Raajje.mv
Raajje.mv
  • ރާއްޖެ
  • ކުޅިވަރު
  • ދުނިޔެ
  • ވިޔަފާރި - އިގްތިސާދު
  • ރިޕޯޓު
  • ފޮޓޯ
  • ވާހަކަ
  • ސިއްހަތު
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ކުޅިވަރު
ފީފާ ވޯލްޑް ކަޕް

"މެސީ އަށް މަދުވަނީ ހަމައެކަނި ވޯލްޑް ކަޕް"

އެމީހުން ވަނީ ފައިނަލާ މެދު އެމީހުން ދެކޭ ގޮތާއި، މުބާރާތާ ގުޅޭ ގޮތުން ވެސް ވާހަކަ ދައްކާފައި

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 17 ޑިސެމްބަރު 2022 | ހޮނިހިރު 07:41
އާޖެންޓީނާގެ ކެޕްޓަން މެސީ

އާޖެންޓީނާގެ ކެޕްޓަން މެސީ

އާޖެންޓީނާގެ ކެޕްޓަން ލިއޮނަލް މެސީ އަށް ހަމައެކަނި މަދުވަނީ ވޯލްޑް ކަޕް ކަމަށް ފީފާގެ ލެޖެންޑުން ބުނެފިއެވެ.

ލެޖެންޑުން މިހެން ބުނީ މުބާރާތުގެ ފައިނަލްގައި އާޖެންޓީނާ އާއި ފްރާންސް ކުޅޭ މެޗުގެ ކުރިން ނޫސްވެރިންނާ ވާހަކަ ދައްކަމުންނެވެ. އެމީހުން ވަނީ ފައިނަލާ މެދު އެމީހުން ދެކޭ ގޮތާއި، މުބާރާތާ ގުޅޭ ގޮތުން ވެސް ވާހަކަ ދައްކާފައެވެ.

ލެޖެންޑް ކަޕްގެ މެޗަށްފަހު ވާހަކަ ދައްކަމުން އާޖެންޓީނާގެ ލެޖެންޑް މެކްސީ ރޮޑްރިގޭސް ބުނީ، ފާއިތުވި ދުވަސްތަކުގައި އޭނާ އަށް ވެސް އެކި ވާހަކަތައް އަޑު އިވުނު ކަމަށެވެ. އެގޮތުން މެސީ ވޯލްޑް ކަޕެއް އުފުލާލަން ޖެހޭތޯ ނުވަތަ ނޫންތޯ ދެކެވޭ ވާހަކަ ވަރަށް ގިނައިން ދެކެވޭ ކަމަށެވެ. މެކްސީ ބުނީ އޭނާ އަށް ޤަބޫލު ކުރެވޭ ގޮތުގައި މިވަގުތު ދުނިޔޭގައި ހުރި އެންމެ މޮޅު ކުޅންތެރިޔާ އަކީ މެސީ ކަމަށެވެ. އޭނާ ބުނީ ޕެލޭ އަދި ޑިއޭގޯ މަރަޑޯނާ ފުޓުބޯޅަ ކުޅުނު ދުވަސްވަރު އެންމެ މޮޅު ކުޅުންތެރިންނަކީ އެއީ ކަމަށެވެ. އެހެންކަމުން އޭނާގެ އުއްމީދަކީ މެސީ އަށް ވޯލްޑް ކަޕް ކާމިޔާބު ކުރެވުން ކަމަށާއި، އިންޑިވިޖުއަލް ލެވެލްގައި މެސީ އަށް މަދުވާ އެއްޗަކީ އެއީ ކަމަށެވެ.

ބްރެޒިލްގެ ލެޖެންޑް ރޮބާޓޯ ކާލޯސް ބުނީ ފައިނަލްގައި އެ ޤައުމުން ވަކިި ޓީމަކަށް ސަޕޯޓު ނުކުރާނެ ކަމަށެވެ. އޭނާ ބުނީ އެ މީހުން ސަޕޯޓު ކުރާނީ މުޅި ފުޓުބޯޅަ ކޮމިއުނިޓީ އަށް ކަމަށެވެ. އޭނާ ބުނީ އަމިއްލަ ޤައުމު ނޫން އެހެން ޓީމެއް އެމީހުންނަށް ނޯންނާނެކަމަށެވެ. ނަމަވެސް އޭނާ ބުނީ ފައިނަލްގައި ކުޅޭ ދެ ޓީމު ކަމަށްވާ ފްރާންސް އަދި އާޖެންޓީނާ ވެސް ފައިނަލަށް އައީ ތަފާތު ކުޅުމެއް ދައްކައިގެން ކަމަށެވެ. އެހެންކަމުން ތަށި ލިބޭނީ މޮޅު ޓީމަކަށް ކަމަށް އޭނާ ބުންޏެވެ.

ފްރާންސްގެ ލެޖެންޑް ކްރިސްޓިއަން ކެރެމްބެއު ބުނީ އޭނާ އަކީ ފްރާންސްގެ ރައްޔިތަކަށްވީތީ ސަޕޯޓު ކުރާނީ އަމިއްލަ ޤައުމަށް ކަމަށެވެ. އޭނާ ބުނީ އިދިކޮޅަށް އޮތީ މެސީ އާއި އާޖެންޓީނާ ޓީމު ކަމަށެވެ. ކެރެމްބެއު ބުނީ އާޖެންޓީނާ އިން ވޯލްޑް ކަޕްގައި ދައްކައިދިނީ އެމީހުންނަށް އެންމެ ދުރަށް ދެވޭނެކަން ކަމަށާއި، އާޖެންޓީނާ އަށް ފައިނަލް ކުޅުން ހައްގު ކަމަށެވެ. މީގެ އިތުރުން އޭނާ ބުނީ މިއަހަރުގެ ވޯލްޑް ކަޕްގެ ފައިނަލް މެޗަކީ މެސީގެ ވޯލްޑް ކަޕްގެ ފަހު މެޗަށް ވެދާނެ ކަމަށެވެ. އޭނާ ބުނީ 1986 ގައި މަރަޑޯނާއާއެކު ވޯލްޑް ކަޕް ކާމިޔާބު ކުރި ގޮތަށް، މިއަހަރުގެ މުބާރާތް މެސީ އަށް ކާމިޔާބުކޮށްދިނުމަށް މުޅި އާޖެންޓީނާ އިން މަސައްކަތް ކުރާނެ ކަމަށެވެ. ކެރެމްބެއު ބުނީ މިވަގުތަށް ބަލާއިރު ފައިނަލްގެ މެޗު ވަރަށް ވާދަވެެރި ވާނެ ކަމަށެވެ.

މީގެ އިތުރުން ޖަރުމަނުގެ ލެޖެންޑް ޖެންސް ލެހްމަން ބުނީ، ދެ ޓީމަކީ ވެސް މޮޅު ދެ ޓީމު ކަމަށާއި، ނަމަވެސް އޭނާ އަށް ބުރަ ވެވެނީ އާޖެންޓީނާ ކޮޅަށް ކަމަށެވެ. އޭނާ ބުނީ ސަބަބު ބުނެދޭން ނޭނގޭ ކަމަށާއި، ނަމަވެސް އާޖެންޓީނާ އިން ތަށި ބޭނުންވާ މިންވަރު އެނގޭ ކަމަށެވެ. އޭނާ ބުނީ މުބާރާތުގައި ފްރާންސް އިން ވެސް ވަނީ ހިތްވަރު ކޮށްފައި ކަމަށެވެ. ނަމަވެސް އިދިކޮޅު ޓީމުތަކާ ދެކޮޅަށް އެންމެ ރަނގަޅަށް ކުޅުނުތަން ފެނުނީ އާޖެންޓީނާގެ ފުށުން ކަމަށެވެ. އޭނާ ބުނީ ފްރާންސް އަށް ވެސް ތަށި ކާމިޔާބު ކުރެވިދާނެ ކަމަށެވެ.

އުރުގުއޭގެ ލެޖެންޑް ޑިއޭގޯ ފޯލަން ބުނީ، ސީޒަނަކަށްފަހު ސީޒަނެއް މެސީ އަންނަނީ މޮޅަށް ކުލެމުން ކަމަށެވެ. އޭނާ ބުނީ މެސީ ވަށައިގެން އޮތީ ރަނގަޅު ޓީމެއް ކަމަށާއި، މެސީ ފެންނަނީ އުފަލުން ހުރި މަންޒަރު ކަމަށެވެ. އޭނާ ބުނީ އާޖެންޓީނާގައި މިވަގުތު އޮތީ ރަނގަޅު ޓީމެއް ކަމަށެވެ. ހަމައެއާއެކު އޭނާ ބުނީ އާޖެންޓީނާ އާއި އެ ޤައުމުގެ ރައްޔިތުންނަށްޓަކައި މެސީ ވިދާ ބަބުޅަމުން އަންނަ މަންޒަރު ފެނުނަކީ ވެސް އުފަލެއް ކަމަށެވެ.

މިއަހަރުގެ މުބާރާތަކީ މެސީގެ ފަހު ވޯލްޑް ކަޕް ކަމަށް އޭނާވެސް ވަނީ ބުނެފައެވެ.

ފީފާ ވޯލްޑް ކަޕްޤަތަރު ފީފާ ވޯލްޑް ކަޕް 2022އާޖެންޓީނާލިއޮނެލް މެސީ

ކޮމެންޓް

އިތުރަށް ކިޔާލަން

މެސީ އިންޑިއާ އަށް، އެތައް ސަތޭކަ ބަޔަކު މަރުޙަބާ ކިޔަން ނިކުތް

މެސީ އިންޑިއާ އަށް، އެތައް ސަތޭކަ ބަޔަކު މަރުޙަބާ ކިޔަން ނިކުތް

13 ޑިސެމްބަރު 2025
އަންގި ލައިގެން ތަށީގައި ހިފަން އެންގުމުން، ސްކަލޯނީ އާއި އާޖެންޓީނާގެ ކިބައިން އިފަންޓީނޯ މައާފަށް އެދިވަޑައިގެންފި

އަންގި ލައިގެން ތަށީގައި ހިފަން އެންގުމުން، ސްކަލޯނީ އާއި އާޖެންޓީނާގެ ކިބައިން އިފަންޓީނޯ މައާފަށް އެދިވަޑައިގެންފި

08 ޑިސެމްބަރު 2025
މިއާމީ އާއެކު އެމްއެލްއެސް ކަޕް ކާމިޔާބުކޮށް، މެސީ އަށް ކެރިއަރުގެ 48 ވަނަ ތަށި

މިއާމީ އާއެކު އެމްއެލްއެސް ކަޕް ކާމިޔާބުކޮށް، މެސީ އަށް ކެރިއަރުގެ 48 ވަނަ ތަށި

07 ޑިސެމްބަރު 2025
އެެންމެ ފަހުގެ 2 ވޯލްޑްކަޕަށް ވެސް ކޮލިފައި ނުވި އިޓަލީ، ޕްލޭ އޮފް ގައި މިފަހަރު ނޮދަން އަޔަލެންޑާ ދެކޮޅަށް

އެެންމެ ފަހުގެ 2 ވޯލްޑްކަޕަށް ވެސް ކޮލިފައި ނުވި އިޓަލީ، ޕްލޭ އޮފް ގައި މިފަހަރު ނޮދަން އަޔަލެންޑާ ދެކޮޅަށް

21 ނޮވެމްބަރު 2025
ހަތަރު ފަހަރު މުބާރާތް ކާމިޔާބު ކޮށްފައިވާ ޖަރުމަނު އަންނަ އަހަރުގެ ވޯލްޑްކަޕަށް

ހަތަރު ފަހަރު މުބާރާތް ކާމިޔާބު ކޮށްފައިވާ ޖަރުމަނު އަންނަ އަހަރުގެ ވޯލްޑްކަޕަށް

18 ނޮވެމްބަރު 2025

އަހަރުތަކުން މިއަދު

4 ޖެނުއަރީ
 ރަޝިއާ ގައި ހުންނެވި ބައްޝާރު އަލް-އަސަދު އަވަހާރަ ކޮށްލަން ވިހަލައިފި: ރިޕޯޓް
20251 އަހަރު ކުރިން
ދުނިޔެ

ރަޝިއާ ގައި ހުންނެވި ބައްޝާރު އަލް-އަސަދު އަވަހާރަ ކޮށްލަން ވިހަލައިފި: ރިޕޯޓް

ރައީސްގެ ޓްވީޓް ހިފައިގެން ހައްގު ހޯދަން ދިއުމަކީ އެމަނިކުފާނުގެ ހައިބަތު ކުޑަވާނެ ކަމެއް؟
20242 އަހަރު ކުރިން
ރިޕޯޓު

ރައީސްގެ ޓްވީޓް ހިފައިގެން ހައްގު ހޯދަން ދިއުމަކީ އެމަނިކުފާނުގެ ހައިބަތު ކުޑަވާނެ ކަމެއް؟

މެސީގެ ތަސްވީރާއެކު އާޖެންޓީނާ ޕެސޯއަށް، މޫނުމަތީ އަގަށްވުރެ ބޮޑު މާލީ ފައިދާއެއް!
20233 އަހަރު ކުރިން
ތަފާތު ޚަބަރު

މެސީގެ ތަސްވީރާއެކު އާޖެންޓީނާ ޕެސޯއަށް، މޫނުމަތީ އަގަށްވުރެ ބޮޑު މާލީ ފައިދާއެއް!

ގޭސް ނުލިބިގެން ކޮލަމްބޯގެ މަޝްހޫރު ފައިވް ސްޓާރ ހޮޓެލްތަކުގައި ކެއްކުމަށް ދަރު ބޭނުންކުރަނީ
20224 އަހަރު ކުރިން
ދުނިޔެ

ގޭސް ނުލިބިގެން ކޮލަމްބޯގެ މަޝްހޫރު ފައިވް ސްޓާރ ހޮޓެލްތަކުގައި ކެއްކުމަށް ދަރު ބޭނުންކުރަނީ

ބިލިއަނަރ ޖެކް މާ ވީނުވީއެއް ނޭނގި ގެއްލިއްޖެ!؟
20215 އަހަރު ކުރިން
ދުނިޔެ

ބިލިއަނަރ ޖެކް މާ ވީނުވީއެއް ނޭނގި ގެއްލިއްޖެ!؟

އާއިލާތައް ބަނގުރޫޓްވުމުގެ އެއްއަސާސަކީ މައިންބަފައިން ހިތުގައި ޖެއްސުން: އިލްޔާސް
20197 އަހަރު ކުރިން
ރާއްޖެ

އާއިލާތައް ބަނގުރޫޓްވުމުގެ އެއްއަސާސަކީ މައިންބަފައިން ހިތުގައި ޖެއްސުން: އިލްޔާސް

ދައުރު ނިމުމުގެ ކުރިން އަދީބު މަރާލަނީތަ؟
20188 އަހަރު ކުރިން
ރިޕޯޓު

ދައުރު ނިމުމުގެ ކުރިން އަދީބު މަރާލަނީތަ؟

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު