ގުރައެއް ވަގަށް ނަގާފައިވާ މައްސަލައެއްގައި މީހަކު ހޯދަނީ
23 ޑިސެމްބަރު 2022 | ހުކުރު 02:14ފޮޓޯއިން ފެންނަ މީހުންނާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާނަމަ މާފަންނު ޕޮލިސް ސްޓޭޝަންގެ ނަންބަރު 9660183 އަށް ގުޅާ ހިއްސާކުރުމަށް ފުލުހުން އެދޭ


ގުރާ ވަގަށް ނެގި މީހާ
ޖަވާހިރު ހިނގުމުން 3500 ރުފިޔާގެ އަގުހުރި ގުރައެއް ވަގަށް ނަގާފައިވާ މައްސަލައަކާ ގުޅިގެން އެކަމުގައި ޝާމިލުވާ މީހާ ހޯދުމަށް އާންމުންގެ އެހީތެރިކަމަށް ފުލުހުން އެދެފިއެވެ.
މާފަންނު ޕޮލިސް ސްޓޭޝަނުން ކުރަމުންދާ ތަހުގީގަށް ހޯދަން ބޭނުންވެ، ފުލުހުން މިހާތަނަށް ކުރި މަސައްކަތުން އެއީ ކާކުކަން ދެނެގަނެވިފައި ނުވާކަމަށް ފުލުހުން ބުނެއެވެ. އެމީހާގެ ފޮޓޯ އާންމުކުރަމުން ފުލުހުން ބުނީ މިހާދިސާ ހިނގާފައިވަނީ އޮގަސްޓް 8 ވަނަ ދުވަހުގެ ވަގުތެއްގައި މާފަންނު ބިސްބުރު ކައިރީގައި ކަމަށެވެ.
ފޮޓޯއިން ފެންނަ މީހުންނާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާނަމަ މާފަންނު ޕޮލިސް ސްޓޭޝަންގެ ނަންބަރު 9660183 އަށް ގުޅާ ހިއްސާކުރުމަށް ފުލުހުން އެދެއެވެ.







