Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
ކުޑަކުދިންގެ ވަގުފާރި

"ބަނޑުގައި ވަނިކޮށް ރިޒާވްކޮށް" ކުޑަކުދިން ވިއްކާ ބައިނަލްއަގްވާމީ ވިޔުގަ އެއް އަތުލައިގަނެފި

އިންޑޮނޭޝިއާގެ ފުލުހުން އަތުލައިގަތް ކުޑަކުދިން ވިއްކާ ބައިނަލްއަޤްވާމީ މި ވިއުގަ އިން 2023 އިން ފެށިގެން މަދުވެގެން 25 ކުޑަކުދިން ސިންގަޕޫރަށް ވިއްކާފައިވާ ކަމަށް ތުހުމަތު ކުރެވޭ

ރާއްޖެ އެމްވީ | 19 ޖުލައި 2025 | ހޮނިހިރު 10:06
މާބަނޑު އަންހެނެއް

މާބަނޑު އަންހެނެއް

ބަނޑުގައި ވަނިކޮށް ކުއްޖާ ރިޒާވް ކޮށް" ކުޑަކުދިން ވިއްކާ ވިޔުގަ އެއް އިންޑޮނީޝިޔާ ގެ ފުލުހުން އަތުލައިގަނެފި އެވެ.

އިންޑޮނޭޝިއާގެ ފުލުހުން އަތުލައިގަތް ކުޑަކުދިން ވިއްކާ ބައިނަލްއަޤްވާމީ މި ވިއުގަ އިން 2023 އިން ފެށިގެން މަދުވެގެން 25 ކުޑަކުދިން ސިންގަޕޫރަށް ވިއްކާފައިވާ ކަމަށް ތުހުމަތު ކުރެވެއެވެ.

މި ހަފްތާގައި އިންޑޮނޭޝިއާ ގެ ޕޮންޓިއަނާކް އަދި ޓަންގެރަންގް ސިޓީތަކު ގައި މި މި ވިޔުގަ އާ ގުޅުން ހުރި 13 މީހަކު ހައްޔަރުކޮށް، ވިއްކާލަން އުޅުނު 6 ކުޑަކުދިން ވަނީ ސަލާމަތް ކޮށްފައެވެ. މި ކުދިންނަކީ ގާތްގަނޑަކަށް އަހަރެއްހާ ދުވަސްވީ ކުދިންނެވެ.

"ކުޑަކުދިން ފުރަތަމަ ބައިތިއްބަނީ ޕޮންޓިއަނާކް ގެ ތަނެއްގައެވެ. އަދި އެ ތަނުގައި އެ ކުދިންގެ އިމިގްރޭޝަން ލިޔެކިޔުންތައް ތައްޔާރު ކުރުމަށް ފަހު ސިންގަޕޫރަށް ފޮނުވަނީއެވެ،" ވެސްޓް ޖާވާ ފުލުހުންގެ އާންމު ކުށްތަކާބެހޭ ތަޙުޤީޤު ޑިޕާޓްމަންޓުގެ ޑިރެކްޓަރު، ސުރަވާން، ބީބީސީ ނިއުސް އިންޑޮނޭޝިއާ އަށް ބުންޏެވެ.

މި ކަމާ ގުޅިގެން ބީބީސީ ނިއުސް އިން ސިންގަޕޫރު ފުލުހުންނާއި ސިންގަޕޫރުގެ ދާޚިލީ ވުޒާރާ އާ ގުޅުމުން މި ކަމާ ބެހޭ އެއްވެސް ޖަވާބެއް ދީފައި ނުވާ ކަމަށް ބީބީސީ އިން ރިޕޯޓު ކޮށްފައި ވެއެވެ.

އިންޑޮނީޝިޔާ ގެ ފުލުހުން ބުނާ ގޮތުގައި، މި ވިޔުގައި އިން ދަރިފުޅު ބޮޑުކުރަން ބޭނުން ނުވާ މައިންބަފައިން ނުވަތަ މާބަނޑު އަންހެނުން ދެނެގަނެ އެމީހުންނާ ކޮންޓެކްޓް އުފައްދައެވެ. ބައެއް ހާލަތްތަކުގައި ފޭސްބުކް މެދުވެރިކޮށް ގުޅުން ފަށައި، ފަހުން ވަޓްސްއެޕް ފަދަ ޕްރައިވެޓް ޗެނަލްތަކުން މުއާމަލާތް ކުރުން ކުރިއަށް ގެންދެއެވެ.

"ބައެއް ކުދިން ބަނޑުގައި ވަނިކޮށްވެސް ރިޒާވް ކުރޭ. އުފަންވުމުން، ވިހެއުމުގެ ޚަރަދުތައް ދައްކައި، ބަދަލުގައި ފައިސާ ދީ، ކުއްޖާ ގެންދޭ،" ސުރަވާން ބުންޏެވެ.

ފުލުހުން ބުނާ ގޮތުގައި، މި ގްރޫޕްގެ މެންބަރުންގެ ތެރޭގައި ވިއްކާ ކުޑަކުދިން ހޯދާ މީހުންނާއި، އެ ކުދިން ބަލަހައްޓާ މީހުންނާއި، އެ ކުދިން ބައިތިއްބާ މީހުންނާއި، އަދި ފޭކު ލިޔެކިޔުންތައް ތައްޔާރުކުރާ މީހުން ހިމެނެއެވެ.

މައިންގެ އަތުން ކުއްޖާ ނެގުމަށްފަހު، އެ ކުދިން ދެތިން މަސްދުވަހު ވަގުތީ ގޮތުން ބަލަހައްޓާ މީހުންނާ ހަވާލުކުރެވެއެވެ. އޭގެފަހުން ޖަކާޓާ އަށް ފޮނުވައި، ދެން ޕޮންޓިއަނާ އަށް ފޮނުވައެވެ. އެތަނުގައި ބައިތިއްބައިގެން އުފަންދުވަހުގެ ސެޓްފިކެޓާއި، ޕާސްޕޯޓާއި އެހެނިހެން ލިޔެކިޔުންތައް ތައްޔާރު ކުރެވެއެވެ.

ފުލުހުން ބުނާ ގޮތުގައި، ކުޑަކުދިން ވިއްކާފައި ވަނީ 11 މިލިއަން އިންޑޮނޭޝިއާ ރުފިޔާ (673 އެމެރިކާ ޑޮލަރު؛ 502 ޕައުންޑު) އާއި 16 މިލިއަން އިންޑޮނޭޝިއާ ރުފިޔާ އާ ދެމެދުގެ އަގަކަށެވެ.

ހައްޔަރު ކުރެވުނު ބައެއް މީހުން ބުނާ ގޮތުގައި، މި ވިޔުގަ އިން މަދުވެގެން 12 ފިރިހެން ކުދިންނާއި 13 އަންހެން ކުދިން އެ ގައުމުގެ އެތެރޭގަ އާއި ގައުމުން ބޭރުގައި ވިއްކާލާފައިވެއެވެ. މި ކުދިންގެ ގިނަ އަދަދެއް އައިސްފައި ވަނީ އިންޑޮނޭޝިއާގެ ވެސްޓް ޖާވާ ޕްރޮވިންސްގެ އެކި ހިސާބުތަކުން ކަމަށް ފުލުހުން ބުނެއެވެ.

ބުރާސްފަތި ދުވަހު އިންޑޮނޭޝިއާގެ ފުލުހުން ބުނެފައި ވަނީ އެމީހުންގެ "އެންމެ އިސްކަންދޭ މަސައްކަތަކީ" ސިންގަޕޫރުގައި ތިބި ކުދިން ގަތް މީހުން ހޯދުން ކަމަށެވެ.

"ފުރުވާލާފައިވާ ކުދިންގެ މަޢުލޫމާތާ ދިރާސާ ކުރަމުން މިދަނީ، އަޅުގަނޑުމެންނަށް އެނގޭނެ ކާކުކަން ފުރީ، ކާކުކަން އެކުގައި ދިޔައީ، ކޮން އިރަކުކަން ފުރީ، އަދި އެތާ ތިބި ގަންނަ މީހުންނަކީ ކޮބައިކަން،" ސުރަވާން ނޫސްވެރިންނަށް ބުންޏެވެ.

ފުލުހުންނަށް ލިބުނު ގިނަ މަޢުލޫމާތުން ދައްކާ ގޮތުގައި ވިއްކާލި ކުދިންގެ ނޭޝަނަލިޓީ ވަނީ ބަދަލު ކޮށްފަ އެވެ. އަދި އެ ކުދިންގެ ޕާސްޕޯޓުތައް ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ވެސް ބުންޏެވެ.

ކުރިން ސުރަވާން ބީބީސީ އިންޑޮނޭޝިއާ އަށް ބުނެފައި ވަނީ ކުޑަކުދިން ހޯދާފައި ވަނީ ގަންނަ މީހުންނާއި މައިންބަފައިންނާ ދެމެދު ވެވުނު އެއްބަސްވުންތަކާ ގުޅިގެން ޖެހުނު މައްސަލަތަކުގެ ސަބަބުން ކަމަށާއި، ދަރިފުޅު ވަގަށް ނެގި ކަމަށް ރިޕޯޓުކުރި މައިންބަފައިން އެހެން ބުނަނީ ބްރޯކަރު އެމީހުންނަށް ފައިސާ ނުދީގެން ކަމަށް އޭނާ ބުންޏެވެ.

މާލީ ދަތިކަމުގެ ސަބަބުން ބައެއް މައިންބަފައިން ދަރިން ވިއްކާލަން އެއްބަސްވެފައިވާ ކަމަށް ޝައްކުކުރެވޭ ކަމަށާއި އެހެން ނަަމަވެސް އެމީހުންގެ މައްޗަށް ވެސް ކުށުގެ ދަޢުވާ ކުރެވިދާނެ ކަމަށް ސުރަވާން ބުންޏެވެ.

އިންޑޮނޭޝިއާގެ ފުލުހުން ވަނީ އިންޓަރޕޯލްއާއި ސިންގަޕޫރު ފުލުހުންގެ އެހީތެރިކަމަށް އެދިފައެވެ. މިއީ ބޭރުގައި ތިބި ވިޔުގައިގެ މެންބަރުންނާއި ގަންނަ މީހުން ހައްޔަރު ކުރުމަށް ޓަކައެވެ.

އިންޑޮނޭޝިއާގެ ކުޑަކުދިން ރައްކާތެރިކުރުމުގެ ކޮމިޝަން (ކޭޕީއޭއައި) ގެ ކޮމިޝަނަރު ވިދާޅުވި ގޮތުގައި، ކުޑަކުދިން ވިއްކުމުގެ ވިޔުގަތަކުން އާންމުކޮށް އަމާޒު ކުރަނީ ނިކަމެތި ހާލަތުގައި ތިބޭ އަންހެނުންނަށް ކަމަށެވެ.

ކޮމިޝަނަރު އިތުރަށް ވިދާޅުވި ގޮތުގައި، ކުޑަކުދިން ނުވަތަ ޅަފަތުގެ ކުދިން ވިއްކުމުގެ ވިޔުގަތައް އާންމުކޮށް ފެންނަނީ ވިއްސާ ކްލިނިކްގެ ގޮތުގައި އާއި ޔަތީމްޚާނާގެ ގޮތުގައި ނުވަތަ ނާޒުކު ހާލަތުގައި ތިބޭ އަންހެނުންނާއި ކުޑަކުދިން ބަލަހައްޓާ އިޖްތިމާޢީ މަރުކަޒުތަކެއްގެ ގޮތުގައެވެ.

މި ކްލިނިކްތަކާއި މަރުކަޒުތަކުން ނާޒުކު ހާލަތުގައި ތިބޭ މާބަނޑު މީހުންނާ މުއާމަލާތް ކުރަނީ ވަރަށް އޯގާތެރި ކަމާ އެކުގައި ކަމަށާއި، ވިހެއުމަށް ފަހު ދަރިފުޅު ގެއަށް ގެންދެވިދާނެ ކަމަށް ބުނާ ކަމަށް ވެސް ކޮމިޝަނަރު ވިދާޅުވިއެވެ.

"އެހެންނަމަވެސް ޙަޤީޤަތުގައި އެމީހުން ފައިސާ ހުށަހަޅައި، ޤާނޫނާ ޚިލާފަށް ކުއްޖާގެ ބެލެނިވެރިކަން ބަދަލުކުރެއެވެ،" އޭނާ ވިދާޅުވިއެވެ.

އިންޑޮނޭޝިއާގައި ވިއްކާލެވޭ ކުޑަކުދިންގެ އަދަދާ ގުޅޭ ރަސްމީ ތަފާސްހިސާބެއް ނެތް ނަމަވެސް، ކޭޕީއޭއައި ގެ އަމިއްލަ ތަފާސްހިސާބުން ދައްކާ ގޮތުގައި އިންސާނުން ވިއްކުމުގެ ވިޔަފާރިކުރުމުގެ ކުށްތައް ދަނީ އިންޑޮނީޝިއާ ގައި އިތުރު ވަމުންނެވެ.

2020 ވަނަ އަހަރު ކޭޕީއޭއައި އިން ރެކޯޑު ކޮށްފައި ވަނީ ޤާނޫނާ ޚިލާފަށް ކުދިންގެ ބެލެނިވެރިކަން ބަދަލު ކުރުމުގެ 11 މައްސަލައެވެ. އެހެންނަމަވެސް 2023 ވަނަ އަހަރު ކުޑަކުދިން ވަގަށް ނެގުމާއި އިންސާނުންގެ ވަގުފާރީގެ 59 މައްސަލަ ރެކޯޑް ކުރެވިފައި ވެއެވެ.

އޭނާ ވިދާޅުވި ގޮތުގައި، ކުޑަކުދިން ވިއްކާލެވެނީ އެކި އަގުތަކަށެވެ.

"ޖާވާގައި [އަގު ހުންނަނީ] 11 މިލިއަން އިންޑޮނީޝިއަން ރުފިޔާ އާއި 15 މިލިއަން ރުފިޔާ އާ ދެމެދުގައެވެ. އެހެން ނަމަވެސް ބާލީގައި 20 މިލިއަން އިން 26 މިލިއަން ރުފިޔާ އާ ދެމެދުގެ އަގަކަށް އަރައެވެ،" އޭނާ ވިދާޅުވިއެވެ. "އަގު ކަނޑައެޅެނީ އެކި ކަންތައްތަކަށް ބަލައިގެންނެވެ. އޭގެ ތެރޭގައި ކުއްޖާގެ ސިފަ ހިމެނެއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ބަންގްލަދޭޝްގައި ތިބި 145،000 ރޮހިންޖާ ކުޑަކުދިންނަށް މެލްނިއުޓްރިޝަން ގެ ނުރައްކާ އެބައޮތް: ޑީއީސީ

ބަންގްލަދޭޝްގައި ތިބި 145،000 ރޮހިންޖާ ކުޑަކުދިންނަށް މެލްނިއުޓްރިޝަން ގެ ނުރައްކާ އެބައޮތް: ޑީއީސީ

06 އޮކްޓޯބަރު 2017
މައިންބަފައިންނާ ނުލާ ބަންގްލަދޭޝްއަށް އެތެރެވެފައިވާ ރޮހިންޖާ ކުޑަކުދިންނަށް ހާއްސަ ހިޔާތަކެއް ބިނާ ކުރަނީ

މައިންބަފައިންނާ ނުލާ ބަންގްލަދޭޝްއަށް އެތެރެވެފައިވާ ރޮހިންޖާ ކުޑަކުދިންނަށް ހާއްސަ ހިޔާތަކެއް ބިނާ ކުރަނީ

27 ސެޕްޓެމްބަރު 2017
އެހީ ހޯދަން އުޅުނު ރޮހިންޖާ މުސްލިމުންގެ ބަޔަކު ތޮއްޖެހި ފިތިބާރުވުމުގެ ސަބަބުން ދެ ކުޑަކުދިންނާއި އަންހެނަކު މަރުވެއްޖެ

އެހީ ހޯދަން އުޅުނު ރޮހިންޖާ މުސްލިމުންގެ ބަޔަކު ތޮއްޖެހި ފިތިބާރުވުމުގެ ސަބަބުން ދެ ކުޑަކުދިންނާއި އަންހެނަކު މަރުވެއްޖެ

18 ސެޕްޓެމްބަރު 2017
 އަންހެނަކަށް ހަމަލާ ދިން ކަމުގެ ތުހުމަތު ކުރެވިފައި ވަނިކޮށް މުގާބޭގެ އަނބިކަނބަލުން އެނބުރި ގައުމަށް!

އަންހެނަކަށް ހަމަލާ ދިން ކަމުގެ ތުހުމަތު ކުރެވިފައި ވަނިކޮށް މުގާބޭގެ އަނބިކަނބަލުން އެނބުރި ގައުމަށް!

17 އޯގަސްޓު 2017
އެމެރިކާއިން ތައިވާނަށް ހަތިޔާރު ވިއްކާތީ ޗައިނާއިން ކަންބޮޑުވެއްޖެ

އެމެރިކާއިން ތައިވާނަށް ހަތިޔާރު ވިއްކާތީ ޗައިނާއިން ކަންބޮޑުވެއްޖެ

30 ޖޫން 2017

އަހަރުތަކުން މިއަދު

15 މެއި
ކައުންސިލްތަކުން ބްލޮކް ގްރާންޓް ނަގައިގެން ދަނީ ބެންކޮކަށް، ރައްޔިތުންނަށް ފައިދާވާ އެއްވެސް ކަމެއް ނުކުރޭ: ރައީސް މުއިއްޒު
20251 އަހަރު ކުރިން
ރާއްޖެ

ކައުންސިލްތަކުން ބްލޮކް ގްރާންޓް ނަގައިގެން ދަނީ ބެންކޮކަށް، ރައްޔިތުންނަށް ފައިދާވާ އެއްވެސް ކަމެއް ނުކުރޭ: ރައީސް މުއިއްޒު

ޕޫޓިންގެ ޔޫކްރެއިން ހަނގުރާމަ އަށް ޝީ އަގުދައްކަވަނީ!
20242 އަހަރު ކުރިން
ރިޕޯޓު

ޕޫޓިންގެ ޔޫކްރެއިން ހަނގުރާމަ އަށް ޝީ އަގުދައްކަވަނީ!

މިސްކީނު ހިފަހައްޓާލި ތިނަދޫގެ މޮޅު ޑިފެންޑަރު
20233 އަހަރު ކުރިން
މީހުން

މިސްކީނު ހިފަހައްޓާލި ތިނަދޫގެ މޮޅު ޑިފެންޑަރު

ތަނެއްގައި ވަޒީފާ އަދާކުރުމަކީ، އެތަނުގެ ހުރިހާ ވަސީލަތެއް އިމެއް ނެތި ބޭނުންކުރެވޭނެ ސަބަބެއް ނޫން: ޕީޖީ އޮފީސް
20224 އަހަރު ކުރިން
ރާއްޖެ

ތަނެއްގައި ވަޒީފާ އަދާކުރުމަކީ، އެތަނުގެ ހުރިހާ ވަސީލަތެއް އިމެއް ނެތި ބޭނުންކުރެވޭނެ ސަބަބެއް ނޫން: ޕީޖީ އޮފީސް

އައު ކައިވެނިފުޅަކަށް އިނގިރޭސި ރާނީ ތައްޔާރުވެވަޑައިގަންނަވަނީ
20215 އަހަރު ކުރިން
ތަފާތު ޚަބަރު

އައު ކައިވެނިފުޅަކަށް އިނގިރޭސި ރާނީ ތައްޔާރުވެވަޑައިގަންނަވަނީ

ވަޅޯމަސް ފްރައިޑް ރައިސް
20197 އަހަރު ކުރިން
ލައިފް ސްޓައިލް

ވަޅޯމަސް ފްރައިޑް ރައިސް

ތަރާވީޙް ނަމާދު
20188 އަހަރު ކުރިން
އިސްލާމް

ތަރާވީޙް ނަމާދު

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު