Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ތަފާތު ޚަބަރު
ޕްލާސްޓިކްގެ ތަޣައްޔަރު

ނޭނގުމުގެ ތެރޭގައި އަހަރަކު 2 ޕްލާސްޓިކް ކޮތަޅު ކާލެވޭކަން އެނގޭތަ؟

ޕްލާސްޓިކްގައި ބަންދުކޮށްފައި ހުންނަ ކޭންތައް އަހަރުގެ ކޮންމެ ދުވަހެއްގެ ކެއުމުގައި ހިމަނާނަމަ، އަހަރެއްގެ މައްޗަށް، އެމީހާއަށް ހުންނާނީ، ގާތްގަނޑަކަށް 10 ގުރާމްގެ ޕްލާސްޓިކް ކެވިފައި

ޢާއިޝާ ރީމާ ވަޙީދު
ޢާއިޝާ ރީމާ ވަޙީދު, ރާއްޖެ އެމްވީ | 21 ޑިސެމްބަރު 2022 | ބުދަ 08:26
އިންސާނާގެ ހަށިގަނޑުގައި ދައުރުވަމުންދާ ލެޔާއި އެތެރެ ހަށީގެ ގުނަވަންތަކުންވެސް މައިކްރޯޕްލާސްޓިކްސް ވަނީ ފެނިފައި

އިންސާނާގެ ހަށިގަނޑުގައި ދައުރުވަމުންދާ ލެޔާއި އެތެރެ ހަށީގެ ގުނަވަންތަކުންވެސް މައިކްރޯޕްލާސްޓިކްސް ވަނީ ފެނިފައި

ޕްލާސްޓިކްގެ ތަޣައްޔަރު ކަމޭ ބުނުމުން ގިނަ ފަހަރަށް ޚިޔާލަށް ގެނެވެނީ ކަނޑު އަޑީގައި މިނިވަންކަމާއެކު ފީނަމުން ދާ ވެލައެއްގެ ކަރުގައި ޕްލާސްޓިކް ދާގަނޑަކުން މަޅިއެއް ޖެހިފައިވާ މަންޒަރެވެ. ނޫނީ ވިއްޔާ އެފަދަ ކޮންމެވެސް ދިރުމަކަށް، ޕްލާސްޓިކްގެ ސަބަބުން އަސަރު ފޯރަމުންދާ މަންޒަރެވެ. އެއީވެސް ޙަޤީޤަތެވެ. ނަމަވެސް، އަސްލު ނުރައްކާ، އެއަށް ވުރެ، އަހަރަމެން އިންސާނާނުންނާ މާ ގާތެވެ. މީރު، މޮޅު ކޭމަކަށް އިންސާފު ކޮށްލާނަމޭ ހިތާ އޯޑަރު ކޮށް، "ރޯސްޓް ޗިކަން ޑިނަރ" އެއްގައިވެސް ހުސް ޕްލާސްޓިކްއެވެ. މި ކިއަނީ ކީކޭކަން އެބަ އެނގޭ ހެއްޔެވެ؟

މިކަމުގެ އިތުރު ވަނަވަރު ބަލާ، ހޯދާ، ދިރާސާ ކުރުމުގެ މަސައްކަތް ކުރި އެއް ބަޔަކީ އިންގްލަންޑްގެ ރިސާޗަރުންގެ ޓީމެކެވެ. އެ ޓީމުން އެކަން ކުރީ 2 ބާވަތެއްގެ ރޯސްޓް ޗިކަން ޑިނަރއެއް ތައްޔާރު ކޮށްގެންނެވެ. 1 ބާވަތުގެ ރޯސްޓް ޗިކަން ޑިނަރ ތައްޔާރު ކުރުމަށް ބޭނުން ކުރި ސާމާނުތައް ބަންދު ކޮށްފައި ހުރީ ޕްލާސްޓިކް ޕެކިންގްގައި ކަމަށް ވާ އިރު، އަނެއް ބާވަތުގެ ރޯސްޓް ޗިކަން ޑިނަރ ތައްޔާރު ކުރުމަށް ބޭނުން ކުރި ސާމާނުގައި ޕްލާސްޓިކް ޕެކިންގްއެއް ނެތެވެ. ނަތީޖާ އައި ގޮތް ބަލަމާ ހިނގާށެވެ.

ޑރ ފޭ ކުޗެއިރޯއަކީ، ޔުނިވަރސިޓޯ އޮފް ޕޯޓްސްމައުތުގައި ތިމާވެށީގެ ތަޣައްޔަރު ކަމުގެ ދާއިރާއިން ދިރާސާ ކުރަމުންދާ ރިސާޗަރެކެވެ. 

ޑރ ކުޗެއިރޯ ވިދާޅުވާ ގޮތުގައި، ޕްލާސްޓިކްގައި ބަންދުކޮށްފައި ހުންނަ ކޭންތައް، އަހަރުގެ ކޮންމެ ދުވަހެއްގެ ކެއުމުގައި ހިމަނާ ކަމުގައި ވަނީ ނަމަ، އަހަރެއްގެ މައްޗަށް، އެމީހާއަށް ހުންނާނީ، ގާތްގަނޑަކަށް 10 ގުރާމްގެ ޕްލާސްޓިކް ކެވިފައެވެ. އެއީ އަހަރެއްގެ މައްޗަށް ބަލާނަމަ، ޕްލާސްޓިކް ކޮތަޅުގެ 2 ކޮތަޅު އުފެއްދޭނެ ހާ ޕްލާސްޓިކްއެވެ.

ކާބޯތަކެތީގައި ޕްލާސްޓިކް އެކުލެވޭ މިންވަރު ވަޒަން ކުރުމަށް މިހާތަނަށް ގިނަ ދިރާސާތައް ހަދާފައި ވަނީ ކޭމަކަށް ބަދަލު ކުރުމުގެ ކުރިން، ރޯ އިންގްރީޑިއަންޓެއްގެ ގޮތުގައި އެ ކާ އެއްޗެއް އޮއްވާ، ލެބޯޓްރީތަކުގައެވެ. ނަމަވެސް، މި ދިރާސާގައި، ޕްލާސްޓިކްގެ ތަޣައްޔަރުކަން ވަޒަން ކުރީ، ސުފުރާ މައްޗަށް ނެރެން ތައްޔާރުކޮށްފައިވާ ތަށީގައި ހިމެނުނު ބާވަތްތައް ބޭނުންކޮށްގެންނެވެ. ތަހުލީލު ކުރީވެސް އާންމު ބަދިގެއެއްގައެވެ.

ޕްލާސްޓިކްގެ ތަޣައްޔަރުކަން ނެތް ހަމަ އެއްވެސް މިހާރު ނެތީ ހެއްޔެވެ؟ ޑރ ކުޗެއިރޯގެ ފިކުރުވެސް ހުރީ އެފަދަ ގޮތަކަށެވެ.

ކަން މިހެން އޮތް އިރު، ޕްލާސްޓިކަ ވަދާޢީ ސަލާމް ކުރުމަކަށް ދުނިޔެ އަދިވެސް ތައްޔާރެއް ނޫނެވެ. ކުރިއަށް އޮތް 20 އަހަރު ދުވަހަށް ބަލާއިރު، ޕްލާސްޓިކިކް އުފައްދާ މިންވަރު 2 ގުނަ އިތުރު ވާނެ ކަމަށް އަންދާޒާތަކުން ދައްކައެވެ. އަދި މި މުއްދަތުގެ ތެރޭގައި، ދުނިޔޭގެ ކަނޑުތަކަށް ފައިބައިގެންދާ ޕްލާސްޓިކްގެ މިންވަރު، 3 ގުނަ އިތުރު ވާނެ ކަމަށްވެސް ވަނީ ލަފާ ކޮށްފައެވެ.

ޕްލާސްޓިކްގެ ތަޣައްޔަރުކަން އޮތީ ހަމަ އެކަނި ކަނޑުތަކަކު ނޫނެވެ. ޑރ ކުޗެއިރޯ ވިދާޅުވާ ގޮތުގައި، ކަނޑުތަކަށްވުރެ ބިންގަނޑުގައި މައިކްރޯޕްލާސްޓިކްގެ ތަޣައްޔަރުކަން އެކުލެވޭ މިންވަރު މާ ބޮޑެވެ.

އިންސާނާގެ ހަށިގަނޑުގައި ދައުރުވަމުންދާ ލެޔާއި އެތެރެ ހަށީގެ ގުނަ ވަންތަކުންވެސް މައިކްރޯޕްލާސްޓިކްސް ވަނީ ފެނިފައެވެ. ނަމަވެސް، އެކަމުގެ ސަބަބުން ފުރާނައަށް ގެއްލުން ވާ ކަމެއް ނުވަތަ ވެދާނެ ގެއްލުމެއް، ދިރާސާއެއްގައި އަލީގައި އަދި ކަށަވަރު ކަމާއެކު ހޯދި، ސާބިތު ކުރެވިފައެއް ނެތެވެ.

މިހާރަށް އޮތީ، ޕްލާސްޓިކްއާ ނުލާ އުޅެވެން އޮތްހާ ގޮތެއް ހޯދާ، އެ ގޮތަކަށް އުޅެވޭތޯ ބެލުމެވެ.

ޕްލާސްޓިކްޑރ ފޭ ކުޗެއިރޯ

ކޮމެންޓް

އިތުރަށް ކިޔާލަން

ދެނެގަނެވިފައި އޮތް މިންވަރަށް ވުރެ ޕްލާސްޓިކްގައި ކެމިކަލް ގިނަ، ބޮޑު ޕަސެންޓެއް ރެގިއުލޭޓް ކުރެވޭނެ ގޮތެއްވެސް ނެތް!

ދެނެގަނެވިފައި އޮތް މިންވަރަށް ވުރެ ޕްލާސްޓިކްގައި ކެމިކަލް ގިނަ، ބޮޑު ޕަސެންޓެއް ރެގިއުލޭޓް ކުރެވޭނެ ގޮތެއްވެސް ނެތް!

20 މާރިޗު 2024
މިއަދުން ފެށިގެން ސުޕާރި ޕެކެޓް އަދި 50 މައިކްރޯނަށްވުރެ ތުނި ޕްލާސްޓިކް ކޮތަޅު އެތެރެކުރުމާއި އުފެއްދުން މަނާ

މިއަދުން ފެށިގެން ސުޕާރި ޕެކެޓް އަދި 50 މައިކްރޯނަށްވުރެ ތުނި ޕްލާސްޓިކް ކޮތަޅު އެތެރެކުރުމާއި އުފެއްދުން މަނާ

01 ޖެނުއަރީ 2024
ޕްލާސްޓިކް ކޮތަޅުން ނަގާ ފީން ދައުލަތަށް 8.3 މިލިއަން ރުފިޔާ

ޕްލާސްޓިކް ކޮތަޅުން ނަގާ ފީން ދައުލަތަށް 8.3 މިލިއަން ރުފިޔާ

23 އޮކްޓޯބަރު 2023
އުކާލާ ޕްލާސްޓިކް ދޭސީ ދަނޑުވެރިކަމަށް

އުކާލާ ޕްލާސްޓިކް ދޭސީ ދަނޑުވެރިކަމަށް

27 މާރިޗު 2023
ޖީ.އެސް.ޓީއަށް ރަޖިސްޓަރީކޮށްފައިވާ ފަރާތްތަކުން ޕްލާސްޓިކް ކޮތަޅުން ފީ ނެގުމުގެ ގަވާއިދު އާންމުކޮށްފި

ޖީ.އެސް.ޓީއަށް ރަޖިސްޓަރީކޮށްފައިވާ ފަރާތްތަކުން ޕްލާސްޓިކް ކޮތަޅުން ފީ ނެގުމުގެ ގަވާއިދު އާންމުކޮށްފި

25 ފެބުރުއަރީ 2023

އަހަރުތަކުން މިއަދު

3 ފެބުރުއަރީ
އެމްޑީޕީގެ ޕާލިމެންޓަރީ ގްރޫޕުގެ ލީޑަރު މަޖިލިސް ރައީސް އަބްދުއްރަހީމް އާ ބައްދަލު ކުރައްވައިފި
20251 އަހަރު ކުރިން
ރާއްޖެ

އެމްޑީޕީގެ ޕާލިމެންޓަރީ ގްރޫޕުގެ ލީޑަރު މަޖިލިސް ރައީސް އަބްދުއްރަހީމް އާ ބައްދަލު ކުރައްވައިފި

ރިޔާސީ ބަޔާން އިއްވާ ޖަލްސާ ބޮއިކޮޓްކުރަން އެމްޑީޕީގެ ޕީޖީއިން ފާސްކޮށްފި
20242 އަހަރު ކުރިން
ރާއްޖެ

ރިޔާސީ ބަޔާން އިއްވާ ޖަލްސާ ބޮއިކޮޓްކުރަން އެމްޑީޕީގެ ޕީޖީއިން ފާސްކޮށްފި

ބ. ކެޔޮދޫގައި ވެލާ ހިފައި އެ އެއްޗެހި މެރި ބަޔަކު އަތުލައިގެންފި
20233 އަހަރު ކުރިން
ރާއްޖެ

ބ. ކެޔޮދޫގައި ވެލާ ހިފައި އެ އެއްޗެހި މެރި ބަޔަކު އަތުލައިގެންފި

ދެން ސްރީލަންކާއަށް ދަތުރުކުރެވޭނީ 50،000 ޑޮލަރުގެ ޓްރެވަލް އިންޝުއަރެންސްއަކާ އެކު
20224 އަހަރު ކުރިން
ރާއްޖެ

ދެން ސްރީލަންކާއަށް ދަތުރުކުރެވޭނީ 50،000 ޑޮލަރުގެ ޓްރެވަލް އިންޝުއަރެންސްއަކާ އެކު

މަސައްކަތް ހުއްޓާލުމަށްފަހު ސިއްހީ ޚިދުމަތްތެރިން މިޔަންމާގެ އަސްކަރިއްޔާއާ ދެކޮޅަށް ނުކުމެއްޖެ
20215 އަހަރު ކުރިން
ދުނިޔެ

މަސައްކަތް ހުއްޓާލުމަށްފަހު ސިއްހީ ޚިދުމަތްތެރިން މިޔަންމާގެ އަސްކަރިއްޔާއާ ދެކޮޅަށް ނުކުމެއްޖެ

ބޭނުންވަނީ ހައްވާ ރާޝިދާ ފަދަ މޮޅު ކުޅުންތެރިއަކަށް ވާން: ޝާހާ
20197 އަހަރު ކުރިން
ކުޅިވަރު

ބޭނުންވަނީ ހައްވާ ރާޝިދާ ފަދަ މޮޅު ކުޅުންތެރިއަކަށް ވާން: ޝާހާ

އުއްތަމަ ފަނޑިޔާރާއި އަރީފު، ސައުދީ، އަލީ ހަމީދު ހައްޔަރު ކުރަން އެދެފި
20188 އަހަރު ކުރިން
ރާއްޖެ

އުއްތަމަ ފަނޑިޔާރާއި އަރީފު، ސައުދީ، އަލީ ހަމީދު ހައްޔަރު ކުރަން އެދެފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު