ފައިސާގެ ޖުމުލަ އަދަދުގެ ތެރެއިން، ކުލީގެ އެއްބަސްވުން ބާޠިލުކުރާ ދުވަހާ ހަމަޔަށް ދައްކައިފައިވާ އެއްވެސް ފައިސާއެއް އަނބުރާ ރައްދުނުކުރެވޭނެ ކަމަށްވެސް މި ގަވާއިދުގައި ބަޔާންކުރެއެވެ.

އެހެންކަމުން މިކަންކަމަށް މަޝްރޫއާ ހަވާލުވާ ފަރާތަކުން އެއްބަސްވާނަމަ ރަށް ނުވަތަ ބިން ނުވަތަ ފަޅު ކުއްޔަށް ހިފުމަށް ހުށަހަޅައިފައިވާ ފަރާތުން މަޝްރޫޢަށް ޚަރަދުކުރަން ކަނޑައަޅައިފައިވާ ފައިސާގެ ޖުމުލަ އަދަދު ދެއްކުމުގެ ކުރިން، މި އެއްބަސްވުމުގައި ސޮއިކުރެވޭނެގޮތަށް ވަނީ އިސްލާހު ކޮށްފައެވެ.

މި ގަވާއިދުގައި ވާގޮތުން ކްރޮސް ސަބްސިޑީ އުސޫލުން ރަށެއް ނުވަތަ ބިމެއް ނުވަތަ ފަޅެއް ކުއްޔަށް ދޫކުރާނެ މުހިންމު މަޝްރޫޢުތައް ރައީސުލްޖުމްހޫރިއްޔާގެ ޤަރާރަކުން ކަނޑައަޅައި، ދިވެހި ސަރުކާރުގެ ގެޒެޓުގައި ކޮންމެ އަހަރަކު ޝާއިޢު ކުރައްވާނެއެވެ.

މި ގަވާއިދުގައި ބުނާ ގޮތުން މަޝްރޫޢެއްގެ މުޤާބިލުގައި ކުއްޔަށް ދޫކުރަންވާނީ، ފަތުރުވެރިކަމުގެ ބޭނުމަށް ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅުއްވާ ޓޫރިޒަމާބެހޭ މިނިސްޓްރީން ޝާއިޢުކުރާ ލިސްޓެއްގައި ހިމެނޭ ރަށެއް، ނުވަތަ ބިމެއް، ނުވަތަ ފަޅެއް ކަމަށް މި ގަވާއިދުގެ 4 ވަނަ ނަންބަރުގައި ބުނެފައިވެއެވެ. އަދި މި މާއްދާގައި ބަޔާންކޮށްފައިވާ ލިސްޓުގައި ހިމެނޭ ތަންތަނުގެ ތެރެއިން މަޝްރޫޢު ހިންގާ ފަރާތުން ތަނެއް ޚިޔާރުކުރުމުން، އެ ރަށް ނުވަތަ ބިން ނުވަތަ ފަޅު ކުއްޔަށް ދިނުމަށް ނިންމަވާނީ ރައީސުލްޖުމްހޫރިއްޔާއެވެ. އަދި އެކުލަވާލާ ލިސްޓުގައިވާ ތަންތަނުގެ ތެރޭގައި ނުހިމެނޭ ތަނެއް ކްރޮސް ސަބްސިޑީގެ ގޮތުގައި ހޯދުމަށް މަޝްރޫޢު ހިންގާ ފަރާތުން ހުށަހަޅައިފިނަމަ، އެ ހުށަހެޅުން ބަލައިގަނެ، ލިސްޓަށް އުނިއިތުރު ގެނައުމުގެ އިޚްތިޔާރު ޓޫރިޒަމާބެހޭ މިނިސްޓްރީއަށް ލިބިގެންވާ ކަމަށް ބުނެފައިވެއެވެ.

އެންމެ ހިނގާ

1

އީރާނުގެ ޕައިލެޓުން ޖީޕީއެސް ނެތި އެމެރިކާގެ މަރުކަޒުތަކަށް ބޮން އެޅި

2

ޚާމަނާއީއާ މުއާމަލާތް ކުރުން "ވަރަށް އުނދަގޫ" - ރައީސް ޕެޒެޝްކިއަން

3

ތުރުކީގެ އަޝްޓާޝް އިން 300 މިލިއަން ޑޮލަރުގެ ލަގްޒަރީ ރިސޯޓެއް ރާއްޖޭގައި ތަރައްގީކުރަނީ

4

ސްޕޭސްއެކްސްގެ ރޮކެޓަކުން ވަކިވި ހަތަރު ޓަނުގެ ބޮޑު އެތިގަނޑެއް ހަނދުގައި ޖެހި ވަޅުގަނޑެއް ހެދިއްޖެ

5

އީރާން ބަލިވެފައިވާކަމަށް 106 ފަހަރު އަދި އެއްބަސްވުމަކަށް އާދެވިފައިވާ ކަމަށް 80 ފަހަރު ޓްރަމްޕް ވިދާޅުވެފައިވާތީ، އީރާންގެ ޤައުމީ ސަލާމަތާ ބެހޭ ކޮމެޓީގެ މެންބަރެއްގެ މަލާމާތް ޓްރަމްޕް އަށް!

އިތުރަށް ކިޔާލަން

12 ފެބުރުއަރީ 2017

ރައީސް ނަޝީދު ރާއްޖެ ވަޑައިގަންނަވާނީ މިނިވަނެއްގެ ގޮތުގައި: ޝިފާޒް

12 ފެބުރުއަރީ 2017
 ރައީސް ނަޝީދު ރާއްޖެ ވަޑައިގަންނަވާނީ މިނިވަނެއްގެ ގޮތުގައި: ޝިފާޒް
11 ފެބުރުއަރީ 2017

ފިލިޕީންސަށް ބާރުގަދަ ބިންހެލުމެއް އަތުވެއްޖެ

11 ފެބުރުއަރީ 2017
ފިލިޕީންސަށް ބާރުގަދަ ބިންހެލުމެއް އަތުވެއްޖެ
08 ފެބުރުއަރީ 2017

ފެބްރުއަރީ ކޯޓުތަކުގައި ހުޅުޖެހި ދުވަހުގެ ގޮތުގައި ފާހަގަ ކޮށްފި

08 ފެބުރުއަރީ 2017
ފެބްރުއަރީ  ކޯޓުތަކުގައި ހުޅުޖެހި ދުވަހުގެ ގޮތުގައި ފާހަގަ ކޮށްފި
30 ޖެނުއަރީ 2017

މި އަހަރުގެ ޝިއާރުގެ ގޮތުގައި އިޤްތިޞާދީ ފުދުންތެރިކަން – އިޖުތިމާޢީ ހަމަޖެހުން" ކަނޑައަޅުއްވައިފި

30 ޖެނުއަރީ 2017
މި އަހަރުގެ ޝިއާރުގެ ގޮތުގައި އިޤްތިޞާދީ ފުދުންތެރިކަން – އިޖުތިމާޢީ ހަމަޖެހުން" ކަނޑައަޅުއްވައިފި
24 ޖެނުއަރީ 2017

ޖަލަށްލިކަމުގައިވިޔަސް ފަހަތަކަށް ނުޖެހޭނެ، ނޫސްވެރިން ތިބީ އެކަތިގަނޑެއްގެ ގޮތުގައި: ރާއްޖެޓީވީ

24 ޖެނުއަރީ 2017
ޖަލަށްލިކަމުގައިވިޔަސް ފަހަތަކަށް ނުޖެހޭނެ، ނޫސްވެރިން ތިބީ އެކަތިގަނޑެއްގެ ގޮތުގައި: ރާއްޖެޓީވީ
22 ޖެނުއަރީ 2017

ބިން ހިއްކައިގެން ތަރައްގީކުރާ ތަންތަނުގައި ހިންގާ މަޝްރޫއުތަކަށް އީއައިއޭ ހަދަން ނުޖެހޭގޮތަށް ކަނޑައަޅައިފި

22 ޖެނުއަރީ 2017
ބިން ހިއްކައިގެން ތަރައްގީކުރާ ތަންތަނުގައި ހިންގާ މަޝްރޫއުތަކަށް އީއައިއޭ ހަދަން ނުޖެހޭގޮތަށް ކަނޑައަޅައިފި
22 ޖެނުއަރީ 2017

ސްކޫލުތަކަށް އީވް ގާމަންޓުން 240 ޑަސްބިން ހަދިޔާކޮށްފި

22 ޖެނުއަރީ 2017
ސްކޫލުތަކަށް އީވް ގާމަންޓުން 240 ޑަސްބިން ހަދިޔާކޮށްފި
14 ޖެނުއަރީ 2017

އިންޑޮނީޝިޔާއަށް 5.6 ގެ ބާރުމިނުގެ ބިންހެލުމެއް އަތުވެއްޖެ

14 ޖެނުއަރީ 2017
އިންޑޮނީޝިޔާއަށް 5.6 ގެ ބާރުމިނުގެ ބިންހެލުމެއް އަތުވެއްޖެ
10 ޖެނުއަރީ 2017

ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ފޭދޫ ފިނޮޅު ކަނޑައަޅައި ދިނުމަށް ރައީސް މައުމޫން އަނެއްކާ ވެސް ގޮވާލައްވައިފި

10 ޖެނުއަރީ 2017
ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ފޭދޫ ފިނޮޅު ކަނޑައަޅައި ދިނުމަށް ރައީސް މައުމޫން އަނެއްކާ ވެސް ގޮވާލައްވައިފި
07 ޖެނުއަރީ 2017

މި ސަރުކާރަށް ތާއީދެއް ނުކުރަން، އެގޮތުގައި ސާބިތު ކަމާއި އެކު ދެމިހުންނާނަން: މައުމޫން

07 ޖެނުއަރީ 2017
މި ސަރުކާރަށް ތާއީދެއް ނުކުރަން، އެގޮތުގައި ސާބިތު ކަމާއި އެކު ދެމިހުންނާނަން: މައުމޫން
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް