Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެޗައިނާގައި ކޮވިޑް އިތުރުވުން

ޗައިނާގައި ކޮވިޑް އިތުރުވުމަކީ މުޅި ދުނިޔެ ކަންބޮޑުވާ ކަމެއް: އެމެރިކާ

21 ޑިސެމްބަރު 2022 | ބުދަ 11:30

ކޮވިޑް-19އާ ދެކޮޅަށް ޗައިނާއިން ބާރުލައިގެން މަސައްކަތް ކުރުމަކީ މުޅި ދުނިޔެއަށްވެސް އެކަމުގައި ހެޔޮ ގޮތް އޮތް ކަމެއް

ޢާއިޝާ ރީމާ ވަޙީދު
ޢާއިޝާ ރީމާ ވަޙީދު | 21 ޑިސެމްބަރު 2022 | ބުދަ 11:30
ޗައިނާގައި ކޮވިޑް އިތުރުވުމަކީ މުޅި ދުނިޔެ ކަންބޮޑުވާ ކަމެއްގެ ގޮތުގައި އެމެރިކާއިން ދެކޭ

ޗައިނާގައި ކޮވިޑް އިތުރުވުމަކީ މުޅި ދުނިޔެ ކަންބޮޑުވާ ކަމެއްގެ ގޮތުގައި އެމެރިކާއިން ދެކޭ

ޗައިނާގައި މިވަގުތު ހަލުވިކަމާއެކު ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19) ފެތުރި، ގިނަ ބައެއްގެ ފުރާނައަށް ނުރައްކާ ވަމުން ދާ ދިއުމަކީ މުޅި ދުނިޔެއަށްވެސް އޮތް ކަންބޮޑުވުމެއް ކަމަށް އެމެރިކާއިން ބުނެފިއެވެ.

ހޯމަ ދުވަހު އޮތް ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން އެމެރިކާގެ ހާރިޖީ ވުޒާރާގެ ތަރުޖަމާނު، ނެޑް ޕްރައިޒް ވިދާޅުވީ، ޗައިނާގައި މި ދުވަސްވަރު އަނެއްކާވެސް ބާރު ދުވެލީގައި ކޮވިޑް-19 ފެތުރެމުންދާ ދިއުމަށް އެ ޤައުމުން ރިޢާޔަތްކޮށް ފިޔަވަޅުތަކެއް އަޅާނެ ކަމަށް އެމެރިކާއިން ޢުއްމީދު ކުރާ ކަމަށެވެ. އެހެނީ، ކޮވިޑް-19ގެ ސަބަބުން ޗައިނާއަށް ފޯރަމުންދާ އަސަރުތަކަކީ މުޅި ދުނިޔެއަށްވެސް އޮތް ކަންބޮޑުވުމެއް ކަމަށާ، އެއީ، ޗައިނާގެ އިޤްތިޞާދުގެ ސައިޒާ ހެދި ކަމަށްވެސް ޕްރައިޒް ވަނީ ފާހަގަ ކުރައްވާފައެވެ.

ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ކުރިއަށް ގެންދަވަމުން ޕްރައިޒް ވިދާޅުވީ، ކޮވިޑް-19އާ ދެކޮޅަށް ޗައިނާއިން ބާރުލައިގެން މަސައްކަތް ކުރުމަކީ މުޅި ދުނިޔެއަށްވެސް އެކަމުގައި ހެޔޮ ގޮތް އޮތް ކަމެއް ކަމަށެވެ.

ކޮވިޑް-19 ޖެހިގެން މަރުގެ ކޭސްތަކެއް ރިޕޯޓް ނުކުރާތާ ދުވަސްތަކަކަށް ފަހު ޗައިނާއިން އެފަދަ ރިޕޯޓްތަކެއް ކުރަން ފެށީ ހޯމަ ދުވަހުއެވެ. ނަމަވެސް، ޗައިނާއިން އާންމު ކުރަމުންދާ ރަސްމީ ތަފާސް ހިސާބުތަކަކީ އެ ޤައުމުގައި ބަލިމަޑުކަން ފެތުރިފައި ވާ ޙަޤީޤީ ނިސްބަތް ކަމާ މެދު ގިނަ ބަޔަކު ދަނީ ސުވާލު އުފައްދަމުންނެވެ.

ކޮވިޑް-19 ކޮންޓްރޯލް ކުރުމަށް ޗައިނާގައި ތަންފީޒު ކުރަމުން ދިޔަ ހަރުކަށި ފިޔަވަޅުތަކަށް ލުއި ދިނުމަށް ގޮވާލާ، އެ ޤައުމުގެ ސަރުކާރާ ދެކޮޅަށް ކުރިއަށް ގެންދިޔަ ވަރުގަދަ މުޒާހަރާތަކާ ގުޅިގެން ޗައިނާ ސަރުކާރުން ވަނީ، އެ ފިޔަވަޅުތަކަށް ހިސާބެއްގެ ލުއި ތަކެއް ދޭން ފަށާފައެވެ. ލުއި ދޭން ފެށުމާ އެކުގައި ހެން، ޗައިނާގައި ބަލިމަޑުކަން ފެތުރެމުން ދާ މިންވަރު، ފަތުއަޑުކިއާފައި އިތުރު ވާން ވަނީ ފަށާފައެވެ.

ކޮވިޑް-19ގެ ކޭސްތައް އެންމެ ފުރަތަމަ ރިޕޯޓް ކުރަން ފެށީ، 2019 ވަނަ އަހަރުގެ ފަހުކޮޅު، ޗައިނާއިން ކަމުގައި ވީ ނަމަވެސް، ފާއިތުވީ 3 އަހަރެއްހާ ދުވަހު އެ ޤައުމުން ވަނީ ބަލި ކޮންޓްރޯލް ކުރުމުގައި ކާމިޔާބީ ތަކެއް ހޯދާފައެވެ. ނަމަވެސް، އެކި ފަރާތްތަކުން ކުރިމަތި ކުރަމުން ދިޔަ ފިއްތުންތަކާއެކު، ޗައިނާއިން ހިސާބަކަށް ދޫދޭން ފަށާފައި ވާ އިރު، ބަލީގެ ނުރައްކާ އަނެއްކާވެސް މި ވަނީ ކަންބޮޑުވާ ދަރަޖައަކަށް އިތުރު ވެފައެވެ.

ޗައިނާގައި ރެކޯޑް މިންވަރަކަށް ކޮވިޑް ފެތުރި، ސިނާޢީ މަސައްކަތްތެރި ކަމަށް އެ ކަމުގެ އަސަރު ފޯރާ ހިސާބުން ބައިނަލްއަޤުވާމީ ފެންވަރުގައި އެކަމުގެ އަސަރު އެންމެ ބޮޑަށް ފޯރަނީ ދުނިޔޭގެ އިޤްތިޞާދަށެވެ.

ޗައިނާކޮވިޑް-19އެމެރިކާ

އެންމެ ހިނގާ

1

އާރްޑީސީން މަގު ކޮނުމުގެ ތެރޭގައި ފާރެއް ވެއްޓި އުމުރުން ދުވަސްވީ މީހަކު "ވަޅުލެވިއްޖެ"

2

ޓްރަމްޕް ފަދަ ރައީސްއަކާ އީރާން އަށް ކުރިމަތިލާާން ޖެހިފައި ނުވޭ، އީރާންގެ ވެރިކަން ބަދަލުވާން ޖެހޭ: ރޫބިއޯ

3

ޚާމަނާއީ އަވަހާރަކޮށްލި ހާދިސާއަށްފަހު ފުރަތަމަ ހިނގި ކަންތައްތަކުގެ ތަފުސީލު ޣާލީބާފް ހާމަކުރައްވައިފި

4

އިދިކޮޅުން ދޭ އިންޒާރުތަކަކީ ހަގީގީ ނުރައްކަލުގެ ގޮތުގައި ބަލާނަން: އީރާންގެ ވަގުތީ ޑިފެންސް މިނިސްޓަރު

5

އީރާނުގެ ހަމަލާތަކުން އިސްރާއީލު ދިފާއުކުރެވޭނެ ގާބިލުކަމެއް އެމެރިކާ އަކު ނެތް ކަމަށް އެމެރިކާގެ އިސް ކޮމާންޑަރަކު ވިދާޅުވެއްޖެ

އިތުރަށް ކިޔާލަން

13 ޑިސެމްބަރު 2025

އެޕްސްޓީން އާއި ރައީސް ޓްރަމްޕް ގެ ގާތް ގުޅުން ހާމަވާ އިތުރު ފޮޓޯ ތަކެއް ރިލީޒްކޮށްފި

13 ޑިސެމްބަރު 2025
އެޕްސްޓީން އާއި ރައީސް ޓްރަމްޕް ގެ ގާތް ގުޅުން ހާމަވާ އިތުރު ފޮޓޯ ތަކެއް ރިލީޒްކޮށްފި
11 ޑިސެމްބަރު 2025

ޓްރަމްޕްގެ ގޯލްޑް ކާޑު ހޯދަން އެއް މިލިއަން ޑޮލަރު ބޭނުންވޭ

11 ޑިސެމްބަރު 2025
ޓްރަމްޕްގެ ގޯލްޑް ކާޑު ހޯދަން އެއް މިލިއަން ޑޮލަރު ބޭނުންވޭ
07 ޑިސެމްބަރު 2025

އެމެރިކާގެ ނަން ނުބައިކޮށް ވިދާޅުވެވި، ބައިޑަން އަށް ބޮޑު ލަދުވެތި ކަމެއް

07 ޑިސެމްބަރު 2025
އެމެރިކާގެ ނަން ނުބައިކޮށް ވިދާޅުވެވި، ބައިޑަން އަށް ބޮޑު ލަދުވެތި ކަމެއް
03 ޑިސެމްބަރު 2025

އެމެރިކާ އަށް އެތެރެވުން މަނާ ގައުމުތަކުގެ ލިސްޓުގައި އިތުރު ގައުމުތައް ހިމަނަނީ

03 ޑިސެމްބަރު 2025
އެމެރިކާ އަށް އެތެރެވުން މަނާ ގައުމުތަކުގެ ލިސްޓުގައި އިތުރު ގައުމުތައް ހިމަނަނީ
03 ޑިސެމްބަރު 2025

ހޮންޑޫރަސްގެ ކުރީގެ ރައީސް ހާރނެންޑޭޒް އަށް އެމެރިކާގެ ރައީސް މައާފު ދެއްވާ ޖަލުން ދޫކޮށްލައިފި

03 ޑިސެމްބަރު 2025
ހޮންޑޫރަސްގެ ކުރީގެ ރައީސް ހާރނެންޑޭޒް އަށް އެމެރިކާގެ ރައީސް މައާފު ދެއްވާ ޖަލުން ދޫކޮށްލައިފި
28 ނޮވެމްބަރު 2025

ތިން ވަނަ ދުނިޔޭގެ ޤައުމު ތަކުގެ މީހުން އެމެރިކާ އަށް ވަނުން ދާއިމީ ގޮތެއްގައި ހުއްޓުވަން ޓްރަމްޕް ނިންމަވައިފި

28 ނޮވެމްބަރު 2025
ތިން ވަނަ ދުނިޔޭގެ ޤައުމު ތަކުގެ މީހުން އެމެރިކާ އަށް ވަނުން ދާއިމީ ގޮތެއްގައި ހުއްޓުވަން ޓްރަމްޕް ނިންމަވައިފި
24 ނޮވެމްބަރު 2025

ވިލިމާލެ ހޮސްޕިޓަލާއި ގުޅޭގޮތުން ސަރުކާރުން އެކި ފަހަރު އެކި ތާރީހު

24 ނޮވެމްބަރު 2025
ވިލިމާލެ ހޮސްޕިޓަލާއި ގުޅޭގޮތުން ސަރުކާރުން އެކި ފަހަރު އެކި ތާރީހު
19 ނޮވެމްބަރު 2025

ކޮވިޑް-19ގެ ތެރޭގައި ބަލި ފެތުރުނު ނަމަވެސް މުޒާހަރާ ކުރާނަމޭ ބުނެ، މަގު މައްޗަށް ނުކުތީ މި ސަރުކާރުގެ ބޭފުޅުން: މެންބަރު އަމީން

19 ނޮވެމްބަރު 2025
ކޮވިޑް-19ގެ ތެރޭގައި ބަލި ފެތުރުނު ނަމަވެސް މުޒާހަރާ ކުރާނަމޭ ބުނެ، މަގު މައްޗަށް ނުކުތީ މި ސަރުކާރުގެ ބޭފުޅުން: މެންބަރު އަމީން
18 ނޮވެމްބަރު 2025

ސައުދީ އަރަބިއްޔާ އަށް އެފް-35 މަރުކާގެ މަތިންދާބޯޓު ވިއްކަން ޓްރަމްޕް އެއްބަސްވެއްޖެ

18 ނޮވެމްބަރު 2025
ސައުދީ އަރަބިއްޔާ އަށް އެފް-35 މަރުކާގެ މަތިންދާބޯޓު ވިއްކަން ޓްރަމްޕް އެއްބަސްވެއްޖެ
11 ނޮވެމްބަރު 2025

ޗައިނާގެ ޑިޕްލޮމެޓަކާމެދު ޖަޕާނުން ނުރުހިއްޖެ

11 ނޮވެމްބަރު 2025
ޗައިނާގެ ޑިޕްލޮމެޓަކާމެދު ޖަޕާނުން ނުރުހިއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް