Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ޕްރައިމަރީ ހެލްތު ކެއާ

ޕްރައިމަރީ ހެލްތު ކެއާ ދިރުވައި އާލާކުރުމަށް ޑިމޮންސްޓްރޭޝަން ސައިޓަކަށް ފ. އަތޮޅު

ޑަބްލިއުއެޗްއޯގެ ފަންނީ މާހިރުންގެ ބެލުމުގެ ދަށުން، ފ. އަތޮޅުގައި މިއަހަރު ވަނީ އެސެސްމެންޓެއް ކުރިއަށް ގެންގޮސްފައި

އިދުހާމް ނަޢީމް
އިދުހާމް ނަޢީމް, ރާއްޖެ އެމްވީ | 20 ޑިސެމްބަރު 2022 | އަންގާރަ 02:24
ޕްރައިމަރީ ހެލްތު ކެއާ މަޝްރޫއު އިފްތިތާހު ކުރުން

ޕްރައިމަރީ ހެލްތު ކެއާ މަޝްރޫއު އިފްތިތާހު ކުރުން

ޕްރައިމަރީ ހެލްތު ކެއާ ދިރުވައި އާލާކުރުމަށް ޑިމޮންސްޓްރޭޝަން ސައިޓެއްގެ ގޮތުގައި ފ. އަތޮޅު ކަނޑައަޅައި އަންނަ އަހަރަށް ހާއްސަ މަޝްރޫއެއް ތައާރަފުކޮށްފިއެވެ.

މި މަޝްރޫއު ތައާރަފުކޮށްފައިވަނީ ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާ (ޑަބްލިޔުއެޗްއޯ)އިން ދެކުނުއިރުމަތީ އޭޝިއާއަށް ކަނޑައަޅާފައި ހުންނަވާ ރީޖަނަލް ޑިރެކްޓަރު، ޑރ. ޕޫނަމް ކޭތުރަޕާލް ސިންގެ ޝަރަފުގައި ހެލްތު މިނިސްޓްރީން ބޭއްވި ފަރީއްކޮޅުގެ ތެރެއިންނެވެ. މި މަޝްރޫއު އިފްތިތާހު ކޮށްދެއްވީ ވެސް އެކަމަނާއެވެ.

Advertisement - newsAdvertisement

ހެލްތު މިނިސްޓްރީން ބުނީ ރާއްޖޭގައި ގައިން ގަޔަށްނާރާ ބަލިތައް އިތުރުވެ ތަފާތު ގޮންޖެހުންތަކާ ކުރިމަތިލާން ޖެހިފައިވާ ކަމަށާއި އޭގެ ތެރެއިން އެންމެ ގިނައިން މީހުން މަރުވާން ދިމާވަނީ ހިތުގެ މައްސަލަތަކުގެ ސަބަބުން ކަމަށެވެ. އަދި ސްޓްރޯކާއި، ކެންސަރާއި ހަކުރުބައްޔާއި ނޭވާލާ ނިޒާމުގެ ދިގު މުއްދަތުގެ ބަލިތަކުގެ ސަބަބުން މީހުން މަރުވާ އަދަދުވެސް ދަނީ ދުވަހުން ދުވަހަށް އިތުރު ވަމުން ކަމަށާއި މިފަދަ ބަލިތަކާ ނަފްސާނީ ބައެއް ބަލިތަކަކީ، އުމުރުދުވަހަށް ފަރުވާ ކުރަންޖެހޭ އަދި ނުކުޅެދުންތެރިކަން ތަޙައްމަލުކުރަންޖެހޭ ބަލިތަކަށްވާއިރު، ދުރާލާ ދެނެގަނެ ފަރުވާ ހޯދައިފިނަމަ މީގެ ތެރެއިން ގިނަ ބަލިތަކަކީ އެބަލިތަކުން ރައްކާތެރި ވެވިދާނެ ބަލިތަކެއް ކަމަށެވެ.

އެހެންކަމުން މި ބަލިތައް އަވަހަށް ދެނެގަތުމާއިއެކު ފަރުވާދިނުމަށް ރާއްޖޭގައި ޕްރައިމަރީ ހެލްތު ކެއާގެ ނިޒާމު އިތުރަށް ދިރުވާ އާލާކޮށް ހަރުދަނާކުރުމަކީ ދުޅަހެޔޮ އާބާދީއެއް ބިނާކޮށް ދެމެހެއްޓުމުގެ މުހިއްމު އެއް ތަނބު ކަމަށް ވެސް އެ މިނިސްޓްރީން ފާހަގަކުރިއެވެ.

ޒަމާނުއްސުރެ ރާއްޖޭގައި ދެމުން އަންނަ ޕްރައިމަރީ ހެލްތު ކެއާގެ ޚިދުމަތްތައް، އޭގެ އަސާސްތަކަށް ބިނާކޮށް އަލުން ދިރުވާ އާލާކުރުމަށް އިތުރު އަހައްމިއްޔަތުކަމެއްދީ ޚާއްޞަ މަސައްކަތްތަކެއް ފެށުމަށް މިހާރުގެ ސަރުކާރުން ވަނީ ކަނޑައަޅާފައެވެ. އެގޮތުން 2023ވަނަ އަހަރު ހަރުދަނާ ގޮތެއްގައި މި މަސައްކަތް ފެށުމަށް ތައްޔާރުވުމުގެ ގޮތުން ޑަބްލިއުއެޗްއޯގެ ފަންނީ މާހިރުންގެ ބެލުމުގެ ދަށުން، ފ. އަތޮޅުގައި މިއަހަރު ވަނީ އެސެސްމެންޓެއް ކުރިއަށް ގެންގޮސްފައެވެ.

ޕްރައިމަރީ ހެކްތު ކެއާ އިތުރަށް ދިރުވައި އާލާކުރުމުގެ މަޝްރޫއުގެ ފެށުމަށް ނިންމާފައިވަނީ ފ. އަތޮޅުގައި ކުރިއަށްގެންދިޔަ އެސެސްމަންޓުގެ ހޯދުންތަކަށް ރިއާޔަތްކޮށް އެ އަތޮޅު ޑިމޮންސްޓްރޭޝަން ސައިޓެއްގެ ގޮތުގައި ހަދައިގެންނެވެ.

ހޯމަ ދުވަހުގެ ރޭ ތައާރަފުކޮށްފައިވާ މި މަޝްރޫޢުގެ ސަބަބުން ރާއްޖޭގެ ރައްޔިތުންގެ ސިއްހީ ދުޅަހެޔޮކަން އިތުރުކުރުވެގެން ދާނެ ކަމަށް ހެލްތު މިނިސްޓްރީން ބުނެއެވެ. އަދި ޕްރައިމަރީ ހެލްތު ކެއާގެ ލަނޑުދަނޑިތައް ހާސިލުކުރުމަށް ރަށު ފެންވަރުގައި މަސައްކަތްކުރާ ސިއްހީ ޚިދުމަތްތެރިން މަސައްކަތް ކުރާނީ އެއް ޓީމެއްގެ ގޮތުގައި ޖަމިއްޔާ ޖަމާއަތްތަކާ ގުޅިގެން ކަމަށް ވެސް އެ މިނިސްޓްރީން ބުނެއެވެ.

މީގެ އިތުރުން އާއިލާތަކަށް ޒިޔާރަތްކޮށް ސިއްހީ ޚިދުމަތްތެރިންނާއި ގާތްގުޅުމެއް އުފެދި ރައްޔިތުންގެ ސިއްހީ މައްސަލަތަށް ހިއްސާ ކުރެވި ދުރާލާ ދެނެގަނެވި، ސިއްހީ މައްސަލަތަކަށް އިރުޝާދުދީ، ރައްޔިތުންގެ ޖިސްމާނީ، ނަފުސާނީ އަދި އިޖްތިމާއީ ދުޅަހެޔޮކަން ދެމެހެއްޓެނިވިގޮތެއްގައި ކަށަވަރުވެގެން ދިއުމަކީ، މި މަޝްރޫޢުގެ ދިގުމުއްދަތުގެ އަމާޒެއް ކަމަށް ވެސް ހެލްތު މިނިސްޓްރީން ބުނެއެވެ.

ހެލްތު މިނިސްޓްރީޕްރައިމަރީ ހެލްތްކެއަރޑަބްލިޔުއެޗްއޯ

ކޮމެންޓް

އިތުރަށް ކިޔާލަން

އަސާސީ ބޭސް ނުލިބޭ މައްސަލަ: މިނިސްޓަރު ވިދާޅުވީ ނުލިބެނީ ޑޮކްޓަރުން ލިޔާ ބްރޭންޑުގެ ބޭސް ކަމަށް

އަސާސީ ބޭސް ނުލިބޭ މައްސަލަ: މިނިސްޓަރު ވިދާޅުވީ ނުލިބެނީ ޑޮކްޓަރުން ލިޔާ ބްރޭންޑުގެ ބޭސް ކަމަށް

26 ނޮވެމްބަރު 2025
ގއ. އަތޮޅު ހޮސްޕިޓަލްގައި ވިހެއުމުގެ ތެރޭގައި ކުއްޖަކު މަރުވި މައްސަލަ ދަނީ ބަލަމުން: ހެލްތް މިނިސްޓްރީ

ގއ. އަތޮޅު ހޮސްޕިޓަލްގައި ވިހެއުމުގެ ތެރޭގައި ކުއްޖަކު މަރުވި މައްސަލަ ދަނީ ބަލަމުން: ހެލްތް މިނިސްޓްރީ

17 ނޮވެމްބަރު 2025
އެއް ފަހަރާ ތިން ދަތް ނެގި އަންހެނެއް، ފަރުވާ ދިން ކްލިނިކްގެ އިހުމާލުން މަރުވެއްޖެ ކަމަށް އާއިލާ އިން ތުހުމަތު ކޮށްފި

އެއް ފަހަރާ ތިން ދަތް ނެގި އަންހެނެއް، ފަރުވާ ދިން ކްލިނިކްގެ އިހުމާލުން މަރުވެއްޖެ ކަމަށް އާއިލާ އިން ތުހުމަތު ކޮށްފި

17 ނޮވެމްބަރު 2025
މާބަނޑުވީ 17 އަހަރު ފަހުން، ޑޮކްޓަރުގެ އިހުމާލުން ދަރިފުޅު ނިޔާވި އިރު ޖެހި އިންޖެކްޝަންތަކުގެ ސަބަބުން މަސް އޮތީ ގިރިފަ: އާއިލާ

މާބަނޑުވީ 17 އަހަރު ފަހުން، ޑޮކްޓަރުގެ އިހުމާލުން ދަރިފުޅު ނިޔާވި އިރު ޖެހި އިންޖެކްޝަންތަކުގެ ސަބަބުން މަސް އޮތީ ގިރިފަ: އާއިލާ

15 ނޮވެމްބަރު 2025
އިންޑިޔާ ގައި އުފައްދާފައިވާ ތިން ވައްތަރެއްގެ ކޯފް ސިރަޕް ތަޣައްޔަރުވެފައިވާ ކަމަށް ބުނެ ޑަބްލިޔުއެޗްއޯ އިން އިންޒާރެއް ނެރެފި

އިންޑިޔާ ގައި އުފައްދާފައިވާ ތިން ވައްތަރެއްގެ ކޯފް ސިރަޕް ތަޣައްޔަރުވެފައިވާ ކަމަށް ބުނެ ޑަބްލިޔުއެޗްއޯ އިން އިންޒާރެއް ނެރެފި

15 އޮކްޓޯބަރު 2025

އަހަރުތަކުން މިއަދު

15 ފެބުރުއަރީ
ރާއްޖޭގެ އާމްދަނީ 19% ދަށްވެފައި ވަނިކޮށް އިންޑިއާ ތީމްގެ ބޮޑު ހަފްލާއަކާއި އެކު ފިނޭންސްގެ ސްޓާފްނައިޓް ބާއްވައިފި
20251 އަހަރު ކުރިން
ރާއްޖެ

ރާއްޖޭގެ އާމްދަނީ 19% ދަށްވެފައި ވަނިކޮށް އިންޑިއާ ތީމްގެ ބޮޑު ހަފްލާއަކާއި އެކު ފިނޭންސްގެ ސްޓާފްނައިޓް ބާއްވައިފި

ވެލެންސިއާ އާއި ވިކްޓަރީ ނަގައިދީގެން ފައިޓޯ ތާރީހުގެ ތެރެއަށް
20242 އަހަރު ކުރިން
މީހުން

ވެލެންސިއާ އާއި ވިކްޓަރީ ނަގައިދީގެން ފައިޓޯ ތާރީހުގެ ތެރެއަށް

ތައިލެންޑްގެ ހޮހަޅައިން ސަލާމަތްކުރި ޑޫއަންގްފެޓް ފްރޮމްތެޕް މަރުވެފައި އޮއްވާ ފެނިއްޖެ
20233 އަހަރު ކުރިން
ދުނިޔެ

ތައިލެންޑްގެ ހޮހަޅައިން ސަލާމަތްކުރި ޑޫއަންގްފެޓް ފްރޮމްތެޕް މަރުވެފައި އޮއްވާ ފެނިއްޖެ

ވިނަރެސް އެޕާރޓްމެންޓް ގަތުމަށް ބޭނުންވާ އާއްމުންނަށް އެފުރުސަތު ކުރިއަށް އޮތް ދެ ހަފްތާތެރޭގައި ހުޅުވާލާނެ: އެޗްޑީސީ
20224 އަހަރު ކުރިން
ރާއްޖެ

ވިނަރެސް އެޕާރޓްމެންޓް ގަތުމަށް ބޭނުންވާ އާއްމުންނަށް އެފުރުސަތު ކުރިއަށް އޮތް ދެ ހަފްތާތެރޭގައި ހުޅުވާލާނެ: އެޗްޑީސީ

ގިނިހިލަޔަކުން ޖެހި 2029 ގައި ދުނިޔެއަށް ނިމުން އަތުވެދާނެ؟
20215 އަހަރު ކުރިން
ތަފާތު ޚަބަރު

ގިނިހިލަޔަކުން ޖެހި 2029 ގައި ދުނިޔެއަށް ނިމުން އަތުވެދާނެ؟

އިންޑިއާ ސިފައިންގެ ބެލުމުގެ ދަށަށް ގެންދިޔަ މަސްދޯނި ރާއްޖެއައުމަށް ދަތުރު ފަށައިފި
20197 އަހަރު ކުރިން
ރާއްޖެ

އިންޑިއާ ސިފައިންގެ ބެލުމުގެ ދަށަށް ގެންދިޔަ މަސްދޯނި ރާއްޖެއައުމަށް ދަތުރު ފަށައިފި

ޚުތުބާގައި ހިމެނޭ ދޮގު ހަދީސްތައް އުނިކޮށްފައި ކިޔުމަށް އިމާމުންނަށް އަންގައިފި
20188 އަހަރު ކުރިން
ރާއްޖެ

ޚުތުބާގައި ހިމެނޭ ދޮގު ހަދީސްތައް އުނިކޮށްފައި ކިޔުމަށް އިމާމުންނަށް އަންގައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު