ރާއްޖެ
ރާއްޖޭގެ މޫސުން
ބޯކޮށް ވާރޭވެހޭނެކަމަށް ލަފާކޮށް ވ އަތޮޅުން ފެށިގެން ލ އަތޮޅަށް ވައިޓް އެލާޓް
އެސަރަހައްދަށް ބޯކޮށް ވާރޭވެހުމާއެކު ގުގުރާނެކަމަށް ލަފާކުރެވޭ

އާއިޝަތު ޝިއުރާ, ރާއްޖެ އެމްވީ | 22 ޑިސެމްބަރު 2022 | ބުރާސްފަތި 01:50

މޫސުން - މާލެއަށް ބޯކޮށް ވާރޭވެހެނީ
ބޯކޮށް ވާރޭވެހޭނެކަމަށް ލަފާކޮށް ވ އަތޮޅުން ފެށިގެން ލ އަތޮޅަށް ވައިޓް އެލާޓް ނެރެފިއެވެ.
މޫސުމާއި ބެހޭ ގައުމީ އިދާރާއިން ބުނީ ބުދަ ދުވަހުގެ ރޭ މެންދަމު 2ން ފެށިގެން ބުރާސްފަތި ދުވަހުގެ ހެނދުނު 7 ޖެހުމާ ހަމައަށް އެސަރަހައްދަށް ވައިޓް އެލާޓް ނެރޭކަމުގައެވެ. މިވަގުތުތަކުގައި އެސަރަހައްދަށް ބޯކޮށް ވާރޭވެހުމާއެކު ގުގުރާނެކަމަށް ލަފާކުރެވޭކަމަށް މެޓް އޮފީހުން ބުނެއެވެ.








