Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެކަރެކްޝަންސްގެ ތަފާސްހިސާބު

ނޮވެމްބަރު މަހު 76 މީހަކު ޖަލަށް ލި، 41 މީހަކު ޖަލުން ދޫކޮށްލި

18 ޑިސެމްބަރު 2022 | އާދީއްތަ 06:50

މަސްތުވާތަކެއްޗާ ގުޅުންހުރި ކުށްތަކުގައި 62 އިންސައްތަ މީހުން ޖަލަށް ލާފައިވޭ

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 18 ޑިސެމްބަރު 2022 | އާދީއްތަ 06:50
މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް

މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް

ނޮވެމްބަރު މަހު 76 މީހަކު ޖަލަށް ލާފައިވާއިރު، 41 މީހަކު ޖަލުން ދޫކޮށްލާފައިވާކަމަށް މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް އިން ބުނެފިއެވެ.

ކަރެކްޝަންސްއިން އާންމުކޮށްފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު، ނޮވެމްބަރު މަހު 76 މީހަކު ޖަލަށް ލާފައިވެއެވެ. އެއީ ޙުކުމްކޮށްގެން ލާފައިވާ 58 މީހަކާއި، ޝަރީއަތް ނިމެންދެން ބަންދުކޮށްފައިވާ 18 މީހެކެވެ.

Advertisement - newsAdvertisement

އޭގެ ތެރެއިން އެންމެ ގިނައީ މަސްތުވާތަކެއްޗާ ގުޅުންހުރި މައްސަލަތަކުގައި ބަންދު ކޮށްފައިވާ މީހުންނެވެ. އެގޮތުން މަސްތުވާތަކެއްޗާ ގުޅުންހުރި ކުށްތަކުގައި 62 އިންސައްތަ މީހުން ޖަލަށް ލާފައިވާއިރު، ފޭރުމުގެ ކުށްތަކުގައި 13 އިންސައްތަ ހިއްސާ ކުރެއެވެ.

އަދި ހުއްދަނެތި ތަންތަނަށް ވަނުމާއި ގުޅޭ 10 އިންސައްތަ މައްސަލައިގެ އިތުރުން، ބިރުދެއްކުމާއި، ހުއްދަ ނޫން ގޮތުގައި މީހުންގެ މުދާ ހިފެހެއްޓުމާއި، ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރުމާއި، މަކަރާ ހީލަތުގެ މައްސަލަތަކުގައިވެސް މި މުއްދަތުގެ ތެރޭގައި މީހުން ޖަލަށް ލާފައިވެއެވެ.

މި މުއްދަތުގެ ތެރޭގައި 41 މީހަކު ޖަލުން ދޫކޮށްލާފައިވާއިރު، އޭގެ ތެރޭގައި ހިމެނެނީ ޙުކުމުގައި ތިބި 26 މީހަކާއި، ޝަރީއަތް ނިމެންދެން ބަންދުކޮށްފައި ތިބި 15 މީހެކެވެ.

ޙުކުމުގައި ތިބި މީހުންގެ ތެރެއިން 19 މީހަކު ދޫކޮށްލާފައިވަނީ އެމީހުންގެ ޙުކުމް ތަންފީޒުކޮށް ނިމުމުންނެވެ. އެކަކު ޕެރޯލްގެ ދަށުން ދޫކޮށްލާފައިވާއިރު، އެކަކު ދޫކޮށްލާފައިވަނީ ޙުކުމް ބާތިލުކުރުމާއި ގުޅިގެންނެވެ.

އަދި 5 މީހަކު ދޫކޮށްލާފައިވަނީ ކްލެމެންސީގެ ދަށުންނެވެ.

ނޮވެމްބަރު މަހުގެ ތެރޭގައި މާފުށީ ޖަލުން 6 މޯބައިލް ފޯނާއި، 24 ސިމްކާޑާއި، 3 ޗާޖަރުގެ އިތުރުން، 3 ހެޑްސެޓާއި މި ނޫންވެސް އައިޓަމްތައް ހޯދާފައިވެއެވެ.

އަދި އައްސޭރި ޖަލުންވެސް، 6 މޯބައިލް ފޯނާއި 1 ސިމް ކާޑު ވަނީ ހޯދާފައެވެ.

ޖަލުތަކުގައި ގައިދީންނާ މެދު އަމަލު ކުރާނެ ގޮތުގެ އެންމެ ދަށް މިންގަނޑުތައް ކަނޑައަޅާފައިވާ ދި ޔުނައިޓެޑް ނެޝަނަލް ސްޓޭންޑަޑް މިނިމަމް ރޫލްސް ފޯރ ދި ޓްރީޓްމަންޓު އޮފް ޕްރިޒަންސް، ދި ނެލްސަން މަންޑޭލާ ރޫލްސްއަށް ޖަލު އޮފިސަރުންވެސް ގެންދަނީ ތަމްރީނު ކުރަމުންނެވެ.

މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް (އެމްސީއެސް)ޖަލުތަކާއި ޕެރޯލް ޤާނޫނު

އެންމެ ހިނގާ

1

އީރާނުގެ ހަމަލާތަކުން ލިބޭ ގެއްލުންތައް އާންމުވާތީ އެމެރިކާގެ އަސްކަރިއްޔާއިން ކަންބޮޑުވެއްޖެ، މަންޒަރުތައް ރެކޯޑް ނުކުރަން އިންޒާރުދީ، ފޯނުތައް އަތުލަނީ

2

ޚާމަނާއީ އަވަހާރަކޮށްލި ހާދިސާއަށްފަހު ފުރަތަމަ ހިނގި ކަންތައްތަކުގެ ތަފުސީލު ޣާލީބާފް ހާމަކުރައްވައިފި

3

މިނިވަންދުވަހުގެ ކުޅަދާނަ ސްޕީޗާއެކު "ނމކޢވ" ގެ ލަގަބު

4

އީރާނުގެ ހަމަލާތަކުން އިސްރާއީލު ދިފާއުކުރެވޭނެ ގާބިލުކަމެއް އެމެރިކާ އަކު ނެތް ކަމަށް އެމެރިކާގެ އިސް ކޮމާންޑަރަކު ވިދާޅުވެއްޖެ

5

އުރުދުންގައި ހުންނަ އެމެރިކާގެ އަސްކަރީ މަރުކަޒަށް އީރާނުން ދިން ހަމަލާތަކުގައި އެއްވެސް ގެއްލުމެއް ނުވާކަމަށް އެމެރިކާއިން ދައްކަމުންދާ ވާހަކަތައް ދޮގުކުރާ ފޮޓޯތަކެއް އީރާނުން އާންމުކޮށްފި

އިތުރަށް ކިޔާލަން

09 އޮކްޓޯބަރު 2024

ގައިދީންގެ ބޮލާއި ތުނބުޅި މަތިމަސް ގަދަކަމުން ނުބޭލޭނެ ގޮތަށް އުސޫލުތައް ބަދަލުކުރަނީ

09 އޮކްޓޯބަރު 2024
ގައިދީންގެ ބޮލާއި ތުނބުޅި މަތިމަސް ގަދަކަމުން ނުބޭލޭނެ ގޮތަށް އުސޫލުތައް ބަދަލުކުރަނީ
01 އޮކްޓޯބަރު 2024

ޖަލަށް ފޯނާއި ޑްރަގް ވެއްދުމުގައި ތުހުމަތުގައި ހައްޔަރުކުރި ބައެއް އޮފިސަރުންނާއެކު އިއުތިރާފުގެ އެއްބަސްވުމެއް ހަދަނީ

01 އޮކްޓޯބަރު 2024
ޖަލަށް ފޯނާއި ޑްރަގް ވެއްދުމުގައި ތުހުމަތުގައި ހައްޔަރުކުރި ބައެއް އޮފިސަރުންނާއެކު އިއުތިރާފުގެ އެއްބަސްވުމެއް ހަދަނީ
25 ޖުލައި 2024

ސްކޭމްގެ މައްސަލަތަކާއި ގުޅިގެން މި އަހަރުގެ މިހާތަނަށް 300 އެކައުންޓް ބަންދުކޮށްފައިވޭ - ބީއެމްއެލް

25 ޖުލައި 2024
ސްކޭމްގެ މައްސަލަތަކާއި ގުޅިގެން މި އަހަރުގެ މިހާތަނަށް 300 އެކައުންޓް ބަންދުކޮށްފައިވޭ - ބީއެމްއެލް
01 އެޕްރީލު 2024

ހުޅުމާލޭ ޖަލުގައި ހުކުމް ތަންފީޒުކުރަމުން ދިޔަ ގައިދީއަކު ނިޔާވެއްޖެ

01 އެޕްރީލު 2024
ހުޅުމާލޭ ޖަލުގައި ހުކުމް ތަންފީޒުކުރަމުން ދިޔަ ގައިދީއަކު ނިޔާވެއްޖެ
21 ޑިސެމްބަރު 2023

ޔާމީނު އެދިވަޑައިގަތީ ނޫސްވެރިންނަށް މައުލޫމާތުދެއްވުމުގެ ހުއްދައަކަށް، ކަރެކްޝަންސްއިން ނިންމީ ހުއްދަ ނުދޭން

21 ޑިސެމްބަރު 2023
ޔާމީނު އެދިވަޑައިގަތީ ނޫސްވެރިންނަށް މައުލޫމާތުދެއްވުމުގެ ހުއްދައަކަށް، ކަރެކްޝަންސްއިން ނިންމީ ހުއްދަ ނުދޭން
06 ޑިސެމްބަރު 2023

ޖަލުތަކުގައި އުމްރާނީ ވަސީލަތްތައް އެކަށީގެންވާ ވަރަށް ގާއިމުކުރެވިފައިނުވޭ: ކޮމިޝަނަރ އޮފް ޕްރިޒަންސް

06 ޑިސެމްބަރު 2023
ޖަލުތަކުގައި އުމްރާނީ ވަސީލަތްތައް އެކަށީގެންވާ ވަރަށް ގާއިމުކުރެވިފައިނުވޭ: ކޮމިޝަނަރ އޮފް ޕްރިޒަންސް
01 ނޮވެމްބަރު 2023

ކަރެކްޝަންސް އިން ޔާމީނަށް އިންޒާރު ދީފި، ތަކުރާރުވާނަމަ އިގުރާރު ބާތިލުކުރަނީ

01 ނޮވެމްބަރު 2023
ކަރެކްޝަންސް އިން ޔާމީނަށް އިންޒާރު ދީފި، ތަކުރާރުވާނަމަ އިގުރާރު ބާތިލުކުރަނީ
01 ނޮވެމްބަރު 2023

ޖަލުތަކާއި ޕެރޯލް ޤާނޫނާ ޚިލާފަށް ޔާމީނު ސިޔާސީ ޙަރަކާތުގައި…

01 ނޮވެމްބަރު 2023
ޖަލުތަކާއި ޕެރޯލް ޤާނޫނާ ޚިލާފަށް ޔާމީނު ސިޔާސީ ޙަރަކާތުގައި…
31 އޮކްޓޯބަރު 2023

އެމްސީއެސްގެ ސީނިއަރ އޮފިސަރުން ބެލްޖިއަމްގައި ބޭއްވި އައިސީޕީއޭ އެނުއަލް ކޮންފަރަންސްގައި ބައިވެރިވެއްޖެ

31 އޮކްޓޯބަރު 2023
އެމްސީއެސްގެ ސީނިއަރ އޮފިސަރުން ބެލްޖިއަމްގައި ބޭއްވި އައިސީޕީއޭ އެނުއަލް ކޮންފަރަންސްގައި ބައިވެރިވެއްޖެ
29 އޮކްޓޯބަރު 2023

ކުރީގެ ރައީސް ޔާމީންގެ ބަންދަށް ބޮޑެތި ލުއިތަކެއް

29 އޮކްޓޯބަރު 2023
ކުރީގެ ރައީސް ޔާމީންގެ ބަންދަށް ބޮޑެތި ލުއިތަކެއް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް