Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ފީފާ ވޯލްޑް ކަޕް 2022

ކުރިއަށް އޮތް ވޯލްޑް ކަޕްގައި މެސީ ކުޅެން ބޭނުންނަމަ ފުރުސަތު އޮންނާނެ: ސްކަލޯނީ

ދެން އަންނަ ވޯލްޑް ކަޕެއްގައި މެސީ ކުޅެން ބޭނުންވާނަމަ، އާޖެންޓީނާގެ 10 ނަންބަރު ޖާޒީ މެސީ އަށް ދޭނެ

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 19 ޑިސެމްބަރު 2022 | ހޯމަ 03:50
އާޖެންޓީނާގެ ކޯޗު ސްކަލޯނީ

އާޖެންޓީނާގެ ކޯޗު ސްކަލޯނީ

ހަތަރު އަހަރު ފަހުން އޮންނަ ފީފާ ވޯލްޑް ކަޕްގައި އާޖެންޓީނާގެ ކެޕްޓަން ލިއޮނަލް މެސީ ކުޅެން ބޭނުންވާނަމަ، އޭނާ އަށް އެ ފުރުސަތު އޮންނާނެ ކަމަށް އާޖެންޓީނާގެ ކޯޗު ލިއޮނަލް ސްކަލޯނީ ބުނެފިއެވެ.

ސްކަލޯނީ މިހެން ބުނީ މިއަހަރުގެ ފީފާ ވޯލްޑް ކަޕް މުބާރާތް އާޖެންޓީނާ އިން ކާމިޔާބު ކުރުމަށްފަހު އޮތް ޕްރެސް ކޮންފަރެންސްގައި ވާހަކަ ދައްކަމުންނެވެ. މެސީ ވަނީ މިއަހަރުގެ ވޯލްޑް ކަޕް މުބާރާތަކީ އޭނާގެ ފަހު ވޯލްޑް ކަޕް ކަމަށް ބުނެފައެވެ. ނަމަވެސް ޤައުމީ ޓީމަށް ކުޅުން ހުއްޓާލުމުގެ ވިސްނުމެއް ނުގެން ގުޅޭ ކަމަށް ވޯލްޑް ކަޕްގެ ކާމިޔާބީ އަށްފަހު މެސީ ބުންޏެވެ. ޕްރެސްގައި ވާހަކަ ދައްކަމުން ސްކަލޯނީ ބުނީ ދެން އަންނަ ވޯލްޑް ކަޕެއްގައި މެސީ ކުޅެން ބޭނުންވާނަމަ، އާޖެންޓީނާގެ 10 ނަންބަރު ޖާޒީ މެސީ އަށް ދޭނެ ކަމަށެވެ. އަދި މެސީ އަށް އޭނާގެ ކެރިއަރުގައި ކުރަން ބޭނުން ކޮންމެ ކަމެއް ކުރުމުގެ ފުރުސަތު އޮންނަން ޖެހޭނެ ކަމަށެވެ. ސްކަލޯނީ ބުނީ މެސީ ޓީމުގެ ކުޅުންތެރިންނަށް ދެމުން އައި ހިތްވަރަކީ ވަރަށް ތަފާތު އެއްޗެއް ކަމަށެވެ. ޓީމަށް މެސީ އިރުޝާދު ދިނުމާއި ގުޅޭ ގޮތުން ސްކަލޯނީ ބުނީ، ޗޭންޖިން ރޫމުގައި ވެސް އެވަރުގެ ކުޅުންތެރިޔެއް އޭނާގެ ކެރިއަރުގައި ވެސް ނުދެކޭ ކަމަށެވެ.

ސްކަލޯނީ ބުނީ އެންމެ ފަހުން ބޭއްވި ކޮޕާ އެމެރިކާ މުބާރާތުގެ ފައިނަލްގައި ބްރެޒިލް ބަލި ކުރުމަށްފަހު މެސީއާ ވާހަކަ ދެއްކި ކަމަށެވެ. އަދި ކުރިއަށް އޮތީ ބޮޑު މަސައްކަތެއް ކަމަށާއި، ވޯލްޑް ކަޕް ކާމިޔާބު ކުރުމުގެ ފުރުސަތު އޮތް ވާހަކަ ވެސް ބުނި ކަމަށެވެ. އޭނާ ބުނީ އާޖެންޓީނާގެ ރައްޔިތުންނާއި، ސަޕޯޓަރުންނަށްޓަަކައި އެދުވަހުން ފެށިގެން އަޒުމު ކަނޑައެޅީ ވޯލްޑް ކަޕް ކާމިޔާބު ކުރުމަށް ކަމަށެވެ.

މީގެ އިތުރުން ސްކަލޯނީ ބުނީ އާޖެންޓީނާގެ ލެޖެންޑް ޑިއޭގޯ މަރަޑޯނާ ޓީމާއެކު ނެތް ކަމުގެ އިހުސާސް ކުރެވޭ ކަމަށެވެ. މިކާމިޔާބީ އަކީ މަރަޑޯނާ ހުރި ނަމަ، އޭނާ އެންމެ އުފާވާނެ ކާމިޔާބީ ކަމަށެވެ. އަދި މަރަޑޯނާ ހުރި ނަމަ، މޮޅުވުމުގެ އުފަލުގައި އެންމެ ފުރަތަމަ ދަނޑަށް އަރާނީ ވެސް އޭނާ ކަމަށެވެ. ސްކަލޯނީ ބުނީ ދުނިޔޭގެ ޗެމްޕިއަނުންނަށް ވުމަކީ އޭނާގެ ޚިޔާލަަށް ދުވަހަކު ވެސް އައި ކަމެއް ނޫން ކަމަށެވެ. އަދި އަމިއްލަ ޤައުމަށް ފަޚުރެއް ހޯދައިދޭން މަސައްކަތް ކުރުމަށްވުރެ ވަކިން ބޮޑު އެހެން އުފަލެއް ނޯންނާނެ ކަމަށެވެ.

އާޖެންޓީނާގެ ކޯޗުކަމާ ސްކަލޯނީ ހަވާލުވީ 2018 ވަނަ އަހަރު އެވެ. އޭގެ ފަހުން އެ ޓީމު ވަނީ ކޮޕާ އެމެރިކާ މުބާރާތާއި، ފައިނަލިސިމާ އަދި ވޯލްޑް ކަޕް ކާމިޔާބުކޮށްފައެވެ. މިއީ 1986 ވަނަ އަހަރުގެ ފަހުން އާޖެންޓީނާ އިން ވޯލްޑް ކަޕް މުބާރާތެއް ކާމިޔާބު ކުރި ފުރަތަމަ ފަހަރެވެ.

ފީފާ ވޯލްޑް ކަޕްޤަތަރު ފީފާ ވޯލްޑް ކަޕް 2022އާޖެންޓީނާލިއޮނަލް ސްކަލޯނީ ލިއޮނެލް މެސީ

ކޮމެންޓް

އިތުރަށް ކިޔާލަން

މެސީގެ އިންޑިއާ ދަތުރު، ދަނޑުގައި ހިނގި ހަމަ ނުޖެހުން ތަކަށް ޗީފް މިނިސްޓަރު މަމަތާ ބެނާޖީ މައާފަށް އެދިވަޑައިގެންފި

މެސީގެ އިންޑިއާ ދަތުރު، ދަނޑުގައި ހިނގި ހަމަ ނުޖެހުން ތަކަށް ޗީފް މިނިސްޓަރު މަމަތާ ބެނާޖީ މައާފަށް އެދިވަޑައިގެންފި

14 ޑިސެމްބަރު 2025
މެސީ އިންޑިއާ އަށް، އެތައް ސަތޭކަ ބަޔަކު މަރުޙަބާ ކިޔަން ނިކުތް

މެސީ އިންޑިއާ އަށް، އެތައް ސަތޭކަ ބަޔަކު މަރުޙަބާ ކިޔަން ނިކުތް

13 ޑިސެމްބަރު 2025
އަންގި ލައިގެން ތަށީގައި ހިފަން އެންގުމުން، ސްކަލޯނީ އާއި އާޖެންޓީނާގެ ކިބައިން އިފަންޓީނޯ މައާފަށް އެދިވަޑައިގެންފި

އަންގި ލައިގެން ތަށީގައި ހިފަން އެންގުމުން، ސްކަލޯނީ އާއި އާޖެންޓީނާގެ ކިބައިން އިފަންޓީނޯ މައާފަށް އެދިވަޑައިގެންފި

08 ޑިސެމްބަރު 2025
މިއާމީ އާއެކު އެމްއެލްއެސް ކަޕް ކާމިޔާބުކޮށް، މެސީ އަށް ކެރިއަރުގެ 48 ވަނަ ތަށި

މިއާމީ އާއެކު އެމްއެލްއެސް ކަޕް ކާމިޔާބުކޮށް، މެސީ އަށް ކެރިއަރުގެ 48 ވަނަ ތަށި

07 ޑިސެމްބަރު 2025
އެެންމެ ފަހުގެ 2 ވޯލްޑްކަޕަށް ވެސް ކޮލިފައި ނުވި އިޓަލީ، ޕްލޭ އޮފް ގައި މިފަހަރު ނޮދަން އަޔަލެންޑާ ދެކޮޅަށް

އެެންމެ ފަހުގެ 2 ވޯލްޑްކަޕަށް ވެސް ކޮލިފައި ނުވި އިޓަލީ، ޕްލޭ އޮފް ގައި މިފަހަރު ނޮދަން އަޔަލެންޑާ ދެކޮޅަށް

21 ނޮވެމްބަރު 2025

އަހަރުތަކުން މިއަދު

8 ޖޫން
"ޓީމް އިއްބެ" ޝޯނުދީ ކައުންސިލަށް ނޭނގި ދާން އުޅުމަކީ ނާތަހުޒީބު އަމަލެއް: ކަމަދޫ ކައުންސިލް
20251 އަހަރު ކުރިން
ރާއްޖެ

"ޓީމް އިއްބެ" ޝޯނުދީ ކައުންސިލަށް ނޭނގި ދާން އުޅުމަކީ ނާތަހުޒީބު އަމަލެއް: ކަމަދޫ ކައުންސިލް

4000 ފްލެޓަށް ހަދަން އުޅޭ ގޮތެއް ނޭނގޭ، އެ ކޮމިޓީން މި ކޮމިޓީން ލިސްޓް ވާނުވާގައި!
20242 އަހަރު ކުރިން
ރާއްޖެ

4000 ފްލެޓަށް ހަދަން އުޅޭ ގޮތެއް ނޭނގޭ، އެ ކޮމިޓީން މި ކޮމިޓީން ލިސްޓް ވާނުވާގައި!

ހުސްއަންހެނުން ދަތުރުކުރި ފުރަތަމަ ހައްޖު ފްލައިޓް އިންޑިޔާ އިން ޖިއްދާއަށް
20233 އަހަރު ކުރިން
ދުނިޔެ

ހުސްއަންހެނުން ދަތުރުކުރި ފުރަތަމަ ހައްޖު ފްލައިޓް އިންޑިޔާ އިން ޖިއްދާއަށް

ބްރައުން ޝުގަރއަކީ ސިއްޙީ ގޮތުން ވަކި ރައްކާތެރި އެއްޗެއް ނޫން
20224 އަހަރު ކުރިން
ސިއްހަތު

ބްރައުން ޝުގަރއަކީ ސިއްޙީ ގޮތުން ވަކި ރައްކާތެރި އެއްޗެއް ނޫން

ވިއްސާރަދުނީގެ ކުލަތަކުން ޖަރީކުރާއިރު އަލިފާނުގެ ވާރޭގެ މަތިން ހަނދުމަ ނެތުނީހެއްޔެވެ؟
20215 އަހަރު ކުރިން
ރިޕޯޓު

ވިއްސާރަދުނީގެ ކުލަތަކުން ޖަރީކުރާއިރު އަލިފާނުގެ ވާރޭގެ މަތިން ހަނދުމަ ނެތުނީހެއްޔެވެ؟

ސަލާހުގެ އަންހެނުންނާއި އެހެން މަޝްހޫރު ކުޅުންތެރިންގެ އަންހެނުންނާއި ހުރި ތަފާތަކީ ކޮބާ؟
20197 އަހަރު ކުރިން
ރިޕޯޓު

ސަލާހުގެ އަންހެނުންނާއި އެހެން މަޝްހޫރު ކުޅުންތެރިންގެ އަންހެނުންނާއި ހުރި ތަފާތަކީ ކޮބާ؟

ދަމު ނަމާދު. (تهجد ނަމާދު)
20188 އަހަރު ކުރިން
އިސްލާމް

ދަމު ނަމާދު. (تهجد ނަމާދު)

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު