Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ގައުމީ ފުޓުބޯޅަ ޓީމު

ދެވަނަ މެޗުގައި ސިންގަޕޫރު އަތުންވެސް ރާއްޖެއަށް ނާކާމިޔާބު

ސިންގަޕޫރުގެ ޖަލާން ބެސާރް ސްޓޭޑިއަމްގައި ކުޅުނު މެޗުން ރާއްޖެ ބަލިވީ 3-1ން

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 17 ޑިސެމްބަރު 2022 | ހޮނިހިރު 12:23
ރާއްޖެއާއި ސިންގަޕޫރު ކުޅުނު މެޗުގެ ތެރެއިން

ރާއްޖެއާއި ސިންގަޕޫރު ކުޅުނު މެޗުގެ ތެރެއިން

ބައިނަލްއަގުވާމީ ރަހުމަތްތެރިކަމުގެ މެޗުގައި ސިންގަޕޫރާ ދެކޮޅަށް ކުޅުނު މެޗުން ރާއްޖެ ބަލިވެއްޖެއެވެ.

ސިންގަޕޫރުގެ ޖަލާން ބެސާރް ސްޓޭޑިއަމްގައި ކުޅުނު މެޗުން ރާއްޖެ ބަލިވީ 3-1ންނެވެ.

މެޗުގައި ފުރަތަމަ ލަނޑު ޖަހައި ލީޑު ނެގީވެސް ސިންގަޕޫރުންނެވެ. މެޗުގެ ހަތަރުވަނަ މިނެޓުގައި އެ ޓީމަށް ލީޑު ނަގައިދިނީ އިލްހާން ފަންޑީއެވެ. އެއީ އެ ޓީމުގެ ކްރިސްޓޮފާ ވެން ހުއިޒެން ހުރަސްކޮށްދިން ބޯޅައެއް، ރާއްޖޭގެ ގޯލު އޭރިޔާ ތެރޭގައި ހުރެ ބޮލުން ގޯލުގެ ތިރީ ކަނަށް ފޮނުވާލައިގެން އޭނާ ކާމިޔާބުކޮށްދިން ލަނޑެކެވެ. ނަމަވެސް މެޗުގެ 17 ވަނަ މިނެޓުގައި ހަމްޒާ މުހައްމަދު (ހަމްޕު) ނަގައިދިން ކޯނަރެއްގައި ބޮލުން ބޯޅަ ގޯލަށް ފޮނުވާލައިގެން ރާއްޖެއަށް ނަތީޖާ ހަމަހަމަކޮށްދިނީ އިބްރާހީމް މަހްދީ ހުސައިންއެވެ. ފުރަތަމަ ހާފު ނިމުނީ 1-1ން އެއްވަރުވެގެންނެވެ.

ދެ ވަނަ ހާފަށް ނުކުމެވެސް ސިންގަޕޫރުން ވަނީ ލީޑު ނެގުމަށް މަސައްކަތްކޮށްފައެވެ. ދެވަނަ ފަހަރަށް ސިންގަޕޫރަށް މެޗުގައި ލީޑު ނަގައިދިނީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނުކުތް، ޝަވަލް އަންވަރުއެވެ. އެއީ 49 ވަނަ މިނެޓުގައި އަރިމަތިން ސޮން އުއިޔޮން ނަގައިދިން ހުރަހެން ބޮލުން ގޯލަށް ފޮނުވާލައިގެންނެވެ. އޭގެ ފަހުން މެޗުގެ 86 ވަނަ މިނެޓުގައި ސިންގަޕޫރުގެ ލީޑު އިތުރަށް ފުޅާކޮށްދިނީވެސް ޝަވަލް އަންވަރުއެވެ. މި ލަނޑު އޭނާ ޖެހީ އެ ޓީމުގެ ރައިހާން ސްޓެވާޓް ހުރަސްކުރި ބޯޅައެއް ރާއްޖޭގެ އޭރިޔާ ތެރޭ ހުރެ ގޯލަށް ފޮނުވާލައިގެންނެވެ.

މި މެޗުގެ ކުރިން ރާއްޖެއިން ވަނީ މެލޭޝިޔާއާ ދެކޮޅަށްވެސް ރަހުމަތްތެރިކަމުގެ މެޗެއް ކުޅެފައެވެ. އެ މެޗުން ރާއްޖެ ބަލިވީ 3-0ންނެވެ. ގައުމީ ޓީމުގެ މިހާރުގެ ކޯޗު ފްރެންޗެސްކޯ މޮރިއޭރޯގެ އިރުޝާދުގެ ދަށުން ރާއްޖެއިން ވަނީ 12 މެޗު ކުޅެފައެވެ.

ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)ގައުމީ ހޭންޑްބޯލް ޓީމުސިންގަޕޫރު

ކޮމެންޓް

އިތުރަށް ކިޔާލަން

މަޖިލީހުގެ ކޮމިޓީ އަކަށް ދޮގު ހެދުމުގެ މައްސަލަ އެއް ގައި ސިންގަޕޫރުގެ އިދިކޮޅު ލީޑަރު ކުށްވެރިވާ ކަމަށް ކުރި ހުކުމް ދަމަހައްޓައިފި

މަޖިލީހުގެ ކޮމިޓީ އަކަށް ދޮގު ހެދުމުގެ މައްސަލަ އެއް ގައި ސިންގަޕޫރުގެ އިދިކޮޅު ލީޑަރު ކުށްވެރިވާ ކަމަށް ކުރި ހުކުމް ދަމަހައްޓައިފި

04 ޑިސެމްބަރު 2025
ދިވެހި ގައުމީ ހޭންޑްބޯލް ޓީމު އުމްރާވުމަށް މީޤާތު ހައްޖު އެންޑް އުމްރާ ގްރޫޕުން އެހީތެރިވެ ދީފި

ދިވެހި ގައުމީ ހޭންޑްބޯލް ޓީމު އުމްރާވުމަށް މީޤާތު ހައްޖު އެންޑް އުމްރާ ގްރޫޕުން އެހީތެރިވެ ދީފި

24 ނޮވެމްބަރު 2025
ފިލިޕީންސް އަތުންވެސް ބަލިވެ، ރާއްޖެ ސުން ޕޮއިންޓާއެކު ގުރޫޕުގެ ފުލުގައި

ފިލިޕީންސް އަތުންވެސް ބަލިވެ، ރާއްޖެ ސުން ޕޮއިންޓާއެކު ގުރޫޕުގެ ފުލުގައި

18 ނޮވެމްބަރު 2025
ޑައިމަންޑް ޖުބިލީ ފުޓުބޯޅަ ފެސްޓިވަލްގެ ނަމުގައި ސިލްސިލާ ފެސްޓިވަލް ތަކެއް ބާއްވަނީ

ޑައިމަންޑް ޖުބިލީ ފުޓުބޯޅަ ފެސްޓިވަލްގެ ނަމުގައި ސިލްސިލާ ފެސްޓިވަލް ތަކެއް ބާއްވަނީ

05 ނޮވެމްބަރު 2025
އެންމެ މުހިންމީ ކުޅިވަރު ދާއިރާ ހިންގާނެ މީހުން އުފެއްދުން: މޯހަން

އެންމެ މުހިންމީ ކުޅިވަރު ދާއިރާ ހިންގާނެ މީހުން އުފެއްދުން: މޯހަން

27 އޮކްޓޯބަރު 2025

އަހަރުތަކުން މިއަދު

27 މެއި
2023 ވަނަ އަހަރު ޑިފެންސް މިނިސްޓްރީ އިން ހަރަދުކޮށްފައިވަނީ މާލިއްޔާތު ގާނޫނާ އެއްގޮތަށް
20251 އަހަރު ކުރިން
ރާއްޖެ

2023 ވަނަ އަހަރު ޑިފެންސް މިނިސްޓްރީ އިން ހަރަދުކޮށްފައިވަނީ މާލިއްޔާތު ގާނޫނާ އެއްގޮތަށް

ފަލަސްތީނުގައި ޔަހޫދީން ހިންގަމުން ގެންދާ ގަތުލުއާންމަކީ ދެގައުމެއްގެ ދޭތެރޭގައި އޮތް ދާހިލި މައްސަލައެއްގެ ގޮތުގައި ޕީއެންސީން ސިފަކޮށްފި
20242 އަހަރު ކުރިން
ރާއްޖެ

ފަލަސްތީނުގައި ޔަހޫދީން ހިންގަމުން ގެންދާ ގަތުލުއާންމަކީ ދެގައުމެއްގެ ދޭތެރޭގައި އޮތް ދާހިލި މައްސަލައެއްގެ ގޮތުގައި ޕީއެންސީން ސިފަކޮށްފި

"ބޭހެއް ނުކަން، ޖަހާލީ ކުޅަނދުރު ކައްޓެއް. އަނެއް ދުވަހު ހެނދުނު ރަނގަޅުވެއްޖެ"
20233 އަހަރު ކުރިން
ތަފާތު ޚަބަރު

"ބޭހެއް ނުކަން، ޖަހާލީ ކުޅަނދުރު ކައްޓެއް. އަނެއް ދުވަހު ހެނދުނު ރަނގަޅުވެއްޖެ"

އަސޭލާ ލައްވާ ކުރީގެ ރައީސް ޔާމީން ފާލު ބެލިކަން ހާމަވާ އިތުރުވާހަކަތަކެއް
20224 އަހަރު ކުރިން
ރާއްޖެ

އަސޭލާ ލައްވާ ކުރީގެ ރައީސް ޔާމީން ފާލު ބެލިކަން ހާމަވާ އިތުރުވާހަކަތަކެއް

މުއިއްޒުގެ ޢިއްޒަތް
20215 އަހަރު ކުރިން
ކޮލަމް

މުއިއްޒުގެ ޢިއްޒަތް

ނަޝީދު ކުޅުއްވީ ޑްރާމާއެއްތަ؟
20197 އަހަރު ކުރިން
ރިޕޯޓު

ނަޝީދު ކުޅުއްވީ ޑްރާމާއެއްތަ؟

އާރަށުގައި ދިގުކޮށް ކިޔަވާތީ ތިން މުދިމުން ބަދަލުކޮށްފި: މަހްލޫފް
20188 އަހަރު ކުރިން
ރާއްޖެ

އާރަށުގައި ދިގުކޮށް ކިޔަވާތީ ތިން މުދިމުން ބަދަލުކޮށްފި: މަހްލޫފް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު