Raajje.mv
Raajje.mv
  • ރާއްޖެ
  • ކުޅިވަރު
  • ދުނިޔެ
  • ވިޔަފާރި - އިގްތިސާދު
  • ރިޕޯޓު
  • ފޮޓޯ
  • ވާހަކަ
  • ސިއްހަތު
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
އާޖެންޓީނާ ޤައުމީ ޓީމު

ސްކަލޯނީ: ދުނިޔޭގެ ތާޖު މެސީ އަށް ހޯދައިދިނުމުގެ ފަހަތުގައި ހުރީ އާރުކާޓީ އަކީ މިއީ ތަ؟

ދުނިޔޭގައި ހުރި އެންމެ މޮޅު ކުޅުންތެރިޔަކީ މެސީކަން ސާބިތުކޮށްދިނުމުގެ ފަހަތުގައި ހުރިހާ ކަމެއް ރާވައި ހިންގީ ކޯޗެއްގެ ގޮތުން ސްކަލޯނީ

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 19 ޑިސެމްބަރު 2022 | ހޯމަ 11:40
އާޖެންޓީނާގެ ކޯޗު ސްކަލޯނީ އަދި މެސީ

އާޖެންޓީނާގެ ކޯޗު ސްކަލޯނީ އަދި މެސީ

އާޖެންޓީނާގެ ކެޕްޓަން ލިއޮނަލް މެސީ އަކީ ދުނިޔޭގައި އުފެދުނު އެންމެ މޮޅު އެއް ކުޅުންތެރިޔާ އެވެ. ޓްރޮފީ ކެބިނެޓުން މަދުވާ ހަމައެކަނި ތަށި ކަމަށްވާ ވޯލްޑްކަޕް އާދިއްތަ ދުވަހުގެ ރޭ ކާމިޔާބު ކުރުމާއެކު މިކަމާމެދު އިތުރަށް ބަހުސް ކުރާނެ ޖާގައެއް މިއަދަކު ނެތެވެ.

މިއަހަރުގެ ވޯލްޑް ކަޕާ ކުރިމަތިލީއިރު، މެސީގެ ތަށި ހަރުގަނޑުން މަދުވަނީ ފީފާ ވޯލްޑް ކަޕް އެކަންޏެވެ. 2005 ވަނަ އަހަރު އާޖެންޓީނާގެ ޤައުމީ ޓީމަށް ކުޅެން ފެށި ފަހުން މެސީ ވަނީ އެ ތަށި ހޯދުމަށް މީގެ ކުރިން ހަތަރު ފަހަރެއްގެ މަތިން ވަރަށް މަސައްކަތް ކޮށްފައެވެ. ހަމައެއާއެކު 2021 ވަނަ އަހަރާ ހަމަ އަށް މެސީ އަށް ޤައުމީ ޓީމާއެކު މާ ބޮޑު ކާމިޔާބެއް ވެސް އޮތީ ނުހޯދި އެވެ. މެސީގެ ހުނަރު ނެތިގެނެއް ނޫނެވެ. އެކަނި އެއް ކުޅުންތެރިޔަކަށް މިކަންކަން ކުރެވެންޏާ މެސީ ކިތަންމެ ފަހަރަކު މިކާމިޔާބީތައް ހާސިލްކުރާނެކަން ދުނިޔެ ގަބޫލުކުރެ އެވެ. މައްސަލައަކަށްވީ މީގެ ކުރިން އާޖެންޓީނާގެ ގައުމީ ޓީމުގައި އެފެންވަރު ނެތުމުންނެވެ. މިއަހަރުގެ މުބާރާތަށް ކުރިމަތިލީއިރު، މެސީ އަށް ވޯލްޑް ކަޕާ އެންމެ ކައިރިއަށް ދެވުނީ 2014 ވަނަ އަހަރު އެވެ. އެ އަހަރުގެ ފައިނަލްގައި ކުޅުނު ނަމަވެސް، ޖަރުމަނު އަތުން ބަލިވީ އިތުރު ވަގުތުގު ވެސް ފަހު މިނެޓުގަ އެވެ.

ޤައުމީ ޓީމާއެކު ކޮޕާ އެމެރިކާގެ ފައިނަލް ކުޅެ 2015 ވަނަ އަހަރު ނާކާމިޔާބުވި އެވެ. 2016 ވަނަ އަހަރު ވެސް ކޮޕާ އެމެރިކާ މުބާރާތުގެ ފައިނަލްގައި ޗިލީ އަތުން ބަލިވީ ޕެނަލްޓީގަ އެވެ. އެ މެޗަށް ފަހު މެސީ ވަނީ ޤައުމީ ޓީމަށް ކުޅުން ހުއްޓާލަން ނިންމާފަ އެވެ. މެސީގެ ނިންމުން ބަދަލު ކުރުމަށް ގިނަ ސަޕޯޓަރުން ގޮވާލި އެވެ. އެކަމަށް އެދުނު އެކަކީ މިހާރުގެ ކޯޗު ލިއޮނަލް ސްކަލޯނީ އެވެ. މެސީ ވަށައިގެން އަށް ކުޅުންތެރިން އޭނާ ހުއްޓުވުމަށް މަސައްކަތް ކުރާ ފޮޓޯ އެއް ޓުވިޓާއި ހިއްސާކުރަމުން ސްކަލޯނީ ލިޔުނީ، "މި ފޮޓޯ އިން ވެސް ހުރިހާ ވާހަކައެއް ބުނެދޭ، މެސީ ނުދޭ" މިހެންނެވެ.

އޭގެ ދެ އަހަރު ފަހުން 2018 ވަނަ އަހަރުގެ ވޯލްޑް ކަޕަށްފަހު ސްކަލޯނީ އާޖެންޓީނާގެ ކޯޗުކަމަށް ހަމަޖެއްސި އެވެ. އޭނާގެ އެންމެ ބޮޑު އަޒުމަކަށްވީ ދެ އަހަރު ކުރިން އޭނާގެ ކުރި ޓުވީޓުގައި ބުނިހެން، މެސީ އަށް ޤައުމީ ޓީމާއެކު ހުރިހާ ކާމިޔާބެއް ހޯދައިދިނުމެވެ. ސްކަލޯނީ ގައުމީ ކޯޗުކަމާ ހަވާލުވެ ވާދަވެރި ތައްޓަށް ވާދަކުރާ ޓީމަކަށް އާޖެންޓީނާ ބަދަލުކުރި އެވެ. ނަތީޖާ ފެންނަން ފެށީ ތިން އަހަރުގެ ތެރޭގަ އެވެ. 2021 ވަނަ އަހަރުގެ ކޮޕާ އެމެރިކާ އާޖެންޓީނާ ކާމިޔާބުކުރީ ފައިނަލްގައި ވާދަވެރި ބްރެޒިލް ބަލިކޮށްގެންނެވެ. މެސީ އަށް ހިނިތުންވުމެއް ދިނެވެ. މެސީ އަށް ޤައުމީ ޓީމާއެކު ތައްޓެއް ކާމިޔާބުކޮށްދިނެވެ.

ދެން ފެނުނީ އެއަށްވުރެ ވެސް ވަރުގަދަ އާޖެންޓީނާ އެކެވެ. ބަލިނުވެ 36 މެޗު އާޖެންޓީނާ ފުރިހަމަ ކުރީ ސްކަލޯނީގެ އިރުޝާދުގެ ދަށުންނެވެ. ކޮޕާ އެމެރިކާ ކާމިޔާބުކޮށް، ދެން ކުރިމަތިލީ ފައިނަލިސިމާއާ އެވެ. ދެކުނު އެމެރިކާ އާއި ޔޫރަޕުގެ ބައްރުގެ ޗެމްޕިއަނުން ކުޅޭ އެ ފައިނަލް މެޗުގައި އާޖެންޓީނާ އިން އިޓަލީ ބަލިކޮށްލީ ފަސޭހަކަމާއެކުގަ އެވެ. ޤަތަރަށް އައީ މިތަށީގެ ހިތްހަމަޖެހުމާއި އިތުބާރާއެކުގަ އެވެ. ވޯލްޑްކަޕުގެ ކުރިން މިއީ މެސީގެ އެންމެ ފަހު ވޯލްޑް ކަޕް ކަމަށް އޭނާ އިއުލާނުކުރި އެވެ. އެހެންކަމުން މި މުބާރާތް ވީ މެސީ އަށް ޚާއްސަ މުބާރާތަކަށެވެ. ވޯލްޑް ކަޕް ކާމިޔާބު ކުރުމުގެ ހުވަފެން ހަގީގަތަކަށް ހެދުމަށް ލިބުނު ފަހު ފުރުސަތަށެވެ. ވޯލްޑް ކަޕްގެ ފުރަތަމަ މެޗުގައި ސައޫދީ އަރަބިޔާ އަތުން ހިތްދަތި ގޮތަކަށް ބަލިވި އެވެ. އެ މެޗަށްފަހު މެސީ އެދުނީ ސަޕޯޓަރުން އޭނާ އާއި ޓީމަށް އިތުބާރު ކުރުމަށެވެ. ސްކަލޯނީ ބުނީ ސަޕޯޓަރުން ކެތްތެރިކަން އިސްކުރުމަށެވެ.

އޭގެ ފަހުން މުބާރާތުގައި ކުޅުނު ހުރިހާ މެޗެއް ކާމިޔާބުކޮށް އާޖެންޓީނާ ފައިނަލަށް އައީ ފަސް އެނބުރި ބެލުމެއްނެތި އެއް އަޒުމެއްގަ އެވެ. މެސީ އަށް ވޯލްޑް ކަޕް ކާމިޔާބުކޮށްދޭން އެދިގެންނެވެ. ފައިނަލްގައި އާޖެންޓީނާ އިން މޮޅަށް ކުޅުނެވެ. ދެ ލަނޑުން ލީޑެއް ވެސް ނެގި އެވެ. ނަމަވެސް ފަހު 15 މިނެޓުގައި ނަތީޖާ ހަމަހަމަ އިތުރު ވަގުތަށް ދިޔައީ ހާސްކަމާއެކުގަ އެވެ. އެކަމަކު އިތުރު ވަގުތުގައި ވެސް ލީޑް ނެގީ އާޖެންޓީނާ އެވެ. އެކަމަކު ޕެނަލްޓީ އަށް ދާން ޖެހުނީ އަނެއްކާ ވެސް ފްރާންސް ހަމަހަމަކުރުމުންނެވެ. އާޖެންޓީނާއިން ތިން ވަނަ ފަހަރަށް ވޯލްޑްކަޕް ކާމިޔާބުކުރީ ނަތީޖާ ނެރުމަށް ޖެހި ޕެނަލްޓީގައި ކާމިޔާބު ހޯދައިގެންނެވެ.

ކާމިޔާބީގެ ފަހަތުގައި ހުރި އެންމެ މުހިންމު އެކަކީ ކޯޗު ސްކަލޯނީ އެވެ. އޭނާގެ ނިންމުންތަކާއި، ވިސްނުމުގެ މޮޅުކަމެވެ. ސްކަލޯނީގެ އަމާޒަށް ވާސިލް ވެވިއްޖެއެވެ. އެއީ ހަ އަހަރު ކުރިން ޓުވީޓު ކުރި ފޮޓޯ އަސްލަކަށް ހެދުމެވެ. މެސީގެ ކެރިއަރުގައި މަދުވާ ވޯލްޑް ކަޕް ކާމިޔާބުކޮށްދިނުމެވެ. ދުނިޔޭގައި ހުރި އެންމެ މޮޅު ކުޅުންތެރިޔަކީ މެސީކަން ސާބިތުކޮށްދިނުމުގެ ފަހަތުގައި ހުރިހާ ކަމެއް ރާވައި ހިންގީ ކޯޗެއްގެ ގޮތުން ސްކަލޯނީ އެވެ. އޭނާގެ ވާހަކަ އަބަދަށް ދެމި ހުންނާނެ އެވެ.

ފީފާ ވޯލްޑް ކަޕްޤަތަރު ފީފާ ވޯލްޑް ކަޕް 2022އާޖެންޓީނާލިއޮނެލް މެސީލިއޮނަލް ސްކަލޯނީ ކުޅިވަރު

ކޮމެންޓް

އިތުރަށް ކިޔާލަން

އަންގި ލައިގެން ތަށީގައި ހިފަން އެންގުމުން، ސްކަލޯނީ އާއި އާޖެންޓީނާގެ ކިބައިން އިފަންޓީނޯ މައާފަށް އެދިވަޑައިގެންފި

އަންގި ލައިގެން ތަށީގައި ހިފަން އެންގުމުން، ސްކަލޯނީ އާއި އާޖެންޓީނާގެ ކިބައިން އިފަންޓީނޯ މައާފަށް އެދިވަޑައިގެންފި

08 ޑިސެމްބަރު 2025
މިއާމީ އާއެކު އެމްއެލްއެސް ކަޕް ކާމިޔާބުކޮށް، މެސީ އަށް ކެރިއަރުގެ 48 ވަނަ ތަށި

މިއާމީ އާއެކު އެމްއެލްއެސް ކަޕް ކާމިޔާބުކޮށް، މެސީ އަށް ކެރިއަރުގެ 48 ވަނަ ތަށި

07 ޑިސެމްބަރު 2025
އެެންމެ ފަހުގެ 2 ވޯލްޑްކަޕަށް ވެސް ކޮލިފައި ނުވި އިޓަލީ، ޕްލޭ އޮފް ގައި މިފަހަރު ނޮދަން އަޔަލެންޑާ ދެކޮޅަށް

އެެންމެ ފަހުގެ 2 ވޯލްޑްކަޕަށް ވެސް ކޮލިފައި ނުވި އިޓަލީ، ޕްލޭ އޮފް ގައި މިފަހަރު ނޮދަން އަޔަލެންޑާ ދެކޮޅަށް

21 ނޮވެމްބަރު 2025
ހަތަރު ފަހަރު މުބާރާތް ކާމިޔާބު ކޮށްފައިވާ ޖަރުމަނު އަންނަ އަހަރުގެ ވޯލްޑްކަޕަށް

ހަތަރު ފަހަރު މުބާރާތް ކާމިޔާބު ކޮށްފައިވާ ޖަރުމަނު އަންނަ އަހަރުގެ ވޯލްޑްކަޕަށް

18 ނޮވެމްބަރު 2025
މެޗަކުން ބަލިނުވެ ނެދަލޭންޑްސް ވޯލްޑްކަޕަށް

މެޗަކުން ބަލިނުވެ ނެދަލޭންޑްސް ވޯލްޑްކަޕަށް

18 ނޮވެމްބަރު 2025

އަހަރުތަކުން މިއަދު

7 ޖެނުއަރީ
އަލިފާނުގެ ތޫފާނެއްގެ ސަބަބުން ލޮސްއެންޖެލްސް ގައި ފިލްމީ ތަރިންނާއި ބިލިއަނަރުންގެ އަގުބޮޑު ގެތައް އަނދަނީ
20251 އަހަރު ކުރިން
ދުނިޔެ

އަލިފާނުގެ ތޫފާނެއްގެ ސަބަބުން ލޮސްއެންޖެލްސް ގައި ފިލްމީ ތަރިންނާއި ބިލިއަނަރުންގެ އަގުބޮޑު ގެތައް އަނދަނީ

މަސްރަހު ހޫނުވެފައި އޮއްވާ ނޫސްވެރިންނަށް ދައުވަތުދީގެން ގެނެސް ރައީސް ފިއްލަވައިފި
20242 އަހަރު ކުރިން
ރިޕޯޓު

މަސްރަހު ހޫނުވެފައި އޮއްވާ ނޫސްވެރިންނަށް ދައުވަތުދީގެން ގެނެސް ރައީސް ފިއްލަވައިފި

ފިޔޯރީ ސްކޫލު ބޭނުންނުކުރެވޭވަރަށް އަނދައި ހުލިވަނީ
20233 އަހަރު ކުރިން
ރާއްޖެ

ފިޔޯރީ ސްކޫލު ބޭނުންނުކުރެވޭވަރަށް އަނދައި ހުލިވަނީ

ސިނަމާލެ ބުރިޖާއި ކަނދިކަމަނާގެ މަސްތެލުލުން
20224 އަހަރު ކުރިން
ރިޕޯޓު

ސިނަމާލެ ބުރިޖާއި ކަނދިކަމަނާގެ މަސްތެލުލުން

ދުނިޔޭގެ އެންމެ މުއްސަނދި މީހާގެ މަގާމަށް އެލޮން މަސްކް
20215 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ދުނިޔޭގެ އެންމެ މުއްސަނދި މީހާގެ މަގާމަށް އެލޮން މަސްކް

ސާބިތުވެއްޖެ ނަމަ، ޔާމީން، އާޒިމާ އަދި ޒަމީރަށް ބޮޑު ޖޫރިމަނާއަކާ އެކު ޖަލު ގޮޅި!
20197 އަހަރު ކުރިން
ރިޕޯޓު

ސާބިތުވެއްޖެ ނަމަ، ޔާމީން، އާޒިމާ އަދި ޒަމީރަށް ބޮޑު ޖޫރިމަނާއަކާ އެކު ޖަލު ގޮޅި!

ޙަލާލު ގޮތުގައި މުދާ ހޯދައިގެން ކާންޖެހޭ ސަބަބަކީ ކޮބާ؟
20188 އަހަރު ކުރިން
އިސްލާމް

ޙަލާލު ގޮތުގައި މުދާ ހޯދައިގެން ކާންޖެހޭ ސަބަބަކީ ކޮބާ؟

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު