Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއެޗްއާރުސީއެމް

އދ. އިން އަންގާފައިވާ ކަންތައްތައް ތަންފީޒް ކުރުމަށް އެޗްއާރުސީއެމުން ސަރުކާރަށް ގޮވާލައިފި

27 ޖޫން 2017 | އަންގާރަ 04:46

މިދިޔަ އަހަރު ލާއިންސާނީ އަނިޔާކުރިކަމަށް ބުނެ 34 ޝަކުވާއެއް ކޮމިޝަނަށް ވަނީ ހުށަހަޅާފަ

ސަހުބާން  ފަހުމީ
ސަހުބާން ފަހުމީ | 27 ޖޫން 2017 | އަންގާރަ 04:46
އެޗްއާރުސީއެމްގެ ރައީސް އީނާސް

އެޗްއާރުސީއެމްގެ ރައީސް އީނާސް

އަނިޔާވެރި، ލާއިންސާނީ ދަށުދަރަޖައިގެ ޢަމަލުތަކާ ގުޅޭ ގޮތުން ދިވެހި ދައުލަތުން ރަނގަޅުކުރުމަށް އދ އިން އަންގާފައިވާ ކަންތައްތައް ވީއެންމެ އަވަހަކަށް ތަންފީޒް ކުރުމަށް ހިޔުމަންރައިޓްސް ކޮމިޝަން އޮފް ދި މޯޑިވްސް (އެޗްއާރުސީއެމް) އިން ދިވެހި ސަރުކާރަށް ގޮވާލައިފިއެވެ.

ބައިނަލްއަޤުވާމީ ގޮތުން ފާހަގަކުރާ އަނިޔާވެރި، ލާއިންސާނީ، ދަށުދަރަޖައިގެ ޢަމަލުތަކުގެ ޝިކާރައަކަށްވެފައިވާ ފަރާތްތަކަށް ހިތްވަރުދިނުމުގެ ދުވަހުގެ މުނާސަބަތުގައި އެޗްއާރުސީއެމް އިން ނެރުނު ނޫސްބަޔާނުގައި ބުނެފައި ވަނީ 2004 ވަނަ އަހަރު ދިވެހިރާއްޖެއިން ބައިވެރިވެފައިވާ، އަނިޔާކުރުމާއި އެހެނިހެން އަނިޔާވެރި، ލާއިންސާނީ ނުވަތަ ދަށުދަރަޖައިގެ ޢަމަލު ހިންގުމާއި އަދަބު ދިނުން މަނާކުރާ މުޢާހަދާގެ ދަށުން އދ ގެ ކޮމިޓީ، އަގެއިންސްޓް ޓޯޗަރއަށް ދައުލަތުން ހުށަހަޅަންޖެހޭ ރިޕޯޓު ވީހާ ވެސް އަވަހަކަށް ހުށަހަޅަން ސަރުކާރަށް އިއުތިމާސް ކުރާ ކަމަށެވެ.

Advertisement - newsAdvertisement

ހަމައެހެންމެ އދ ގެ ކޮމިޓީތަކުން ރަނގަޅުކުރުމަށް ފާހަގަކޮށްފައިވާ ކަންކަން ވީއެންމެ އަވަހަށް ތަންފީޒުކުރުމަށް ވެސް ދިވެހި ސަރުކާރަށް އިލްތިމާސްކުރާ ކަމަށާއި އަދި އަނިޔާ ލިބެމުންދާ ފަރާތްތަކަށް ރައްކާތެރިކަން ފޯރުކޮށްދިނުމާއި، އަނިޔާއިން އެއްކިބާވެ ހުރުމުގެ ޙައްޤު ކަށަވަރުކޮށްދިނުމަށް ދައުލަތުގެ ކަމާބެހޭ ފަރާތްތަކުން ކުރަމުންގެންދާ މަސައްކަތްތައް މިހާރަށްވުރެ ހަރުދަނާކުރުމަށް ވެސް އެޗްއާރުސީއެމް އިން ވަނީ ގޮވާލާފައެވެ.

އެޗްއާރުސީއެމްގެ ބަޔާނުގައި ބުނެފައިވާ ގޮތުގައި ލާއިންސާނީ އަނިޔާކުރިކަމަށް ބުނެ 34 ޝަކުވާއެއް 2016 ވަނަ އަހަރު ކޮމިޝަނަށް ވަނީ ހުށަހަޅާފައެވެ. އެގޮތުން ހައްޔަރުކުރުމުގެ ތެރޭގައި އަނިޔާކުރިކަމަށް ބުނެ ހުށަހަޅާފައިވާ މައްސަލަތަކާއި، ބަންދުކޮށްފައިހުރި މަރުކަޒުގައި އަނިޔާކުރި ކަމަށް ބުނެ ހުށަހަޅާފައިވާ މައްސަލަތައް ހިމެނޭ ކަމަށް އެޗްއާރުސީއެމްގެ ބަޔާނުގައި ބުނެފައި ވެއެވެ.

ކޮމިޝަންގެ ބަޔާނުގައި ބުނެފައިވާ ގޮތުގައި މިނިވަންކަން ގެއްލޭ ގޮތަށް ދައުލަތުގެ ބެލުމުގެ ދަށުގައި މީހުން ބައިތިއްބާފައި ތިބޭ މަރުކަޒުތަކަށް ކޮމިޝަނުން ގޮސް ބަލާބެލުމުގައި ރަނގަޅުކުރަން ޖެހޭ ކަމަށް ފާހަގަކުރެވޭ ކަންކަން ރަގަނޅުކުރުމަށް ކަމާބެހޭ ފަރާތްތަކަށް އަންގައި، އެކަންކަން ރަނގަޅު ކުރަމުން ދޭތޯ ޤަވައިދުން ބަލަމުން ގެންދާ ކަމަށް ބުނެފައި ވެއެވެ.

އެޗްއާރުސީއެމްގެ ބަޔާނުގައި ބުނެފައިވާ ގޮތުގައި 2016 ވަނަ އަހަރު "ކޮންވެންޝަން އަގެއިންސްޓް ޓޯޗަރ އެންޑް އަދަރ ކުރުއަލް، އިންހިއުމަން އޯރ ޑީގްރޭޑީންގ ޓްރީޓްމަންޓް އޯރ ޕަނިޝްމަންޓް" (ކެޓް) އަދި "އޮޕްޝަނަލް ޕްރޮޓޮކޯލް ޓު ދި ކޮންވެންޝަން އަގެއިންސްޓް ޓޯޗަރ އެންޑް އަދަރ ކުރުއަލް، އިން ހިއުމަން އޯރ ޑީގްރޭޑީންގ ޓްރީޓްމަންޓް އޯރ ޕަނިޝްމަންޓް" (އޮޕްކެޓް)ގެ މަސައްކަތްތައް ޤައުމީ ފެންވަރުގައި ކުރުމަށް ރައީސުލްޖުމްހޫރިއްޔާ އެކުލަވާލެއްވި "ނޭޝަނަލް ކެޓް އަދި އޮޕްކެޓް ކޮމިޓީ" އެކުލަވާލާފައިވާކަމީ ކެޓް އަދި އޮޕްކެޓްގެ ދަށުން ދަޢުލަތުން ކުރުމަށް ލާޒިމްކޮށްފައިވާ ކަންކަން އެންމެ ފުރިހަމަ ގޮތުގައިކޮށް، ދިވެހިރާއްޖޭގެ ޤަނޫނީ ބާރު ހިނގާ ސަރަޙައްދުގެ ތެރޭގައި އަނިޔާގެ ޢަމަލާއި، ރަޙްމުކުޑަ ލާއިންސާނީ އިހާނެތި ޢަމަލާއި، އިންސާނީ ކަރާމާތް ގެއްލޭފަދަ އަދަބުދިނުން ހުއްޓުވުމަށާއި އެފަދަ އެއްވެސް ޢަމަލެއް ހިގަމުންނުދާކަން ކަށަވަރުކުރުމަށްޓަކައި ސަރުކާރުން އެޅި ހަރުދަނާ ފިޔަވަޅެކެވެ.

މީގެ އިތުރުން އަނިޔާވެރި ލާއިންސާނީ ދަށުދަރަޖައިގެ ޢަމަލުތައް ދިވެހިރާއްޖޭގައި ހިނގިޔަނުދިނުމަށްޓަކައި ޤާނޫނީ ގޮތުން ގިނަގުނަ މަސައްކަތްތަކެއް ކުރެވިފައިވާ ކަމަށް އެޗްއާރުސީއެމްގެ ބަޔާނުގައި ފާހަގަ ކޮށްފައި ވެއެވެ.

އެގޮތުން، އަނިޔާއިން އެއްކިބާވެ ހުރުމަކީ އަސާސީ ޙައްޤެއްކަމުގައި ޤާނޫނުއަސާސީގެ ދެވަނަ ބާބުގައި ކަނޑައަޅައި، އެއްވެސް މީހަކަށް ރަހުމްކުޑަ، ލާއިންސާނީ، އިހާނެތިކަމެއް ނުކުރުމަށާއި، އިންސާނީ ކަރާމާތް ގެއްލޭފަދަ އަދަބެއް އެއްވެސް މީހަކަށް ނުދިނުމަށާ އަދި އެއްވެސް މީހަކަށް އަނިޔާއެއް ނުކުރުމަށް މިބާބުގެ 54 ވަނަ މާއްދާގައި ބަޔާންކޮށްފައިވާކަން އެޗްއާރުސީއެމް އިން ވަނީ ފާހަގަ ކޮށްފައެވެ. ހަމައެހެންމެ، ޤާނޫނުއަސާސީގެ 255 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން މި ޙައްޤަކީ ކުއްލި ނުރައްކަލުގެ ޙާލަތުގައި ވެސް ނުހިފޭއްޓޭނެ ޙައްޤެއްކަމުގައި ކަނޑައަޅާފައިވާކަން އެޗްއާރުސީއެމްގެ ބަޔާނުގައި ވަނީ ފާހަގަ ކޮށްފައެވެ.

ބައިނަލްއަޤުވާމީގޮތުން ފާހަގަކުރާ އަނިޔާވެރި ލާއިންސާނީ ދަށުދަރަޖައިގެ ޢަމަލުތަކުގެ ޝިކާރައަކަށްވެފައިވާ ފަރާތްތަކަށް ހިތްވަރުދިނުމުގެ ދުވަހުއް ދުނިޔޭގެ ފެންވަރުގައި ފާހަގަކުރުމުގެ މަޤްޞަދަކީ އަނިޔާވެރި ލާއިންސާނީ ޢަމަލުތައް ދުނިޔެއިން ނައްތާލައި، ޓޯޗަރގެ ޢަމަލުތަކަކީ އެއްވެސް ދައުލަތަކުން ޤަބޫލު ކޮށްގެންވާނޭ ކަމެއް ނޫންކަން ހާމަކޮށްދިނުމެވެ. މީގެ އިތުރުން މި ދުވަސް ފާހަގަކުރުމުގެ އަނެއް ބޭނުމަކީ މިފަދަ އަނިޔާތައް ތަޙައްމަލުކޮށްފައިވާ މީހުންނަށް ހިތްވަރުދީ، އެމީހުން އަލުން އަނބުރާ މުޖުތަމަޢުއަށް ނެރުމަށް އެހީތެރިވެދިނުމެވެ. އެގޮތުން ޖޫން މަހުގެ 26 ވަނަ ދުވަހަކީ ބައިނަލްއަޤުވާމީގޮތުން ފާހަގަކުރާ އަނިޔާވެރި ލާއިންސާނީ ދަށުދަރަޖައިގެ ޢަމަލުތަކުގެ ޝިކާރައަކަށްވެފައިވާ ފަރާތްތަކަށް ހިތްވަރުދިނުމުގެ ދުވަހެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ޕޯޓް ޓެކްނޮލޮޖީ އިންޓަނޭޝަނަލް ގެ އެޑްވައިޒަރީ ބޯޑުގެ ޗެއާމަންގެ މަގާމަށް ރައީސް ނަޝީދު

3

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

4

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

5

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

އިތުރަށް ކިޔާލަން

14 މާރިޗު 2017

މަޚުލޫފްގެ ހަ މަސް ދުވަހުގެ ހުކުމް ތަންފީޒްކޮށް ނިމުނުތާ ދެ މަސް، އަދިވެސް އިސްތިއުނާފު ނުފަށާ!

14 މާރިޗު 2017
މަޚުލޫފްގެ ހަ މަސް ދުވަހުގެ ހުކުމް ތަންފީޒްކޮށް ނިމުނުތާ ދެ މަސް، އަދިވެސް އިސްތިއުނާފު ނުފަށާ!
14 މާރިޗު 2017

އެންމެ ބޮޑު ގޮންޖެހުމަކީ ގާނޫނުތަކާއި ރާއްޖެ ބައިވެރިފެދައިވާ ބައިނައްލަޢުވާމީ މުޢާހަދާތައް ތަންފީޒް ނުވުން: އީނާސް

14 މާރިޗު 2017
އެންމެ ބޮޑު ގޮންޖެހުމަކީ ގާނޫނުތަކާއި ރާއްޖެ ބައިވެރިފެދައިވާ ބައިނައްލަޢުވާމީ މުޢާހަދާތައް ތަންފީޒް ނުވުން: އީނާސް
19 ފެބުރުއަރީ 2017

ތާކުންތާކު ނުޖެހޭ ވާހަކަ ދައްކަމުންގޮސް ސަރުކާރަށް ގޮވެނީ ހުސް ކޮސް: އަހުމަދު ޢަބްދުﷲ

19 ފެބުރުއަރީ 2017
ތާކުންތާކު ނުޖެހޭ ވާހަކަ ދައްކަމުންގޮސް ސަރުކާރަށް ގޮވެނީ ހުސް ކޮސް: އަހުމަދު ޢަބްދުﷲ
07 ފެބުރުއަރީ 2017

ހުކުމް ތަންފީޒް ކުރަމުންދިޔަ ގައިދީއަކު މަރުވެއްޖެ

07 ފެބުރުއަރީ 2017
ހުކުމް ތަންފީޒް ކުރަމުންދިޔަ ގައިދީއަކު މަރުވެއްޖެ
26 ޖެނުއަރީ 2017

ނާޒިމް މިނިވަންކޮށް ބަދަލުދޭން އދ. އިން ސަރުކާރަށް އަންގައިިފި

26 ޖެނުއަރީ 2017
ނާޒިމް މިނިވަންކޮށް ބަދަލުދޭން އދ. އިން ސަރުކާރަށް އަންގައިިފި
23 ޖެނުއަރީ 2017

ރައީސް ނަޝީދަށް ދައުވާކުރުމަށް ފުރިހަމަކުރަންޖެހޭ ކަންތައްތައް މިދަނީ ފުރިހަަމަކުރަމުން: ޕީޖީ

23 ޖެނުއަރީ 2017
ރައީސް ނަޝީދަށް ދައުވާކުރުމަށް ފުރިހަމަކުރަންޖެހޭ ކަންތައްތައް މިދަނީ ފުރިހަަމަކުރަމުން: ޕީޖީ
22 ޖެނުއަރީ 2017

ސަރުކާރަށް ރައްޔިތުން އިތުބާރެއް ނުކުރޭ، ރައްޔިތުން ބޭނުންވަނީ ސަރުކާރު ބަދަލުކުރަން: ޝާހިދު

22 ޖެނުއަރީ 2017
ސަރުކާރަށް ރައްޔިތުން އިތުބާރެއް ނުކުރޭ، ރައްޔިތުން ބޭނުންވަނީ ސަރުކާރު ބަދަލުކުރަން: ޝާހިދު
08 ޖެނުއަރީ 2017

އިންތިހާބު ބާއްވާނެ ތާރީޚެއް އިއުލާނުކުރާނީ ގާނޫނީ ގޮތުން ބަލަންޖެހޭ ކަންތައްތައް ބެލުމަށް ފަހު: އީސީ

08 ޖެނުއަރީ 2017
އިންތިހާބު ބާއްވާނެ ތާރީޚެއް އިއުލާނުކުރާނީ ގާނޫނީ ގޮތުން ބަލަންޖެހޭ ކަންތައްތައް ބެލުމަށް ފަހު: އީސީ
07 ޖެނުއަރީ 2017

މި ސަރުކާރަށް ތާއީދެއް ނުކުރަން، އެގޮތުގައި ސާބިތު ކަމާއި އެކު ދެމިހުންނާނަން: މައުމޫން

07 ޖެނުއަރީ 2017
މި ސަރުކާރަށް ތާއީދެއް ނުކުރަން، އެގޮތުގައި ސާބިތު ކަމާއި އެކު ދެމިހުންނާނަން: މައުމޫން
07 ޖެނުއަރީ 2017

އިންތިހާބު ބާއްވާނެ ތާރީޚެއް އިއުލާނުކުރާނީ ގާނޫނީ ގޮތުން ބަލަންޖެހޭ ކަންތައްތައް ބެލުމަށް ފަހު: އީސީ

07 ޖެނުއަރީ 2017
އިންތިހާބު ބާއްވާނެ ތާރީޚެއް އިއުލާނުކުރާނީ ގާނޫނީ ގޮތުން ބަލަންޖެހޭ ކަންތައްތައް ބެލުމަށް ފަހު: އީސީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް