Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
ކޮވިޑް-19، ޗައިނާގެ ހާލަތު

ފިޔަވަޅުތަކަށް ލުއިދިނުމާއެކު، މިލިއަނެއްހާ މީހުން ޗައިނާގައި ކޮވިޑް ޖެހިގެން މަރުވާނެކަމަށް އަންދާޒާކޮށްފި

ކޮވިޑް ކޭސްތައް އަންނަ އަހަރުގެ އޭޕްރީލް މަހުގެ 1 ހިސާބުގައި ޗައިނާގައި ޕީކަށް އަރާނެ

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ, ރާއްޖެ އެމްވީ | 17 ޑިސެމްބަރު 2022 | ހޮނިހިރު 17:49
ޗައިނާގައި ކޮވިޑް-19 ޖެހިފައިވާ މީހަކަށް ފަރުވާދިނުމަށް ގެންދަނީ

ޗައިނާގައި ކޮވިޑް-19 ޖެހިފައިވާ މީހަކަށް ފަރުވާދިނުމަށް ގެންދަނީ

ކޮވިޑް-19 ފެތުރުން ކޮންޓްރޯލްކުރުމަށް ޗައިނާގައި އަޅާފައިވާ ފިޔަވަޅުތަކަށް ދިން ލުއިތަކާއެކު، ކޭހުގެ އަދަދު ގިނަވެ، އަންނަ އަހަރުތެރޭގައި މިލިއަނެއްހާ މީހުން މަރުވެދާނެކަމަށް އެމެރިކާގެ އިންސްޓިޓިއުޓް އޮފް ހެލްތު މެޓްރިކްސް އެންޑް އެވަލުޔޭޝަން (އައިއެޗްއެމްއީ)ން އަންދާޒާކޮށްފިއެވެ.

އައިއެޗްއެމްއީން ހަދާފައިވާ މޮޑެލުން ދައްކާގޮތުގައި، ޗައިނާގައި ކޮވިޑް ކޭސްތައް އަންނަ އަހަރުގެ އޭޕްރީލް މަހުގެ 1 ހިސާބުގައި ޕީކަށް އަރާނެއެވެ. އެހާތަނަށް ކޮވިޑް ޖެހިގެން މަރުވާ މީހުންގެ އަދަދު 322،000ށް އަރާނެކަމަށް ވަނީ އަންދާޒާކޮށްފައެވެ. އެދުވަސްވަރާ އަރާ ހަމަވާއިރު ޗައިނާގެ އާބާދީގެ ތިންބައިކުޅަ އެއްބައި މީހުންނަށް ބަލިޖެހޭނެކަމަށް އަންދާޒާކުރާކަމަށް އައިއެޗްއެމްއީގެ ޑައިރެކްޓަރ ކްރިސްޓޮފަރ މުރޭ ވިދާޅުވިއެވެ.

ކޮވިޑް-19 ފެތުރުން ކޮންޓްރޯލްކުރުމަށް އަޅާފައިވާ ފިޔަވަޅުތަކަށް ލުއިތައް ދިން ފަހުން ޗައިނާގައި ކޮވިޑް ޖެހިގެން މީހަކު މަރުވެފައިވާކަމަށް އަދި ރިޕޯޓްކޮށްފައެއްނުވެއެވެ. އެންމެފަހުން ޗައިނާއިން ކޮވިޑް ޖެހިގެން މީހަކު މަރުވެގެން ރިޕޯޓްކޮށްފައިވަނީ ޑިސެމްބަރ 3 ވަނަ ދުވަހުއެވެ.

މިހާތަނަށް ޗައިނާގައި މިބަލީގައި މަރުވެފައިވާ މީހުންގެ އަދަދަކީ 5235އެވެ.

ކޮވިޑް ފެތުރުން ކޮންޓްރޯލްކުރުމަށް މުޅި ދުނިޔޭގައިވެސް އަޅާފައިވާ އެންމެ ވަރުގަދަ ފިޔަވަޅުތަކަށް ޗައިނާއިން ލުއި ދީފައިވަނީ ޑިސެމްބަރ މަހުގެ ތެރޭގައެވެ. އެއީ ފިޔަވަޅުތަކާ ގުޅިގެން ޗައިނާގައި ކުރިއަށްދިޔަ މުޒާހަރާތަކާއެކުއެވެ. ފިޔަވަޅުތަކަށް ދިން ލުއިތަކާއެކު ޗައިނާގައި ވަނީ ކޮވިޑްގެ ކޭސްތައް އިތުރުވެފައެވެ. އަދި އަންނަ މަހު ލިބޭ އައު އަހަރުގެ ޗުއްޓީއާއެކު ކޭސްތައް އިތުރުވެގެންދާނެ ކަމުގެ ބިރު ވަނީ ހީވެފައެވެ.

މުރޭ ވިދާޅުވީ، ޗައިނާއިން ފިޔަވަޅުތަކަށް ލުއިދޭނެކަމަށް އެއްވެސް މީހަކު ނުވިސްނާކަމަށެވެ. ޗައިނާއިން ގެންގުޅޭ ޒީރޯ ކޮވިޑް ސިޔާސަތާއެކު، އައު ވޭރިއަންޓްތައް ފެތުރުން ކޮންމެވެސް ވަރަކަށް ހިފެހެއްޓިފައި ވީނަމަވެސް، އޮމިކްރޯން ވޭރިއަންޓާއެކު ކޭސްތައް ފެތުރެން ފެށީކަމަށް މުރޭ ވިދާޅުވިއެވެ.

އައިއެޗްއެމްއީން މޮޑެލް ތައްޔާރުކުރުމުގައި އާންމު ގޮތެއްގައި ބަރޯސާވަނީ ގައުމުތަކުގެ ސަރުކާރާއި ކުންފުނިތަކުން ދޭ ޑާޓާތަކަށެވެ. ނަމަވެސް ޗައިނާގެ މޮޑެލް ތައްޔާރުކުރުމުގައި އެމީހުން ބަލާފައިވަނީ ދާދިފަހުން ހޮންގކޮންގގައި އޮމިކްރޯން ވޭރިއަންޓާއެކު އައި އައުޓްބްރޭކަށެވެ.

އެކަމާއި ގުޅޭގޮތުން މުރޭ ވިދާޅުވީ، ޗައިނާއަކީ އެންމެ ފުރަތަމަ ކޮވިޑް ފެނުނު ގައުމަށްވާއިރު، ވުހާންއިން މަރުވި މީހުންގެ އަދަދުގެ ގޮތުގައި ރިޕޯޓްކޮށްފައިވަނީ އަސްލު އަދަދު ނޫންކަމަށެވެ. އެހެންކަމުން ހޮންގކޮންގގައި ކޭސްތައް ފެނުނު އަދަދުތަކަށް ބެލީކަމަށް މުރޭ ވިދާޅުވިއެވެ.

ބައެއް މާހިރުން ލަފާކުރާ ގޮތުގައި ޗައިނާގެ އާބާދީގެ 60 އިންސައްތަ މީހުންނަށް ކޮވިޑް ޖެހޭނެއެވެ. އަދި ޖެނުއަރީ މަހުގެ ތެރޭގައި ޕީކަށްދާނެއެވެ.

ކޮވިޑް-19ޗައިނާ

ކޮމެންޓް

އިތުރަށް ކިޔާލަން

ވިލިމާލެ ހޮސްޕިޓަލާއި ގުޅޭގޮތުން ސަރުކާރުން އެކި ފަހަރު އެކި ތާރީހު

ވިލިމާލެ ހޮސްޕިޓަލާއި ގުޅޭގޮތުން ސަރުކާރުން އެކި ފަހަރު އެކި ތާރީހު

24 ނޮވެމްބަރު 2025
ކޮވިޑް-19ގެ ތެރޭގައި ބަލި ފެތުރުނު ނަމަވެސް މުޒާހަރާ ކުރާނަމޭ ބުނެ، މަގު މައްޗަށް ނުކުތީ މި ސަރުކާރުގެ ބޭފުޅުން: މެންބަރު އަމީން

ކޮވިޑް-19ގެ ތެރޭގައި ބަލި ފެތުރުނު ނަމަވެސް މުޒާހަރާ ކުރާނަމޭ ބުނެ، މަގު މައްޗަށް ނުކުތީ މި ސަރުކާރުގެ ބޭފުޅުން: މެންބަރު އަމީން

19 ނޮވެމްބަރު 2025
އޮކްޓޯބަރު 3 ގެ އެއްވުމުގެ ވާހަކައާއެކު އަނެއްކާވެސް ޝަންގްރިއްލާ ހުޅުވުމުގެ ވާހަކަ ސަރުކާރުން ދައްކައިފި

އޮކްޓޯބަރު 3 ގެ އެއްވުމުގެ ވާހަކައާއެކު އަނެއްކާވެސް ޝަންގްރިއްލާ ހުޅުވުމުގެ ވާހަކަ ސަރުކާރުން ދައްކައިފި

30 ސެޕްޓެމްބަރު 2025
އެމެރިކާގެ ވެކްސިން ޕެނަލުން މިހާރު ބޮޑެތި މީހުންނަށް ކޮވިޑް-19 ވެކްސިން ޖެހުމަށް ލަފާ ނުދޭ

އެމެރިކާގެ ވެކްސިން ޕެނަލުން މިހާރު ބޮޑެތި މީހުންނަށް ކޮވިޑް-19 ވެކްސިން ޖެހުމަށް ލަފާ ނުދޭ

21 ސެޕްޓެމްބަރު 2025
 ސަރުކާރުން ހަރަދުތައް ކުޑަކޮށް އެއްވެސް މާލީ ރިފޯމެއް ނުގެނޭ، ސިޔާސީ މަގާމުތަކުގެ އަދަދު 3000ށް ވުރެ އިތުރު - އަމީރު

ސަރުކާރުން ހަރަދުތައް ކުޑަކޮށް އެއްވެސް މާލީ ރިފޯމެއް ނުގެނޭ، ސިޔާސީ މަގާމުތަކުގެ އަދަދު 3000ށް ވުރެ އިތުރު - އަމީރު

11 ސެޕްޓެމްބަރު 2025

އަހަރުތަކުން މިއަދު

10 ފެބުރުއަރީ
އިންޑިއާގެ މަޖިލީހުގައި އާޓިފިޝަލް އިންޓެލިޖެންސް ބޭނުން ކުރާތީ އަބްދުއްރަހީމް ތައުރީފް ކުރައްވާ ރާއްޖޭގެ މަޖިލިސް ޑިޖިޓައިޒް ކުރުމަށް އެހީ އަށް އެދިވަޑައިގެންފި
20251 އަހަރު ކުރިން
ރާއްޖެ

އިންޑިއާގެ މަޖިލީހުގައި އާޓިފިޝަލް އިންޓެލިޖެންސް ބޭނުން ކުރާތީ އަބްދުއްރަހީމް ތައުރީފް ކުރައްވާ ރާއްޖޭގެ މަޖިލިސް ޑިޖިޓައިޒް ކުރުމަށް އެހީ އަށް އެދިވަޑައިގެންފި

ޢަލީ ރަސްގެފާނުގެ ޖިހާދު މީޑިޔާއާ އެބަ މުޚާޠަބުކުރޭ، ޤައުމާ އެއްކޮޅަށް ޚަބަރުތައް ގެންނަން އެބަ ނަސޭހަތްދޭ: ރައީސް
20242 އަހަރު ކުރިން
ރާއްޖެ

ޢަލީ ރަސްގެފާނުގެ ޖިހާދު މީޑިޔާއާ އެބަ މުޚާޠަބުކުރޭ، ޤައުމާ އެއްކޮޅަށް ޚަބަރުތައް ގެންނަން އެބަ ނަސޭހަތްދޭ: ރައީސް

އެމެރިކާގެ ވައިގެ ސަރަހައްދުން ފެނުނު ގޮތް ނޭނގޭ އެއްޗެއް، ފައިޓަރ ޗެޓް ބޭނުންކޮށްގެން ވައްޓާލައިފި
20233 އަހަރު ކުރިން
ދުނިޔެ

އެމެރިކާގެ ވައިގެ ސަރަހައްދުން ފެނުނު ގޮތް ނޭނގޭ އެއްޗެއް، ފައިޓަރ ޗެޓް ބޭނުންކޮށްގެން ވައްޓާލައިފި

ސެލެބްރިޓީ ރޭހުގެ މިފަހަރުގެ ބައިވެރިން
20224 އަހަރު ކުރިން
ތަފާތު ޚަބަރު

ސެލެބްރިޓީ ރޭހުގެ މިފަހަރުގެ ބައިވެރިން

ފިރުޝާނާ: ސިފައިންގެ ދުނިޔޭގައި ފިޔަޖަހާލި ދިވެހި އަންހެން ތަރިއެއް
20215 އަހަރު ކުރިން
ރިޕޯޓު

ފިރުޝާނާ: ސިފައިންގެ ދުނިޔޭގައި ފިޔަޖަހާލި ދިވެހި އަންހެން ތަރިއެއް

ދިވެހި ބޭސް ހެދުމުގެ ނަމޫނާ ބޭސްވެރިއެއް
20197 އަހަރު ކުރިން
ރިޕޯޓު

ދިވެހި ބޭސް ހެދުމުގެ ނަމޫނާ ބޭސްވެރިއެއް

ދެވަންސޫރަ: އޮލިމްޕަސް އޯޑިއެންސާ ބީރައްޓެހި، ނަމަވެސް ކޮންމެހެން ބަލަންޖެހޭ ފިލްމެއް!
20188 އަހަރު ކުރިން
ރިޕޯޓު

ދެވަންސޫރަ: އޮލިމްޕަސް އޯޑިއެންސާ ބީރައްޓެހި، ނަމަވެސް ކޮންމެހެން ބަލަންޖެހޭ ފިލްމެއް!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު