Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެފަނޑިޔާރުން ރިޓަޔަރވުން

55 އަހަރު ނުވިޔަސް ފަނޑިޔާރުންނަށް ރިޓަޔަރ ވެވޭ ޤަވާއިދަށް އަމަލުކުރަން ފަށައިފި

21 ޑިސެމްބަރު 2022 | ބުދަ 09:21

އެއް ޙާލަތަކީ ޝަރަފުވެރިކަމާއެކު ވަޒީފާއިން ވަކިވުން

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 21 ޑިސެމްބަރު 2022 | ބުދަ 09:21
ފަނޑިޔާރުންނަށް އަމާޒުކޮށް ހިންގި މަދަނީ އިޖުރާޢަތުގެ ޤާނޫނުގެ ތަމްރީނު ޕްރޮގްރާމެއްގެ ތެރެއިން

ފަނޑިޔާރުންނަށް އަމާޒުކޮށް ހިންގި މަދަނީ އިޖުރާޢަތުގެ ޤާނޫނުގެ ތަމްރީނު ޕްރޮގްރާމެއްގެ ތެރެއިން

ފަނޑިޔާރުންގެ ރިޓަޔަރމަންޓް ގަވާއިދަށް އަމަލުކުރަން ފަށައިފިއެވެ.

މި ޤަވާއިދަށް އަމަލުކުރަން ފަށާފައިވަނީ ބުދަ ދުވަހުއެވެ. މިއީ އުމުރުން 55 އަހަރު ނުވިކަމުގައި ވިޔަސް، ފަނޑިޔާރުންނަށް ޝަރަފުވެރިކަމާއެކު މަޤާމުން ވަކިވެވޭނެ އުސޫލު ބަޔާންކުރާ ގަވާއިދެވެ.

Advertisement - newsAdvertisement

މި ޤަވާއިދުގެ ދަށުން ފަނޑިޔާރުންނަށް ރިޓަޔަރ ވެވޭ ޙާލަތްތަކަށް ބަލާއިރު، އެއް ޙާލަތަކީ ޝަރަފުވެރިކަމާއެކު ވަޒީފާއިން ވަކިވުމެވެ. އެގޮތުން ޝަރަފުވެރިކަމާއެކު ވަކިވުމަށް އެދެވޭ ޝަރުތުތަކުގެ ތެރޭގައި ފަނޑިޔާރުކަމުގައި 10 އަހަރު ދުވަހު ޚިދުމަތް ކޮށްފައިވުން ހިމެނެއެވެ.

ފަނޑިޔާރުންނަށް ރިޓަޔަރ ވެވޭ ޙާލަތްތަކަށް ބަލާއިރުު، އުމުރުން 55 އަހަރު ވުމުންވެސް ފަނޑިޔާރުކަމުގެ މަޤާމުން ވަކިވުމަށް އެދެވިދާނެއެވެ. އަދި ޞިއްޙީ ސަބަބަކާހުރެވެސް މަޤާމުން މުސްކުޅިކޮށްދިނުމަށް އެދެވިދާނެއެވެ.

ޝަރަފުވެރިކަމާއެކު ވަކިވާ ފަނޑިޔާރުންނަށް 3 ގޮތަކަށް އިނާޔަތް ލިބިދެއެވެ. އޭގެ ތެރޭގައި އެއްފަހަރާ ދެވޭ ޢިނާޔަތާއި، މުޅި އުމުރަށް، މަހުން މަހަށް ދެވޭ ޢިނާޔަތާއި، އެހެނިހެން ޢިނާޔަތްތައް ހިމެނެއެވެ.

މި ގަވާއިދުގެ ދަށުން ޢިނާޔަތް ލިބުން އިސްތިސްނާ ވާ ފަރާތްތަކުގެ ތެރޭގައި ފަނޑިޔާރުކަމުގެ މަޤާމުން މުސްކުޅި ކޮށްދިނުމަށް އެދިފައިވާ ފަނޑިޔާރުގެ ސްލޫކީ މައްސަލައެއް ޖުޑީޝަލް ސަރވިސް ކޮމިޝަނަށް ހުށަހެޅިފައިވާ ނުވަތަ އެ ފަނޑިޔާރުގެ ސްލޫކީ މައްސަލައެއް ބަލަމުންދާ ފަނޑިޔާރުން ހިމެނެއެވެ.

ޤަވާއިދުގައި ބުނެފައިވާ ގޮތުގައި ސުލޫކީ މައްސަލައެއް ހުށަހެޅިފައިވާ ފަނޑިޔާރަކު މަޤާމުން މުސްކުޅިކޮށްދެވޭނީ، އެ މައްސަލައަށް ޖުޑީޝަލް ސަރވިސް ކޮމިޝަނުން ގޮތެއް ނިންމުމަށް ފަހުގައެވެ.

މި ގަވާއިދުގެ ދަށުން ރިޓަޔަރ ކުރެވޭ ފަނޑިޔާރުންނަށް ދެވޭ ލަޤަބަށް ބަލާއިރު، އެމީހަކީ ސުޕްރީމް ކޯޓުގައި ނުވަތަ ހައިކޯޓުގައި މަސައްކަތްކުރި ފަނޑިޔާރެއްނަމަ، އެ މީހަކަށް މުޚާޠަބު ކުރުމުގައި އެ މީހެއްގެ ނަމުގެ ކުރިޔަށް "ޖަސްޓިސް ރިޓަޔަރޑް" މި ލަޤަބު ބޭނުންކުރެވެއެވެ.

އަދި އެ މީހަކީ ދަށު ކޯޓުތަކުގެ ތެރެއިން ސުޕީރިއަރ ކޯޓުގައި މަސައްކަތްކުރި ފަނޑިޔާރެއްނަމަ "ޖަޖް ރިޓަޔަރޑް" މި ލަޤަބު ބޭނުންކުރެވެއެވެ.

އޭގެ އިތުރުން، އެ މީހަކީ މެޖިސްޓްރޭޓް ކޯޓުގައި މަސައްކަތްކުރި ފަނޑިޔާރެއްނަމަ ބޭނުންކުރާނީ "މެޖިސްޓްރޭޓްރިޓަޔަރޑް" އެވެ.

ޖޭއެސްސީ

އެންމެ ހިނގާ

1

ރަޝިޔާގެ ހުއްދަ ނެތި އެމެރިކާ އެއަރ ފޯސްގެ ބޯޓެއް ވެރި ރަށް މޮސްކޯގައި ޖައްސައިފި

2

މޫސާ އިބްރާހީމް މަރާލި މައްސަލައިގައި ކުށް ސާބިތުވެ، މުހައްމަދު އިބްރާހީމް އަށް މަރުގެ ހުކުމް!

3

ރާއްޖެ ޓީވީގެ އާމިރު ސަލީމަށް ހަމަލާދޭން ސަރުކާރު ހިންގާ ޕާޓީން ބަޔަކަށް ފައިސާދިންކަމުގެ މައުލޫމާތު ލިބިގެން މައްސަލަ ފުލުހަށް ހުށަހަޅައިފި

4

ގެއްލުނު ނާފިއުގެ އާއިލާ އިން އާދޭހާއެކު ސަރުކާރުގައި އަދިވެސް އެދެނީ އޭނާގެ ހަށިގަނޑު ހޯދައި ދިނުމަށް!

5

އީރާންގެ އިޤްތިސާދަށް ނުރައްކާ ކުރިމަތިވެއްޖެ، އެކަމާ ސަރުކާރުން ލަދުގަނޭ: އީރާންގެ ރައީސް ޕެޒެޝްކިއާން

އިތުރަށް ކިޔާލަން

02 ޑިސެމްބަރު 2025

ގާޒީ، ފާއިޒް މަގާމުން ވަކި ކުރަން މަޖިލީހުގެ ތަޅުމަށް ފޮނުވަން ފާސްކޮށްފި

02 ޑިސެމްބަރު 2025
ގާޒީ، ފާއިޒް މަގާމުން ވަކި ކުރަން މަޖިލީހުގެ ތަޅުމަށް ފޮނުވަން ފާސްކޮށްފި
30 ނޮވެމްބަރު 2025

ސިވިލް ކޯޓުގެ ބައެއް މުވައްޒަފުން އެ ކޯޓުގެ ދެ ގާޒީއެއްގެ މައްސަލަ ޖޭއެސްސީ އަށް ހުށަހަޅައިފި

30 ނޮވެމްބަރު 2025
ސިވިލް ކޯޓުގެ ބައެއް މުވައްޒަފުން އެ ކޯޓުގެ ދެ ގާޒީއެއްގެ މައްސަލަ ޖޭއެސްސީ އަށް ހުށަހަޅައިފި
26 ނޮވެމްބަރު 2025

މުއިއްޒަށް މުއިއްޒު ކުރުދޮށިން

26 ނޮވެމްބަރު 2025
މުއިއްޒަށް މުއިއްޒު ކުރުދޮށިން
24 ނޮވެމްބަރު 2025

ފުލުހުން ފޮޓޯ ޑިލީޓް ކުރީ ޖޭއެސްސީގެ ރައީސް ހުސްނީ މުބާރަކަށް ބޮޑު ބޭބެ ކިޔާ މީހެއްގެ

24 ނޮވެމްބަރު 2025
ފުލުހުން ފޮޓޯ ޑިލީޓް ކުރީ ޖޭއެސްސީގެ ރައީސް ހުސްނީ މުބާރަކަށް ބޮޑު ބޭބެ ކިޔާ މީހެއްގެ
23 ނޮވެމްބަރު 2025

ހައިކޯޓުގެ ފަނޑިޔާރު މުހައްމަދު ފައިސަލް ފަނޑިޔާރުކަމުން އިސްތިއުފާ ދެއްވައިފި

23 ނޮވެމްބަރު 2025
 ހައިކޯޓުގެ ފަނޑިޔާރު މުހައްމަދު ފައިސަލް ފަނޑިޔާރުކަމުން އިސްތިއުފާ ދެއްވައިފި
20 ނޮވެމްބަރު 2025

ހައި ކޯޯޓުގެ އެންމެ ގިނަ ދުވަސްވީ ފަނޑިޔާރު ނިޔާޒު ރިޓަޔަރ ކުރައްވަން ނިންމައިފި

20 ނޮވެމްބަރު 2025
ހައި ކޯޯޓުގެ އެންމެ ގިނަ ދުވަސްވީ ފަނޑިޔާރު ނިޔާޒު ރިޓަޔަރ ކުރައްވަން ނިންމައިފި
26 އޮކްޓޯބަރު 2025

ޖޭއެސްސީގެ ރައީސް ރިޒާ އިސްތިއުފާ ދެއްވައިފި

26 އޮކްޓޯބަރު 2025
ޖޭއެސްސީގެ ރައީސް ރިޒާ އިސްތިއުފާ ދެއްވައިފި
23 އޮކްޓޯބަރު 2025

ޕީއެންސީ ޓިކެޓުގައި މަޖިލީހަށް ވާދަކުރި ޔަޒްމީދު، ޖޭއެސްސީ ގެ ނައިބު ރައީސްކަމަށް

23 އޮކްޓޯބަރު 2025
 ޕީއެންސީ ޓިކެޓުގައި މަޖިލީހަށް ވާދަކުރި ޔަޒްމީދު، ޖޭއެސްސީ ގެ ނައިބު ރައީސްކަމަށް
08 އޮކްޓޯބަރު 2025

ޓެކްސް އެޕީލް ޓްރައިބިއުނަލްގެ މެންބަރު ކަމަށް ކުރިމަތިލި މަހާޒަށް މަޖިލީހުން ރުހުމެއް ނުދިން!

08 އޮކްޓޯބަރު 2025
ޓެކްސް އެޕީލް ޓްރައިބިއުނަލްގެ މެންބަރު ކަމަށް ކުރިމަތިލި މަހާޒަށް މަޖިލީހުން ރުހުމެއް ނުދިން!
25 ސެޕްޓެމްބަރު 2025

ހައި ކޯޓުގެ ފަނޑިޔާރު ކަަމަށް މާހިރު އައްޔަންކޮށްފި

25 ސެޕްޓެމްބަރު 2025
ހައި ކޯޓުގެ ފަނޑިޔާރު ކަަމަށް މާހިރު އައްޔަންކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް