Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
އުންސުރު

ޕީޖީ އޮފީހުގެ ނިއުސްލެޓަރ "އުންސުރު" ލޯންޗުކޮށްފި

މިއީ އޮފީހުގެ މަސައްކަތްތައް އާންމުންނަށް ތިލަކޮށްދިނުމަށް ފަށާފައިވާ މަސައްކަތެއް

ތޯހިރާ އަޒްހާރް
ތޯހިރާ އަޒްހާރް, ރާއްޖެ އެމްވީ | 20 ޑިސެމްބަރު 2022 | އަންގާރަ 10:53
އުންސުރު ލޯންޗުކުރުން

އުންސުރު ލޯންޗުކުރުން

ޕްރޮސެކިއުޓަރ ޖެނެރަލް އޮފީހުގެ ނިއުސްލެޓަރ "އުންސުރު" ލޯންޗުކޯށްފިއެވެ.

ނިއުސްލެޓަރ ލޯންޗުކޮށްފައިވަނީ އަންގާރަ ދުވަހު ޕީޖީ އޮފީހުން ބޭއްވި ރަސްމިއްޔާތުގައެވެ.

ޕީޖީ އޮފީހުން ބުނީ ޤާނޫނީ މާނައިގައި ޢުންޞުރަކީ، ޖިނާއީ ޢަދުލުގެ ނިޒާމުގައި ރައްޔިތުންނަށް ލިބިދޭ ރައްކާތެރިކަން ކަށަވަރުކޮށްދޭ މަފްހޫމެއް ކަމަށެވެ. މީހެއްގެ މައްޗަށް ކުށެއްގެ ދަޢުވާއެއް އުފުލި، އެމީހަކަށް، އެމީހަކު ކުޅަ ޢަމަލެއްގެ ޖިނާއީ ޒިންމާ އުފުލަންޖެހޭނީ، އެމީހާ ކުރި ކަމަކީ، ޤާނޫނުގައި ކުށް ބަޔާންކުރުމަށް ހުރި ޢުންޞުރުތައް ފުރިހަމަވާ ޢަމަލެއް ނަމައެވެ. ޢުންޞުރުތައް ފުރިހަމަވޭތޯ ކަށަވަރު ކުރުމަކީ ޕްރޮސިކިއުޓަރ ޖެނެރަލްގެ މައިގަނޑު އެއް މަސްއޫލިއްޔަތު ކަމަށާއި، އުންސުރު ފުރިހަމަވާނަމަ ދައުވާކުރާނެ ކަމަށާއި، އަދި އުންސުރު ނެތްނަމަ ދައުވާއެއް ނެތް ކަން ޕީޖީ އޮފީހުން ފާހަގަކޮށްފައިވެއެވެ.

ޢުންޞުރު ނިއުސްލެޓަރއަކީ ޕީޖީ އޮފީހުގެ 15 އަހަރުވީ ތާރީޚުގައި މުޅިން އަލަށް ފަށާ މަސައްކަތެއް ކަމަށާއި، މީގެ ބޭނުމަކީ، އޮފީހުގެ މަސައްކަތް ހިނގާނުހިނގާ ގޮތް ޢާންމުންނަށް ތިލަކޮށްދިނުން ކަމަށް އެ އޮފީހުން ބުނެފައިވެއެވެ. ކުށުގެ ޢަމަލު ހިނގާ ގޮތާއި، ތަންތަނާއި، ވަގުތާއި، ކުށުގެ ޓްރެންޑުތަކަށް އަންނަ ބަދަލުތައް ކިޔައިދީ، ހޭލުންތެރިކަން އިތުރުކުރުމާއި، ޖިނާއީ ޢަދުލުގެ ނިޒާމުގައި ސުވާލު އުފެދޭ ކަންކަން ސާފުކޮށްދިނުން ކަމަށް ޕީޖީ އޮފީހުން ބުނެފައިވެއެވެ. އެގޮތުން ރިހާކުރު ފުޅި ވަގަށް ނެގި މީހާ ހަ އަހަރު ދުވަހަށް ޖަލަށްލީ އަޞްލު ސަބަބު ކިޔައިދެވޭތޯ ބެލުމާއި، ޤާނޫނުތަކަށް އަންނަ ބަދަލުތަކާއި، ހައިކޯޓާއި ސުޕްރީމް ކޯޓުން ނިންމާ ނިންމުންތަކާއި، އެތަކެތިން ޢާންމު މީހާއަށް އަސަރުކުރާނެކަމަށް ފެންނަ ގޮތްތައް، ޤާނޫނީ-ނޫން ލަފްޒުތަކަކުން ކިޔައިދެވޭތޯ ބެލުން ކަމުގައި ޕީޖީ އޮފީހުން ބުނެފައިވެއެވެ.

އެ އޮފީހުން ނިންމާ ކޮންމެ ނިންމުމަކީ މީހެއްގެ ނުވަތަ ބައެއްގެ ޙަޔާތާ ސީދާ ގޮތުން ގުޅިފައިވާނެ ނިންމުމެއްކަން ފާހަގަކޮށް ޕީޖީ އޮފީހުން ބުނީ އުންސުރުގެ ބޭނުމަކީ އެނިންމުން ނިންމާ ގޮތާއި، ސަބަބާއި، އެކަމުގައި ބަލާނެ ކަންކަމާއި، އެކަންކަން ހިނގާނުހިނގާ ގޮތް، ޢާންމުންނަށް ކިޔައިދިނުން ކަމަށެވެ.

ޕްރޮސެކިއުޓަރ ޖެނެރަލްުއުންސުރު

ކޮމެންޓް

އިތުރަށް ކިޔާލަން

ފަޒުލް ލިޔެކިޔުންތައް ނައްތާލާފައިވާ މައްސަލަ ހެކި ނެތިގެން ދައުވާ ނުކުރަން ނިންމައިފި

ފަޒުލް ލިޔެކިޔުންތައް ނައްތާލާފައިވާ މައްސަލަ ހެކި ނެތިގެން ދައުވާ ނުކުރަން ނިންމައިފި

08 ޑިސެމްބަރު 2025
ހިތަދޫ ކަސްޓޯޑިއަލް އަށް މަސްތުވާތަކެތި ވައްދަން އުޅުމުގެ ތުހުމަތުގައި ފުލުހަކަށް ދައުވާ ކުރުމަށް ފޮނުވައިފި

ހިތަދޫ ކަސްޓޯޑިއަލް އަށް މަސްތުވާތަކެތި ވައްދަން އުޅުމުގެ ތުހުމަތުގައި ފުލުހަކަށް ދައުވާ ކުރުމަށް ފޮނުވައިފި

02 ނޮވެމްބަރު 2025
ދައުވާ ނުކުރުމަށް ނިންމާ މައްސަލަތަކުގެ ލިޔުންތައް ޕީޖީގެ ލަފާ ހޯދައިގެން މެނުވީ ނައްތާ ނުލުމަށް އަންގައިފި

ދައުވާ ނުކުރުމަށް ނިންމާ މައްސަލަތަކުގެ ލިޔުންތައް ޕީޖީގެ ލަފާ ހޯދައިގެން މެނުވީ ނައްތާ ނުލުމަށް އަންގައިފި

26 އޮކްޓޯބަރު 2025
ހައިކޯޓުން ބޭރުކޮށްލި 72 ކިލޯގެ މަސްތުވާތަކެތީގެ މައްސަލަ މުރާޖާކުރުމަށް ހުށަހަޅައިފި

ހައިކޯޓުން ބޭރުކޮށްލި 72 ކިލޯގެ މަސްތުވާތަކެތީގެ މައްސަލަ މުރާޖާކުރުމަށް ހުށަހަޅައިފި

19 އޮކްޓޯބަރު 2025
ކައްދޫގައި ސައިކަލަކުން ޖެހި އެކްސިޑެންޓުވެ މީހަކު މަރުވި މައްސަލައިގައި ދައުވާކުރުމަށް ފޮނުވައިފި

ކައްދޫގައި ސައިކަލަކުން ޖެހި އެކްސިޑެންޓުވެ މީހަކު މަރުވި މައްސަލައިގައި ދައުވާކުރުމަށް ފޮނުވައިފި

29 ސެޕްޓެމްބަރު 2025

އަހަރުތަކުން މިއަދު

1 އެޕްރީލު
އިންޑިއާއިން ރާއްޖެއަށް ކާޑުގެ ބާވަތްތަކާއި ޒަރޫރީ އެހެނިހެން ބާވަތްތައް އެކްސްޕޯޓްކުރުމުގެ ހުއްދަ ދީފި
20251 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

އިންޑިއާއިން ރާއްޖެއަށް ކާޑުގެ ބާވަތްތަކާއި ޒަރޫރީ އެހެނިހެން ބާވަތްތައް އެކްސްޕޯޓްކުރުމުގެ ހުއްދަ ދީފި

ޔާމީން ހިޔަޅަކާ އެއްގޮތްކުރާ ޓްވީޓެއް ރައީސް ރީޓްވީޓުކުރެއްވި ވާހަކަ ނޫސްތަކުން ޖެހުމުން، ރީޓްވީޓް ޑިލީޓްކޮށްލައްވައިފި
20242 އަހަރު ކުރިން
ރާއްޖެ

ޔާމީން ހިޔަޅަކާ އެއްގޮތްކުރާ ޓްވީޓެއް ރައީސް ރީޓްވީޓުކުރެއްވި ވާހަކަ ނޫސްތަކުން ޖެހުމުން، ރީޓްވީޓް ޑިލީޓްކޮށްލައްވައިފި

ޑިޕްރެޝަންއާއެކު މަސްތުވާތަކެތީގެ ޝިކާރައަކަށް!
20233 އަހަރު ކުރިން
ރިޕޯޓު

ޑިޕްރެޝަންއާއެކު މަސްތުވާތަކެތީގެ ޝިކާރައަކަށް!

ދިވެހިރާއްޖޭގެ މިޒަމާނުގެ ފުރަތަމަ މަހާރެހެންދި
20224 އަހަރު ކުރިން
މީހުން

ދިވެހިރާއްޖޭގެ މިޒަމާނުގެ ފުރަތަމަ މަހާރެހެންދި

އައު އިސްލާހާއެކު، ލައިސެންސް ދޫކުރާނީ ގަވައިދަށް އުޅުމަށް އެއްބަސްވުމެއް އެކުލަވާލާފައި
20215 އަހަރު ކުރިން
ރާއްޖެ

އައު އިސްލާހާއެކު، ލައިސެންސް ދޫކުރާނީ ގަވައިދަށް އުޅުމަށް އެއްބަސްވުމެއް އެކުލަވާލާފައި

ވައްކަމުގެ ނަތީޖާ ރައީސްގެ ދޫފުޅުން: މިހާރު ދޮރު ނުލެއްޕޭ، އަލަމާރި ވެސް ނުވެއްދޭ!
20197 އަހަރު ކުރިން
ރާއްޖެ

ވައްކަމުގެ ނަތީޖާ ރައީސްގެ ދޫފުޅުން: މިހާރު ދޮރު ނުލެއްޕޭ، އަލަމާރި ވެސް ނުވެއްދޭ!

ދުނިޔޭގެ ކްރިމިނަލް ކޯޓަށް ރައީސް ޔާމީން ގެންދެވިދާނެ: ދިޔާނާ
20188 އަހަރު ކުރިން
ރާއްޖެ

ދުނިޔޭގެ ކްރިމިނަލް ކޯޓަށް ރައީސް ޔާމީން ގެންދެވިދާނެ: ދިޔާނާ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު