Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
އެމެރިކާއިން ޔޫކްރެއިނަށް އިތުރު އަސްކަރީ އެހީ

އެމެރިކާއިން ޔޫކްރެއިނާއެކު ދެމިއޮންނާނެކަމަށް ވައުދުވެ، 1.85 ބިލިއަން ޑޮލަރުގެ އަސްކަރީ އެހީ

އެމެރިކާއިން މިވަނީ މިހާތަނަށް 21.2 ބިލިއަން އެމެރިކާ ޑޮލަރުގެ އަސްކަރީ އެހީ ޔޫކްރެއިނަށް ފޯރުކޮށްދީފައި

ފާތިމަތު އުދުމާ
ފާތިމަތު އުދުމާ, ރާއްޖެ އެމްވީ | 22 ޑިސެމްބަރު 2022 | ބުރާސްފަތި 13:51
ޔޫކްރެއިންގެ ރައީސް ޒެލެންސްކީއާއި އެމެރިކާގެ ރައީސް ބައިޑަން

ޔޫކްރެއިންގެ ރައީސް ޒެލެންސްކީއާއި އެމެރިކާގެ ރައީސް ބައިޑަން

މިހާރު ކުރިއަށްދާ ޔޫކްރެއިން-ރަޝިއާ ހަނގުރާމާގައި އެމެރިކާއިން ޔޫކްރެއިނާއެކު ދެމިއޮންނާނެ ކަމަށް ބުނެ، އެގައުމަށް އިތުރު 1.85 ބިލިއަން އެމެރިކާ ޑޮލަރުގެ އަސްކަރީ އެހީދޭން އެމެރިކާއިން ނިންމައިފިއެވެ.

ޔޫކްރެއިންގެ ރައީސް ވޮލިޑިމީރް ޒެލެންސްކީ އެމެރިކާއަށް ކުރެއްވި ދަތުރުފުޅުގައި ބުދަ ދުވަހު ވަނީ އެމެރިކާގެ ރައީސް ޖޯ ބައިޑަންއާ ބައްދަލުރައްވާފައެވެ. މި ބައްދަލުވުމުގެ ތެރޭގައި ބައިޑަން ވަނީ އެމެރިކާއިން ޔޫކްރެއިނާއެކު ދެމިއޮންނާނެ ކަމުގެ ޔަގީންކަން ދެއްވާފައެވެ.

ޒެލެންސްކީގެ މިދަތުރުފުޅަކީ ޔޫކްރެއިން-ރަޝިއާ ހަނގުރާމަ ފެށުނުފަހުން ގައުމުން ބޭރަށް އެމަނިކުފާނު ކުރެއްވި ފުރަތަމަ ދަތުރުފުޅެވެ.

ބުދަ ދުވަހު، އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް އެންތަނީ ބްލިންކެން ވަނީ އެގައުމުން ޔޫކްރެއިނަށް އިތުރު 1.85 ބިލިއަން އެމެރިކާ ޑޮލަރުގެ އަސްކަރީ އެހީދޭން ނިންމާފައިވާކަން އިއުލާނުކުރައްވާފައެވެ. މި އެހީގެތެރޭގައި ރަޝިއާގެ މިސައިލް ހަމަލާތަކުން ދިފާއުވުމަށް ޔޫކްރެއިނަށް ޕެޓްރިއޮޓް އެއަރ ޑިފެންސް ސިސްޓަމްވެސް ފޯރުކޮށްދޭނެ ކަމަށް ބްލިންކެން ވިދާޅުވިއެވެ.

މިފަހުން ރަޝިއާއިން ވަނީ ޔޫކްރެއިންގެ އުމްރާނީ ބިނާތަކަށް އަމާޒުކޮށް ވަރުގަދަ ގިނަ މިސައިލް ހަމަލާތަކެއް ދީފައެވެ. މީގެ ސަބަބުން އެގައުމުގެ ކަރަންޓާއި ފެނާއި ނަރުދަމާގެ ނިޒާމުތަކަށް ވަރަށް ބޮޑެތި ގެއްލުންތަކެއް ވަނީ ލިބިފައެވެ.

ޕެޓްރިއޮޓް އެއަރ ޑިފެންސް ސިސްޓަމަކީ އެމެރިކާގެ އެއަރ ޑިފެންސް ސިސްޓަމްތަކުގެ ތެރެއިން އެންމެ ފާހަގަކޮށްލެވޭ އެއް ސިސްޓަމެވެ. އެންމެ ފަހުގެ މި ސިސްޓަމަކީ ކްރޫޒް މިސައިލާ ބެލިސްޓިކް މިސައިލްގެ ހަމަލާތަކުން ދިފާއުވުމަށް ބޭނުންކުރެވޭނެ އެއަރ ޑިފެންސް ސިސްޓަމެކެވެ.

އެމެރިކާގެ މިނިންމުމާ ގުޅިގެން ވާހަކަދައްކަވަމުން ޒެލެންސްކީ ވިދާޅުވީ، އެމެރިކާއިން ޔޫކްރެއިނަށް ޕެޓްރިއޮޓް އެއަރ ޑިފެންސް ސިސްޓަމް ފޯރުކޮށްދޭން ނިންމުމަކީ އެގައުމުގެ ވައިގެ ދިފާއީ ބާރު ވަރުގަދަ ކުރުމަށް އެޅުނު މުހިންމު ފިޔަވަޅެއް ކަމަށެވެ. މިއީ މިވަގުތު ރަޝިއާއިން އެގައުމަށް ދެމުންދާ ހަމަލާތަކުން ދިފާއުވެވެން އޮތް ހަމައެކަނި ގޮތް ކަމަށްވެސް ޒެލެންސްކީ ވަނީ ސިފަކުރައްވާފައެވެ.

ފެބްރުއަރީ 24 ވަނަ ދުވަހު ޔޫކްރެއިން-ރަޝިއާ ހަނގުރާމަ ފެށުނު ފަހުން އެމެރިކާއިން މިވަނީ މިހާތަނަށް 21.2 ބިލިއަން އެމެރިކާ ޑޮލަރުގެ އަސްކަރީ އެހީ ޔޫކްރެއިނަށް ފޯރުކޮށްދީފައެވެ.

އެމެރިކާޔުކްރެއިންޔޫކްރެއިންގެ ރައީސް ވޮލްޑީމިއަރ ޒެލެންސްކީޖޯ ބައިޑަންރަޝިޔާ-ޔޫކްރެއިން ހަނގުރާމަ

ކޮމެންޓް

އިތުރަށް ކިޔާލަން

ފިލައިގެން އުޅޭ ރަޝިޔާ ގެ މަހުޖަނު މޯޑަޝޮވް ގެ 500 މިލިއަން ޑޮލަރުގެ މެގަޔޮޓު ދޫނިދޫ ކައިރީގައި ބަނދަރު ކޮށްފައި އޮއްވާ ފެނިއްޖެ

ފިލައިގެން އުޅޭ ރަޝިޔާ ގެ މަހުޖަނު މޯޑަޝޮވް ގެ 500 މިލިއަން ޑޮލަރުގެ މެގަޔޮޓު ދޫނިދޫ ކައިރީގައި ބަނދަރު ކޮށްފައި އޮއްވާ ފެނިއްޖެ

11 ޑިސެމްބަރު 2025
މެކްރޮން، ސްޓާމާ އަދި މާޒް، ޔުކްރެއިންގެ މައްސަލައާ ގުޅޭ ގޮތުން ޓްރަމްޕްއާ މަޝްވަރާ ކުރައްވައިފި

މެކްރޮން، ސްޓާމާ އަދި މާޒް، ޔުކްރެއިންގެ މައްސަލައާ ގުޅޭ ގޮތުން ޓްރަމްޕްއާ މަޝްވަރާ ކުރައްވައިފި

11 ޑިސެމްބަރު 2025
އިސްލާޙު ކޮށްފައިވާ ސުލްޙައިގެ ޕްލޭން، އެމެރިކާއާ ހިއްސާ ކުރާނެ ކަމަށް ޒެެލެންސްކީ ވިދާޅުވެއްޖެ

އިސްލާޙު ކޮށްފައިވާ ސުލްޙައިގެ ޕްލޭން، އެމެރިކާއާ ހިއްސާ ކުރާނެ ކަމަށް ޒެެލެންސްކީ ވިދާޅުވެއްޖެ

09 ޑިސެމްބަރު 2025
އެމެރިކާގެ ހުށަހެޅުން ޒެލެންސްކީ ވިދާޅުވެފައި ނެތުމުން، ޓްރަމްޕް ހިތްހަމަ ނުޖެހިއްޖެ

އެމެރިކާގެ ހުށަހެޅުން ޒެލެންސްކީ ވިދާޅުވެފައި ނެތުމުން، ޓްރަމްޕް ހިތްހަމަ ނުޖެހިއްޖެ

09 ޑިސެމްބަރު 2025
ހޯމަ ދުވަހު މެކްރޮން އާއި، ޒެލެންސްކީ، ސްޓާމާ އަދި މާޒް ލަންޑަންގައި ބައްދަލު ކުރައްވަނީ

ހޯމަ ދުވަހު މެކްރޮން އާއި، ޒެލެންސްކީ، ސްޓާމާ އަދި މާޒް ލަންޑަންގައި ބައްދަލު ކުރައްވަނީ

07 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

18 ޖޫން
އިސްރާއީލަށް އީރާނުގެ ވަރުގަދަ ހަމަލާއެއް- އެތައް ބަޔަކު މަރުވެ އިމާރާތްތަކަށް ބޮޑެތި ގެއްލުން ތަކެއް
20251 އަހަރު ކުރިން
ދުނިޔެ

އިސްރާއީލަށް އީރާނުގެ ވަރުގަދަ ހަމަލާއެއް- އެތައް ބަޔަކު މަރުވެ އިމާރާތްތަކަށް ބޮޑެތި ގެއްލުން ތަކެއް

ސުމުއްވުލްއަމީރް އަބްދުލްހަންނާން ހަލީމް ދޮށިމޭނާކިލެގެފާނު އަވަހާރަވެއްޖެ
20242 އަހަރު ކުރިން
ރާއްޖެ

ސުމުއްވުލްއަމީރް އަބްދުލްހަންނާން ހަލީމް ދޮށިމޭނާކިލެގެފާނު އަވަހާރަވެއްޖެ

ސުމަކުން ފަށައިގެން ތުޅާދޫގައި 3 ކޮޓަރީގެ 100 ހައުސިންގ ޔުނިޓް ނިމުމަކަށް!
20233 އަހަރު ކުރިން
ރިޕޯޓު

ސުމަކުން ފަށައިގެން ތުޅާދޫގައި 3 ކޮޓަރީގެ 100 ހައުސިންގ ޔުނިޓް ނިމުމަކަށް!

ކުޑަކުދިންނަށް ޖަހާ ކޮވިޑް ވެކްސިނާ ބެހޭ ގޮތުން އެނގެނީ ކިހާ ވަރަކަށް؟
20224 އަހަރު ކުރިން
ރިޕޯޓު

ކުޑަކުދިންނަށް ޖަހާ ކޮވިޑް ވެކްސިނާ ބެހޭ ގޮތުން އެނގެނީ ކިހާ ވަރަކަށް؟

އަސްރާގެ ނަމުގައި ޕީޖީ އޮފީހަށް ސިޓީ ދިޔައީ އީސަގެ ވަކީލުންގެ ފަރާތުން: ޕީޖީ
20215 އަހަރު ކުރިން
ރާއްޖެ

އަސްރާގެ ނަމުގައި ޕީޖީ އޮފީހަށް ސިޓީ ދިޔައީ އީސަގެ ވަކީލުންގެ ފަރާތުން: ޕީޖީ

އެމްއެޗް 370: އޮކްސިޖަން ނުދީ ފަސިންޖަރުން މަރާލުމަށް ފަހު ޕައިލެޓުު ފްލައިޓް ވައްޓާލީ
20197 އަހަރު ކުރިން
ރާއްޖެ

އެމްއެޗް 370: އޮކްސިޖަން ނުދީ ފަސިންޖަރުން މަރާލުމަށް ފަހު ޕައިލެޓުު ފްލައިޓް ވައްޓާލީ

ބަޖެޓެއް ނުލިބޭ، އިންތިހާބެއް ނޯންނާނެ!
20188 އަހަރު ކުރިން
ރިޕޯޓު

ބަޖެޓެއް ނުލިބޭ، އިންތިހާބެއް ނޯންނާނެ!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު